މާލޭގައި ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހާރާއެއްގައި މީހަކު ޕޯސްޓަރެއް ހިފަހައްޓައިގެން: ގދ. މަޑަވެލީގައި އިއްޔެ ހިނގި މާރާމާރީގައި އަނިޔާވި ޒުވާން އަންހެން މީހާއަށް ޖެންޑާ މިނިސްޓްރީން ވަނީބ ހިމާޔަތް ދީފައި.-- ފައިލް ފޮޓޯ: މިހާރު
22 މާޗް 2023 - 10:45
ގދ. މަޑަވެލީގައި އިއްޔެ ހިންގި މާރާމާރީގައި އަނިޔާވި ޒުވާން އަންހެން މީހާ އަށް ޖެންޑާ މިނިސްޓްރީން ހިމާޔަތް ދީފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، ގާނޫނީ ގޮތުން އަންހެން މީހާ އަށް ދިނުމަށް މިނިސްޓްރީ އަށް ލާޒިމުކުރާ ރައްކާތެރިކަން މިހާރު އޭނާއަށް ދީފައިވާ ކަމަށެވެ. އޭނާ އަށް އަނިޔާކުރި ފިރިހެން މީހާގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީގެ ފަރާތުން ފުލުސް އޮފީހަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
"މި މައްސަލަ މިހާރު ބަލަމުން އަންނައިރު، ވިކްޓިމް އަށް ދޭން ޖެހޭ ރައްކާތެރިކަން ދީ، އޭނާއަށް ސައިކޯސޯޝިއަލް ސަޕޯޓް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން،" މިނިސްޓްރީން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓްރީގެ އެހީގައި އެ އަންހެން މީހާ މިހާރު ވަނީ މަޑަވެލިން ބާލައި، ގދ. ތިނަދު އަށް ގެންގޮސްފަ އެވެ.
އެ އަންހެން މީހާއަކީ އެ ރަށަށް ގޮސް އުޅުނު އެހެން ރަށެއްގެ މީހެކެވެ.
މަޑަވެލީގައި އަންހެނަކު މަގުމަތީގައި ދަމާ ކޫއްތައި އަނިޔާކޮށްފި https://t.co/iRSFKvUoty
— Mihaaru (@Mihaarunews) March 21, 2023
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެނުނު ގޮތުގައި ގެއަކުން ނެރެ ގިނަ ބައެއްގެ ތެރޭގައި އަންހެން މީހާގެ ގައިގައި ތަޅައި އަނިޔާކުރެ އެވެ. އޭގެ ފަހުން އެއް އަތުގައި ހިފައިގެން ގަދަކަމުން މަގުމަތީގައި ދަމައި ކޫއްތާފައި ގެންދާ މަންޒަރު ފެނެ އެވެ. އެގޮތަށް ގެންދިޔައިރު ވެސް ދޭތެރެެއަކުން އަންހެން މީހާގެ ގައިގައި ޖަހައި އަނިޔާކުރި އެވެ. އެ ފިރިހެން މީހާ ހުއްޓުވީ އަނިޔާކުރި ތަނުގައި ތިބި ބައެކެވެ.
މި އަނިޔާ ދިން މަޑަވެލީގެ 33 އަހަރުގެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި، ލިބުނު އަނިޔާތަކަށް އަންހެން މީހާ އަށް ހެލްތު ސެންޓަރުގައި ފަރުވާދޭން ވެސް ޖެހުނެވެ.
މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުނީ މީގެ ދުވަސްކޮޅެއް ކުރިން އަންހެން މީހާ އެ ރަށަށް ދިޔައީ އަނިޔާކުރި ފިރިހެންމީހާއާ ކައިވެނިކުރުމަށް ކަމަށް ބައެއް މީހުންގެ ގާތުގައި ބުނެފައިވާ ކަމަށެވެ. މަގުމަތީގައި ދަމައި ކޫއްތާފައި ގެންދިއުމުގެ ކުރިން ވެސް އަންހެން މީހާގެ ގައިގައި ތަޅައި އަނިޔާކުރާތީ ފިރިހެން މީހާގެ އާއިލާގެ ގެއަކަށް ގެންދިޔަ ކަމަށްވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހާދެއް
23 March 2023
އެކަން އަވަހަށް ނުހުއްޓުވުނު ތަނުގަ އެތާ ތިބި ކުޑަކުދިން އެތަނުން ދުރަށްލުމުގެ ވިސްނުންވެސް އެތާތިބި މީހުންގެ ނެތީތަ އަޅެފަހެ. އަޑުގަދަކޮށްކޮށް ތިބީ. ވަރަށް ރިވެތި މަންޒަރެއްކުޑަކުދިންނަށް ދައްކަން. ކުޑަކުދިންކުރިމަތީ އެފާޑަށް އުޅުނީމަވެސް އަދަބުލިބެންޖެހޭ!
ހިމާޔަތޭ
22 March 2023
ހިމާޔަތޭ؟!
އިސްލާމް ދީން ހިމާތަތްކުރުމަކީ ކޮބާ؟
22 March 2023
ތީކީ އަދަބު ނުލިބިގެން ދިމާވާ ކަމެއް ނޫން. އަދި ކޮބާ ތީކީ އާންމުކޮށް އަންހެން ކަނބަލުންގެ މައްސަލަ އެއްވެސް ނޫން އަދި ހަގީގީ ލޯބީގެ މައްސަލަ އެއްވެސް ނޫން. ތީ ދިވެހީންގެ ތެރޭން އިސްލާމް ދީނީގެ މަތިވެރި ރީތި އުސޫލްތައް ނެތި ގެއްލެމުންދާ މިންވަރު ތިފެންނަނީ. މަސްތުވުމާއި، ފާހީޝް ކަންކަމަށް ދެވި ހިފުމުން ކައިވެނީގެ ގޮތުން ގުޅިފަނެތް ދެމީހަކު ހުރިހާ ހުތުރު ކަންކަމަށް އަރާގަތުމަށް އެމީހުންގެ އަތާފައި، ސިކުނޑިތަކާ ހިތްތައް އަވަސް ވެގަންނާނެ.
މުގާބޭ ބެ
22 March 2023
ރަގަޅަށް އިސްލާމްދީން ނޭގި ކޮމެންޓު ނުކުރޭ.
ަސޭޑް
22 March 2023
އެމީހާ ބުނީ އެސޮރު ދޫކޮށްލާށޯ. އަންހެނުންވެސް އަނިޔާވެރިމީހުން ކައިރިއަށްމިދަނީ އނިޔާލިބުނީމަވެސް
ވޯލް
22 March 2023
މިކަހަލަ ކަންކަން ގިނަވަނީ ކުށްކުރާ މީހާއަށް އެކަށީގެންވާ އަދަބު ނުލިބޭތީ. މި މައްސަލާގައި އެއޮތީ ވީޑިއޯ އެތިބީ އެތާ ތިބިހާ މީހުން. މިވަރުންވެސް އަނިޔާ ލިބުނު މީހާ ބަޔާން ނުދިނޭ ކިޔާ ކުށްވެރިުޔާ މިނިވަންވާތަން ފެންނާނީ. މި މިރާއްޖޭގެ ޖުޑިޝަރީގެ ހާލަތު.
ބައްޕީ
22 March 2023
އަނެއް ވީޑިޔޯއެއްގައި ތި އަންހެން މީހާ އައުގުރާނަ ގޮވަމުން ފަސްފަހެއްޗަށް ދެމުން މިއަދު އެބައުޅޭ އޭނަގެ ލޯބިވެރިޔާ ސަލާމަތްކުރަން ނުކުމެ. އަޑުއަހާ ގޮތުގައި މިދެކުދިންނަކީވެސް ބަލިދެކުދިން.
ދުށިން
22 March 2023
ޖެންޑާއިން އެ އަންހެނާ ބަލައިދިޔާމަ ވަރަށް ހަޑިހުތުރުކޮށް ވާހަކަދެއްކި ނުދާންވެގެން ވަރަށް ވަރުދެއްކި އަދި އަނިޔާކުރި ފިރިހެނާދެކެ ލޯބިވާކަމާ އޭނަ ދޫނުކޮށްލާނެކަމަށް ބުނޭ މި އަންހެނާ އަމިއްލައަށް އަނިޔާ ލިބިގަންނަނީ ކަމެއްވާއިރަށް އެންމެންގޮވާނެ ޖެންޑާ މައްސަލައެކޭ. އަނިޔާ ކުރާމިހަކާ ހިތާވެ ނެއްޓެން ނޭގޭ މާރާމާރީ ހިންގާއިރުވެސް.
ވެން
22 March 2023
ކަންވެނިމި އަނިޔާދިންމީހާ ހައްޔަރުކޮއްފަ ކޮން ހިމާޔަތެކޭ މިކިޔަނީ . ކަންވުމުގެ ކުރިން ފިޔަވަޅު އަޅަން އެނގިބަލަގެ