ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް: މިހާރު ފޯމު ހުށަހެޅުމުގެ ބަދަލުގައި އޮންލައިންކޮށް ހުށަހަޅައިގެން އެ މީހަކު ހުރި ރަށަކުން ކާޑު ލިބޭނެ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
14 މާޗް 2023 - 13:26
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އޮންލައިންކޮށް ހުށަހެޅުމުގައި ލުއިތަކެއް ދީ، ރަށްރަށުގައި އުޅޭ މީހުން އައިޑީ ކާޑު ހަދަން ކައުންސިލްތަކަށް ފޯމު ހުށަހެޅުމުގެ ބަދަލުގައި އޮންލައިންކޮށް ހުށަހެޅުމުން އެ މީހަކު ބޭނުންވާ ކައުންސިލް އިދާރާއަކަށް ކާޑު ފޮނުވައިދޭން ފަށައިފި އެވެ.
މީގެ ކުރިން އޮންލައިންކޮށް އައިޑީކާޑަށް ހުށަހެޅުމުން އެ ކާޑު ނަގަން ޖެހެނީ މާލެއިންނެވެ. ރަށްރަށުގައި އައިޑީ ކާޑު ހެދުމުގެ ހިދުމަތް ދެމުން އައީ ރަށު ކައުންސިލުތަކުގައި ހުންނަ ކަލެކްޓިން ސެންޓަރުތައް މެދުވެރިކޮށެވެ.
ނަމަވެސް، ކައުންސިލްތަކުން އައިޑީ ކާޑު ފޯމު ބަލައިގަތުން މިހާރު ހުއްޓާލާފައިވާ ކަމަށް ބައެއް ރަށްރަށުގެ ކައުންސިލުތަކުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
DNR Online
Get your ID card renewed without hassle. Visit DNR online portal to manage National ID Card requests for your family.
އޮންލައިންކޮށް ކާޑު ހެއްދުމަށް ވަންނަންޖެހޭ ޕޯޓަލް
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މި ފަހުން ވަނީ އައިޑީ ކާޑުގެ ހިދުމަތަށް އެދޭ އޮންލައިން ޕޯޓަލްއަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. މިހާރު ޕޯޓަލްމެދުވެރިކޮށް ކާޑު ހަދަން ހުށަހަޅާއިރު އެޕްލިކޭޝަން ފޯމު ހުށަހަޅާކަށް ނުޖެހޭނެ އެވެ.
ސަރުކާރުން މިހާރު އަންނަނީ ޑިޖިޓަލް އައިޑީ ކާޑު ވެސް ޓެސްޓްކުރަމުންނެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
15 March 2023
ރަށްރަށުގައި ނޫން ތަންތަނުގައިވެސް މިހާރު ދިވެހިން ދިރިއުޅެނީތޯ؟! ނުވަތަ ރަށްރަށޭ ތިކިޔަނީ ކ.އަތޮޅު މާލެ އެއީ ބައްރަކަށް ހަދާފައި ދެންހުރީ ރަށްތަކެއް ކަމަށް ހަދާފައިތޯ؟! އެކަމަކު ޤާނޫނު އަސާސީގެ ޖަދުވަލުގައި "މާލެ" އެއީ ރަށެއްކަމަށް ބަޔާން ކޮށްފައި އޮތް އޮތުން ސަރުކާރުގެ އިދާރާއަކަށް ނަފީ ކުރެވިދާނެތޯ؟!
ކަންކަން
14 March 2023
ކަންކަން ބަދަލުވޭ، އެކަމަކު ތަންކޮޅެއް ސްލޯވީ. ޕާސްޕޯޓް ހޯދަން އަދިވެސް ދާން ޖެހެނީ މާލެ. ޕާސްޕޯޓްގެ ކޮޕީއެއްބޭނުން ވިޔަސް މިޖެހެނީ މާލެދާން. ޕޯސްޓް މެދުވެރިކޮށް ކައުންސިލް ތަަކުން ނެގޭ ގޮތް ހެދިދާނެ ނޫންތޯ
ހަސަންދީ
14 March 2023
ރަށުކައިންސިލުން ނެގޭ، އެކަމު އޮޅިގެންވެސް މާލޭން ނަގާގޮތަށް ޖަހާފަ އެޕްލައި ކޮށްފިއްޔާ ދެން ހަމަ އަންނަން ޖެހޭނީ ކާޑުބަލާ އަސްލުފަރާތް މާލެ.
ޢޮއްބޮނޑިޕާސަން
14 March 2023
ޑީއެންއާރު އުވާލަންވީ