ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 މާޗް 2023 - 11:43
މިހާތަނަށް އެއްވެސް ސަރުކާރެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނާޖައިޒު ފައިދާ ނަގައިގެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ އެފަދަ ފައިދާއެއް ނުހޯއްދަވާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ޖޭޕީއަށް ގިނަ ކަންތައްތައް ހުށަހަޅަމުންދާ ކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފަޅު ރަށްތަކާއި ބޮޑެތި ލޯނުތައް ހިމެނެ އެވެ.
އެ ތުހުމަތުތައް ކުރާ އެއް ސަބަބަކީ ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން ސަރުކާރުން އެއްބަސްވުމަށް ފަހު، އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި ގާސިމްގެ ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރޭވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން 130 މިލިއަން ރުފިޔާ ދެއްކުމެވެ.
ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ރިސޯޓް ހެދުމަށްޓަކައި ޑަބްލިއުއެލްޓީ އަށް ތިން ރަށެއް ދޭން 2007 ގައި އެއްބަސްވުމަށް ފަހު، އެ ރަށްތައް ނުދިނުމުންނެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީން ދައުވާކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރާއި އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށެވެ.
އެފަދަ މުއާމަލާތެއްގެ މުގާބިލުގައި އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކުރެއްވިކަން އެއްވެސް އިރަކު ފެންނާކަށް ވެސް ނެތް،"--- އަލީ ސޯލިހު
އެކަންކަން ދޮގު ކުރައްވައި ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހު މިއަދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ފަޅު ރަށަކާއި ފަޅަކާއި ފަރެއް އަދި ފިނޮޅެއް ވެސް ބަޔަކާ ގުޅިގެން ނާޖައިޒު ގޮތުގައި ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް ގާސިމް މިހާތަނަށް ހޯދާފައި ނުވާ ކަމަށެވެ.
އެގޮތަށް ކަންކަން ކުރުމުގެ ވިސްނުމެއް ވެސް ދުވަހަކު ވެސް ގާސިމް ނުގެންގުޅޭ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގެ ހަވާސާގައި އަލީ ސޯލިހު، ގާސިމްގެ ދެކަނބަލުންނާއެކު ސެލްފީއެއް ނަންގަވަނީ.
"އެފަދަ މުއާމަލާތެއްގެ މުގާބިލުގައި އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކުރެއްވިކަން އެއްވެސް އިރަކު ފެންނާކަށް ވެސް ނެތް،" ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އަދި ޝަރުއީ ކޯޓަކުން ވެސް ގާސިމާ ގުޅޭގޮތުން އެފަދަ މައްސަލައެއް ނިންމާފައެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި އަލީ ސޯލިހު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ފަޅުތަކާއި ރަށްރަށް ވިއްކަވައިގެން ފައިސާ ލޯންޑަ ކުރިކަން ސާބިތުވެ ހުކުމެއް އައިސްފައިވާ ކަމަށެވެ.
"އެ ބޭފުޅަކަށް ތާއީދުކުރާކަން ރައްޔިތުންނަށް އެނގޭ ބަޔަކު، ގާސިމް އިބްރާހީމާ މިހާރު ޒާތީ ގޮތުން ދިމާކުރުމަކީ އެއްކަލަ ފައިސާތައް ހުދުކުރި ބީދައިން ޝަޚުސު ވެސް ހުދުކުރުމަށް އޮތް އެންމެ މޮޅު ގޮތް ކަމުގައި ދެކޭ ނަމަ އެއީ ކުށްހީއެއް. އެ ކަމަށް ފުރުސަތެއް ނެތް."
"ދިވެހިން ގާސިމް އިބްރާހިމް ދެކެނީ މަދަދުގާރެއްގެ ގޮތުގައި. ހަމަޖެހުން ގެނެސްދޭނެ ވެރިއެއްގެ ގޮތުގައި. ދުރުވިސްނުންފުޅާއެކު ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރެއްވި އަދި ކުރައްވާ ބޭފުޅެއްގެ ގޮތުގައި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތޭ
03 March 2023
ފައިދާ ނުހޯދާކަން އިނގޭދޯ ޝަރީއަތަށް ހުށަހެޅޭ އެގްރީމަންޓްތަކުގައި ހުންނަވާހަކަތކުން ޤާސިމަށް ފައިދާވާގޮތަށް ނޫނީ އެންމެ ޖުމުލައެއްވެސް ނުހުންނަކަން ޝަރުއީ ކޯޓުތަކުގެ ނިންމުންތަކުން އެންމެންނަށް އެނގޭ!
ސޯލިހް
02 March 2023
ލާމްގަމުގަ އޮތް ރުއްގަނޑު ޓެންޑަރ ކޮށްފަ އޮއްވަ ލާރިދީގެން ކެންސަލްކޮށްފަ އެގރިމަންޓް އާކުރުން އެއީ ހައްގު ގޮތައްތޯ
ސޖެުެުއިޮ
02 March 2023
އޯކޭ، ކުޑަކުދިން ހެދިދާނެ ތިހެން ބުނީމަ..
ނާޖާއިޒުއައްޕަ
02 March 2023
ކޮންތާކު.ވިލާ ވަޒީފާގަ އުޅޭ މަގޭ އަންހެނުން ލައްވާ ވެސްއެތައް ގަޑިއިރަކު އޯވަޓައިމް ކުރުވާފަވެސް އިތުރަށް ލޯ ލާރިއެއް ނުދީ ނާޖާއިޒު ފައިދާ ނަގަނީ..މުސާރަ ބޮޑު ކޮށްދޭނަމޭ ކިޔާފަވެސް ހައްދާފަ ނާޖާއިޒުފައުދާ ނަގަނީ...ގާސިމްމީހުނަށް އެހީވަނީވެސް ނާޖާއިޒު ފައިދާ ހޯދުމަށް.
ސަންޕައްތަ
02 March 2023
ނާޖާއިޒު ފައިދާއެއް ނުނަގާ އެކަމަކު ޕޯޑިއަމްއަކަށް އެރުވިއަސް މައިކެއް އަނގަމައްޗައް ދިއްކޮށްލިއަސް ކިޔަނީ ސަރުކާރުން ބައި ނޭޅި ވާހަކަޔާ ގާސިމު ބޭނުންވާ ކަންކަން ނުވާ ވާހަކަ, ބަލަ ސަރުކާރުގެ މުދަލާ ބިމާ ފައިސާ އަކީ ގާސިމުބޭނުންވީމަ ދޭންހުންނަ އެއްޗެއްތަ? ގާސިމެކޭ މަށެކޭ ވާނީ އެއްވަރު ސަރުކާރުގެ މުދަލަށާ ފައިސާއަށް, މޮޔަވެގެން ނޫޅޭ. ނެއް ތާއީދެއް މާމިގިލީގަވެސް މާފަންނު ގޭގަވެސް.
ބަނާނާ ރިޕަބްލިކް
02 March 2023
ޔޫސުފްގެފާނު ބައިގަވެސް މިސްރަށް އާދޭނު ހަނަފަސް 7 އަހަރާ ތިޔާގި 7 އަހަރު ހަމަ އެގޮތަށް ގާސިމަށް އަންނާނެ ވަރަށް ތިޔާގި 1 އަހަރު ކޮންމެ 5 އަހަރަކުން، މިގޮތުން 2023 އަކީ ތިޔާގި އަހަރެއް
ޝޮކްތެރަޕީ
02 March 2023
ސިޔާސީ ޕާޓީ ހަދައިގެން ވިޔަފާރި ފުޅާކުރާ މީހުން ވަރައް ގިނަ
ޢެމެރިކާ
02 March 2023
ބަދަކުގެ ގޮތުގަ ކިހާވަރެއް ލިބުނުދޯ؟
ކަތްދައްތަ
02 March 2023
އަލީސޯލިހު ވިދާޅުވީމާ މަގަބޫލުކޮށްފިން. އޭނާއަކީ ވަރަށް ސޮފިސްޓިކޭޑެޓް ދާއިރާއެއްގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެއް. މިނިސްޓްރީ އޮފް ސައެންސް ޓެކެނޮލޮޖީ އެންޑް އަނެކަތީގަ މަސައްކަތް ކުރެވޭނީ ސައިންސުވެރިންގެ ބުއްދިކުރުމާއި ތޫނުފިލިކަމާއި ޙިކުމަތް ލިބިހުރި ޢިލްމީ އިންސާނަކަށް. އެފަދަ ބޭފުޅެއްގެ ބުއްދިން ފިކުރުކޮށްގެން އާންމުކުރާ ބަސްފުޅަކީ ތެދު ހިކުމަތްތެރި ބަސްފުޅެއް.
ކޮރަލް
02 March 2023
ހުޅުމާލޭ ފޭސް 1 ގަ ބިމެއް އެބަ އޮތެވެ. ިހާރު އެއީ ޖަންގައްޔެކެވެ. ފޭސް 1 ގެ ބްރިޖް ކައިރީގަ އެވެ. ވަށައިގެން ބަންދު ކޮށްފަ އެވެ. ރަނގަޅު ލޮކޭޝަން އެއް އެއޮތީ ބިން ނެގި ގޮތަށް ކުޑަ މަސައްކަތެއް ކޮށް ވީރާނާ ވެފަ އެވެ.