ރައީސް އަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރެއްވި ހަފްލާގެ ތެރެއިން: ކޯލިޝަންގެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި.-- ފޮޓޯ ނިޝާން އަލީ | މިހާރު
02 މާޗް 2023 - 22:04
މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކާއެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ރަނގަޅު ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ތ. ހިރިލަންދޫގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި އޮތް ފޯމިއުލާއަކީ ކޯލިޝަނަކާ އެކީ ދިއުން ކަމަށާއި އެ ނޫން ގޮތަކަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުން ވެސް މި ވަގުތު ދައްކަވަނީ ކޮންމެވެސް އެއް ޕާޓީއަކާއެކީ ކޯލިޝަން ހަދަން މަސައްކަތް ކުރާ ވާހަކަ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އިޝާރަތް ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނާ ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ އެކަނި ރިޔާސީ އިންތިހާބުގައި ވާދަ ކޮށްގެން ކާމިޔާބު ކުރެވޭނެ ކަމަށް ދެއްކެވި ވާހަކަފުޅަށެވެ.
ނަޝީދުގެ އަރިސް ބޭފުޅުން މިހާރު ދައްކަވަނީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނެރުމުގެ ވާހަކަ އެވެ. އެ ހާލަތުގައި އެ ބޭފުޅުން ބޭނުން ވަނީ ގާސިމްގެ ރަނިންމޭޓަކަށް ނަޝީދު ހަމަޖެއްސުމުގެ އަޑުތަކަށް ވަނީ ފެތުރިފަ އެވެ.
އެކަމަކު، ގާސިމް ވިދާޅުވީ އެފަދަ ހުށަހެޅުމެއް ނެތް ކަމަށާއި ނަޝީދުގެ އަރިސް ބޭފުޅުންގެ އެ ރޭވުމެއް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވިގޮތުގައި، ކޯލިޝަންގައި މި ވަގުތު ތިބި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމާ ކޯލިޝަންގެ މަޝްވަރާ ކުރުމަށް ދައުވަތު ދީފައިވާ ކަމަށެވެ. ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ގަސްދު ކުރައްވާއިރު، މިހާރު ކޯލިޝަންގައި ތިބި ޕާޓީތަަކަށް ދައުވަތު ދީގެން އެ ޕާޓީތައް ހިމެނުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މީގެން [ކޯލިޝަން މަޝްވަރާތަކުން] ރަނގަޅު ނަތީޖާއެއް ވަރަށް އަވަހަށް ފެނިގެން ދާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މިހާތަނަށް އަދާލަތު ޕާޓީން އެ މަނިކުފާނާ ކޯލިޝަން ހަދަން އެއްބަސްވެފައިވުމާއި އެމްޑީއޭ ވެސް ކޯލިޝަނާ ގުޅިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މިއަދު ވެސް އެބައޮތް -- ރައީސް
ދެން ހުރި ޕާޓީތަކާ ވެސް ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި އެ ޕާޓީތައް ވެސް ނިންމާނީ މުޅި ގައުމާރި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަން ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތަކީ އެ މަނިކުފާނާއެކު އައުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޮޑުތަނުން އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މިއަދު ވެސް އެބައޮތް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނައިރު އިއްޔެގެ ވަގުތެއްގައި ގާސިމް ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސާ ބައްދަލު ކުރައްވައިފަ އެވެ. ޖޭޕީގެ ގައުމީ ކޮންގްރެސް އިން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެން ނުވަ ޖޭޕީ އިސްވެ ހަދާ ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުރުމަށް ލަފާ ދިނުމުގެ ގަރާރެއް ފާސް ކޮށްފަ އެވެ. އެކަމަކު އެއީ އަމަލުކުރުން ލާޒިމު ގަރާރެއް ނޫނެވެ.
ނަމަވެސް ޖޭޕީން ރިޔާސީ އިންތިހާބުގައި އަމަލުކުރާ ގޮތެއް އެ ޕާޓީގެ ކައުންސިލުން ފާސްކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޓޭ
03 March 2023
އިބްރާހީމް މިހާރުވެސް އެހެރީ އަދީބުއާއި ކޯލިޝަން ހަދައިގެން! އެއީ ނޭވާ ހޮޅީގެ ކޯލިޝަން!
އިބްރ
03 March 2023
އިބޫ ސަރުކާރަށް ނޫނެކޭ ބުނަންޖެހެނީ މީނަގެ ވެރިކަމުގައި އެކަނި 62 ބިލިއަން ދަރަނި އުފައްދައި ރާއްޖެ އިޤތިސާދީ ބޮޑު އަނަދަވަޅަކަށް ވައްޓާލާފައިވާތީ.
ވަގުތުނެތޭ
03 March 2023
ގާސިމް އިބްރާހިމް މާބޮޑަށް އޭނާ އިންތިޚާބުގައި ވާދަ ކުރާނެތޯ ނޫންތޯ ކިޔާލަ ކިޔާލަ ހުރެދާނެއޭ ލައްގަޅޭ ލައްގަޅޭ މައިން ލައްގަޅޭ ކިޔާލަ ކިޔާލައޭ ގާސިމް އާއި އޭނާގެ އެޑްވައިޒަރުން އެތިބެނީ ގާސިމް އަކީ މިގައުމުގެ ބޮޑު ސޭޓް ކަމަށްވާއިރު ގާސިމް މިހާރު އެބަލަނީ އެއީ ސަރުކާރުގެ ތެރޭން ލިބޭ މަންފާ އެއް ލިބެން ދެން މަޑުކުރަން ކަމަށް ޝައްކު ކުރެވެއޭ ހަގީގަތުގައި ރާއްޖޭގެ މޫސުމަށް ބަލާނަމަ ކެމްޕެއިން ކުރަން އެންމެ ރަނގަޅީ ފެބްރުއަރީ މާރޗް އެޕްރީލް މެއި މަހޭ
މޫޗީ/މީދޫ
03 March 2023
އެއްބުރުން އިބޫ ސޯލިހު ހޮވޭނެ. އިބޫ އާއި ވާދަކުރެވޭނެ ހަމަ އެކަނި ކެންޑިޑޭޓަކީ އައްނި. އިދިކޮޅުން ރަގަޅު މީހަކު ނުދެއްކޭނެ.
މަދުވާނެއޭ
03 March 2023
މިރާއްޖެ އަމާން ބަނދަރަކަށް ގެންގޮސް ދޭނެ ކެންޑިޑޭޓަކަށް ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަނީ އެއީ ގާސިމް އިބްރާހިމް އެކަމަކު ގާސިމް ވަގުތު އޮތް ކަމަށް ހީކޮށް މިކަން ފަސްކޮށްފިނަމަ ރައްޔިތުން ގާސިމް އާއި މެދު ދެކެމުން އައި އުއްމީދު ގެއްލިގެންދާނެއޭ ގާސިމް ގާތު ތިބޭ އެޑްވައިޒަރުންނަކީ ވެސް އެއީ އާންމުންގެ ތެރޭގައި އާންމުކޮށް އުޅޭ ބަޔަކަށް ނުވުމާއި އަދި ގިނަ މީހުންނަކީ އެއީ ރާއްޖެތެރޭ މީހުން ކަމަށްވާއިރު އެމެންގެ ސިކުނޑީގައި އީޖާދު ކުރަނިވި ކަންކަން
ގުދުގުދާބެއްޔާ
03 March 2023
ތިޔަބުނާ ރަގަޅު ނަތީޖާ ޖުލައިމަސް ނިމުމުގެ ކުރިން ފެންނާނެ! އެއީ ކޯޅޭޝަން ގައި ތިބި މީހުން އިބޫ ދޫކޮއް ދާތަން! ދެން އިންތިހާބައް ނިކުންނަން ޖެހޭނީ ގިނިކަންޏާ! އޭރުން ފަހަތުން ލިބޭނީ އެއްވަނަ!
ހޯދާށޭ
03 March 2023
ކާބޯތަކެތީގެ އަގުބޮޑު ނުވާނެއޭ ރައީސް ވިދާޅުވި ބާޒާރު ކުރާ ކޮންމެ ކޮތަޅަކުން 2 ރުފިޔާ އަގު ބޮޑުވެ ޓެކްސް ބޮޑު ވުމުން ކުރިން ވިއްކި ކާބޯތަކެތިން މިހާރު 3 ގުނަ އަގުބޮޑު ވެއްޖެއޭ އެކަމަކު މިކަން ކޮންޓްރޯލެއް ނުކުރެވޭ އިކޮނޮމިކް މިނިސްޓަރަށް މިވަތަނަށް ބޭނުންވާ މިނިސްޓްރީ އެއް ނޫނޭ އިކޮނޮމިކް މިނިސްޓްރީ އަކީ އެތަން އުވާލާ ފިނޭންސް މިނިސްޓްރީގެ ދަށަށް އެތަން ބަދަލު ކޮށްލާ ސިފައިން ނެރެގެން މާލެތެރެ ބަލަންވީ އަގުބޮޑު ކޮށް ކާބޯތަކެތި ވިއްކާ މީހުން
އެމްސް
03 March 2023
މުޅި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ތިމާ ރައީސްކަމަށް އައުން ކަމަށް އަމިއްލައަށް ބުނުމީ ކޮންފަދަ ފޯމިއުލާއެއް؟
ބަސް އުފެއްދުން
03 March 2023
ކޯލިޝަން މިބަސް ދިވެހިބަހުގެ މާނަ "ސިޔާސީ ބައިއެޅުން" (މާނަކުރާގޮތް ވެރިކަން އަތުލަން ދައުލަތް ބަހާލުން، ނޫނީ ދައުލަތް ދަވާލުން) މިގޮތަށް ރަދީފުކުރަން ނުފެނޭތަ.
ބޮޑުމީހާ
03 March 2023
ރައީސް ދެން ރަގަޅުވާނީ ޕީޕީއެމްއާވެސް ކޯލިޝަން ހެދުން. އަދީބުވެސް ހިމަނައިގެން ކޯލިޝަން ހަދާ ގައުމު އަނެެއް 200 ބިލިއަނުން ދަރުވައިލާންވީ. އަދި 4000 ސިޔާސީ މަގާމު އުފެއްދޭނެ، އޭރުން މަނިކްފާނުގެ ގާބިލުކަން އިތުރުވެ މުޒާހަޜާކުރާނެ ބަޔަކު ނެތި ކިހާ ސުލްހަވެރި އަމާންވާނެ