މީހަކު މަރާލި މާރާމާރީގައި ހިމެނޭ އެކަކު ޝަރީއަތް ނިމެންދެން ބަންދަށް
ހުޅުމާލޭގައި މީހަކު މަރާލި ހާދިސާއެއް ތަހުގީގުކުރަން އެ ސަރަހައްދު ބަންދުކޮށްފައި: މާލޭގައި އަދިވެސް މާރާމާރީތައް ހިންގަން އެބަ ރާވާ ކަމަށް ފުލުހުން ވަނީ ބުނެފައި. --- ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
14 މާޗް 2023 - 07:31
މިދިޔަ މަހު ފަހުކޮޅު މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލަ އާއި ސިލްސިލާ އެހެން ބައެއް މާރާމާރީތަކާ ގުޅިގެން އަދިވެސް އިތުރު މާރާމާރީތަކެއް ހިންގަން ގްރޫޕްތަކުން ރާވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ފިހާރައެއްގެ ތެރޭ ވަޅިހަރައި މީހަކު މަރާލި މައްސަލާގައި ހިމެނޭ ސިރުހާން އަލީ، 20، ގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށް ދެއްކި ވާހަކައިގަ އެވެ. ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
ތ. ގާދިއްފުށީ މީހެއް ކަމަށްވާ ސިރުހާނަކީ މީހަކު މަރާލި މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ދެ މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހާ އެވެ. އެ މައްސަލާގައި ހިމެނޭ އެހެން މީހުން ހޯދަން ފުލުހުން އަދިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
މާރާމާރީގައި ޒަހަމްވި 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ (ނައުއްޓެ) މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ސިރުހާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި ގާޒީ ވިދާޅުވެފައިވަނީ ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް ބެލެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭނާއާ ދެކޮޅަށް ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި ކްރައިމް ސީންގެ ފޮޓޯތަކާއި ސީސީޓީވީ ފުޓޭޖް ހުށަހަޅައިފަ އެވެ.
މި ކަންކަމަށް ބަލައި، ބަންދުގައި ބަހައްޓަން ނިންމީ ބިރުދެއްކުމާއި ތޫނު ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ މާރާމާރީ ހިންގީ ސިލްސިލާކޮށް މާރާމާރީތަކެއް ހިންގައި އަދި ހުޅުމާލޭގައި ހުންނަ ކެފޭއަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދިން ހާދިސާއަކަށް ފަހުގަ އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި، އެ މާރާމާރީތަކާއި ވިޔަފާރިތަކަށް ގެއްލުން ދިނުން ގުޅިފައި ވަނީ ހަތަރު ގޭންގަކާ އެވެ. އަދި އެ ހަމަނުޖެހުންތަކުގެ ފެށުމަކީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ކެފޭއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ޖެހުނު މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކުހަންތާކިހާބޭ
15 March 2023
ތިޔަކަމަކީ މާކަބޮޑު ކަމެއްނޫން. ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުންނާއި ދަރިވަރުންގެ އަހުލާގު ރަގަޅުކުރަން ކުދިން ކޮއްޅަށް ބައިތިއްބާ ޕުރިންސިޕަލުން ވަކިކޮށް މައްސަލްބެލުނީމަ ހައްލުވާނެ.
ޙައްލަކީ އުމަރު
14 March 2023
ޙައްލަކީ އުމަރު މިފަހަރު ތަފާތު ކޮށްލަމާ
އިބްރ
14 March 2023
ތިޔަ ޓެރެރިސްޓް ހަރަކާތްތަށް ހުއްޓުވުމުގެ ކުޅަދާނަކަން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގައި ނެތީތޯ؟ ކޮބައިތޯ ހުރަހަކީ؟ އެނގޭއިރުވެސް ހަމަ ބަލަން ތިބެންތޯ ޖެހެނީ؟
ޑޮކްޓާރ. ބަނާނާ
14 March 2023
" މާރީމޭރީ" ތަކަކަކީ މިލިއަންޑޮލަރުގެ ޖަރީމާ ތަކަކަށް ވަނީ.. . ގަވާއިދާއި ހިލާފު ބަންގާޅީ " ބޭފުޅުންނާއި" ގައުމުގައި ހިންގާ ޑްރަގާއި ގޭންގް ވައޮލެންސަށް އެއްވެސް ބަދަލެއް އެއްވެސް ސަރުކާރެއް ގައި ގެނެވިފައިނުވޭ. ދައްކަނީ ރާއްޖޭގެ އާބާދީ މާލެ އަށް ޖަމާކުރާ ތަރައްގީގެ ހޮޅިވާހަކަ!. މަގުމަތީ ބިއްޖެހިފައި ތިބި ޒުވާނުންނާއި ވައްކަމާއި މަގުމަތީ ގައި މީހުންމެރުން ދަނީ އިތުރުވަމުން.. މިއީ ތޯ ތިޔާ ވިދާޅޫވާ " ދިމޮކްރާތީ" ؟ދެން ހަމައަހާލެވުނީ ؟
ބަބޫ
14 March 2023
ރާވާކަން އިގޭއިރު ނުހުއްޓުވެންޔާ ދެން ކޮން ވާހަކައެއް ތިޔަ ދައްކަނީ.
އަޖްނަބީ
14 March 2023
"އިތުރު މާރާމާރީ ހިންގަން އެބަ ރާވާ" "ގޭންގު މީހުން އާޓިފިޝަލް ބީޗުގަ ގަސް ހައްދާ ގޭޓަޑް ކޮމިއުނިޓީއެއް ގާއިމް ކޮށްގެން އުޅެނީ" "ސަރުކާރުގެ އިދާރާ ތަކަށް ބާރެއް ނުފޯރުވޭ" މީ ދިވެހި ރާއްޖޭގެ ވާހަކަ ތަ ނޫނީ ތޯރާ ބޯރާ ތަ ނޫނީ ވަޒިރިސްތާނު ތަ؟
ވަހީދުބޭބެ
14 March 2023
މާރާމާރީ ހިންގަން ރޭވުމަކީ ކުށެއް. ވީއިރު ކީއްވެ ހައްޔަރު ނުކުރެވެންވީ. އަނެއް ކޮޅުން ކޮންމެ އަވަށެއްގައި އެބަހުރޭ އެމީހުންނަށް ޚާއްސަ ބިންތަކެއް ލިބިފައި. އެތަނުގައި ޖަގަހަ ހަދައިގެން އެތިބެނީ. ކީއްވެ އެތަންތަން ބަންދު ނުކުރެވެންވީ. ކީއްވެ އަލަށް ގުރޫޕުތަކާ ގުޅޭ ކުދިންގެ ބެލެނިވެރިންނާ ވާހަކަ ނުދައްކަނީ.
ކުމާ
14 March 2023
މާޒިޔާވެސް އެއީ ކުރީގެ ގޭންގެއް މީހާރު ބޮޑު މިޔަފާރިއެއް
އާނަލް
14 March 2023
މަސްއޮޑި ގްރޫޕުވެސް މިހާރު ކިރިޔާ ކިރިޔާއޯ ރިސޯޓެއް ނުހުޅުވިފަ ހުރީ.
ދީދާތް
14 March 2023
ކިތޭވަރަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށްނުވާނެ.
އަސޭލ
14 March 2023
ޕޮލިސް ރިޕޯޓާ ހުރެވެސް ގިނަ ދިވެހިންނައް ވަޒީފާ ނުލިބޭ، ޑިސްކަރޭޛުކޮއްލާ. މިވެސް ހައްލުޖުރަންޖެހޭ ކަމެއް، ވަޒީފާ ނެތްމީހާވެސް ދެން ގުޅޭނީ ކޮންމެވެސް ގޭންގަކާ
އިބްރ
14 March 2023
ކުށުގެވެށިން އަންނަ ފަރާތްތަކަށް ފުލުސް ވަޒީފާތަށް ހުޅުވާލުމަކީ ޤައުމަކުން ކުރާނެ އެންމެ ޣައްދާރު އެއްކަންތަށް.
ދޮންދީ
14 March 2023
ނޫސްތަކުންވެސް ވިސްނުން އެބަރަގަޅުވޭ، އެއްވެސް އިރެއްގައި އެމީހުން އެމީހުންނަކީ މިވެނި ބައެކޭ ކިޔައިގެން ދީގެން އުޅޭނަންތައް ކިޔާކަށް ނުޖެހޭ “ގުރޫޕް” ހަދައިގެން އުޅޭބައެކޭ ބުނީމަ ރަގަޅުވާނެ. ޕޮލިހުންވެސް ހެދި އެންމެ ބޮޑުގޯހަކީ އެމީހުންނަކީ މާވަރުގަދަބަޔަކަށް ހަދައިގެން ވާހަކަދެއްކުން