ކުޅިވަރު / މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

ހިދުމަތްތެރިންގެ އަގު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވަޒަންކޮށްފި

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިލެއްވި މައްލާ ޅަތުއްތު އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެވޯޑާ ހަވާލު ކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގާލާ ނައިޓުގައި ކުޅިވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަސް މީހަކަށް "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ދީފި އެވެ.

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވީ އަލްމަރުހޫމް ސަމަރްބްލޫ އިބްރާހީމް މަނިކާއި، މައްލާ ޅަތުއްތު އާއި އަލްމަރުހޫމް ތަރަބޫޒް އަހުމަދު ރިޒާ އާއި ކުއީން އަހުމަދު ވަހީދު އަދި އަލްމަރުހޫމް ލޯޖެހި އަހުމަދު މަނިކަށެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ސަމަރްބްލޫ އިބްރާހީމް މަނިކުގެ ފަރާތުން އެވޯޑާ ހަވާލުވީ ފާރިސް މައުމޫނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅަ ރެފްރީކަން ކޮށްފައިވާ ތަރަބޫޒް ރިޒާ ގެ ފަރާތުން އެވޯޑާ ހަވާލުވެ ވަޑައިގެންނެވީ ދަރިކަނބަލުން ނިހްލާ ރިޒާ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ވިކްޓަރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ލޯޖެހި އަހުމަދު މަނިކުގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ ދަރިކަލުން އަހުމަދު ފަޔާޒެވެ.

ކުއީން އަހުމަދު ވަހީދަކީ ނިއު ރޭޑީއަންޓް ފުޓްބޯޅަ ކްލަބްގެ ބާނީ އެވެ. އަދި ރެފްރީންގެ ކަންކަމުގައި އިސްކޮށް އުޅުއްވާ މައްލާ ޅަތުއްތު އަކީ ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީ އެވެ.

މީގެ އިތުރުން އެވޯޑް ހަފްލާގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ނައިޖީރިއާގެ މިނިސްޓަ އޮފް ޔޫތު އެންޑް ސްޕޯޓްސް ސަންޑޭ އަކިން ޑާރޭ އަށް ވެސް ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފައި ވާއިރު، އިވެންޓް ގައި ދައުވަތު ދީގެން ބައިވެރިވި ދުނިޔޭގެ ކުޅިވަރު ލެޖެންޑުންނަށް "އައިކަން އެވޯޑް" ދީފައި ވެއެވެ.

ސްޕެޝަލް ރެކޮގްނީޝަން އެވޯޑް ލިބިލެއްވި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެވޯޑާ ހަވާލު ކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މީގެ އިތުރުން ކުޅިވަރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކޮށްދެއްވަމުން އަންނަ ގިނަ ފަރާތްތަކަކަށް ވަނީ "ސްޕެޝަލް ރެކޮގްނިޝަން އެވޯޑް" ދީފަ އެވެ.

ސްޕެޝަލް ރެކޮގްނިޝަން އެވޯޑް ހާސިލް ކުރެއްވި ބޭފުޅުންނަކީ:

ކުރީގެ ފުޓްބޯޅަ އަދި ވޮލީބޯޅަ ކުޅުންތެރިޔާ ސައީދު އަލީ

ކުރީގެ ބާސްކެޓްބޯޅަ އަދި ހޭންޑްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއިލް

ގިނަ ކުޅިވަރުތަކެއް ކުޅެ ރާއްޖޭގެ ކުޅިވަރު ކައުންސިލްގެ މެމްބަރުކަން އަދާކޮށްފައިވާ އިޝްރަތު ހަމީދު

ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް

އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޗެއާމަން އަހުމަދު ސާޖިދު

ފީފާ އަދި އޭއެފްސީގެ އެލީޓް މެޑިކަލް ޓީމުގެ މެމްބަރު ޑރ. އަހުމަދު ޝަކީބް

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރެފްރީ އަބްދުލް ހަކީމް މޫސާ

ފީފާ އަދި އޭއެފްސީގެ މެޗު ކޮމިޝަނާ އަހުމަދު ޝާހިދު

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ފައުންޑިން މެމްބަރު މުހައްމަދު ހަލީމް (ކެސްޓޯ)

ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ ކަމާއި ނައިބު ރައީސްކަން ކުރެއްވި ފަރުހަތު ޖަލީލް

ކްލަބް ވެލެންސިއާގެ އެއް ފައުންޑިން މެމްބަރު އަދީލް ޖަލީލް

ކްލަބް ވެލެންސިއާގެ ސްޓިއަރިން ކޮމިޓީ މެމްބަރު އަހުމަދު މުހައްމަދު (ދޮނާ)

ކުރީގެ ބެޑްމިންޓަން ކުޅުންތެރިޔާ އަދި ކޯޗު ހުސެއިން ރަޝީދު ހަސަން

އޮލިމްޕިކް ކޮމިޓީގެ ކުރީގެ ނައިބު ރައީސްކަން ސީވީޑް އަހުމަދު ލަތީފު

އައިކަން އެވޯޑް ދިން ފަރާތްތަކުގެ ތެރޭގައި އިޓަލީ އަށް 2006 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ފަބިއޯ ކަނަވާރޯ އާއި އިނގިރޭސި ގައުމީ ޓީމުގެ އިތުރުން ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި އާސެނަލް އަށް ކުޅުނު ނައިޖީރިއާގެ ފޯވާޑް ންވަކްވޯ ކާނޫ އަދި ފަސްޓް ކްލާސް ކްރިކެޓް މެޗެއްގައި ފަސް ޗެންޗަރީ ހެދި ހަމައެކަނި ކުޅުންތެރިޔާ ޓްރިނަޑާޑް އެންޑް ޓޮބޭގޯގެ ބްރަޔާން ލާރާ ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454