ދުނިޔެ / އިޒްރޭލް

ނަތަންޔާހޫއަކީ އިޒްރޭލާއި ފަލަސްތީނަށް ވެސް ނުރައްކަލެއް

28 ފެބުރުއަރީ 2023 - 15:48

6 comments

ޑިސެމްބަރު 29، 2022 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރަށް އަދި މިވީ އެންމެ ދެ މަސްދުވަހެވެ. ނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ގައުމުގެ އެއްވެސް ސަރުކާރަކަށް ކުރިމަތިނުވާހާ ގިނަ ފިއްތުންތައް އެހާ ގިނަ ދާއިރާތަކުން، މިހާރު ވަނީ ކުރިމަތިވެފަ އެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ، އިޒްރޭލާއި ފަލަސްތީނާ ދެމެދު ކުރިއަށް ދާ ކުރިމަތިލުންތަކެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އިއުލާން ކުރެއްވި އެޖެންޑާ އަށް އިޒްރޭލުގެ އާންމުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ފާޅުގައި ދެކޮޅު ހަދައި މުޒާހަރާތަކުން، ސަރުކާރު ކޮށިއަރުވަމުންނެވެ. އެ ހުރިހާ ކަންތައްތަކާ ގުޅިގެން، ބައިނަލްއަގުވާމީ މުޖްތަމައުގެ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވެފައިވާތީ، އެއީ ވެސް ނަތަންޔާހޫ އަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މިދިޔަ އަހަރު އެކަނިވެސް، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 170 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، މިއަހަރުގެ މިހާތަނަށް ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި، ފަލަސްތީނުގެ 62 މީހަކު ޝަހީދުވެއްޖެ އެވެ. އަދި މިއަހަރުގެ މި މުއްދަތުގައި، ފަލަސްތީނު މީހުންގެ ހަމަލާތަކުގައި އިޒްރޭލު ރައްޔިތުންގެ ތެރެއިން ވެސް 14 މީހަކު މަރުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު އިޒްރޭލު ސިފައިން، ހުޅަނގު އައްސޭރީގެ ނާބުލްސް އަށް އަރައިގަނެ ދިން ޓެރަރިސްޓް ހަމަލާތަކުގައި ފަލަސްތީނުގެ 11 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އެކަމަށް ބަދަލު ހިފުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހު ފަލަސްތީނުގެ ހަނގުރާމަވެރިންގެ ދެ މީހަކު، ހުޅަނގު އައްސޭރީގެ ހިވާރާ އަވަށުގައި ދިން ބަޑީގެ ހަމަލާތަކެއްގައި، ޔަހޫދީ ވަޒަންވެރިންގެ ތެރެއިން އެއްބަނޑު އެއްބަފާ ދެބެން ވަނީ މަރައިލައިފަ އެވެ.

އެކަމަށް ބަދަލު ހިފުމުގެ ގޮތުން ހޯމަ ވިލޭރޭ ޔަހޫދީ ވަޒަންވެރިން ވަނީ، އިޒްރޭލު ފުލުހުންގެ ހިމާޔަތުގައި ހިވާރާ އަވަށަށް ވަދެގަނެ ފަލަސްތީނު މީހުންގެ ގެތަކުގައި ހުޅުޖަހައި ގިނަ އަދަދެއްގެ ކާރުތައް އަންދާލައިފަ އެވެ. އަދި ފަލަސްތީނު މީހުންނާ ދެކޮޅަށް މާރާމާރީތައް ހިންގައި ބަޑި ޖަހައި ފަލަސްތީނުގެ މީހަކު ވަނީ މަރާލައިފަ އެވެ.

އާދީއްތަ ދުވަހު ދިން ހަމަލާގައި ބައިވެރިވި ފަލަސްތީނުގެ ދެ ހަނގުރާމަވެރިން ހޯދުމުގެ ނަމުގައި އިޒްރޭލުން އިއްޔެ ވަނީ ހުޅަނގު އައްސޭރި އަށް ސިފައިންގެ ފައުޖުތަކެއް ފޮނުވައިފަ އެވެ. އަދި ފަލަސްތީނު މީހުންގެ ގެދޮރުގައި ހުޅުޖެހުމުގެ ކުށުގައި، ޔަހޫދީ ވަޒަންވެރިންގެ ތެރެއިން އަށް މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް އިޒްރޭލު ސަރުކާރުން ބުނެ އެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ލާއިންސާނީ އަމަލުތައް ހިންގަމުން ގެންދާތީ އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވަމުން ދާ މި ދަނޑިވަޅުގައި، އިޒްރޭލުގެ އާންމު ރައްޔިތުންގެ އެތައް ހާސް ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާތާ މަދުވެގެން އަށް ހަފުތާ ވެއްޖެ އެވެ. މިދިޔަ ހަފުތާ ބަންދުގައި ބޭއްވި މުޒާހަރާތަކުގައި ވެސް 150000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު، ސަރުކާރުން ހުށަހަޅާފައިވާ އިސްލާހީ އެޖެންޑާއާ މެދު އިދިކޮޅު ފަރާތްތަކާ އެކުގައި މަޝްވަރާ ކުރުމަށް، ރައީސް އިސްހާގް ހެރްޒޮގް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ލިބުމެވެ.

އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.

މި ބަދަލުތައް ގެނެސްފި ނަމަ އެ ގައުމުގެ ޝަރުއީ ދާއިރާއާ މެދު އިންވެސްޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދި ވިޔަފާރިތަކަށް ގެއްލުން ކުރިމަތިވާނެ ކަމަށް ބުނެ، އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން، އިޒްރޭލުގައި އިންވެސްޓްކޮށްގެން ވިޔަފާރި ހިންގަމުން އަންނަ ބޭރުގެ ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ، އެ މީހުންގެ ވިޔަފާރިތައް އިޒްރޭލުން ބޭރުކުރުމާ މެދު ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ.

މި ހުރިހާ ކަމެއްގެ އިތުރުން، ނަތަންޔާހޫގެ ސަރުކާރަށް މިވަގުތު ކުރިމަތިވަމުން އެންމެ ބޮޑު ނުރައްކަލަކީ، ހަރުކަށި ޔަހޫދީ ޖަމާއަތްތަކުގެ ރުޅިވެރިކަމާއި ނަފްރަތު، ސަރުކާރަށް އަމާޒުވާން ފެށުމެވެ. ހަރުކަށި ޔަހޫދީ ފިކުރުގެ ޕާޓީތަކާ ގުޅިގެން ނަތަންޔާހޫ އެކުލަވައިލި ސަރުކާރުގެ މައިގަނޑު މަގްސަދަކީ ވެސް، ފަލަސްތީނު މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިގެން، ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ ޔަހޫދީންނަށް މިލްކު ކޮށްދިނުމާ އެކު، ޔަހޫދީންނަށް ހަމަޖެހުމާއި ސުލްހަ ހޯދައިދިނުމެވެ.

ނަމަވެސް، ނަތަންޔާހޫގެ އާ ސަރުކާރުން އެ ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު، ފަލަސްތީނު ރައްޔިތުންގެ ފަރާތުން ޔަހޫދީ ވަޒަންވެރިންނަށް ކުރިމަތިވާ ނުރައްކާތައް ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ. މި ސަބަބާ ހުރެ، ހަރުކަށި ޔަހޫދީ ޖަމާއަތްތަކުން ގެންދަނީ ނަތަންޔާހޫގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އދ.ގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ނިމިދިޔަ 2022 ވަނަ އަހަރަކީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި ލޭއޮހޮރުވުން އެންމެ ބޮޑު އަހަރެވެ. އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިދިޔަ އަހަރު ހުޅަނގު އައްސޭރިން ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 171 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 30 ކުޑަކުދިން ވެސް ހިމެނެ އެވެ.

6 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމު އިދުރީސް

01 March 2023

އެކަލާންގެ އިރާދަ ކުރާ ފަރާތަކައް ވެރިކަން ދެއްވާކަމުގަ ބުނޭ! ނަތަނިޔާހޫއަށްވެސް ވެރިކަން ދެއްވީ އެކަލާންގެ ކަމައް ވާއިރު އެލާންގެ އިރާދަ ފުޅާއެކު ފަލާސްތީނާ އިޒުރޭލަން ނަތަނިޔާހޫ ވެރިކަމުގަ ހެޔޮގޮތް މެދުވެރި ވޭތޯ އަގަނޑު ދުވާދަންނަވަން

The name is already taken The name is available. Register?

މަސޮރު

01 March 2023

ހަމައެކަނި އިޒްރާހެލާ ފަލަސްތީންއަކަށް ނޫން، މުޅި ދުނިޔެއަށްވެސް ނުރައްކަލެއް ތީ... އަދި ތި އިޒްރާހެލަކީ މެދުއިރުމަތީގަ ފެތުރެން ފަށާފަ އޮތް ބޮޑު ކެންސަރެއް

The name is already taken The name is available. Register?

ޔޫއޭއީގެ ހާމިން

28 February 2023

އިޒްރެއިލް އެކުޅޭ ގޭމް ކުޅުނީ ހުރިހާއެންމެންވެސް. މިއަދުން ފެށިގެން މިއީ މަގޭ ބިމެކޭ، މަގޭދީން ގަބޫލު ކުރާށޭ ނޫނީ ރައްކާވާށޭ، ތިއީ މަގޭ ގަނީމާ މުދަލޭ! ހަންފަތިރަމުން ނުދުވާ ބަޔަކު ނެތް އެކަކުވެސް! ތަފާތަކީ މި ޒަމާނުގަ އެންމެންނައް ފެންނަނީ ކުޅޭ މުޑުދާރު ގޭމް!

The name is already taken The name is available. Register?

އައިރާ

28 February 2023

އެންމެންނެއް ތީގެ ތެރެއަކު ނުހިމެނޭ..ގައިމުވެސް އަހަރެމެންގެ މާތް ރަސޫލާޢާއި އަޞްޙާބުންނާއި ތެދުވެރި ހެޔޮލަފާ އާއްމު މުސްލިމުން ތީގެ ތެރެއަކު ނުހިމެނޭނެ..ރަނގަޅު މައުލޫމާތު ނޭނގޭ ހާލުގަ ސާބިތު ނުހިފޭ ވާހަކަ ނުދެއްކުން ބުއްދިވެރި.

The name is already taken The name is available. Register?

ދެބަންދިހާރުު

01 March 2023

ތިމާގެ ގަމާރުކަމާ ޖާހިލުކަމުގެ ދުނިޔޭގަ ބޭފުޅާ އަމިއްލަފުޅަށާ ތިޔަ ވަށައިގެން އެނބުރޭ ބައިގަނޑަށް ތިޔަ ފިލޯސަފީތައް ކިޔާދީ. ބޭފުޅާއަށް ބެލްފޯރ ޑިކްލެރޭޝަނަކީ ކޮބާ ކަމާ، އޭގެ އަޑީގައި ތިބީ ކޮން ބައެއްކަމާ، އޭގެ ދަށުން އެއްބަސްވެފައިވާ ގޮތަށް އިޒްރޭލް ސްޓޭޓެއް އުފެއްދިކަން، މިޒަމާނުގެ އަބޫޖަހުލަށް (ޖާހިލުންގެ ބައްޕަ)އަށް ނޭގުމަކީ އަހަރުމެންގެ މައްސަލައެއްނޫން. ކިރިޔާ ވެސް ލަދެއް ފިކުރެއް ހުރިއްޔާ ދެން ވެސް ވިކިޕީޑިއާއިން ބެލްފޯރ ޑިކްލެރޭޝަން ކިޔާލާ

The name is already taken The name is available. Register?

ރަންނަމާރީ.

01 March 2023

މިއީ ވަރަށް ރަނގަޅު ކޮމެންޓެއް. އެކަމަކު ތިމަންމެނަކީ އެއްވެސް ކުށެއްނެތް މަޢުޞޫމް ބުއްދިއަކާއި ނަފުސެއް ލިބިފައިވާ ބައެއްކަމުގައި ދެކޭ ބަޔަކަށް ކޮމެންޓު ހަޖަމުނުވީ. އިސްލާމީ ދުނިޔެ މިދަރަޖައަށް ވައްޓާލީ ޢަރަބި ހާއިނުންގެ ބަޔަކު. އެއީ ގައްދާރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454