ސައުދީން 2019 ވަނަ އަހަރު ރާއްޖެ އަށް ހަދިޔާކުރި ކަދުރު ފޮށިތައް: މި ރޯދަ މަހު ކަދުރު ލިބުން ވަނީ ލަސްވެފައި --ފައިލް ފޮޓޯ: މިހާރު
10 އެޕްރީލް 2022 - 12:22
ސައުދީ އަރަބިއްޔާ އިން ކޮންމެ ރޯދަމަހަކު ރާއްޖެ އަށް ހަދިޔާކުރާ ކަދުރު މިފަހަރު ލިބުން ލަސްވެފައި ވަނީ ކަދުރު މޫސުން ލަސްވުމުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އާންމު ގޮތެއްގައި ސައުދީން ހަދިޔާކުރާ ކަދުރު ރޯދަމަސް ފެށުމުގެ ކުރިން ލިބެ އެވެ. އެކަމަކު، މި އަހަރުގެ ރޯދަމަސް ފެށި ހަފުތާއެއްވީ އިރު ވެސް ކަދުރެއް އަދި ނުލިބެ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހު "މިހާރު" އަށް ވިދާޅުވީ މި އަހަރު ވެސް ސައުދީން ރާއްޖެ އަށް 50 ޓަނުގެ (50،000 ކިލޯގެ) ކަދުރު ހަދިޔާކުރާނެ ކަމަށެވެ.
"ލަފާކުރެވެނީ މި ރޯދަމަހުގެ ފަހު 10 އިގައި ކަދުރު ލިބޭނެ ކަމަށް،" އަފްރާހް ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ސައުދީން ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް ހަދިޔާކުރަނީ 50 ޓަނުގެ ކަދުރެވެ. އެކަމަކު، ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު ފޮނުވީ 25 ޓަނުގެ ކަދުރެވެ.
މި އަހަރަށް ކަދުރު ބަހާނެ އުސޫލެއް އަދި އާންމެއް ނުކުރެ އެވެ. މިދިޔަ އަހަރު ކަދުރު ބެހިއިރު އިސްކަންދިނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށް އެއް ޕެކެޓް ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
11 April 2022
މޫސުމައް ނުވަނިއްޔޭ؟ ރާއްޖެއައް ފޮނުވަނީ ރޯކަދުރުތަ؟ ދައްކާ ވާހަކަ
ލޮއްލަތު
11 April 2022
ޤައުމަށް ނުވަތަ ދިވެހިންނަށް ނުވަތަ ދީނަށް އެއްވެސް ފައިދާ އެއް ނުކުރާ މުޅިން ބޭކާރު ތަނެއް ގޮތުގައި އޮންނަ މިނިސްޓްރީ އެއް މި އިސްލާމިކް މިނިސްޓްރީއަކީ. ކަމެއް ނުކުރާތާ ބަހެއްވެސް ބުނެލަން ނުކެރޭ ފީކަޅާ ބައެއް.
މައުލޫމާތު
11 April 2022
މި ހަބަރުން ފާހަގަވީ އެއްކަމަކީ މިދިޔަރަމަލާން މަހު 25 ޓަނު ކަދުރު މާނައަކި 25000 (ފަންސަވީސް ހަސް) ޕެކެޓު ކަދުރު ރާއްޖެއަށް ސައުދީން ފޮނުވިކަމެވެ. ފަގީރުންގެ ލިސްޓްގައިވާ ކޮންމެ މީހަކައް ޕެކެޓެއް ދިންކަމައްވެސް އެބަ އޮތެވެ. މިދިޔަ ރަމްލަންމަހު ފަގީރުންގެ ގޮތުގައި ކިހާ މީހުންނެއް ރަޖިސްޓްރީގައި ތިބިތޯއެވެ. އަދި އޭގެއިތުރައްހުރި ކަދުރައްވީ ގޮތް ހޯދާފަ މި ހަބަރުގައި އެ މައުލޫމަތުވެސް ހިމަނާލިނަމަ މިލިޔުން ވަރައް ބޮޑުތަނުން ފުރިހަމަ ވީސްއެވެ.
މުންޖިޗޭ
10 April 2022
ހާދަ ހެއްވާ ވާހަކައެކޭ، ކަދުރު ހަދިޔާކުރާނީ ހުރެގެންނޫންތަ، ނެތް އެއްޗެއް ހަދިޔާކުރާނީ ކިހިނެތް، ބޮޑެތި މާސިންގާ މީހުން ނުކުމެ ކުޑަކުދިން ދައްކާކަހަލަ ވާހަކަ ދެއްކީމަ ޤަބޫލުކުރާނީވެސް އަކަހަލަ މަރުމޯލުން. ޢަމުދުން ސަޢޫދީއަކުން ނެތް އެއްޗެއް ނުވަތަ ކުރިޔަށް އޮތް މޫސުމުގައި އަޅަންހުރި ކަދުރަކުން ޞަދަޤާތެއް ނުކުރާނެ، ނުނީ ހަދިޔާއެއް ނުކުރާނެ، ކަދުރު ހުރެގެން އެކަންކުރާނީ، ތިމާމެންގެ ޒިންމާގައި ކަމެއް ގޯސްކޮށް އޮވެގެން އުޅުވާލާވައްތަރު އެބަޖަހާ.
48343
10 April 2022
ކަދުރަކީވެސް ބަޔަކު ސިޔާސިހަތިޔާރަކަށް ބޭނުންކުރާ މީރު އެއްޗެއް.
ވަހީދު
10 April 2022
ކަދުރަކީ ކަރާ އަނބުފަދަ އެއްޗެއް ނޫން. ގިނަ ދުވަހު ހުންނާނެހެން ލައްވާފައިވާ އެއްޗެއް. މިނިސްޓްރީގައި ތިބި މީހުންނަށް އެވަރު ނޭނގޭތަ
ރަދީފްއޮފިޝަލް
10 April 2022
ނިމިދިޔަ 40 އަހަރު ދުވަހަކު ވެސް ކަދުރު މޫސުމޭ ކޮމާންޑޭ ކިޔައިގެން އުޅުނުތަން އަހަރެން ނުދެކެން.
ކޮތަރޭ
10 April 2022
މޫސުމް ނިމޭއިރު ކަދުރު ކޮޅު އޮންނާނީ ހަޖަމްކުރާ ނިޒާމުންވެސް ބޭރުވެފައި
ޒަރަގޫޒާ
10 April 2022
މިފަހަރު ތިޔަ ކަދުރުކޮޅު ލިބޭވާހަކަ ބުނީތީ ސުކުރުކުރަން ކޮވިޑު19ގައި ލިބުނުކަމެއް ނުލިބޭކަމެއްވެސްނޭނޭންގޭ އެއްމެބޭނުންވި ދުވަހު ކަދުރުވެސް ވީ ނުލިބޭއެއްޗަކައް ނަން ވާނީ ފާތުމަ
މޫސުމޭ
10 April 2022
ރޯދަމަސް އައުމުގެ 2 ހަަފްތާ ކުރިން ފިހާރަތައް ކަދުރު ޕެކެޓްތަކުން ފުރާލާފަ އޮއްވާ ފެނުނީ. ސައުދީގެ ކަދުރު މޫސުން ލަސްވި ވާހަކަތަ ތި ދައްކަނީ؟