ޚަބަރު / ޖުމްހޫރީ ޕާޓީ

ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އަތްގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

27 ފެބުރުއަރީ 2023 - 02:05

68 comments

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އެ ޕާޓީ ދެމިއޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ނަޝީދަށް ރޭ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ޖޭޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވެސް ނަޝީދުގެ ކުރިފުޅުމަތީގައި އެ މަނިކުފާނަށް ތައުރީފު އޮއްސަވާލެއްވިއިރު ކޮންގްރެސް ނިންމުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ކަންތައް ކުރެއްވީ އެ ބީދައިންނެވެ. ނަޝީދުގެ ވެރިކަމުގައި ގާސިމަށް ފަހިވި ބައެއް ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނަޝީދަށް ތައުރީފު ކުރެއްވި އެވެ.

އޭގެ ތެރެއިން އެއް ކަމަކީ ނަޝީދުގެ ވެރިކަމުގައި ގާސިމްގެ ވިލާ ކޮލެޖަށް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ދިން ހުއްދަ އެވެ. އެ ކޮލެޖު އުފެދުމުގެ މެދުވެރިއަކަށް ވީ ނަޝީދު ކަން ގާސިމް ރޭ ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވީ، ވިލާ ކޮލެޖަށް ސަރުކާރުން ހުއްދަ ދިނީ 35 އަހަރަށް ކަމަށާއި އެތައް ހާސް ރުފިޔާއެއް ހަރަދުކޮށް، ޕީއެޗްޑީއާ ހަމައަށް ކިޔަވައިދޭން ތައްޔާރު ވަމުން އަންނައިރު "ވާ ކަމެއް ހަރާން" ކަމަށެވެ.

"މުއްދަތު ވެސް އިތުރެއް ނުވި. ކަމެއް ކުރެވޭނެ ގޮތެއް ވެސް ނެތް. އިތުރަށް ހިނގައި ގަނެވޭނެ ގޮތެއް ވެސް ނެތިފައި މި ތިބީ. މަނިކުފާނު އަޅުއްވައި ދެއްވި ބިންގަލަށްޓަކައި މަނިކުފާނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ނަޝީދަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ވިލާ ކޮލެޖުން އޭނާ އަށް "އެންމެ ބޮޑު ލާރިއެއް" ވެސް ނުލިބޭ ކަމަށާއި އޭގެ ބަދަލުގައި "މެކްސިމަމް ސަޕޯޓް" ދީގެން އެ ކޮލެޖު ކުރިއަރުވަނީ ކަމަށެވެ.

ވިލާ ކޮލެޖުން މަސައްކަތް ކުރަނީ އެ ތަން ޔުނިވާސިޓީއަކަށް ބަދަލުކުރަން ކަމަށް ވާއިރު، އެ ކަމުގައި މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.

ޖޭޕީގެ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރޭގެ ޖަލްސާގައި އިންނެވި މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއީލަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، އޭނާ ވެސް ޖެހިފައި ވަނީ "ދަންތުރަ" އެއްގައި ކަމަށެވެ. ގާސިމް ވިދާޅުވީ، އިބްރާހިމް އިސްމާއިލަށް ކުރިމަތިވެފައިވާ ކަންތައްތަކާ މެދު "ވަރަށް ދެރަވޭ، ވަރަށް އަސަރު ކުރޭ" ކަމަށާއި ތައުލީމީ ދާއިރާއަށްޓަކައި ބަޔަކު ގުރުބާން ވަނީ މާދަމާގެ މުސްތަގުބަލަށްޓަކައި ކަމަށެވެ.

"އެ ކަމަށްޓަކައި ދިވެހި ސަރުކާރުން ސަޕޯޓް ނުދެވޭ ކަމަށް ވަންޏާ ކީކޭތޯ އަޅުގަނޑު ދަންނަވާނީ؟ އަޅުގަނޑު މި މަސައްކަތް ހުއްޓާލަންވީތޯ؟ ކިހިނެއްތޯ އަޅުގަނޑު މި މަސައްކަތް ހުއްޓާލާނީ؟ މީހުންގެ ހައްގުތައް އަތުން ބީވެގެން ދާއިރުގައި ސަރުކާރަށް ޑިސިޝަން ނުނެގޭ ކަަމަށް ވަންޏާ އެ ކަންކަން ފުއްދައި ނުދެވޭ ކަމަށް ވަންޏާ އެ ކޯޓުން މި ކޯޓުން އައްތަވަޅިން ގާ ނަގާހެން މިއީ ކުރަން ޖެހޭ ކަމެއްތޯ،" ސަރުކާރަށް އަމާޒު ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

"ނޯ. އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. ސަރުކާރަށް ސާބިތުވާ ކަމަށް ވަންޏާ ރަނގަޅަށް ބަލާފައި އެ ކަން ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށާއި ގާނޫނުގައި ދީފައި ވާނެ. އެހެންވީމާ ކެރިގެން ޑިޓާމިނޭޝަނާއެކު މަސައްކަތް ކުރުމުގެ ގޮތް ބާވަތް ކޮންމެ ވެރިކަމެއްގައި ވެސް ހުންނަން ޖެހޭނެ."

އެ މޭރުމުން ވާހަކަ ދައްކަވަމުން ނަޝީދަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވިގޮތުގައި އެއީ އޭނާ ނަޝީދަށް ސަޕޯޓްކުރާ އެއް ސަބަބެވެ.

މުއްދަތު ވެސް އިތުރެއް ނުވި. ކަމެއް ކުރެވޭނެ ގޮތެއް ވެސް ނެތް. އިތުރަށް ހިނގައި ގަނެވޭނެ ގޮތެއް ވެސް ނެތިފައި މި ތިބީ. މަނިކުފާނު އަޅުއްވައި ދެއްވި ބިންގަލަށްޓަކައި މަނިކުފާނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،"--- ގާސިމް

ނަމަވެސް ގާސިމް ވިދާޅުވީ، ނަޝީދުގެ ވެރިކަމުގައި ދިމާވި ކަމަކީ ދުނިޔޭގެ ތަޖުރިބާ ލިބިވަޑައިގަންނަވަން ޖެހޭ ވަރަށް ނަޝީދުގެ ނެތުމެވެ. ނަޝީދުގެ ވެރިކަމަށް ތިން އަހަރު ވީ ތަނާ ކުރިމަތިވި ކަންތައްތަކުގެ ތެރެއިން އިސްތިއުފާ ދެއްވި ދެއްވުމަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ އެއީ "މިސްޓޭކެއް" ހެއްދެވިގެން ވީ ކަމެއް ކަމަށެވެ.

"އެ ކަން މިހާރު ރަނގަޅުވެފައި އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވިގޮތުގައި އެމްޑީޕީ އުފެއްދުމަށްޓަކައި އެންމެ ބޮޑު ރިސްކް ނެންގެވި އެއްބޭފުޅަކީ އޭނާ އެވެ. އެކަމަކު، އޭނާ އެހެން ޕާޓީއެއް އުފައްދައިގެން އުޅުއްވާ ސަބަބާ މެދު މީހުން ސުވާލު އުފައްދަފާނެތީ ވިދާޅުވީ، އެކަން ނުކުރެއްވި ނަމަ "ހެލްތީ ސިޓުއޭޝަން" ނާންނާނެ ކަމަށެވެ.

"އަޅުގަނޑާއި މަނިކުފާނާ ދެ މީހުން އެއްކޮޅަށް އަރައި މި ހުރިހާ ކަމެއް ކުރި ނަމަ މި ހުރިހާ ކަމެއް ނިމި ގޮސްފައި އޮތީ. ދިސް ނޯ އިންޓަރެސްޓް. ވަޓް އިސް ދިސް،" ނަޝީދާއި ގާސިމް އެއް ޕާޓީއެއްގައި ތިއްބެވި ނަމަ ސިޔާސީ ކަންކަމުގެ ޝައުގު ގެއްލޭނެ ކަމަށް ބާރު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.

68 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭޓު

28 February 2023

ބަލަގަ, ކިޔޭނުކިޔޭއެއްޗެއް އެނގިހުރި ވާހަކަދެއްކޭތޯ ބެލުން ނުfއްދިވެރިއެއް ނޫންތޯ

The name is already taken The name is available. Register?

ގާސިމްބޭ

27 February 2023

ގާސިމްބޭ އެހާ ހާސްނުވޭ.. ނަޝީދު ދާކަށެއް ބައިތުލްމާލު ހެސްކިޔާފަ ހިލޭ ކާންކިބޭނެ ދެވަނަ އެހެންތަނެއް ނޯންނާނެ.

The name is already taken The name is available. Register?

އިލިންގ

27 February 2023

ދިހަބުރުން ވެސް ދެން ފޯމިލާ ވާރކް ނުކުރާނެ

The name is already taken The name is available. Register?

ގާސިމު އީކުއަލް ޖުމް ހޫރޭ

27 February 2023

2008ގެ ކޯލީޝަން ހަޖަމުގޯސްވެ 3 އަހަރވަންދެން ލީ ބޮޑުމުޒާހަރާ ހޮޑުތައް މީރުވެ އަލުން ނަގާ ދިރުވާލަނީ ދޯ! ނަޝީދު އައިސް މިޔަކަމުން ހީލާފައި އޮނަރަބަލް ގާސިމުގެ ރަން ފުރުސޮތޭ މިއީ ބުނިހާރުން ދުނިޔެރަންވީ ދޯ؟ 2018 ގައި މަޖްލިސްގެ ގޮނޑިބަހަން ވީވައުދު ނަޝީދު އުވާލީ ދުވަހު މީޑިޔާގައި ރޮއިހެދިކަން ވެސް ހަނދާންނެތި ހެވިއްޖެ! ތަޖްރިބާ ނެތް ޅަޒުވާން ނަޝީދުއާ ހިތުން ތި ސަކަޖައްސަވަނީ؟ ނަޝީދުގެ ދޯކާއިން ތަޖްރިބާ ރީސިޓިންގަ އުތަ ވިލާކޮލެޖް ފައުންޑަރ ތިއިނީ!

The name is already taken The name is available. Register?

ޒިމްވާން

27 February 2023

ރައީސް ސޯލިހަކީ ވިޝަނަރީ ލީޑަރެއް ނުން. އެމްޑީޕީ ލީޑްކުރަން އެއަށްވުރެ ރަނގަޅު ލީޑަރުން އެބަތިބި. ކޮމެންޓް ހަޖަމް

The name is already taken The name is available. Register?

ބައިޑަން

27 February 2023

އެމްޑީޕީގަ ތިހާ ލީޑަރުން ގިނައިރުގައި ދެވަނަ ލީޑަރެއް ނެތިގެން އެއުޅޭ ޕީޕީއެމަށް އެކެއް ނަމަވެސް ދޭންވީނު؟ މިދައުރުގައި އެމްޑީޕީގަ ބޯކޮށް ލީޑަރުން ތިއްބަސް މިދިޔަ ދައުރުގައި މީހަކު ނުވެގެންނު އިބްރާހިމް އެކަނިވިއްޔާ ކިތަންމެ ސްލޯވިއަސް ބިޔަ ޕާޓީގަ ހުރީ. ކޯލިޝަން ނުކޯޅުވާ ގޮނޑީގަ ހިފަހައްޓާވެސް ނުލެވުނު ވިއްޔާ ވިޝަނަރީ އައްޕަޔަކަށެއް!

The name is already taken The name is available. Register?

އެލެކްސް އަހަންމަދު

27 February 2023

ނަޝީދު ލޮލީޕޮޕެއް ދިއްކޮލާއިރަށް ގާސިމު ހެދުނީ. ކުޑަކުއްޖަކަށްވެސް ގާސިމު ހައްދާލެވިދާނެ. ބޭނުންވަނީ ވާހަކަދައްކާލުމުގެ ފުރުސަތެއް. ހަމަ އެންމެ ފަސްމިނެޓު.

The name is already taken The name is available. Register?

މެޒޯ

27 February 2023

ސިޔާސީ ގޮތުން ތި ދެ މީހުންނަކީވެސް މިހާރު ރައްޔިތުންގެ ސަޕޯރޓެއް އޮތްބަޔެއްނޫން. ދެމީހުންނަކީވެސް ރައްޔިތުން ފޫހިވާ ދެމީހުން.

The name is already taken The name is available. Register?

ޒުވާން ޗޯރޭ

28 February 2023

ސޯލިހުގެ ޒުވާންކަން ދިގެ؟ ހަހަހަ

The name is already taken The name is available. Register?

އެކްސްްް

27 February 2023

ސިޔާސީ ޕާޓީތައް ދެމިއޮތުމާއި ނެތުން ބިނާވަނީ ޕާޓީގައި ތިބޭ މެންބަރުންގެ މައްޗަށް. ދިވެހިރާއްޖޭގައި ޒުވާން ސިޔާސީ ލީޑަރުން އުފެދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މިކަހަލަ މީސްމީހުން.

The name is already taken The name is available. Register?

އުމޭއްތަ

27 February 2023

މިހާރު ރައީސް ނަޝީދުވެސް ވިދާޅުވީ ވެރިކަމުން އިސްތިއުފާ ދެއްވުނީ މިސްޓޭޓަކުން ކަމަށާއި ބަގާވާތް ކުރަން ގާސިމް އިސްވެ ޕޮލިސް ހެޑްކުއާޓަރުގައި ނީންނަ ކަމަށް

The name is already taken The name is available. Register?

ދިލާސްޓް ސިނާރިއޯ ބައި ޖެރާ

27 February 2023

ރޔާމީންއަށް ކުރިމަތިނުލެވިއްޖިއްޔާ އެންމެ ފަހު ވަގުތު ޖުމްހޫރީ އިއްތިޙާދުއާއި ޕޕމ ގުޅޭނެ.. އެހިސާބުން އެއްބުރުން އިނބޫ ކަޓާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454