ޚަބަރު / އަދާލަތު ޕާޓީ

އިމްރާން ނަޝީދަށް: ނާކާމިޔާބުވުމަކީ ގޮތް ބަދަލުކުރަން ޖެހޭ ކަމެއް ނޫން

ނަޝީދާއި އިމްރާން: އަނެއްކާވެސް ކޯލިޝަންގެ ވިސްނުން ނަޝީދު ގެންގުޅުއްވާތީ އިމްރާން ފާޑުވިދާޅުވި.

04 މާޗް 2023 - 12:15

40 comments

ނާކާމިޔާބުވުމަކީ އިރުއިރުކޮޅާ ވިސްނުން ބަދަލުކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްގެ ބަހުގެ ހަމަލައެއް ނަޝީދަށް މި އަމާޒު ކުރެއްވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު، މި އަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ވާހަކަތައް ނަޝީދު ދައްކަވަން ފެއްޓެވުމުންނެވެ.

ޕްރައިމަރީގެ ކުރިން ނަޝީދު ވަކާލާތު ކުރެއްވީ އެމްޑީޕީ އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށާއި އެ ޕާޓީން ކޯލިޝަން ހަދަން ނުޖެހޭނެ ކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅުއްވާތީ ވަރަށް ބޮޑަށް ނަޝީދު ފާޑުވިދާޅުވަމުން އޭރު ގެންދެވި އެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ ކޯލިޝަނަކާއެކު ނުކުތުމުގެ މުހިންމުކަން ފާހަގަކުރައްވަން ފައްޓަވައިފަ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ނަޝީދުގެ އެންމެ އަރިސް އެއް ބޭފުޅާ ހަސަން ލަތީފް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މިދިޔަ ހަފުތާގައި ވަނީ އެހެން ޕާޓީއެއްގެ ރައީސަކާއި އެމްޑީޕީގެ ރަނިންމޭޓަކު މި އިންތިހާބަށް ނުކުތުން ކިހިނެއް ވާނެތޯ ވިދާޅުވެ ސުވާލެއް ކުރައްވައިފަ އެވެ.

ނަޝީދާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުންގެ ވިސްނުން ބަދަލުވާތީ ކުރެއްވި ޓުވިޓެއްގައި އިމްރާން ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުގައި އިހުލާސްތެރި ހިތަކާއިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރޭވެނެކަން ވަރަށް ސާފުކޮށް މިހާރު ފެންނަމުން އަންނަ ކަމަށެވެ.

"ނާކާމިޔާބުވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލު ކުރަންޖެހޭ ކަމެއް ނޫނެވެ،" ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިމްރާން ވިދާޅުވި އެވެ.

ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅުއްވަމުން ކަމަށް އަޑު ފެތުރުނަސް އެ މަނިކުފާނު އެ ކަން ދޮގެއް ނުކުރައްވަ އެވެ އެކަމަކު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ ބުދަ ދުވަހު ވިދާޅުވީ އެފަދަ ހުށަހެޅުމެއް އައިސްފައި ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ނަޝީދު މިދިޔަ ހަފުތާގައި ވިދާޅުވީ، މި ސަރުކާރުގައި އެމްޑީޕީގެ އޮތީ 40 ޕަސެންޓު ހިއްސާއެއް ކަމަށެވެ. އެ އަށް ވުރެ ބޮޑު ހިއްސާއެއް އެމްޑީޕީގެ މެމްބަރުންނަށް ލިބޭ ނަމަ އެއީ ރަނގަޅު ގޮތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މި ވަގުތު އެމްޑީޕީ އަށް ލިބިފައި އޮތީ ސަރުކާރުގެ 40 ޕަސަންޓް. އެ އަށް ވުރެ އިތުރު މިންވަރެއް އެމްޑީޕީ އަށް ލިބޭ ގޮތް ވަންޏާ އެއީ އެ ޕާޓީ އަށް ރަނގަޅު ގޮތެއް ކަމަށް ލަފާ ކުރެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

ކޯލިޝަންގެ ވިސްނުމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވައި އަދި ކޯލިޝަނާ ދެކޮޅަށް ކެމްޕެއިން ވެސް ކުރެއްވުމަށް ފަހު، މިހާރު ނަޝީދުގެ ވިސްނުންފުޅު ބަދަލުވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާޑުވިދާޅުވެފަ އެވެ.

40 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަލީ އަ؛ލީ

06 March 2023

އަންނި އަކީ މިހާރު މީހުން ބަލައިގަންނަ މީހެއްނޫން، ދެފަހަރު އެކައްޗެއް ބުނާކަށް ހަނދާނެއް ނުހުރޭ

The name is already taken The name is available. Register?

އިއްމު

05 March 2023

އިންސާނާގެ އެންމެ ނުބައި ސިފައަކީ މުނާފިޤުކަމެވެ. 2 އިރު 02 ދުވަހަށް ކުލަ ބަދަލުކުރަމުން ދިީނީ ޕާރޓީ ހަދަިއގެން އިސްލާމްދީނަށް މަލާމަތް ކުރާ ޝެއިޚް އިމްރާންގެ ގޮތެެއްނެތް ކަމުން އަދާލަތު ޕާރޓީއާއިމެދު ދެކުނުގޮތް ބަދަލުވެއްޖެ

The name is already taken The name is available. Register?

7 ވަނަ ގަރުނުގެ ނަގިލި ކަނޑާލަންވީ!

05 March 2023

އަދާލަތު އަކީ މިޒަމާނައް ފިޓް ބައެއްނޫން. އެއްވެސް މަސައްކަތެއް ނުކޮއް ތެލުން ލާރި ހޯދައިގެން އުޅޭ ޑިކްޓޭޓަރުން، ބާރު ހިފަހައްޓަން ހަތިޔާރަކައް ދީން ހަދައިގެން އުޅޭ ގައުމު ތަކައް މިބައިގަޑު ރަގަޅުވާނީ. ދިވެހިރާއްޖެ އަކައް އަދާލަތު ކަމަކު ނުދޭ. ދިވެހިން ކުރަންވީ ކަމަކީ ތެދުވެރިވެފަ، ކަންނެތްކަން ފޮހެލަންވީ. ޅަ އުމުރުގަ އުފެއްދުންތެރިކަމުގެ މަސައްކަތް ކުރަންވީ. ކަމެއް ބިނާކުރަންވީ. ވަންކަން ކުރުން ހުއްޓާލަންވީ.

The name is already taken The name is available. Register?

ހާލުފޮޅި

05 March 2023

އަންނި ކޮށްދިން މަސައްކަތަށް ޝުކުރިއްޔާ. ތާއަބަދު ވެރިކަން ހޯދަން ނޫޅެ އޮބށމާ ކޮޕީ ކޮށްލާ. މިފަހަރު ެިބޫ ހޮވުނަސަ 2028 ގައި ތާއީދެއް ނުކުރާނަން.

The name is already taken The name is available. Register?

ފުރާޑޭ

05 March 2023

ހާލުފޮޅިއަށް ވާނުވާ އެނގޭހެނެއް ހިއެއް ނުވޭ. 2028 ގައި އމޞ ކިހިނެއްތަ ފުރަތަ ކުރިމަތިލާނީ؟ ފެހި ޤ.އ އިން އެއްވެސް މީހަކަށް ވެރިކަން ކުރެވޭނީ 2 ދައުރު. އެހެންވީމަ މިފަހަރުވެސް ފުރުޞަތު ދޭނެކަމެއްނެތް. ޓާޓާ ގޭންގުން މުޅިގައުމު ހިސޯރުކޮށް ކައި ހުސްކޮށްލައިފި.

The name is already taken The name is available. Register?

ހައްގުބަސް.

05 March 2023

މި ސަރުކާރަ ވޯޓް ދޭނީ ހެޔޮނުވިސްނޭ މީހުން

The name is already taken The name is available. Register?

ބެންޖޯން

05 March 2023

ހިޔާލު ތަފާތުވީމަ ޖެހޭނީ ދީނީ ފަތުވޭދީގެން ރައްޔިތުން ލޭ ކައްކުވާލައިގެން ބަގާވާތް ކުރަން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

04 March 2023

އަދާލަތު ޕާޓީ މިހާރަކު ކަމަކުނުދޭ. ޕާޓީ އިސްލާހުކުރަން ޖިހިފަ މިއޮތީ.

The name is already taken The name is available. Register?

ސޮވެރިންގ

05 March 2023

ވަރަށް ރަގަޅު ބަހެއް. އެޕާޓީ އޮތީ އިޞްލާހަކަށް ބޭނުންވެފަ. އެކަން މިފަހަރު އެޕާޓީގެ މެމްބަރުން ދައްކާނެ 9/9 ގަ.

The name is already taken The name is available. Register?

އައްޑޫ123

04 March 2023

މިސަރުކާރު ކުރާ އެގްރިމަންޓުތައް ނުދައްކާ ގައުމު ފުނޑެމުންދާއިރު އެމްޑީޕީ އުގައް އެރީ. މީތި ކަޑައޭ

The name is already taken The name is available. Register?

ޢެމެރިކާ

04 March 2023

ކުރިން ބުނި ބަސްތަ ދިރާސާ ކުރީމަ އެގުނީ. އަދާލަތު ޕާޓީގެ ލީޑަޝިޕް ފޭލްވެއްޖެކަން.

The name is already taken The name is available. Register?

ބުރުގާ

04 March 2023

ނަޝީދު އާއި އިމުރާނުމެންމީ ކޮންބަޔެއްތަ؟ ދެ މީހުންވެސް ކުރިހާވެސް ކަމަކީ މީހުން މަގުފުރެއްދުން. ތި ދެމީހުންގެ ފަހަތުގަ ކިތައްމީހުން ތިބެގެންތަ މަވަރެއް ނެތިގެން އެ އުޅެނީ... އަމައްޔާއި ދެން....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454