ޖޭޕީގެ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ނައިބު ރައީސް ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
27 ފެބުރުއަރީ 2023 - 00:42
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރޭ އައްޔަންކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ނައިބު ރައީސްކަން ކުރެއްވި ޖިހާދަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުކަން ދެއްވީ ޖޭޕީގެ ކޮންގްރެސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ގާސިމްގެ ފިނޭންސް މިނިސްޓަރުކަމުގައި އޭރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި ޖިހާދަށް ސްޕެޝަލް އެޑްވައިޒަރުކަން ދެއްވިއިރު، ގާސިމް ވަނީ އޭނާގެ އެޑްވައިޒަރު ކަމަށް ވެސް ވެސް ހަތަރު ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.
ޖޭޕީގެ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެއީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި ރިޔާޒް ރަޝީދާއި ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހުމަދު އަދި ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒެވެ. މީގެ ތެރެއިން އިލްހާމާއި ރިޔާޒް ރަޝީދު މީގެ ކުރިން ވެސް ތިއްބެވީ ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގަ އެވެ.
ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ގާސިމް ވަނީ އެ ބޭފުޅުންނާ އެޑްވައިޒަރުކަމުގެ ލިޔުން ހަވާލު ކުރައްވައިފަ އެވެ.
ގާސިމްގެ އެޑްވައިޒަރުންނަށް އައްޔަން ކުރައްވާ ބޭފުޅުން ޖޭޕީގެ ކައުންސިލްގައި ވެސް ތިއްބަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަސް
27 February 2023
ކައުންސިލުން ކޮންގްރެސްގެ ނިންމުން ބަދަލު ކުރެވޭ. ކައުންސިލަށް ބޭނުންވަރަކަށް މީހުން ވެރިމީހާއަށް އެބަލެވޭ. ޖޭޕީ އަކޯ ޖޯކެއް. ވަންމޭން ޝޯއަކަށް ވޯޓެއް ނުދެވޭނެ!
ކަނބިލި
27 February 2023
އެޑްވައިޒަރުންނަށް ތިބެންވާނީ ދުވަސްވީ ތަޖުރިބާކާރުން. މަގުމަތި ފަޅުފިލުވާ މީހުންނެއް ނޫން
ސަމީރާ
27 February 2023
މިހުރިހާ ސިޔަސީ މަގާމްތަކުގައި އުޅެ ބާވެފައި ވާ ކޮހުން ލައިގެން ހިންގޭނެ ޕާޓީއަކީ ހަމައެކަނި ގާސިމްޕާޓީ.
ރަހުމައްތެރިއާ
27 February 2023
އަދިވަހީއްދީނުވެސް ނަގާބަލަ
ކޮރަލް
27 February 2023
އެޑްވައިޒަރުންނަށް ސަހަލު މީހަކު ނެތެވެ. ފެއިލް ވީމަ ދެން މިޖައްސަނީ ގާސިމްގެ ޖަގަހަ އަށެވެ. ޖޭޕީ ގަ އެތައް އަހަރެއް ވެފަ ހުރި އިހްލާސްތެރީން ދޫކޮށް މިފުރުސަތު ދެނީ އެހެން ބަޔަކަށެވެ.
މިހާރު ތިދަނީ މާ މައްޗަށް
27 February 2023
ޖޭޕީ ހައްދުން ނެއްޓިއްޖެ!
ކުޑއްތަ
27 February 2023
ހުސް ކޮހުން
ޑެބީ
27 February 2023
މީގާސިމްގެ މައްސަލައަކީ. ސިޔާސީ ފެއިލިޔާސް ގާތްކުރުން. ގާސިމަށް ކިތަންމެ ސަޕޯޓެއް ކުރިޔަސް ނިހާނު، ރިޔާޒު، އާރިފު އަދި ޖިހާދުމެން ކަހަލަ މީހުން ތިޕާޓީގަ އުޅޭހާ ދުވަހަކު ގާސިމަށް ނުދޭނަން ވޯޓެއް.
އަމަލާ ބަހާދިމާނުވޭ
27 February 2023
ކައުންސިލް ގެ މެޖޯރިޓީ ލިބެންދެން އެޑްވައިޒަރުން އައްޔަން ކުރެވޭ. ލިމިޓެއްނެތް. އަހަރުމެން ލައްވާ ކިއުއްވީ މަޖުލިސްއައް ރައީސުލްޖުމުހޫރީއްޔާ އައްޔަންކުރާ 8 މެންބަރުން ތިބީމަ އެއީ ވަލުދޮރާށިން ވަދެތިބި މީހުންނޭ. މިހާރު މިވަނީ ކިހިނެއް؟
ހަސީނާާ
27 February 2023
މީ ކުނިބުނި އެއްކުރާ ޕާޓީތަ
ޥެމްކީ
27 February 2023
ތިއީ ވެމްކޯ