ޕިއްޒާ ބޯނާގެ މަޖީދީ މަގުގައި ހުންނަ އައުޓްލެޓް. އެ ތަނުގެ ތިން ރެސްޓޯރަންޓެއް ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
07 މާޗް 2023 - 14:21
މާދަމާ ފާހަގަކުރާ މި އަހަރުގެ އަންހެނުންގެ ދުވަހުގެ ހާއްސަ ހަދިޔާއެއްގެ ގޮތުން، އެ ތަނަށް ޕިއްޒާ ކާން ދާ ހުރިހާ ކަސްޓަމަރުންނަށް، ހުރިހާ ބާވަތެއްގެ ޕިއްޒާއެއްގެ އަގު 99ރ. އަށް ހަމަޖައްސައިފި އެވެ.
ޕިއްޒާ ބޯނާ އިން އެކި ރަހަތަކުގެ ތަފާތު ގިނަ ބާވްތަކުގެ ޕިއްޒާ ވިއްކާއިރު، އަގުތައް ތަފާތެވެ.
އަންހެނުންގެ ދުވަހާ ގުޅޭ ޕޯސްޓު.
ޕިއްޒާ ބޯނާ އިން މިއަދު ބުނި ގޮތުގައި، ރެގިއުލާ ސައިޒުގެ ކޮންމެ ޕިއްޒާއެއް ވެސް މާދަމާ 99ރ. އަށް ލިބޭނެ އެވެ. އެކަމަކު، އެ އަގުގައި ޕިއްޒާ ލިބޭނީ ޑައިން ކުރާ މީހުންނަށް އެކަންޏެވެ. ޑެލިވަރީ އާއި ޓޭކްއަވޭ އަށް ޕިއްޒާ ވިއްކާނީ އާންމު އަގުތަކުގަ އެވެ.
ޕިއްޒާ ބޯނާ އިން ބުނީ، އަންހެނުންގެ ދުވަހަށް ޕިއްޒާތަކުގެ ހާއްސަ އަގެއް ކަނޑައެޅީ، އެއީ ތަފަތު ހަދިޔާ ދޭ ދުވަހަކަށް ވާތީ ހަދިޔާއެއްގެ ގޮތުގައި ޕިއްޒާއެއް ދޭން ބޭނުންވާ މީހުންނަށް ހެޔޮ އަގުގައި އެކަން ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް ކަމަށެވެ. ދުވަހުގެ މުނާސަބަތުގައި ރެސްޓޯރަންޓަށް ކާން ދާ ކަސްޓަމަރުންނަށް ވެސް ހެޔޮ އަގެއްގައި އެ ދުވަހުގެ ކެއުން ހަމަޖައްސައި ދޭނެ ކަމަށް ވެސް ބުންޏެވެ.
Pizza Buona - So Different, So Delicious
މި ވެބްސައިޓުން މެނޫ ބަލާ އޯޑަރު ކުރެވޭނެ.
ޕިއްޒާ ބޯނާ އިން ޗިކަން ޕިއްޒާގެ 19 ވައްތަރު، ބީފް ޕިއްޒާގެ ނުވަ ވައްތަރު، ސީފުޑް ޕިއްޒާގެ ހަތް ވައްތަރު އަދި ވެޖް ޕިއްޒާގެ ހަ ވައްތަރު ވިއްކަ އެވެ.
ޕިއްޒާ ބޯނާގެ ދެ ރެސްޓޯރަންޓް މާލޭގައިި އަދި އެއް ރެސްޓޯރަންޓު ހުޅުމާލޭގައި އަދި ހުޅުމާލެ ފޭސް 2 ގައި ވެސް ރެސްޓޯރަންޓެއް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަމަޖސ
07 March 2023
މީކޮންކަހަލަ ކަމެއް، ނޮވެންބަރު 19 ފިރިހެނުން ދުވަހު އެއްވެސް ކަމެއް ނޯވޭ!