މާރުކޭޓުގައި މޭވާ ގަންނަން ހުރި މީހެއް. ކާބޯތަކެތީގެ އިންފްލެޝަން ހަތް ޕަސެންޓަށް ވަނީ އިތުރުވެފައި-- ފައިލް ފޮޓޯ: މިހާރު
02 މާޗް 2023 - 14:42
ކާބޯތަކެތީގެ އަގު ނުވަތަ އިންފްލޭޝަން މިދިޔަ ޖެނުއަރީ މަހު ހަތް ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ކާބޯތަކެތީގެ އަގު ވަނީ 7.82 ޕަސެންޓަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ފެށުނު އިރު ކާބޯތަކެތީގެ އިފްލޭޝަން ހުރީ 1.9 ޕަސެންޓްގަ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 75 ޕަސެންޓުގެ އިތުރުވުމެކެވެ.
ކާބޯތަކެތީގެ އަގު ބޮޑުވި އިރު މަހުން މަހަށް ވެސް ތަކެތީގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާ އިރު މި ޖެނުއަރީ މަހު ވަނީ ތަކެތީގެ އަގު 0.96 ޕަސެންޓަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރު އެއް މަހުން އިންފްލޭޝަން އެންމެ ބޮޑަށް އިތުރުވި މަހެވެ.
އަހަރުން އަހަރަށް ބަލާއިރު ރާއްޖޭގެ އިންފްލޭޝަން ވަނީ 3.99 ޕަސެންޓަށް އަރައިފަ އެވެ. މިއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ތަކެތީގެ އަގު އެހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
މަހެއްގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައި ވަނީ ކެފޭ އާއި ރެސްޓޯރެންޓްތަކުގެ އަގުތަކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ ޖެނުއަރީ މަހު ކެފޭ/ރެސްޓޯރެންޓްތަކުން ވިއްކާ ތަކެތީގެ އަގު ވަނީ 4.3 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ.
ތަކެތީގެ އަގު އުފުލުނު އިރު މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީގެ އަގު ވަނީ ހަ ޕަސެންޓުން 8 ޕަސެންޓަށް ބޮޑުވެފަ އެވެ.
ވޯލްޑް ބޭންކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދެކުނު އޭޝިއާގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް މި ވަގުތު ހުރީ 23 ޕަސެންޓަށް ވުރެ މަތީގަ އެވެ. މި އަހަރު އިތުރަށް ކާބޯތަކެތީގެ އަގު އުފުލޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނޑޫ
05 March 2023
ކާޑުގެއަގުތައްއަދިބޮޑުނުވޭ ކީއްކުރަންދޮގުހަދަނީ
މަރިޔަންދިޔެ
04 March 2023
ކާބޯތަކެތީގެ އަގުބޮޑުވާ އެއްސަބަބަކީ ރާއްޖޭގައި އުފައްދާ ތަރުކާރީ ކޮންޓްރޯލްކުރަނީ ބަންގްލަދޭޝް މީހުން ރަށްރަށުން ތަކެތި ދަނޑުތަކުން ގަނެ ސަޕްލައިކުރާ ހިސާބުން މުޅި ޗެއިން ކޮންޓްރޯލް ކުރާތީ. ސަރުކަރުން އުފެއްދި އެގްރޯ އަށް މުދާ ސީދާ ދަޑުވެރިޔާ އަތުން ގަނެ މަރކެޓްކުރެވޭނެ މެކެނިޒަމްއެއް ނުހެދޭތީ.
ކާސިންޖި
03 March 2023
ރޯދައަށް އަގުބޮޑުކުރަން ދޮންކުރަނީ!
އެޑްމުންޑޯ
03 March 2023
ކޮންއެއްޗެއްގެ އަގު ބޮޑުނުވަނީ ، އަާއްމު ގިނަ ޚިދަމަތްތަކާއި ދަތުރުފަތުރާއި މާލޭގެ ފިހާރަތުން ވިއްކާ މުދާތަކަށް ބެލިއަސް ވަނީ މަތިވެފައި ،
ޕްރޮޕަގެންޑާ
03 March 2023
ޓެކުހަށް ގެނައި ބަދަލުން ތަކެތީގެ އަގު އުފުލިގެނެއް ނުދޭ: ޕީއެސްއެމް ނިއުސް 1 މާރޗް 2023. މީގަ މިއޮތީ ދިމާ އިދިކޮޅަށް. ރެފަރ ކޮއްފަ އިނީ ހަމަ އެކައްޗަކަށް.
ހާލާ ވަ ކެރަފާ
03 March 2023
ޢުމަރު އިސްދަ ޗޮއިސް
މުޑަހަންޖާ
03 March 2023
ބައިތުލްމާލުން އެގުރިކަލްޗާ މިނިސްޓްރީއެއް ހަދައިގެން ކ.މާލޭ އެކިގޭގެއިން ވަޒީރުންނާ ސަރުދާރުންލާފަ ބޮޑެތި މުސާރަދޭތާ 50 އަހަރުވީއިރު އެންމެ މިރުސްގަހެއް ހައްދާލެވުނުތޯ، މިއިރު މުއިޒު އެހެރީ 1 އަހަރުތެރޭ އެތައްސަތޭކަ ކަދުރު ރުކެއް ހައްދާފަނޫންތޯ. ހަމައެހެންމެ ހެރިޓޭޖޭ ކިޔައިގެން ބައިތުލްމާލުން ހަރަދުކުރާ ގުރޫޕަށްވެސް އަހަރެމެންގެ ތާއީދެއްނެތް.
ވާނުވާ ދަންނާށޭވެ
03 March 2023
އެއް ބައެއްގެ މުސަަރަ ބޮޑުކޮއްފަ ދެން ޓެކުސް ބޮޑު ކުރިއަސް އެއަކުން އިތުރުވުމެއް ނުފެންނާނެ ރައްކާކުރާން އޮންނަ ފައިސާ ފޮއްޗަކުން. އެއްޗެއް އެއްކޮއްފަ ހަމަ އޭތި ކެނޑުން ފަދަ ކަމެއްް އެއީ. ގިނަ ދިވެހިންނަށް ގެޓު ނުވެދާނެ މިވާ ގޮތެއް. ދެން މުސާރަ ބޮޑުނުވާ މީހުންނަށް މީގެ އެންމެ ނުބައި އަސަރު ކުރާނީ.
ސާބަސ
02 March 2023
ޙުރިހާއެއްޗެއްވެސް އަގުބޮޑުކޮށްގެން މަހުޖަނުންގެ ދަރަނިތައް އަދާކުރެވޭނީ
ސަލިނާ
02 March 2023
މިއީ ރައީސް ޔާމިންގެ ކަންތަކޭ. އޭނަ ވެއްޖެ ވައްކަން ކޮށްގެން ޖަލަށް ދާން. އެކަން ނުކުރިނަމަ އަހަރެމެން ސްލޯލިހް އަށް ވޯޓް ނުދިނީސް.