ވިލާ ޓްރޭޑިންއިން ހުޅުވި ހޯލްސޭލް ސެންޓަރު. -- ފޮޓޯ: ވިލާ ޓްރޭޑިން
13 މާޗް 2023 - 10:34
ވިލާ ޓްރޭޑިންއިން ހޯލްސޭލްކޮށް މުދާ ވިއްކާ ސެންޓަރެއް ހުޅުވައިފި އެވެ.
އެ ތަން ހުޅުވީ އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ވިލާ ބިލްޑިންގުގަ އެވެ. އެ ތަނުގައި ވިލާ ޓްރޭޑިން އިން އެތެރެ ކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ ޕްރޮޑަކްޓުތަކެއް ލިބެން ހުންނާނެ އެވެ.
ވިލާ ޓްރޭޑިން އިން ބުނި ގޮތުގައި މާލެ ހުޅުމާލެ އަދި ދޯނިފަހަރަށް ހޯލް ސޭލްކޮށް މުދާ ގަތުމުން ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.
ވިލާ ޓްރޭޑުން ހޯލްސޭލްކޮށް ވިއްކާ ޑިސްޓްރިބިއުޓާ ބްރޭންޑުތަކުގެ ތެރޭގައި ތަމީމް، ޕްލެއިން ސޮލެއިލް، ބޮބްސް ރެޑްމިލް، އަލްމަރާއި، ފެނާ، ޓޯނީސް، އޮޓިމާ އަދި ހޮޓްޕެކް ބްރޭންޑުގެ އެކި ޕްރޮޑަކްޓުތައް ހިމެނެ އެވެ.
ވިލާ ޓްރޭޑިން އިން ހުޅުވި ހޯލްސޭލް ސެންޓަރުގައި އަލްމަރާއިގެ އެކި ވައްތަރުގެ ޗީޒް އާއި ކިރު، ގެރިކިރު އަދި ބަޓަރާއި ޖޫސް ޕެކެޓު އަދި ބޮބްސް ރެޑްމިލްގެ އެކި ވައްތަރުގެ އޯޓްމީލް ޕެކެޓު، ސީރިއަލް، އާދައިގެ ފުށާއި ގްލޫޓަން ފްރީ ފުށާއި ތަމީމް ބްރޭންޑުގެ ބާސްމަތީ ހަނޑޫ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ވިލާ ޓްރޭޑިން ހޯލްސޭލް ސެންޓަރުގެ އެތެރެ. ގިނަ އައިޓަމްތަކެއް އެ ތަނުން ލިބޭނެ. -- ފޮޓޯ: ވިލާ ޓްރޭޑިން
އޭގެ އިތުރުން ފެނާ ބްރޭންޑުގެެ އެކި ވައްތަރުގެ ޖޫހާއި ނެކްޓާ އަދި އައިސް ޓީ އާއި ޓޯނީސް ޗޮކޮލޯނީގެ ކޮކޯ އާއި ޕްލެއިން ސޮލެއިލްގެ ފްރޯޒަން ފްރުޓްސް އާއި ބަންދުކޮށްފައިވާ ތަރުކާރީ ޕެކެޓާއި އެ ބްރޭންޑުގެ އިތުރު ގިނަ ޕްރޮޑަކްޓުތަކެއް ވެސް ލިބެން ހުންނާނެ ކަމަށް ބުންޏެވެ. އަދި އޮޓިމާ ބްރޭންޑުގެ އެކި ވައްތަރުގެ ޕާސްތާ އެ ތަނުން ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ގްލޫޓަން ފްރީ ޕާސްތާ ވެސް ހިމެނޭނެ ކަމަށް ވިލާ ޓްރޭޑިން އިން މައުލޫމާތު ދެ އެވެ.
އަލަށް ހުޅުވި ހޯލްސޭލް ސެންޓަރުގައި އޮރެންޖު، ގަނޑުކުރި ކުކުޅު، 18 ލީޓަރުގެ ވެޖިޓަބަލް އޮއިލް އަދި ބްރެޒިލް އިން އެތެރެ ކުރާ ގެރިމަސް ވެސް ހޯލްސޭލްކޮށް ލިބެން ހުރެ އެވެ.
ވިލާ ޓްރޭޑިންއިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ބޭރުގެ މޮޅު ޕްރޮޑަކްޓުތަކެއް އާއްމުންނާ ހަމައަށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމެވެ.
ވިލާ ޓްރޭޑިންއިން ހޯލްސޭލްކޮށް ހޯޓާ ރެސްޓޯރަންޓު، އަދި ބޭކަރީތަކާއި ރިސޯޓުތަކަށް ވެސް ދަނީ މުދާ ވިއްކަމުންނެވެ. ވިލާ ޓްރޭޑިން އިން އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑުތަކެއްގެ އައިޓަމްތައް ވިލާ މާޓުން ރީޓެއިލް ކޮށް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބޭބެ
13 March 2023
ބާޒާރުގެ ފިހާރަތައް މަޑުމަޑުން ދަމުން ގޮސް ބިދޭސީންގެ އަތްމަށް ދަނިކޮށް މިކަން ވެސް މިވީ. އަހަރެން ނުބުނާނަން ގޯހެކޭ ވެސް ރަނގަޅެކޭ ވެސް،
ރަދީފްއޮފިޝަލް
13 March 2023
ރަނގަޅުކަމެއް.ގިނަ ޑިސްޓްރިބިއުޓަރުން ތިބީމަ ރައްޔަތުންނަށް އޭގެ ހެޔޮ އަސަރުކުރާނެ.އެއްބަޔަކު މޮނޮޕޮލީ ހަދައިގެން މުޅި މާކެޓް ގަޑުބަޑުކޮށްގެން ތިބޭތާ 40 އަހަރު.އެފަދަ ފަރާތްތަކުގެ ހިތަށް ހަަރާލެވޭނެ ތީރެއް ކަމުގަ ނޫނީ ވިލާގެ މިސެންޓަރު ނުވާނެ.ގުޑް ލަކް ބްރަދާ.ވ.ވެދުން