ގާސިމް މީޑިއާތަކާ ވާހަދައްކަވަނީ: އޭނާ ވިދާޅުވީ ޖެޕީގެ ސްލޮޓްތައް ހުސްކުރާނަމަ ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭނެ ކަމަށް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
15 މާޗް 2023 - 13:02
މި ސަރުކާރު ވެރިކަމަށް ގެންނަން ޖުމްހޫރީ ޕާޓީން މަސައްކަތްކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށް ވާތީ، މި ދައުރު ނިމުމުގެ ކުރިން ކޯލިޝަންގެ ތެރެެއިން އެ ޕާޓީއަށް ދީފައިވާ ސްލޮޓްތައް ހުސްކުރާ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން ނިންމާފައި ވާތީ، މި ސަރުކާރު ހިންގާ ކޯލިޝަނުން ޖޭޕީ ބޭރުކޮށް، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުން މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައިފައި ވާތީ އެކަމަށް ރައްދުދެއްވައި، މިއަދުގެ މަޖިލިސް ޖަލްސާގައި ގާސިމް ވިދާޅުވީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި، މިހާރު އޮތް ކޯލިޝަން ވެރިކަމަށް ގެންނަން މަސައްކަތް ކުރީ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް، ކޯލިޝަންގެ ތެރެއިން އެ ޕާޓީއަށް ދީފައިވާ ސްލޮޓްތައް ދެމެހެއްޓުމެވެ. އެހެންވެ، މި ދައުރު ނިމުމުގެ ކުރިން ޖޭޕީގެ އެއްވެސް ބޭފުޅަކު ސަރުކާރުން އިސްތިއުފާ ނުދެެއްވުމަށް ގާސިމް ދެންނެވި އެވެ.
"އެހެންކަމަށް ވަންޏާ [ސްލޮޓްތައް އަތުލާ ނަމަ] ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ. އެހެން ނޫން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލަން ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައި ވަނީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ޖޭޕީގެ މެމްބަރުން ސަރުކާރުގައި މިހާރު ތިބުމަކީ "ލަދުވެތި" ކަމެއް ކަމަށް އެމްޑީޕީން ބުންޏަސް، މި ކޯލިޝަނުގެ އެއްބަސްވުމުގައިވާ ގޮތަށް އެ ޕާޓީއަށް ދޭން ބުނި މިންވަރަށް ސަރުކާރުގެ ހިއްސާ ވެސް ނުދޭ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ނެރެ، އެ ޕާޓީން އިސްވެ އޮވެ ޕާޓީތަކާއެކު ކޯލިޝަނަކުން ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ރޭ ވަނީ ފާސްކޮށްފަ އެވެ. އެއާއެކު، މި ސަރުކާރުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ޖޭޕީގެ ބޭފުޅުން ވަގުތުން އިސްތިއުފާދޭން ޖެހޭ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާމަގުއެދުރު
17 March 2023
މީ ސައްތައިގެ ވާހަކައެއް ، ގާސިމް ވިދާޅުވިޔަސް މިވާހަކަ އެބަޖެހޭ އެމްޑީޕީންވެސް ގަބޫލުކުރަން ، ކޮއެލިޝަން ދެމިއޮންނާނީކީ ރައީސްމީހާ ކޯފާވާދުވަހާ ހަމައަކަށްނޫން ދެއްތޯ ،،، ބައްލަވާ މޮޔަފުޅުވަނީއޭ…
އަލީރާޖާ
19 March 2023
ރައީސް އެއީ ރައްޔިތުން އެނަމުގައި ފާހަގަ ޖަހައިގެން ހޮވާ މީހެއް. އެ މަގާމު ހުސްވާ ގޮތް ގާނޫނު އަސާސީގައި އެބައޮތް. އެއީ ކޯލިޝަނަކާ ގުޅޭ މަގާމެއް ނޫން.
ފިނރުޓޭ
16 March 2023
ގާސިމު މީ ކާކުކަ ދެން މި ގައުމުގެ ވެރިކަމަށް އަންނަން!
ކަރަދުއިބްރާހީމް
16 March 2023
ތިޔަ ކިޔަނީ އަޑެއް ގަހެއް ކަނޑާއިރުވެސް އަޑެއް ހުރޭތާ . ތިޔަ އަޑު އަދި ގަދަވާނެކަމަށް ބެލެވެނީ . ސުވާލަކީ ތިއަޑަށް އަސްލު ސިފަޖެހިދާނެހޭ . ޕޮސިބްލް .
ޒިންލް
15 March 2023
އެއްބުރު ފޯމިއުލާ ވާރކް ނުކުރާނެކަން ސޯލިހަށް ޔަގީން
ޒިމަން
15 March 2023
ސޯލިހުގެ ވެރިކަން ނިމި އައު ރައީސެއް ފެނުމުގެ އުއްމީދު އާވެއްޖެ. މިރާއްޖޭގަ ވެރިކަންކުރެވޭނެ ގާބިލް އެތައް ބަޔަކު ތިއްބައި 10 އަހަރު ވެރިކަންކުރަން ދޭވަރުގެ މީހެއްނޫންނަމަ ދޭކަށް ނުޖެހޭ
އަފްރާސިޔާބު
15 March 2023
ހަމަ މިހާރުން މިހާރަށް ގާސިމަށް ދީފައިވާ މަގާމުތަކުން މީހުން ވަކިކުރޭ. އެއީ އެގޮތަށް ގާސިމަށް ވައިއަޅަން ސާލިހުގެ ތަރިކަ މުދަލެއްނޫނޭ. ގަޓްހުރިކަން ނިޔަނެތި ރައީސް ދައްކާލަބަލަ. ކޮންކަމަކާ ހާސްވާންވީ. ގަޓް ދައްކައިގެން ރައްޔިތުން ގަބޫލު ނުކުރުމަށްވުރެ އަޅުވެތިވެގެން ހުއްޓާ ނުހޮވުން މާލަދުވެތި.
ތޮށަލި
15 March 2023
ޤާސިމަށް ޖެހޭ ދަތުރު ބަލަން ތިބެމާ ހިނގާށެވެ. ނަޝީދަށް އިތުބާރުކޮށްގެން ކަމެއް ކުރާނީކާކު. އަތުން އެތައް ޚަރަދެއްކޮށްގެން 3 ވަނަ ހޯދަން ކީއްކުރަންތޯ އުޅެންވީ. އަމިއްލަ އެދުމާހެދި އުޅޭބަޔަކު ޤާސިމްގެ ބޮލަށް އެރިގެން ތިގަންނަ ގަނޑުން ޤާސިމްގެ މުޅިވިޔަފާރި އަޑިއަޅާލުން ނޫން ކަމެއް ނުވާނެ.
ނިކަން
15 March 2023
މިގައުމުގެ އެންމެ ކާމިޔާބުމީހާ އެންމެ މުއްސަނދިމީހާ އަދި ވެރިކަން ފިޔަވައި ހުރިހާ އެއްޗެއްހެން ލިބިފައިވާ މީހަކަށް ވެރިކަން ދިނުމުގެ ބޭނުމެއް ނުފެނޭ. ސިޔާސީ ގޮތުން އެއްވެސް ހަރުދަނާކަމެއް ހުރި ގޮތަކަށް ނޫން މިހާތަނަށް ކަންކަން ކޮށްފައިވަނީކީ. ކޯލިޝަންގަ އޮތީތީ ދައުލަތުން ކޮށްދޭންޖެހުނުހާ ކަންކަން އިތުރަށް ފުޅާވެގެންގޮސް ވެރިކަންދީފިނަމަ މުޅި ގައުމުގެ ހުރިހާ ކަމެއްގެ މައްޗަށް ބާރުފެތުރި އެންމެ މުހިއްމު ފައިދާކުރުވާނީ އަމިއްލަ ވިޔަފާރީގެ ކަންކަމަށް
ވަހީދު އަ
15 March 2023
ގަަާސިމައްނިސްބަތްވާއެންމެންސަރުކާރުންބޭރުކުރަންޖެހޭ.އަދި ސަރުކާރުންދިންހުރިހާބިމެއްވެސްއަތުލަންޖެހޭ..ކުރިއައްއޮތްތަނުގާ މާމިގިލިދާއިރާއަކުންގާސިމެއްނުހޮވޭނެ..
އަހުމަދުއާ
15 March 2023
އަހާ ގާސިމޫ މީ ބަރުލަމާނީ ނިޒާމެއްނޫން. ކޯލިސަން ވެރިކަމޭ ކިޔާކަށް.