މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް: އެ ކައުންސިލުން އަމަލުކުރާ ގޮތާ މެދު ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި --- ފޮޓޯ/ސިޓީ ކައުންސިލް
04 މާޗް 2023 - 13:08
މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އެ ކައުންސިލްގެ ބައެއް ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ނަހުލާ ރޭ ނެރުއްވި ބަޔާނެއްގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވެސް ވިލިމާލެއާ ބެހޭގޮތުން އަމާޒުވި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު އޭނާ އަށް ކައުންސިލުން ދީފައި ނުވާ ކަމަށެވެ.
އެ ބަޔާނުގައިވަނި އާންމުން ބައެއް ސުވާލުތައް ކުރި ވަގުތު މައިކުގެ އަޑު ކަނޑާލާފައިވާ ކަމަށާއި އަދި ބައެއް ސުވާލުތަކަށް ހަގީގަތާ ހިލާފަށް ކައުންސިލުން ޖަވާބު ދިން ކަމަށެވެ. ބައެއް ކަންކަން ކައުންސިލްގެ ޖަލްސާއަށް ގެނައުމެއް ނެތި ކައުންސިލުން ނިންމަމުންދާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
އެ ބަޔާނުގައިވާ ގޮތުން ރެޑްވޭވަށް ވިލިމާލޭ އިން ބިމެއް ދޭން އެއްބަސްވުމެއް ހަދާފައިވާ ކަމަށް މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވިޔަސް، އެކަން އެގޮތަށް ނިންމުމުގައި އޭނާގެ ބައިވެރިވުމެއް ނެތެވެ. އެ ކަމުގައި ކައުންސިލްގެ މަޝްވަރާއަ ށް މިހާތަނަށް އައިސްފައިނުވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.
"މިފަދަ އެއްބަސްވުމެއް އޮތްކަމުގައިވާ ނަމަ އެކަން ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން އެނގެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކުރުމަށް ފަހު، ސިޓީ ކައުންސިލްގެ ވިލިމާލޭ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އޭނާ އަށް އެންގުމެއް ނެތި އަދި ބިޑް ކުރުމާއި އިއުލާން ކުރުމެއް ނެތި ކޮމިޓީން ކަންކަން ނިންމުން ގެންދާ ކަމަށް ވިދާޅުވި އެވެ.
ނަހުލާ މިދިޔަ އަހަރު ޕީޕީއެމުން ވަކިކުރީ އެ ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް، އެ ޕާޓީގެ ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރި ކަމަށް ތުހުމަތުކޮށެވެ. ޕާޓީން ވަކިކުރުމުގެ ކުރިން ވެސް އޭނާ އެ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލ
05 March 2023
މީމަޖުލީހުގެ މައްސަލަ ވައްކަން ނުނީ މީހަކު މެރިކަމައް ތުހުމަރު ކުރެވި އަދި މައްސަލަ ކޯޓުގައިވާ މީހާއައް ވެސް ގޮންޑިޔައް ކުރިމަތިލެވިދާނެ، ވޯޓުން ހޮވި ރައްތުންގެ ހާދިމަކައްވެސް ވެވިދާނެ.
ވަހީދުބޭބ.
04 March 2023
ޕާޓީގައި ހުރެ ޕާޓީގެ ކެނޑިޑޭޓުންނަށް ގެއްލުންވާގޮތަށް މަސައްކަތް ކުރި މީހަކު އެޕާޓީގެ އައުލަބިއްޔަތު އޮންނަ ކައުންސިލަކާ ދެކޮޅުވާނެ.
ސަންޕަދަރި
04 March 2023
މީނާ މިއުޅެނީ ސުރުހީއަށް އަރާލާހިތުން... ސިޓީކައުންސިލުގަ ތިނޫނަސް މެމްބަރުން އެބަތިބި ކިހިނެއް ވެގެން ތިއުޅެނީ... ހީވަނީ ނާޒިމު އަތުން ލާރިގަނޑެއް ކާލަން ރެޑީ ވަނީހެން.. ތިމާއަށް ތިމާ ފެނިފަ ހުންނަ ދެއްކުންތެރި ބޮޑާ އަދި ފައިސާ އަށް ދަހިވެތި އަންހެނެއް.
ޤުއި ޒޭ
04 March 2023
ކަމަނާ އާއި ދޭތެރޭ ހިތްހަމަ ނުޖެހޭތީ
ޢިހްސާސް..
04 March 2023
ތިޔައީ ބޮޑާ ކިބުރުވެރި އަންހެނެއް.
އަލީބަލީބަލީ
04 March 2023
އޭނަ އެދެއްކި ރަގަޅު ވާހަކަ. މުއިޒުއަށް ރައްދުވާތި ހަޖަމްނުވީ.
ސަލީމާ
04 March 2023
ނަހުލާ އަކީ އެއްވެސް ކަމެއްގައި ހަރުދަނާ ކަނބަލެއްނޫންކަން އެންމެންވެސް ދަނޭ ސިޓީ ކައުންސިލުން ވިލިމާލޭން ވިޔަފާރި ބިމެއް ކުއްޔަށްދޭން އިޢްލާން ކުރުމުން އެކަމަށް އެދި ރެޑްވޭވްއިން ހުށަހެޅި ޕްރޮޕޯސަލްއަކަށް ކުއްޔަށް ބިމެއްދިނީ. ރެޑްވޭވް އިން އެއަވަށުގައި ރެޑްވޭވް ގެ ފިހާރައެއް ހެދުމަށް ޝައުގެވެރިވީ، އެ އަވަށުގައި ދިރިއުޅޭ ރައްޔިތުން ތަކުރާރުކޮށް އެކަމަށް އެދޭތީ. އެހެންނަމަވެސް އެއަވަށުގެ ރައްޔިތުން ހޮވި ކައުންސިލަރ އެކަންވިޔަ ނުދޭން ފައިވިއްދަނީ