ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމްގެ ކުރީގެ ބައްދަލުވުމެއް.
01 މާޗް 2023 - 11:17
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ބައްދަލުވުމެއް ފައްޓަވައިފި އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހިސާން އަލީ ފަހުމީ (ހިސްކޮ) އެކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް ތަފުސީލެއް ނުދެއްވަ އެވެ.
މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ޖޭޕީގެ ލީޑަރު ގާސިމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި ބައްދަލުކުރައްވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ނުކުމެވަޑައިގަންނަވާ ވާހަކަތައް ވަނީ ފެތުރިފަ އެވެ. އިވޭ އަޑުތަކަށް ބަލާއިރު ނަޝީދު ބޭނުންފުޅުވަނީ ގާސިމްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށެވެ. އެކަމަކު، އެ ކަމާ ބެހޭ ގޮތުން ދެ ބޭފުޅުން ވެސް އަދި ވާހަކައެއް ނުދައްކަވަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ނަޝީދުގެ ފެކްޝަންގެ އިސް މެމްބަރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވެސް އެފަދަ އިޝާރާތެއް ދެއްވައި އާންމުންނަށް ސުވާލެއް ދޫކޮށްލައްވައިފަ އެވެ.
އޭނާގެ ސުވާލަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންމޭޓެއް އިންތިހާބު ކުރުން ކިހިނެތް ވާނެތޯ އެވެ.
ނަމެއްގައި ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި އެމްޑީޕީގެ މެންބަރަކު ހުރުމަށް ވުރެ 40 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއަކާ އެކީގައި އެމްޑީޕީ އަށް ސަރުކާރަށް އާދެވިފައި އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތަކާއި އުސޫލުތައް ހިފެހެއްޓޭނެ ސަރުކާރެއް އުފެއްދުން މާ މުހިންމު ކަމަށް ހަސަން ވިދާޅުވި އެވެ.
"މިއީ ވަރަށް ރަނގަޅު ނުކުތާއެއް އެމްޑީޕީގެ މެންބަރުން ވިސްނާލަން. ކިހިނެތްތޯ ވާނީ އެހެން ޕާޓީއެއްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއް ގޮތުގައި ހުންނަވާފައި އެމްޑީޕީގެ ރަނިން މޭޓަކާއި އަދި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އަޅުގަނޑުމެންގެ ބަސް ބުނެވޭނެ އަދި މަޝްވަރާ އާއި ލަފާ ދެވޭނެ ސަރުކާރެއް އޮވެ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބުން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ޖޭޕީގެ ކޮންގްރެސް ހުޅުވުމާއި ނިމުމުގެ ރަސްމިއްޔާތުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. އެ ދެ ރަސްމިއްޔާތުގައި ވެސް ގާސިމް ވަނީ ނަޝީދުގެ ރަނގަޅު ކަންކަން ވަރަށް ބޮޑަށް ފާހަގަކުރައްވައި ތައުރީފު ކުރައްވައިފަ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފު ނުކުރައްވާތީ ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ވިދާޅުވީ، އެ މަނިކުފާނު ގޯހެކޭ ވިދާޅުނުވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން ކޯލިޝަނަކާއެކު ނުކުމެވަޑައިގެން އެއްބުރުން އެ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެކެވެ. އެކަމަކު، މިހާރުގެ ކޯލިޝަން ޕާޓްނަރުންގެ ތެރެއިން ރައީސާއެކު ތިބޭނެކަން މިހާތަަނަށް ހާމަކުރީ އަދާލަތު ޕާޓީން އެކަންޏެވެ. ޖޭޕީ އާއި އެމްއާރުއެމުން އަދި ގޮތެއް ނުނިންމަ އެވެ.
އަދާލަތު ޕާޓީގެ އިތުރުން ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އިން ވަނީ އެމްޑީޕީއާއެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ނިންމައިފަ އެވެ.
ގާސިމްގެ ތާއީދު ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވެސް ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިރަތި
02 March 2023
ގާސިމަކީ މާޒީ. އޭނަ ނެތަސް ހުއްޓަސް އަަހަރެމެން ވޯޓުލާނީ އަހަރެމެން ބޭނުން މީހަކަށް. ގާސިމަކަށް ނުލާނަން ޔަގީނުންވެސް.
ސަމީރު
01 March 2023
އޮނަރަބަލް ގާސިމަކީ ސިޔާސީ ޕާޓީގެ މެދު ގޮތްނިންމާއި ޕާޓީ ، 2008 އިން 2023 އަށް ވެރިކަން ކުރި ހުރިހާ ޕާޓީތަކަށް އެމަނިކުފާނު އެވަނީ ފުރިހަމަ އެއްބާރުލުން ދެއްވާފައި، މިފަހަރަކީ ގާސިމްގެ ފަހަރަކަށް ފުރުސަތު ދިނުމަކީ ކިހާ އިޚްލާސްތެރިކަމެކަން ވެގެންދާނެ
ދޮންއީސަ
01 March 2023
ތިޔައީ މާސިންގާ ޑުރާގަޑެއް، ސަރުކާރުން ފައިސާކޮޅެއް ދަމާގަނެ ހާވާފައި ހުރިހަޑީގެ ފޯކަސް ބަދަލުކުރަން ކުރާކަމެއް ، މިހާރުވެސް 4 ކުންފުނީގެ އެމްޑީކަމާއި، އެއްމެ ގިނަރިސޯޓް ހިންގާ ވެރިޔާ އަތުގައި ޓުއަރިޒްމް މިނިސްޓުރީ، އެއާލައިން ހިންގާ،އެއަރޕޯޓް ހިންގާ ވެރިޔާގެ އަންހެނުން އޭވިއޭޝަން ޓުރާންސްޕޯޓް މިނިސްޓުރީ، މަސްފެކްޓަރީ ހިންގާ ވެރިޔާ އަތުގައި ފިޝަރީޒް މިނިސްޓުރީ، މުޅިސަރުކާރުގެ ވެރިންގެ 40% ވެރިޔާ އަތުގައި،ރައީސްކަން ލިބުނީމަދެން އިތުރަށް ކީންއުތަ؟
ފަލިބައި
01 March 2023
ނަޝީދު އެމްޑީޕީ ކެނޑިޑޭޓްއާ ދެކޮޅަށް ގާސިމާ އެއްބައިވާ ނަމަ ޕާލަމެންޓުން ނަޝީދު އިމްޕީޗްކުރަން ޖެހޭނެ. ނަޝީދު އެމަގާމުގަ ހުރެގެން ޑީލްހަދާނަމަ އޭނާގެ އަޚްލާގެއް ނެތްވާހަކަ ބުނުމުގެ މާނައެއް ނެތް! އެއްވެސް އިރެއްގާ އޭނަގެ ކިބައިން ފެނުނު އެއްޗެއް ނޫންވީމާ. އެހަދަން އުޅޭ ޑީލަކީ ރައްޔިތުންގެ ހައްގުގާވެސް ނުރައްކަލެއް. ސަބަބަކީ މުޅި ޕާލަމެންޓް އެމްޑީޕީގެ އަތުގައި އޮތުމުން، ގާސިމަކަށް ނޫން އެމަކަރު ޖެއްސެނީއެއް.
ހިތަދޫ ހުސެން
01 March 2023
ކުރިމަލާނެ ގޮތެއް ސައްލާ ކޮއް ސިއްރިޔާތުގަ ތިހެން ނިންމިދާނެ ކަލޭމެނަށް، ވޯޓް ދޭން ތިބީ އާންމު ރައްޔިތުން. މިމީހުން މިހަދާ އެއްޗެ ނޭނގޭނެ ކަމަށް؟ ގާސިމް ހުރި ކޮޅަކަށް ވޯޓެއް ނުދޭނަން ކޮންމެ މީހަކާ އެއްކޮށް އެރިޔަސް، އެއީ މިގައުމަށް ޖެހިފަ ހުރި ބޮޑު މުސީބާތެއް، ސަރުކާރުން 100މިލިއަން ރުފިޔަ ނަހައްގުން ހޯދައިގެން އެތިކޮޅެއް ބަހައިފަ މާ ދީލަތި މީހަކަށް ހެދިގެން!
ބަނާނާ ރިޕަބްލިކް
01 March 2023
އިބްރޭ މަޑުން ހުއްޓަސް ހާދަ ވެރިކަން ކުރާ ހިތްވެޔޭދޯ. ނުމޮށޭ ގުރަޔަށް ދެވަނަ ފުރުސަތެއް ދައިގަންނަށް ދިނުން ބުއްދިވެރިއެއްނޫން.
ވިންވިން
01 March 2023
މިހާރު އިޞޫއާއި ގާސިމް އެކުވެގެން ރ.ނަސީދު ސިސާސީކޮއް އެކަހެރި ކުރެވިދާނެ. އެއީ ގާސިމް އައް ވެސް އިބޫއައްވެސް ވާނެ ބޮޑުފަސޭހައެއް.
އަސްތާރު
01 March 2023
ތިއައީ ސިކުނޑީގަ ތެތްކަމެއް ނެތް ދެވެރިންނެވެ. އެހެންކަމަށްވާނަމަ،ބާއްވާ ބައްދަލުވުމަކުން އޮށްޓަރެއް ހުރި އެއްޗެއް ނުނެރެވޭނެ އެވެ. ކޯލިސަން ހެދިޔަސް ވޯޓް ލާންތިބީ ރައްޔިތުން ކަމަށްވާތީ ރައްޔަތުން ތިބީ ބުނާހާ މީހަކަށް ވޯޓު ދިނުމުގެ ނިޔަތެއްގައެއް ނޫނެވެ. ކޯލިސަން ހަދާށެވެ. ނަމަވެސް، މިފަހަރުގެ އެޖެންޑާގަ އޮތީ ވީ އެއްމެ އަވަހަކަށް ކޯލިސަން ރޫޅާލައި މަޖިލިސް އިންތިހާބު ކުރިން ނަސީދު ހިތްހަމަ ޖެއްސުމެވެ. ދެން މިގައުމަށް އޮތީ ނާމާން ދުވަސް ތަކެއް!
ޑިސްއޮނަރަބަލް ޑީޑީ
01 March 2023
މިގައުމުގެ ރައީސަކީ މިހާރު ކާކުކަން އޮޅޭހާހިސާބަށް ކަންކަން މ،ިދަނީ މަސްރަހު ގަރަނބުވަމުން. ނަޝީދު ނާށިގަނޑުހިފައިގެން ދަނީ ގާސިމުގާތަށް. އިބޫވެސް ނާށިގަނޑު ހިފައިގެން މިދަނީ ހަމަ ގާސިމުގާތަށް. މަހިތަށްއަރާ މިދެމީހުންގެ ލަދު އޮންނަނީ ބޮޑުފޮއްޓަށްލާ ހަތްތަޅުން ތަޅުލާފައިބާވައޭ.
ލޯރާ
01 March 2023
ނޯ އިންޓަރެސްޓް. ވަޓް އިސް ދިސް؟