އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: ބިދޭސީންގެ ބަދަލުގައި އެކި ދާއިރާތަކުން 29 ދިވެހި ޑޮކްޓަރުން ހޯދަން އެ ހޮސްޕިޓަލުން ވަނީ އިއުލާންކޮށްފައި -- ޑްރޯން ފޮޓޯ: އާތިފް އަހުމަދު
01 މާޗް 2023 - 10:47
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބިދޭސީންގެ ބަދަލުގައި އެކި ދާއިރާތަކުން 29 ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ، 15 ދާއިރާއާކުން 29 ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ ހައެއްގެ ކުރިން ލިޔެކިޔުން ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
- އެތެރެހަށީގެ ތިން ޑޮކްޓަރުން.
- ހޭނައްތާ ތިން ޑޮކްޓަރުން.
- އޮޕަރޭޝަން އެއް ޑޮކްޓަރު.
- ކަށީގެ ތިން ޑޮކްޓަރުން.
- ކުޑަކުދިންގެ ތިން ޑޮކްޓަރުން.
- އަންހެނުންގެ ތިން ޑޮކްޓަރުން.
- ދެ ސައިކޭޓްރިސްޓުން.
- ތިން ރޭޑިއޮލޮޖިސްޓުން.
- ހަމުގެ ދެ ޑޮކްޓަރުން.
- ކަރުންމަތީގެ ދެ ޑޮކްޓަރުން.
- ލޮލުގެ ޑޮކްޓަރެއް.
- ޔޫރޮލޮޖިސްޓެއް.
- ޕެތޮލޮޖިސްޓެއް.
- ދަތުގެ ހާއްސަ ޑޮކްޓަރެއް.
- އިމަޖެންސީ ފިޒިޝަނެއް.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އެހެން ވަރަށް ގިނަ މަގާމުތަކަށް ވެސް މި ހަފުތާގައި ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާ އަދި އެޗްއާރުގެ ބައެއް ވަޒީފާތައް ވެސް ހިމެނެ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، އަތޮޅު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި އެ މަގާމުތަކަށް ދިވެހިން ނެގުމަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅެ އެވެ. އެހެންވެ، ވަރަށް ގިނަ ހޮސްޕިޓަލުތަކުން މި ފަހުން ވަނީ ދިވެހިން ހޯދަން އިއުލާންކޮށްފަ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިދިޔަ އަހަރުގެ މެދުތެރޭގައި ވެސް ދިވެހި ޑޮކްޓަރުން ހޯދަން އިއުލާންކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދަދު
01 March 2023
29 ތޯ? ނުވަތަ 30 ތޯ?
ޑޮކްޓާރ. ބަނާނާ
01 March 2023
ތިޔައީ ދިގުނަމެއް ކިޔާފަ މަގުފުރެންދެން ބޯޑްޖަހާފައި ނަމެއްގައި ހުޅުވާފަހުރި ތަނެއް. ތިޔަ ހޮސްޕިޓަލް އިން ތިޔައަތޮޅުގައި ދިރިއުޅޭ މުސްކުޅިއަކަށް ވެސް ބޭސްފަރުވާ އެއް ނުކުރެވޭ. ޢަދި ކީއްކުރަން ކުލިނިކަކުން ދޭ ހިދުމަތް ވެސް ނުލިބޭ ތަނެއް! މިހުރިހާ ދުވަހު ޑޮކްޓަރެއްނެތި ވޯޓްކައިރިވީމާ އައްޑޫ މީހުން ބޮލުގައި ތެއްގޯނި އަޅުވާ! ޥަރަށް ސަލާމް!
ދޮން
01 March 2023
ޑޮކްޓަރުކަން ކިޔަވަން 200 ކުދިން ފޮނުވަބަލަ..ރަގަޅު ނަތީޖާ ހޯދާ ކުދިން އަމިއްލައަށް ސަލާން ޖަަހައިގެން ފަންޑް ހޯދަައިގެން ޑޮކްޓަރ ކަން ކިޔަވަނީ ސަރުކާރުން އުޅެނީ ލޯނުގަޑެއްވެސް ނުދެވިގެން..ހީވަނީ ކައިރި ޤައުމެއްގެ ބަޔަކަށްވަޒީފާ ދެއްވަން އުޅޭހެއް.. ކައިރި ޤައުމުތަކުގެ މީހުންނަށް ވަޒީފާ ދޭ ފެކްޓެރީއެއްގޮތަށް މިޤައުމު ފެލަނީ ދޯހޮޅި ސިޔާސަތުގެ ސަބަބުން..