ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ހަވީރު ވާހަކަ ދެއްކެވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސްޓޭޖަށް ވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
25 ފެބުރުއަރީ 2023 - 10:47
މިހާރު ކުރިއަށް ގެންދާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ މަގާމަށް އެހެން ބޭފުޅަކު ކުރިމަތި ނުލައްވާތީ، މިހާރު ވެސް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހިމް ލީޑަރުކަމަށް އިންތިހާބުވެއްޖެ އެވެ.
ދަރުބާރުގޭގައި މިހާރު ފަށާފައިވާ ކޮންގްރެސްގައި ޖޭޕީގެ ލީޑަރުކަމަށް ގާސިމް އިންތިހާބު ވެފައިވާކަން ދެންމެ ވަނީ އިއުލާނުކޮށްފަ އެވެ. ރާއްޖޭގައި މެމްބަރުން އެންމެ ގިނަ ތިންވަނަ ޕާޓީގެ ގޮތުގައި އޮތް ޖޭޕީ އުފެދުނީއްސުރެ އެ މަގާމު ފުރުއްވަނީ ގާސިމެވެ.
ރޭ ރަސްމީކޮށް ފެށި ޖޭޕީގެ ކޮންގްރެސްގައި މިއަދު އޮންނާނީ އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމާއި އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމެވެ. އެއާއެކު، ދެން އެންމެ ހާއްސަ އެއް ކަމަކަށް އޮންނާނީ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ ނުކުތުމަށް ނުވަތަ އެ ޕާޓީ އިސްވެ ކޯލިޝަނަކާ ގުޅިގެން ވާދަކުރުމަށް ގޮވާލާ ގަރާރު ހުށަހެޅުމާއި އޭގެ ބަހުސް ކުރުމެވެ.
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހުށަހެޅުއްވި އެ ގަރާރުގެ ބަހުސް ވަރަށް ފޯރިގަދަވާނެ ކަމަށް އެ ޕާޓީގެ ގިނަ މެމްބަރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލިޞާ
25 February 2023
އިންސާނާގެ ހިތަކީ ފުރޭނެ އެއްޗެއްނޫން! ގާސިމް ވަށައިގެން މިއަދު އެވާ ނިހާނު ކަހަލަ މީހުން، ގާސިމް ސަރުކާރަށް ވަޒީރުންގެ ގޮތުގައި ލި ގާސިމްގެ އަންހެނުން އައިޝާ ލި ހިސާބުން ގާސިމް އަށް އިތުބާރު ގެއްލިއްޖެ! ގާސިމް ވިސްނުން ހުރީ ޖަޒްބާތުން
ޢަންދާމް
25 February 2023
ޢަސްލުވެސް ...
ޙަސަން ކުރުސީ
25 February 2023
އޯ މައި ގޯޑް! ވަޓްއަ ސަޕްރައިސް!!!
ރިޔާޒު ރަށީދު
25 February 2023
މި ބޭ ކިބައިން އަހަރެމެން ސަލާމަތް ވާނެ ދުވަހަކަށް.
ރެނިމާ
25 February 2023
އަންނި ބޭނުންވަނީ އެންޑީޕީވެސް މިހެންވާން. ޕާޓީ އެނބުރެންވީ އެންމެ މީހެއް ހިތުހުރި ގޮތަކަށް އޭނަ ވަށާ.
އިބޫ އައުޓް
25 February 2023
ރައީސް ގާސިމް!
ވިސްނާތި
25 February 2023
ރާއްޖޭގައި ނައިބް ރައީސް ކަން ކުރިމީހުންގެ ތެރޭން އާންމުންގެ މެދުގައި އެންމެ މަގްބޫލު އަދިވެސް އާންމުން ވަކިން ޚާއްސަ ކޮށް ފުރަމާލޭގެ ރައްޔިތުން އެންމެ އިތުބާރު ކުރާ މީހަކީ އެއީ ޑރ. ޖަމީލު އޭ މިހާރުގެ ނައިބް ރައީސް ފައިސަލް އެއީ ހުންނަ މީހެއް ކަން ވެސް މާލެ ނުދަނެއޭ ބަލައިގަންނަން ވަރަށް އުނދަގޫ ގޮތް ތަކެއް ހުރެއޭ ފައިސަލްގެ ކިބައިގައި އަދި އޭނާ ވާހަކަ ދައްކާ އިރު ވެސް އަޑުއަހާލަން ވެސް ވަރަށް އުނދަގުލޭ ދައްކާ ވާހަކަތަކުގައި މީހުން ބަލައިނުގަނެއޭ
ބަލާތި
25 February 2023
ގާސިމްގެ ރަނިންގް މޭޓަކަށް އެންމެ ރަނގަޅީ ޑރ. ހަސަން ސައީދުއޭ އެއީ އިޚްލާސްތެރިވާނެ އަދި މަގާމްގެ ނުފޫޒުގެ ބޭނުން ނުކުރާނެ މީހުންނަށް ކަމޭހިތާނެ ބޮޑާނުވާނެ ކިބުރުވެރި ނުވާނެ ދުވަހަކު ވެސް ފަޓްލޫނުގެ ދެ ޖީބަށް ނުވަތަ އެއް ޖީބަށް ވެސް އަތް ޖަހައިގެން އާންމުންގެ ކުރިމަތީ ގައި ހިނގާފައި ބޮޑޭވެގެން ނޫޅޭނެއޭ އަދި ހީވާގި ވާނެ ތަންދޮރު ދަންނާނެ ގައުމުގެ މިނިވަން ކަން ދެކެ ލޯބިވާނެ ޑރ. ހަސަން ސައީދު އާއި އެކު ގާސިމް ނިކުތްއިރު އެންމެ ގިނަ ވޯޓް ލިބުނީ
ހަސަނު ޑރ
25 February 2023
މަ ހަތަރެސް ފައިން ހޯޙޯ
ށަވިޔަނި
25 February 2023
މަރުހަބާ. ލީޑަރުން ޒަޢީމުންނަކީ ރައީސުން ބަދަލުވާހެން ބަދަލުވާ އެއްޗެއް ނޫން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
25 February 2023
މިހާރު ކޮބާތަ ޖޭޕީލީޑަރުގެ ފުރެންޑު އަލީ ވަހީދު؟