ރިޕޯޓް / ރަށްރަށުން

ސްކޫލް ނިންމާފައި މަހަށް، އެކަމަކު މިހާރު އެހެން ދިމާއަކަށް!

21 އެޕްރީލް 2023 - 07:06

6 comments

ޓޫރިޒަމެއް ނެތެވެ؛ އޭގެ އެއްވެސް ކުލަވަރެއް ކުރިމަގުގައި ވެސް ފެންނާނެ ކަމުގެ އުންމީދެއް ވެސް ނެތެވެ. އެއީ ފ. ފީއައްޔަށް އޮތް އެންމެ ބޮޑު ހާސްކަމެވެ. މަސްވެރިކަން ގެއްލި، މުޅި ރަށުގެ އުފެއްދުންތެރިކަން ގެއްލެނީ އެވެ!

މީގެ އަހަރުތަކެއް ކުރި އެވެ؛ މިރަށު އެންމެންހެން ވެސް ގަބޫލުކޮށްގެން ތިބީ ރަށަށް ދިރުން ގެނުވާނީ މަސްވެރިކަމުން ކަމެވެ.

ފީއަލީގެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"މި ރަށުގައި މީގެ ވަރަށް މަދު އަހަރުތަކެއް ކުރިން މަސްވެރިކަމުގައި މުޅިންހެން އުޅޭނީ ޒުވާނުން،" މި ރަށު ކައުންސިލްގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

"ސްކޫލް ހަމަ ނިންމާ ގޮތަށް މި ރަށުގައި ދާނީ މަހަށް. އެހެން އެ ވަނީ ދެން ކުރާނެ އިތުރު ކަމެއް ވެސް ނޯންނާނެތީ. މަސްވެރިކަމަކީ މި ރަށުގައި އޭރު ވަރަށް ބޮޑު ޓްރެންޑެއް."

ޒުވާން މަސްވެރިޔާ ތޯއިފްގެ ތަޖުރިބާ

މީގެ ފަސް އަހަރު ކުރިން އަހުމަދު ތޯއިފްގެ އުމުރަކީ އެންމެ 17 އަހަރެވެ. ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ މި ރަށު ސްކޫލް ނިންމުމަށް ފަހު 18 އަހަރު ވަންދެން އޭނާ އުޅުނީ ރިސޯޓެއްގަ އެވެ.

"ހައެއްކަ މަސް ވަންދެން ރިސޯޓެއްގައި އުޅެފައި ދެން ބަދަލުވީ ރަށަށް. އައިސް މަހަށް ދާން ފެށީ،" މިހާރު މީހަކާ ވެސް އިނދެގެން ދިރިއުޅުމެއް ފަށައިފައިވާ ޒުވާން މަސްވެރިޔާ ބުންޏެވެ.

ފީއަލީގައި ބަހައްޓާފައި ހުރި އައިސް ޕްލާންޓުން ދޯންޏަކަށް އައިސް ފޯރުކޮށްދެނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"އޭގެ ފަހުން ފަސް އަހަރު މިވީ މެދު ނުކެނޑި ކަންނެލީގެ މަސްވެރިކަމަށް ދާތާ."

އެކަމަކު ތޯއިފާ އެކު މަސްވެރިކަމަށް ނުކުތް އެތައް ޒުވާނުންނެއް މަސްވެރިކަމާ އަލްވަދާއު ކިޔައިފި އެވެ. އޭގެ އެއް ސަބަބަކީ، ތޯއިފް ބުނި ގޮތުގައި މަސްވެރިކަމުގެ ކުރިމަގެއް ނުފެނުމާއި ރަށުގައި ފަސޭހަ ވަޒީފާތަކެއް އުފެދުމެވެ.

"ފެނަކަ އާއި އައިސްޕްލާންޓްގައި ވެސް ވަޒީފާތައް އުފެދިއްޖެ،" އޭނާ ބުންޏެވެ. "ވެދާނެ އަހަރެން ވެސް މިކަމުގައި ދެމިހުރީ އަހަރެމެންގެ އަމިއްލަ ދޯންޏެއްގައި އުޅެން ޖެހޭތީ ކަމަށް."

ފީއަލީގެ މަގަކުން ކުޑަކުއްޖަކު ހިނގާފައި ދަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

އޭނާ ބުނާ ގޮތުން މަސްވެރިކަމަކީ ކެތްތެރިކަމާ އެކު އުޅެން ޖެހޭ ދާއިރާއެކެވެ.

"ބައެއް މަސްމަހު އެއްޗެއް ނުލިބި ވެސް ހިނގައިދާނެ. އަނެއްކޮޅުން ލިބޭ މަސްމަހު ހަމަ ވަރަށް ގިނައިން ވެސް ލިބިދާނެ."

އޭނާ އަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 25،000ރ. އާއި 30،000ރ. ވަރު މަސްވެރިކަމުން ލިބެ އެވެ. އޭނާ ބުނާ ގޮތުން އެންމެ މަދުން ލިބޭ މަސްމަހު ވެސް މަހަކު 10،000ރ. ލިބޭނެ އެވެ.

ފީއަލީގެ މަގެއް: މީހުން ދިރިއުޅޭލެއް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"އަނެއްކާ އަމިއްލަ ދޯނި ވީމަ އިތުރު ކަމެއް ބޭނުން ވެއްޖިއްޔާ ބޭންކަށް ބަރޯސާ ވާކަށް ނުޖެހޭ. އެތަނުން ލޯނެއް ނަގައިގެން އެ ނުދެއްކިގެން އުޅޭކަށް ނުޖެހޭ. ދޯނިން އެބައި ހަމަޖައްސައިދޭނެ،" އޭނާ ބުންޏެވެ.

ފީއަލީގެ މުސްތަގުބަލަކީ ކޮބާ؟

އާބާދީގައި ގާތްގަނޑަކަށް 800 ވަރު ހިމެނޭ މި ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ވަރަށް މަދެވެ. ރަށުން ފެންނަނީ ތަރައްގީ އާ ވަރަށް ދުރު މަންޒަރުތަކެކެވެ. ހާއްސަކޮށް އުމުރާނީ ތަރައްގީގައި މި ރަށް އޮތީ ވަރަށް ފަހަތުގަ އެވެ.

ފީއަލީގެ މަގެއް: ހަރަކާތްތައް ވަރަށް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"މި ރަށަށް ވަރަށް ގިނައިން ފައިސާ ވަންނާނެ. އެކަމަކު ނޭނގެ ވާ ގޮތެއް،" ރަށުން ތަރައްގީގެ އެއްވެސް ކުލަވަރެއް ނުފެންނަނީ ކީއްވެންތޯ އެހުމުން މި ރަށު މީހަކު ބުންޏެވެ.

"ވެދާނެ ޒުވާނުން އެ މީހުންނަށް ލިބޭ ފައިސާއިން އުމުރާނީ ތަރައްގީ އަށް ހޭދަނުކުރަނީ ކަމަށް ވެސް."

އެހެން މީހަކު ބުނި ގޮތުގައި މި ރަށަކީ ވަރަށް ޒުވާނުން އުމުރުގައި މީހުންނާ އިންނަ ރަށެކެވެ. ބައެއް ކުދިން ސްކޫލު ހަމަ ނިމުމާ އެކު ކައިވެނި ކުރެ އެވެ. ރަށުގައި ގޯތި ދޭނެ އިތުރު ބިމެއް ނެތުމުން، ފައިސާ ހުއްޓަސް ގެއެއް އެޅޭނެ ގޮތެއް ނެތިފައި ވެސް އެތަކެއް ޒުވާނުން ތިބި ކަމަށް އޭނާ ބުންޏެވެ.

ފީއަލީގެ މަގެއް: މީހުން ދިރިއުޅޭލެއް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"ބިމުގެ މައްސަލަ ވަރަށް ބޮޑު. އެއީ އުފެދެމުން އަންނަ ޖީލަށް އޮތް އެންމެ ބޮޑު ހުރަސް،" އޭނާ ބުންޏެވެ.

ފ. އަތޮޅުގެ އެހެން ބައެއް ރަށްރަށާ ހިލާފަށް މި ރަށުގައި އިގްތިސާދީ އެހެން ކަމެއް ވެސް ނެތެވެ. ބައެއް ޒުވާނުން މަސްވެރިކަމަށް ނުކުތްއިރު، ވަރަށް މަދު ބަޔަކު ފާނަ އަށް ވެސް ދެ އެވެ.

"ކުރިން ފާނައިގެ މަސްވެރިކަމުގައި ވެސް ވަރަށް ގިނައިން މީހުން އުޅުނު. އެކަމަކު އެކަން ވެސް މަޑުމަޑުން ގޮސް ހިނދެމުން ދަނީ. ދެ ދޯންޏެއްވަރު މިހާރު ފާނަ އަށް ދާނީ."

ފީއަލީގެ މަގެއް: މީހުން ދިރިއުޅޭލެއް މަދު -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

މި ރަށުން ލިބުނު ބައެއް މައުލޫމާތުތައް ދައްކާ ގޮތުން ރަށުގައި މީގެ މަދު އަހަރުތަކެއް ކުރިން 12-13 ދޯނި މަސްވެރިކަމުގައި އުޅުނެވެ. އޭރު އެ ހުރިހާ ދޯންޏެއް ދުއްވީ ވެސް މުޅިންހެން ޒުވާނުން ލައިގެންނެވެ.

"އެކަމަކު މިހާރު އޮތީ 5-6 ދޯނި. ކޮންމެ ދޯންޏެއްގައި މިހާރު ވެސް ހައެއްކަ ބިދޭސީން ގެންގުޅޭނެ،" މި ރަށު މީހަކު ބުންޏެވެ.

މި ރަށުގެ މުސްތަގުބަލަކީ ކޮބައިހެއްޔޭ މި ރަށު މީހުން ގާތު އެހުމުން ބައެއް މީހުން ދިނީ މާޔޫސް ޖަވާބެކެވެ.

"މަސްވެރިކަން ވެސް އޮތީ ވަރަށް ނުރައްކާ ހާލަތެއްގައި. ޒުވާނުން ގިނައިން އުޅެނީ ރިސޯޓްގައި. ލިބޭ އާމްދަނީއެއް ރަށަށް ވަންނަނީ ވަރަށް މަދު ފަހަރެއްގައި."

6 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޤީރު ކޮއި

21 April 2023

ބިމުގެ މައްސަލަ ވަރަށް ބޮޑު. އެއީ އުފެދެމުން އަންނަ ޖީލަށް އޮތް އެންމެ ބޮޑު ހުރަސް،" އޭނާ ބުންޏެވެބިމުގެ މައްސަލަ ވަރަށް ބޮޑު. އެއީ އުފެދެމުން އަންނަ ޖީލަށް އޮތް އެންމެ ބޮޑު ހުރަސް،" އޭނާ ބުންޏެވެ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 April 2023

ތަރައްޤީގައި "ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި" ކަންކުރަމޭ ބުނެ ރައްޔިތުންނަށް އަނިޔާވެރިނުވެ (އެމީހުންހޯދާ އާމްދަނީ ގެއްލިދިއުމަކީ އަނިޔާއެއް) ކޮންމެއަހަރެއްގެ ބަޖޭޓްގެ %20 އެއްފަސްކުރުމަށް ކަޑައަޅާ މިފަދަ ކުދިއާބާދީ ބަދަލުކުރަން ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫގެބިންހިއްކާ އެންމެނަށް ފްލެޓް ދީބަލަ.

The name is already taken The name is available. Register?

ކުޑަ ސައިހު

23 April 2023

ބަދަލުވާންވީ އާބާދީއައް ބަލައިގެނެއްނޫން ޖޯގުފީގޮތުން ރައް އޮތް ހިސާބައް ބަލައިގެން ޖަޒީރާ ތަނެއްގަ ދަތުރު ފަތުރު ކުރަން ފަސޭހަވާގޮތް ބަލައިގެން! ކީކުރަން އެކަހަރި ކޮން އޮތް ތަރައްގީގެ ކުލަވަރެން ތަރައްކުރެވޭނެ ގޮތެއްނެއް އައްޑޫ ހިއްކާފަ އެންރަކުބަޔެއް އެތަނައް ލާންވީ އައްޑޫ މީހުނައް އަނިއާ ނުދެންޔާ އެމިހުން ލާމު އަތޮޅައް ބަދަލު ކޮއްބަލަ

The name is already taken The name is available. Register?

ޖުއްލާބޭ

21 April 2023

އ‫ާބަންކޯ ވަރަށް މޮޅުވާނެ ބިމުގެ ދަތިކަން ހައްލު ކުރަން އެމީހުން އޮތް އަޅާލީމަ ފްލެޓުތައް ރާސްލާފަ ހެދިގަންނާނެ ދެން އުމުރު ދުވަސް ފްލެޓު ކުލި ދައކާލަ ދައްކާލަ ތިބީމަ ނިމުނީ އަދި ކޮންމެ އިންތިހާބަކަށް ޑިސްކައުންޓު ދޭނެ

The name is already taken The name is available. Register?

ބައްރޭ

25 April 2023

އެއީތެދެއް. އާދަންކޮއި ވަރަށްމޮޅުވާނެ. މިހާރު އާދަންކޮއި ތީމީހަކީ. ނަލަކޮށްކިޔަންޏާ އާދަންކޯ

The name is already taken The name is available. Register?

އިބްރާ1

21 April 2023

ތިރަށުގެ މުސްތަގުބަލަކީ އެންމެން މާލެސަރަހައްދަށް ހިޖުރަކުރަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454