ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕްލިކޭޝާން ބޭނުން ކުރަނީ. އެ ކުންފުނިން ވަނީ މޯބައިލް އެޕްލިކޭޝާން ބޭނުން ކުރުމުގައި އާ ސެކިއުރިޓީ ފީޗާތައް ތައާރަފްކޮށްފައި-- ފޮޓޯ: ބީއެމްއެލް
11 މާޗް 2023 - 12:42
އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތް ހަދައިފި އެވެ.
ބީއެމްއެލް އިން ބުނީ މިގޮތަށް ހެދީ ކަސްޓަމަރުންގެ ރައްކާތެރި ކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
މިހާރު ވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެކެވެ. އަދި އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެ ނަމަ މި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުންނެވެ. މި ހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
އިންޓަނެޓް އަދި މޮބައިލް ބޭންކިން ޔޫޒާ ނަމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ. އަދި ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް ބޭންކުން އެދެ އެވެ.
ބީއެމްއެލް އިން ވަނީ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަލަށް މިގެނައި ބަދަލުގެ އިތުރުން އޯޓީޕީ ފޮނުވާ އިރު އޮތެންޓިކޭޓާ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލާޓް ފޮނުވުމާއި އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުމަށް ވަނީ ނިންމައިފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައޔ
12 March 2023
އެއްވެސް ކަމެއްގަ މެއިލް އަށް ފޮނުވުން ވެއްޖެނު ހުއްޓާލަންވެސް ބީ އެމް އެލް އިން.
ގިރިބައްތި
11 March 2023
ނޮޓިފިކޭޝަން އެއްނޫން މުހިއްމީ، ލޮގިން ވާ ގަޑީގައި އޯޓީޕީ ޖެހުން. ބުއްދިން ވިސްނާ
ބަތޭލި
11 March 2023
އީމެއިލް އަކީ އިރުއިރުކޮޅުން މީހުން ބަލައި އުޅޭ އެއްޗެއްނޫން. ރޭގައި މަށަށްވެސް ތި ނޮޓުފިކޭޝަނެއް އައި. އެކަން އެނގުނީ އެހެން ކަމަކު އީމެއިލް ބެލީމަ. ފޯނަށް އެސްއެމްއެސް އެއްގެ ގޮތަށް ތީތި ނުގެނެވޭތަ؟
ޕޮޕްކޯން
11 March 2023
އެޕަށް ލިބޭ ޕޮޕްއަޕް މެސެޖެއް. އެސްއެމްއެސް މާ ލަސް.
އައްޕަގެ ބޭންކް
12 March 2023
މެސެޖައް އެއްރުފިޔާ ޗާޖްކުރާތީ ބޭންކަށް އެވަރު ބޮޑުވަނީ، ވަރަށް ފަގީރު ބޭންކެއްއެއީ!
ހިސަބުކިތާބ
11 March 2023
ތިޔަ ނޮޓިފިކޭޝަން ލިބިގެން އަހަރެމެންނާ އެހީވާނީ ކާކު؟ ބޭންކުން ބުނާނެ ޑިސްޕިއުޓު ފޯރމުލާށޭ. އެހިސާބުން ނިމުނީ. ކޯލްސެންޓަރގައި ތިބޭ ބައެއް މުވައްޒަފުންނަކީ ވަރަށް ދަށޔދަރަޖައިގައި ވާހކަ ދައްކާމީހުން. ވަރަށް ރުންކުރު. ފާހަގަ ކޮށްލަން ވަރަށް ރަނގަޅު މުވައްޒފުންނާވެސް ދިމާވާކަން. އެންމެ ފަހުން ދިމާވީ ވ. ގޮތްކުޑަ އަންހެން ކަނބަލެއް. . ކޯލްސެންޓަރުގައި ތިބޭ އެފަދަ މުވައްޒަފުންގެ އަމަލުތައް ރަނގަޅުކުރަންޖެހޭކަމަށް ދެކެން.
ހެލްޕްމީ
11 March 2023
ނޯޓިފިކޭޝަން އައުމާއެކު އެއީ އެކޮއި ކުރި ކަމަކުން ނޫންވެއްޖެއްޔާ ވަގުތުން ޕާސްވޯޑު ބަދަލުކޮށްލާނީ. ނިމުނީ އެކަން. އެވަރުކަމެއް އެއީ.