ޚިޔާލު

ވުލޫގެ ހިކުމަތާއި މުހިންމުކަން

ނަމާދުގެ ކުރިން ވުލޫ ކުރަނީ: ވުލޫއަކީ އާދައިގެ ސާފުތާހިރުކަން އެކަންޏެއް ނޫން.

ސާފުތާހިރުވުމަކީ އިންސާނީ ފިތުރަތުގައި ހިމެނޭ ކަމެކެވެ. ނަމަވެސް އިންސާނަކު މި ކަމުގައި ވެސް ފަރުވާކުޑަވެ، ކަންނެއްވެއްޖެ ނަމަ އޭނާގެ ހަށިގަނޑުގެ ސާފުތާހިރުކަން ގެއްލިދާނެ އެވެ. މީގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސުގެ އިތުރުން އެކުގައި އުޅޭ އެހެން މީހުންނަށް ވެސް އޭގެ އުނދަގޫތައް ފޯރާފާނެ އެވެ.

އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް އެ ދީނުގައި ޝާމިލު ވެފައިވާ ދީނެއް ކަމުން އިންސާނާގެ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައި ވެ އެވެ. ހަށިގަނޑާއި ފޭރާމާއި އުޅޭ ތަން ސާފުތާހިރު ކުރަން ޖެހެ އެވެ. ނަޖިސް ފިލުވާލުމާއި ދަތްއުނގުޅުމާއި ހިނައިގަތުމާއި ވުލޫ ކުރުމާއި ނިޔަފަތިކެނޑުން ފަދަ ގިނަ ކަންތައް ޝަރުއު ކުރައްވާފައި ވެ އެވެ. މި ކަންކަމުގެ ތެރެއިން ވުލޫ ކުރުމަކީ ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުރަންޖެހޭ ކަމެކެވެ. އެއާ ނުލައި ނަމާދު ވެސް ސައްހަ ނުވާ ކަމެކެވެ. މިހާ ވަރަށް އިސްލާމްދީނުގައި ވުލޫކުރުމަށް ބާރުއަޅާފައި މި ވަނީ ކީއްވެގެންބާ އެވެ؟

ވުލޫގެ ލަފުޒީ މާނައަކީ އުޖާލާ ކަމެވެ. އެހެންކަމުން އެއީ އާދައިގެ ސާފުތާހިރުކަން އެކަންޏެއް ނޫނެވެ. އެކަމަކު އޭގައި ހަޑިމިލަތައް ފިލުވާލުމުގެ މާނައިގެ އިތުރުން ޒީނަތްތެރިކަމާއި އުޖާލާކަން ގެނައުމުގެ މާނަ ވެސް ހިމެނެ އެވެ. ވުލޫ ކުރުމުގައި ބައެއް ގުނަވަންތައް ދޮވުން ހިމެނެ އެވެ. ދޮވުމަކީ ލަފުޒީ ގޮތުން ބަލާއިރު ހިނައިގަތުމެވެ. ހިނައިގަތުމަކީ ހަމައެކަނި ފެން އޮއްސާލުމެއް ނޫނެވެ. ނަމަވެސް އެއާއެކު ހަޑިތަކާއި މިލަތައް ފިލުވާލުން ވެސް މެއެވެ. މިސާލަކަށް ވާރޭ އައިސް ބިން ދޮވެލައިފިޔޭ ބުނެފި ނަމަ އޭގެ މާނައަކީ ވަރަށް ބޯކޮށް ވާރޭވެހި ބިމުގައިވާ ތަކެތީގެ އެންމެހައި ހަޑިތައް ފިލައިގެން ދިއުމެވެ.

އެހެންކަމުން ވުލޫ ފުރިހަމަކުރި ކަމަށް ވާނީ ފެން އޮހޮރުވައިގެން ވިއަސް ނުވަތަ ފެން ހާކައިގެން ވިއަސް ވުލޫގެ ގުނަވަންތަކުގައިވާ ހަޑި މިލަތައް ފިލުވާލައި އެ ގުނަވަންތަކަށް އުޖާލާކަން ގެނެސްގެނެވެ.

ވުލޫއަކީ އިސްލާމްދީނުގައި އިންސާނާގެ ހަށިގަނޑަށް ކުރާ ގަދަރުގެ ފަލްސަފާ ރަމްޒު ކޮށްދޭ ކަމެކެވެ. އެހެން ބައެއް އަގީދާތަކުގައި ހެން ރޫހާނީ ތަރައްގީގެ ނަމުގައި ހަށިގަނޑަށް އިހުމާލުކޮށް، ހަށިގަނޑު މުޑުދާރުވާން ދޫކޮށްލުމެއް އިސްލާމްދީނުގައި ނުވެ އެވެ. ހަގީގަތުގައި އިންސާނާއަކީ މާއްދީ އަދި ރޫހާނީ މަހުލޫގެކެވެ. އެހެންކަމުން އެ ދޭތި އެކަތި އަނެކައްޗާ ވަކި ކުރުމަކީ ދަތިކަމެކެވެ.

އުމަރުބުނު އަންބަސާގެ ކިބައިން ރިވާ ވެގެންވާ ގޮތުގައި ވުލޫކުރުމުގެ ގޮތުން ދެ އަތްތިލަ އާއި މޫނާއި ދެ އުޅަބޮއްޓާ ހަމައަށް ދެ އަތްދޮވެ ބޮލުގައި ފެންފުހެ ދެ ތަނބިކައްޓާ ހަމައަށް ދެ ފައި ދޮވެފި ނަމަ އެ މީހެއްގެ ފާފަތައް ފޮހެވިގެން ދާނެ އެވެ. އެ ފާފަތައް ފޮހެވުން ބިނާވެފައި އެ ވަނީ ވުލޫއަކީ ނަމާދަށްޓަކައި ކުރާ ކަމަކަށް ވެފައި ވުލޫ އާއި ނަމާދަކީ މީހާ އީމާންތެރިކަމަށާއި ﷲ ގެ ރުހިވޮޑިގަތުމަށް އަވަސްވެގަންނަ ކަން އަންގައިދޭ އަލާމާތްތަކެއް ކަމުގައި ވާތީ އެވެ. މިއާ ގުޅުން ހުރި އެހެން ރިވާޔަތްތަކުން މިކަމަށް އިތުރަށް ދަލީލު ލިބެ އެވެ.

ވުލޫގެ ލަފުޒީ މާނައަކީ އުޖާލާ ކަމެވެ. އެހެންކަމުން އެއީ އާދައިގެ ސާފުތާހިރުކަން އެކަންޏެއް ނޫނެވެ. އެކަމަކު އޭގައި ހަޑިމިލަތައް ފިލުވާލުމުގެ މާނައިގެ އިތުރުން ޒީނަތްތެރިކަމާއި އުޖާލާކަން ގެނައުމުގެ މާނަ ވެސް ހިމެނެ އެވެ.

ވުލޫ އިން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ސާފުތާހިރުކަން ގެނައި ކަމުގައި ވިއަސް މުޅި ހަށިގަނޑުގެ ސާފުތާހިރުކަން ނެތިއްޔާ ނަމާދު ސައްހަ ވުމަށްޓަކައި ވުލޫ އިން އެކަނި ނުފުދެ އެވެ. މިސާލަކަށް ޖުނުބުވެރި ވެފައިވާ ނަމަ ނުވަތަ ހައިލުނިފާސްކަން މަތީގައިވާ ނަމަ އެކަން ކަމަށް ފަހު ހިނައިތާހިރުވުމުން މެނުވީ ވުލޫގެ ބޭނުމެއް ނުހިފޭނެ އެވެ. ހަމަ އެއާ އެކު އިންސާނާގެ ހަށިގަނޑުގައި ނުވަތަ ފޭރާމުގައި ނަޖިހެއް ހުރުމަކީ ވެސް ވުލޫގެ ބޭނުން ނުހިފި ދާނެ ކަމެކެވެ. މީގެ އިތުރުން ފިތުރަތުގެ ސުންނަތްތައް ވެސް ސާފުތާހިރުވުމަށްޓަކައި ފުރިހަމަވާން ޖެހެ އެވެ.

ހިތާނުކުރުމާއި ލަދުވެތި ގުނަވަންތަކުގެ ވަށައިގެންވާ އިސްތަށިތައް ބޭލުމާއި މަތިމަސް ކޮށުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތުން އިސްތަށި އުފުރުން (ނުވަތަ ބޭލުން) ހިމެނެ އެވެ. ހަމަ އެއާ އެކު ބޮލުގެ އިސްތަށިގަނޑަށް ހެޔޮކޮށް ހިތަން ކީރިތި ރަސޫލާ ﷺ އަމުރު ކުރައްވާފައި ވެ އެވެ. އެބަހީ ފިރިހެނަކު ނަމަ ބޯކޮށަން ޖެހެ އެވެ. ނުވަތަ އަންހެނެއްގެ ސިފަ ނުޖަހާ މިންވަރަށް އިސްތަށިގަނޑު ދިގުކޮށް ބެހެއްޓި ނަމަވެސް އެ އިސްތަށިގަނޑު ސާފުކޮށް ފުނައި އަޅަން ޖެހެ އެވެ. ނުބައި ވަހެއް ދުވިޔަ ނުދިނުމަށްޓަކައި އިސްތަށިގަނޑުގައި މީރު ވަސް ދުވާ އެއްޗެއް ލުމަކީ ވެސް މަނާވެގެންވާ ކަމެއް ނޫނެވެ. އަންހެނުން ވެސް އެ މީހުންގެ އިސްތަށިގަނޑު ސާފުތާހިރުކޮށް ބަހައްޓަން ޖެހެ އެވެ.

ވުލޫއާ ގުޅުން ހުރި އަނެއް މުހިންމު ކަމަކީ ދަތް އުނގުޅައި ސާފު ކުރުމެވެ. ދަތްތަކުގެ ދޭތެރެތަކުގައި ކާ ތަކެތި ހަރުވިޔަ ނުދީ ބެލެހެއްޓުމެވެ. އެ މީހެއްގެ އަނގައިން ނުބައި ވަސް ދުވާ ނަމަ ޖަމާއަތުގެ ނަމާދަށް ނުދިއުމަށް އިސްލާމްދީން އަމުރު ކުރެ އެވެ. ލޮނުމެދާއި ފިޔަ އާއި ރެޑިޝް ކައިގެން އޭގެ ވަހާ އެކު މަޖިލިސްތަކަށް ނުދިއުމަށް އިރުޝާދު ދީފައިވެ އެވެ.

އިސްލާމްދީނުގައި ސާފުތާހިރުވުމުގެ ގޮތުން މިފަދަ ކަންކަމަށް ބާރު އެޅުމުގެ އިތުރުން ހަށިގަނޑަށް ޒީނަތްތެރިކަން ގެނެސް އިހުތިރާމު ކުރަން ވެސް ސަމާލުކަން ދީފައި ވެ އެވެ. އާއިޝަތުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި އަންހެނަކު ފޮތެއް ހިފައިގެން ފަރުދާއެއްގެ ފުރަގަހުން އޭނާގެ އަތް ކީރިތި ރަސޫލާ ﷺ އަށް ދިށްކޮށްލި ހިނދު އެއީ ފިރިހެނެއްގެ އަތެއް ކަމެއް ނުވަތަ އަންހެނެއްގެ އަތެއް ކަމެއް ފާހަގަވާން ނެތުމުން އެކަލޭގެފާނު ސުވާލު ކުރެއްވުމުން އެއީ އަންހެނެއްގެ އަތެއް ކަން އެނގިވަޑައިގަތެވެ. އެ ހިނދު ކީރިތި ރަސޫލާ ހަދީސް ކުރެއްވީ "ތިބާއީ އަންހެނެއް ކަމުގައިވާ ނަމަ ތިބާގެ ނިޔަފަތިތައް ބަދަލުވެފައިވީ ހެވެ.". މީގެ މުރާދަކީ ހީނާފަތުގެ ރަތްކުލަ ނިޔަފަތިތަކުން ފެނުނީހެވެ. ހަމަ އެފަދައިން އާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ހިންދު ބިންތި އުތުބަތު ބައިއަތު ހިފުމަށް ކީރިތި ރަސޫލާ ﷺ ގެ އަރިހުން އެދިވަޑައިގަތުމުން އެކަމަނާގެ ދެ އަތްތިލަ ޒީނަތްތެރިކޮށްގެން އައުމުން މެނުވީ ބައިއަތު ނުހިއްޕަވާނެ ކަމަށް ހަދީސް ކުރެއްވި އެވެ.

އުމަރުބުނު އަންބަސާގެ ކިބައިން ރިވާ ވެގެންވާ ގޮތުގައި ވުލޫކުރުމުގެ ގޮތުން ދެ އަތްތިލަ އާއި މޫނާއި ދެ އުޅަބޮއްޓާ ހަމައަށް ދެ އަތްދޮވެ ބޮލުގައި ފެންފުހެ ދެ ތަނބިކައްޓާ ހަމައަށް ދެ ފައި ދޮވެފި ނަމަ އެ މީހެއްގެ ފާފަތައް ފޮހެވިގެން ދާނެ އެވެ.

މި ދެ ހާދިސާ އިން އެކަނި ވެސް މި އެނގެނީ ހަށިގަނޑު ސާފުކޮށް، ރީތިކޮށް ބެހެއްޓުމާއި ޒީނަތްތެރިވުމަކީ އިސްލާމްދީން ތަރުހީބު ދޭ ކަމެއް ކަމެވެ. އެކަމާ ތަބައްރުޖުވުމާ މިއީ ތަފާތު ދެ ކަމެކެވެ. ތަބައްރުޖު ވުމަކީ ޒީނަތްތެރިވުމުގައި މުބާލަގާ ކުރުމާއި ފާޅުނުވާ ޒީނަތްތައް ދައްކައިގެން ގަރީޒާތައް ހިލުވާލާ ދަރަޖަ އަށް ދިއުމެވެ. އެހެންކަމުން އިސްލާމްދީނުގައި ތަބައްރުޖުވުން މަނާކުރުމަކީ އެއްވެސް ހާލެއްގައި އަންހެނުން ނުވަތަ ފިރިހެނުން ވިޔަސް ހަށިގަނޑާއި ފޭރާން މުޑުދާރުކޮށް، ގައިން ނުބައި ވަސް ދުވާ ގޮތަށް އުޅެން އެންގުމެއް ނޫނެވެ. އަދި ކިއެއްތަ، ހަށިގަނޑު ސާފުތާހިރުކޮށް ރީތި ފޭރާންލައި ނުބައި ވަސްތަކުން ސަލާމަތްވާ މިންވަރަށް އަތަރު ލުމަކީ ވެސް އިސްލާމްދީން ބާރުއަޅާ ކަމެކެވެ.

ވުލޫ ކުރުމަކީ ސާފުތާހިރުވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައިވާ ހިނދު ދީން ވެރިވުން ނުބައިކޮށް، މާނަކޮށް ހަށިގަނޑަށް އިހުމާލުވުމަކީ މީހާގެ ޒާހިދުކަން ދައްކައިދޭ އަލާމާތެއް ކަމަށް ބެލުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. ހަށިގަނޑުގެ ސާފުތާހިރުކަމާއި ޒީނަތްތެރިކަން އިހުމާލު ކޮށްފި މީހަކު ދެން ހުރި އެހެން ކަންކަމުގައި ވެސް އިހުމާލުވުން ގާތެވެ. ޒީނަތްތެރިކަމަކީ ﷲ އިންސާނުންނަށްޓަކައި ލައްވަވާފައިވާ އެއްޗެކެވެ. އެ ޒީނަތްތެރިކަމާއި ހަލާލު ރިޒުގު އަމިއްލަ އަށް ހަރާމްކޮށް ގަތުމަކީ ﷲ ނުރުއްސަވާ ކަމެކެވެ. (އަލްއައުރާފު 32).

ވުލޫއަކީ ސާފުތާހިރުކަމާއި ޒީނަތްތެރިކަމުގެ ހުރިހާ ސަބަބުތަކެއް ރަމްޒު ކޮށްދޭ ކަމެކެވެ. ނަމަވެސް މި ޒީނަތްތެރިކަމާ އެކު އިންސާނާގެ ފިކުރާއި އަދަބުއަހުލާގު ވެސް ޒީނަތްތެރިވާން ޖެހޭނެ އެވެ. އިންސާނާގެ މަޒުހަރާއި ޖައުހަރު ފުރިހަމަވެގެން އަންނާނީ އޭރުންނެވެ. ވުލޫކުރަން އިސްލާމްދީނުގައި އަންގަވާފައިވަނީ އިންސާނާ ނަޖިސްވެ ގެންނެއް ނޫނެވެ. އިންސާނާއަކީ ނަޖިހެއް ނޫނެވެ. އެކަމަކު ހަދަސްވެރި ވުމަކީ ވަގުތުކޮޅަކަށް އަންނަ ނުސާފުކަމެކެވެ. އެހެންކަމުން ﷲ އަށް ޒިކުރު ކުރުމާއި ދުއާކުރުމާއި ކީރިތި ގުރުއާން ކިޔެވުމަކީ ވެސް ވުލޫ ނެތް މީހަކަށް ކުރެވިދާނެ ކަންކަމެވެ. ނަމަވެސް ނަމާދު ކުރުމާއި ތަވާފު ކުރުމަކީ ވުލޫ ނެތި ނުކުރެވޭނެ ކަންކަމެވެ. އެހެންކަމުން ބޮޑު ހަދަސަކުން ހަދަސް ވެރިވެފައި ނުވާ ނަމަ ވުލޫކުރުމުން އެކަނި ފުދޭނެ އެވެ.

ނަމަވެސް ސުވާލަކީ ނަމާދުކުރުމަށްޓަކައި ވުލޫކުރުން ލާޒިމުވަނީ ކީއްވެ ހެއްޔެވެ؟ މީގެ ޖަވާބުގައި ބުނަން ޖެހެނީ އިސްލާމްދީން ބޭނުންވަނީ އިންސާނާ ސާފުތާހިރުކަން މަތީ އަބަދުވެސް ބެހެއްޓުމެވެ. އަދި މިކަމަށް އޭނާ އާދަ ކުރުވުމެވެ. ސާފުތާހިރުވުމުގައި ފަރުވާ ކުޑަވިޔަ ނުދިނުމެވެ. އެގޮތަށް އެކަން ލާޒިމު ނުކުރާ ނަމަ ނަމާދަށް އަރާ އިރު އަދި ވަކިން ހާއްސަކޮށް ޖަމާއަތުގައި ބައިވެރިވާ ހިނދު އަމިއްލަ ނަފްސުގެ އިތުރުން ދެން ތިބި އެހެން މީހުންނަށް ވެސް އުނދަގޫ ވެދާނެ ދަރަޖަ އަށް މީހާގެ މުޑުދާރުކަން ދިޔަ ނުދިނުމެވެ. އެހެން ނޫނަސް މިސްކިތަށް އަރާއިރު ނުވަތަ ﷲ ގެ ހަޒްރަތުގައި ހުއްޓިގެން ހުންނައިރު ޒީނަތްތެރިވުމަކީ ﷲ އެކަމަށް އަމުރު ކުރައްވާފައިވާ މުހިންމު ކަމެކެވެ. އެ ޒީނަތުގެ ބައެއްގެ ގޮތުގައި ވެސް ވުލޫ ހިމެނެ އެވެ.

ސާފުތާހިރު ކަމަކީ ފަގީރެއް ވިޔަސް މުއްސަންޖެއް ވިޔަސް އެކަން ދަމަހައްޓަން ޖެހޭ ރީތި އަހުލާގީ ސިފައެއް ވެސް މެ އެވެ. އެހެންކަމުން މި ހުލުގު ދެމެހެއްޓުމަށްޓަކައި ކުރެވޭ ކޮންމެ ކަމެއް ހިމެނިގެން ދާނީ އެ ރިވެތި ހުލުގުގެ ތެރެއިންނެވެ. ވުލޫއަކީ އެކަމަށް މަގުފަހިވާނެ ކަމެކެވެ.

6 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 42%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވުސޫ

12 March 2023

ވުލޫ ކިޔާއެއްޗެއް ދީނުގައި ނެތް, އޮތީ ވުޟޫކިޔާ އެއްޗެއް

The name is already taken The name is available. Register?

ސަލީމު އިދުރީސް

12 March 2023

ވުލޫކުރުމުގެ ހިކުމަކީ ތާހިރުވާން ކުރާކަމެއް ކަމުގަ ބެވެންނެއް! ސަބަކީ ވުލޫ ކޮއްގެން ހުއްޓާ ވައެއް ލެވިގެން ވުލޫ ގެއްލުނީމަ ވޫލޫކުރާއިރު ވައި ނިކުތްތައް ދޮނަންނުޖެހޭތި! އަދި ވޫލޫކުރާއިރުވެސް އެހިސާބު ދޮނަން ނުޖެހޭ! ވަރައް ގިނައިން ފެނޭ މިސްކިތުގަ އިންދަ ވައި ލެވުނީމަ ނިކުމެ ވައިލެވުންތަން ނުދޮވެ އެހެން ތަންތަން ދޮންނާތި

The name is already taken The name is available. Register?

ހުސައިން

11 March 2023

2 ކަންފަތަށް ފެންލާކަށް ނޯވޭ. މިއާޓިކަލްގައި އަލްމާއިދާ ސޫރަތުގެ 6 ވަނަ އާޔަތްގެ ތަރުޖަމާ ޑރ. ލިއުއްވިނަމަ ވަރަށްފުރިހަމަވީސް. ޖުމްލަކޮށް ޑރ.ސައުދު ﷲ ގެ އިލްމީދިރާސާތައް ވަރަށްފުރިހަމަ.

The name is already taken The name is available. Register?

ވުލޫއޭ

11 March 2023

ވުލޫ އެއްނޫން. ވުޟޫ

The name is already taken The name is available. Register?

ހުނއނ

11 March 2023

ވުލޫކުރުމުގެ ގޮތުން ދެ އަތްތިލަ އާއި މޫނާއި ދެ އުޅަބޮއްޓާ ހަމައަށް ދެ އަތްދޮވެ ބޮލުގައި ފެންފުހެ ދެ ތަނބިކައްޓާ ހަމައަށް ދެ ފައި ދޮވެފި ނަމަ އެ މީހެއްގެ ފާފަތައް ފޮހެވިގެން ދާނެ އެވެ. އެ ފާފަތައް ފޮހެވުން ބިނާވެފައި އެ ވަނީ ވުލޫއަކީ ނަމާދަށްޓަކައި ކުރާ ކަމަކަށް ވެފައި ވުލޫ އާއި ނަމާދަކީ މީހާ އީމާންތެރިކަމަށާއި ﷲ ގެ ރުހިވޮޑިގަތުމަށް އަވަސްވެގަންނަ ކަން އަންގައިދޭ އަލާމާތްތަކެއް ކަމުގައި ވާތީ އެވެ. ކޮބާ 2 ކަންފަތުގައި ފެންލުން؟

The name is already taken The name is available. Register?

ގޯސް

11 March 2023

"ވުލޫ ކުރުން" މީ ދިވެހިބަހުގަ އޮންނަ ގޮތެއްނޫން. ތިކި ޖަހަން ޖެހުނީމަ ޖެހޭނީ ޖަހަން. "އުމަރު" ކީމަވެސް އެކިޔެނީ ޢުމަރުގެ ފާނުގެ ނަމެއްނޫން. އެހެން ކޮންމެސް އެއްޗެއް. ހަމަ އެހެންމެ " އަޚްލާގީ ސިފަ" އޮންނަންޖެހޭ ތަނެއްގަ އަހުލާގީ އޮތީމަ އެ ނުވާނެ ކިޔަން އުޅޭ އެއްޗަކަށް. މީހަކު ބުނަން އުޅޭ އެތި އެހެން މީހުންނަށް ދޭހަވުމަކީ އެއީ، އެބުނި ނުވަތަ ލިޔުނު އެތި އެއީ ރަނގަޅަށް އޮތްއެއްޗަކަށް ކޮންމެހެން ވުމެއްނޫން. ބަސް މުއްސަދި ވާނީ މުއްސަދި ކުރީމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454