އައިޖީއެމްއެޗުގެ ލެބޯޓްރީ: މައްސަލަ ހައްލުކޮށް ލެބޯޓަރީގެ ހިދުމަތް އަލުން ވަނީ ފަށައިފައި. -- ފޮޓޯ | މިހާރު
09 މާޗް 2023 - 14:52
ދަރުމަވަންތަ ހޮސްޕިޓަލުގެ ފެނުގެ ނިޒާމަށް މިއަދު ހެނދުނު ދިމާވި މައްސަލަ ހައްލުކޮށް، އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް އަލުން ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން ލެބޯޓަރީގެ ހިދުމަތް ހޯދާ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ލެބޯޓަރީ ހުންނަ އެ އިމާރާތުގެ 9 ވަނަ ފުލޯގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
"..ލެބޯޓަރީގެ ހިދުމަތް ކުރިއެކޭ ވެސް އެއްފަދައިން ލިބޭނެ ވާހަކަ ދެންނެވީމެވެ،" އެ ހޮސްޕިޓަލުން ބުންޏެވެ.
މިއަދު ހެނދުނު ލެބްގެ ހިދުމަތް މެދުކަނޑާލަން ޖެހުމުން އިމަޖެންސީ ކޭސްތަކުގައި ޕޭޝަންޓުގެ ލެބް ޓެސްޓުތައް ހެދީ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވައިގެންނެވެ.
އައިޖީއެމްއެޗުގެ ލެބޯޓަރީ އަކީ މާލެ ސަރަހައްދުގައި އެންމެ ގިނައިން މީހުން ހިދުމަތް ހޯދާ އެއް ލެބެވެ. އެތަނުން ކޮންމެ ދުވަހަކު 24 ގަޑިއިރު ހިދުމަތް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުކުރިޔާ
09 March 2023
އިބޫގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ލިބޯޓްރީގެ ހިދުމަތް އަލުން ފައްޓަވައި ދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ