ޚަބަރު / ނޫ ރާއްޖެ

ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ފަށައިފި

މި ދިރާސާގައި ސައިންސްވެރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ސައިންޓިފިކް އުކުޅުތައް ބޭނުންކޮށްގެން ސާވޭ ކުރާނެ. މި ސާވޭގައި ރާއްޖެ އާއި ބޭރުގެ ސައިންސްވެރިން ބައިވެރިވާނެ.

"ނޫ ރާއްޖެ"ގެ ސައިންސްވެރިޔާ މައީޝާ ކަނޑު އަޑީގައި ދިރާސާކުރަނީ: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

26 ފެބުރުއަރީ 2023 - 16:22

4 comments

ރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާ ގޮތް ބަލައި ތަރުތީބުކުރުމަށް އެކުލަވާލަމުން އަންނަ "މެރިން ސްޕޭޝަލް ޕްލޭން"އަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުމަށް ބޮޑު ދިރާސާއެއް މިއަދު ފަށައިފި އެވެ.

މި ދިރާސާގެ މަސައްކަތް ކުރަނީ ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް، ސަރުކާރުން ހިންގާ "ނޫ ރާއްޖެ" ޕްރޮގްރާމާއި ނެޝަނަލް ޖިއޮގްރެފިކްގެ "ޕްރިސްޓީން ސީސް" ގުޅިގެންނެވެ.

"ނޫ ރާއްޖެ"އިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ދިރާސާގެ މަސައްކަތްކުރާ ސައިންސްވެރިންގެ ޓީމް އަންނަ މަހު ގއ، ގދ، ފުވައްމުލައް އަދި އައްޑޫ އަތޮޅަށް ދަތުރުކުރާނެ އެވެ.

މި ދަތުރުގައި ސައިންސްވެރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ސައިންޓިފިކް އުކުޅުތައް ބޭނުންކުރާނެ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި، ބެއިޓެޑް ރިމޯޓް އަންޑާ ވޯޓާ ވީޑިއޯ ސިސްޓަމްސް (ބްރަވްސް)، ޑީޕް ޑްރޮޕް-ކެމެރާ ސާވޭ، މިކްރޯޕެލިއޯ އަދި މައިކްރޯޕްލާސްޓިކް ސާމްޕްލިން ފަދަ އުކުޅުތައް ބޭނުންކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ނޫ ރާއްޖެ"އިން ކުރި ދިރާސާއެއްގައި ނަގާފައިވާ މުރަކައިގެ ފޮޓޯއެއް: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

ސައިންސްވެރިންގެ މި ދަތުރުގައި "ބްލޫ ފޯސް ތްރީ" ކިޔާ މިކަމަށް ހާއްސަ އުޅަނދެއް ވެސް ބޭނުންކުރާނެ އެވެ.

"ނޫ ރާއްޖެއިން ކުރީގައި ކުރިއަށް ގެންގޮސްފައިވާ އެކްސްޕެޑިޝަންތަކުން ހޯދާފައިވާ މައުލޫމާތުތައް މި ދަތުރުގައި ހިންގާނެ ސައިންޓިފިކް ދިރާސާތަކުން އިތުރަށް މުއްސަނދިވެގެން ދާނެ އެވެ. އަދި މި މައުލޫމާތަކީ، ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ކަންކަން ބައްޓަންކުރުމަށް އެހީތެރިވެދޭނެ މައުލޫމާތުތަކަކަށް ވާނެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

ނޭޝަނަލް ޖިއޮގްރެފިކްގެ "ޕްރިސްޓީން ސީސް" އިން މިއަދު ފަށާ މި ދަތުރުގައި "ނޫ ރާއްޖޭ"ގެ ސައިންޓިސްޓް މައީޝާ މުހައްމަދު ވެސް ބައިވެރިވެ އެވެ.

"ނޫ ރާއްޖެ"އިން ހުވަދޫގެ ކަނޑުގެ ސަރަހައްދު ދިރާސާކުރަނީ: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

"ނޫ ރާއްޖެ"އިން ބުނީ މި ދަތުރުގައި މައީޝާއާއެކު ރާއްޖެ އާއި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ސައިންސްވެރިން ވެސް ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި؛

• ޔުނިވާސިޓީ އޮފް ޕްލިމައުތުގެ ޑރ. ކީރަން ފްރޭސާރު

• އެކްސްޕެޑިޝަންގެ ޗީފް ސައިންޓިސްޓް، ޑރ. އެލަން ފްރެއިޑްލަންޑަރު

• ރާއްޖޭގެ މެރިން ބައޮލޮޖިސްޓް، އާޔާ ނަސީމް

މި ދަތުރު ނިންމުމަށް ފަހު، ސައިންސްވެރިންގެ ޓީމުން ސައިންޓިފިކް ރިޕޯޓަކާއި ޑޮކިއުމެންޓަރީ ވީޑިއޯއެއް ތައްޔާރުކުރާނެ ކަމަށް "ނޫ ރާއްޖެ"އިން ބުންޏެވެ. އަދި މި ދަތުރުގެ ތެރެއިން ރާއްޖޭގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ލައިވް އޮންލައިން ސެޝަނަކާއި ސުވާލާއި ޖަވާބު ސެޝަނެއް ވެސް ހިންގާނެ ކަމަށް އެ ޕްރޮގްރާމުން ބުންޏެވެ.

"ނޫ ރާއްޖެ"އިން ކުރި ދިރާސާއެއްގައި ނަގާފައިވާ މަސްތަކެއްގެ ފޮޓޯއެއް: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ މި ދިރާސާގެ ސަބަބުން ރާއްޖޭގެ މެރިން އިކޯސިސްޓަމްތަކާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތު އިތުރަށް މުއްސަނދިވެ، ކަނޑުފަޅުތަކާއި އޭގެ ރޯދި ހިމާޔަތްކުރަން ކުރާ މަސައްކަތަށް ބާރު ލިބޭނެ ކަމަށެވެ.

"މީގެ އިތުރުން، މިއީ އަޅުގަނޑުމެންގެ ތިމާވެއްޓާއި ގުޅޭ އާ މައުލޫމާތު ހޯދައި ކަނޑުތަކަށް އަޅުގަނޑުމެން ކުރާ ގަދަރާއި ލޯބި އިތުރަށް އާލާކުރަން ލިބިގެންދާ ރަނުގެ ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"'މެރިން ސްޕޭޝަލް ޕްލޭން" އެކުލަވާލުމަށް މީގެ ކުރިން ވެސް "ނޫ ރާއްޖެ"އިން ވަނީ އެކި އެކްސްޕެޑިޝަންތައް ހިންގައިފަ އެވެ. އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން އާންމު ބައްދަލުވުންތަކާއި ކަނޑުފަޅު ބޭނުންކުރާ ގޮތުގެ ސާވޭއެއް ވެސް ވަނީ ކޮށްފަ އެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިމާވެށި ޕްރޮޕެގެންޑާ

27 February 2023

ފުަރަތަމަ ފޮޓޯގަވެސް އެއޮތީ މުރަކަ މަތީ އަތްއަޅައިގެން އެހެން އޮންނަ އިރު ކިތައް މުރަކަ ބިންދައިގެން މުގުރިގެން ދާނެ، ބޭސިކް ރޫލްސްއާ ޚިލާފުވެފަ، ޓޫރިސްޓުންނަށް އެކަނިތަ ޑައިވްކުރާއިރު މުރަކައިގަ އަތްލުން މަނަލީ؟؟!! ކަނޑުފަޅަށްކުރާ ގަދަރާއި ލޯބި ފެނެޔޭ އޮޑިދޯނިފަހަރުންނާއި ޕިކްނިކްދާމީހުން އަޅާހާ ކުނިން

The name is already taken The name is available. Register?

ގޮހޮޑާ

26 February 2023

ތި ިރާސާތައް ކޮށްގެން އަހަރުމެނަށް ވާފައިދާ އެއްވޭތަ. ވަރަށް ބާރުލާފަ ހުސްންވެސް ޝައުނާވެސް ތިމާމެން ވަރުގ ބަޔަކު ނެތިގެން ރާއްޖޭބޭރަށް އަހަރުމެންގެ ޓެކުސް ފައިސާގަ ގޮސް ޗުއްޓީހަދާފަ އަންނަނީ.

The name is already taken The name is available. Register?

މުޑަހަންޖާ

26 February 2023

ސައުތު ޗައިނާ ކަނޑު އަޑީގައިހުރި ތިލައެއްގައިޖެހި އެމެރިކާގެ ނިކުލިއާ ސަބްމެރީނެއް ހަލާކުވި ހާދިސާއަށްފަހު ނޭޓޯގެ ގައުމަކުން އަހަރެއްތެރޭ ދެވަނަފަހަރަށް ރާއްޖޭގެ ކަނޑުއަޑި "ދިރާސާކުރަން" މިއަންނައިރު "ދިރާސާ" މިކުރަނީ ހުވަދޫ ޗެނަލް ސަރަހައްދާއި އައްޑޫގެ ދެކުނު ކަމުގައިވާނަމަ ތިކަމަކީ ހުއިފިލަނޑާއާއި ކަކުނީގެ ފޮޓޯނަގަން ކުރާކަމެއްކަމަށް ގަބޫލުކުރަން އުޒުރުވެރިވާހާލު ތިކަމަށް އަހަރެމެންގެ ތާއީދެއްނެތް.

The name is already taken The name is available. Register?

ކިރު ސައި

26 February 2023

އަބަދުވެސް ބޮޑު ސުރުޚީ އަޅާފަ ސަރުކާރަށް ވިހި ހުސްވެފަ އެހެން ނޫންތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454