ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
23 މާޗް 2023 - 16:59
ސައުދި އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރު އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަހަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ރަށްރަށުގައި ކަދުރު ބަހާނީ މިދިޔަ އަހަރު އެ މިނިސްޓްރީން އިއުލާންކުރި ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ދިނުމަށް ފަހު، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ދާ މީހުންގެ ތަރުތީބުން ކަމަށެވެ.
ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ބަހާއިރު، ސައުދީން މި އަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރު ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަދުރު ބެހުން އޮންނާނީ އާދިއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތީގެ ނިޔަލަށެވެ.
ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިނިސްޓްރީން ބުނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކަދުރު ބަލާ ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރަށްރަށުގައި ކަދުރު ބަހާނީ ރަށު ކައުންސިލްތަކުން މި އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށް ފަހު އެ ކައުންސިލްތަކުން ކަމަށް ވެސް ބުންޏެވެ.
ރޯދަ މަހާ ދިމާކޮށް، ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗް އެމް
25 March 2023
ނިމުމެއްނެތް ކިރާއި މާމުއި، އަދި ކަދުރު ލިބުންއޮތީ އީމާންވާންޖެހޭ 6 ވަނަ ރުކުނަށް ފުރިހަމައަށް އީމާންވެވިގެން. އެހެނީ މޮޅުއިތުރުވެގެންވަނީ ހަމްދު ކުރުމާއިއެކު ވަކީލު ކުރުން.
އަވަސްވީ
24 March 2023
އިންތިހާބު އަހަރުވީމަ ލައްކަ އަވަސްވެއްޖެ އެހެން އަހަރުތަކާ އަޅާބަލާފަ.
މިސްޓަރ ޓިނޭ
24 March 2023
އަދި އަވަސް. ހުރިހާ ވިޔަފާރިވެރިން ކަދުރު ވިއްކާ ނިމުނީތޯ ބަލާފަ ނޫނީ ނުބަހާތި
ނުފޯރާ ފޮތިން ކޮތަޅުއިބުރާހީމްގެ އަރުވާޖެހުން
24 March 2023
ރޯދަ ފެށިގެން ދާއިރުގައިވެސް ބުރިކަދުރު ނުލިބޭ އަނެއްކޮޅުން މާލޭ ނޫން ރަށްރަށަށް މި ޖެހެނީ ކައުންސިލުން ހޭދަކޮށްގެން ގެންދަން މިއޮތް ވެރިކަމުން އެ ކަދުރުއޮއްވެސް ރަށްރަށަށް ފޮނުވައި ނުދޭ ކަދުރު މި ފާޑަށް ކަދުހުން ބެހުން މީ ހުއްޓާލަން ޖެހިފަ އޮތް ކަމެއް
ސަރަންފީ
24 March 2023
ސަދަގާތު ފައުންޑޭޝަން ، ކަދުރު، ހެޔޮއެދުންތަކާއިއެކު މުލިއާގެ، ނުކުޅެދޭ އާއިލާތަކުގެ ބޭފުޅުންނަށް، ޕާޓީގެ އެޔޮއެދުންތަކާއިއެކު ކަދުރު ބެހުން ނިމުމަކަށް އައީ އިބޫ ސަރުކާރުން.
ކަރަންފީ
24 March 2023
އީދު އަންނައިރުވެސް ކަދުރުކޮޅު ބެހުމުގެ ގާބިލްކަން ނެތް ސަރުކާރެއް އައީ އިބޫ ސަރުކާރާއެކު.
އަބްޑޫޅް
24 March 2023
30 އަހަރު ކަލޭމެންގެ ވެރިކަން ކުޅަ މީހާ ބެހި ގޮތަށް، ތިމާގެ މީހުންނާއި، ރަހުމަތްތެރީންގެ ގޭގެ އަށް އެކަނިތަ ބެހީ؟ ރައްޔިތު މީހާގެ ގެޔާ ދިމާޔަށް، ކަލޭމެން ކަދުރު އޮށެއްގެ މިންވަރު ވެސް އެއްލީމުތަ؟ ހަމަ ގައިމުވެސް ތިޔަ ކަދުރެއް، މަށަކަށް، ދުވަހަކުވެސް ނުލިބޭ. ޕޮސް ޕޮސް ޕޮޕޮސް ޕޮސް!
ކުރިޕްޓޯ
24 March 2023
އަބްޑޫލް ރޯދަ ތަ؟
އަބްޑޫޅް
31 March 2023
ރޯދަ ނުކުނި މަސް ކުނިކުނި ޖަލާ ނުކުންޏޯ ރޯދަ ކުދީން ފައި ދަށުގައި އެނބުރެނިކޮށް، ސެނބުރެނިކޮށް ބަންޑާރާ ބޮޑު ރުކަކަށް މަތާ ނެގިއްޔޯ.
ަސޭޑް
24 March 2023
މިވެރިކަމުގަ ކަދުރުކޮޅެއް ލިބުނުހަނދާނެެއްނެތް.
އެމްސް
24 March 2023
ބޮންދުންނަށް ލިބޭ!
ކަދުރުކިޔު
24 March 2023
ކަދުރު ބަހާނީ މިދަންނަވާ ތަރުތީބުން އެންމެ ފުރަތަމަ އާމައްލޯ ފަންތީގެ މީހުން ދެން ސަރުކާރުގެ މުއައްޒަފުން އޭގެފަހުން މިސްކީނުން އެންމެފަހުން އަޅުން މިދެންނެވި ތަރުތީބުން ދޫނިރާއްޖޭގެ ހުރިހާ އެންމެންނަށް ކަދުރު ލިބެންވާނެ (އެމް.ބީ.އެސް - ސައުދީ ވަލީ އަހަދު) ދޫނިރާއްޖޭގެ ރައީސް އަބޫއަށް އަންގަން!!!
ސޫދުންގެއަހުވަ
24 March 2023
ކަދުރުދީގެން ހައްދަނީ. ކަމެއްކޮށްދެންނާ ދިވެހިންނަ ތެޔޮ ހަދިޔާކޮށްބަލަ. ކޮންޓެއިނަރެއްގެ ކަދުރުދީގެން މާހެޔޮބަަޔަކަންދައްކަން. ދިވެހިން ހައްޖުގެ އަޅުކަމަށްވެސް ސައުދީއަށް އެތައްމިލިއަން ޑޮލަރު ހަރަދުކުރޭ.
ސުކުންޑާ
24 March 2023
މޭޑަމްގެ ހެޔޮއެދުންތަކާއެކު ބަހާބައެއްނެތްތަ ތީގެ ތެރޭ އެދުވަސްމަތިން ވަރަށް ހަނދާންވޭ
ނުކުންޑާ
24 March 2023
މޭޑަމް ހުރިއިރު ކަދުރުފުކެއް ލިބޭ އީދުގެ ކުރިން އެ ލިބޭ ބަޔަކަށް. މިހާރު ލިބެނީ ބޮޑު އީދުގެ ކުރިން. މިއަހަރު ވޯޓްލާ އަހަރުވީމަ އެ އަވަސްވީ ތަންކޮޅެއް.