އިސްލާމީ މަރުކަޒަށް ބަޔަކު ވަންނަނީ: މާލޭގައި އުޅޭ ފަގީރުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ އިން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
07 އެޕްރީލް 2021 - 07:50
އެހެން އަހަރުތަކާ ހިލާފަށް، ރޯދަ މަހާ ގުޅިގެން ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާ ކުރީ 25 ޓަނުގެ ކަދުރު (25،000 ކިލޯ ކަދުރު) ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރު ސައުދީ އަރަބިއްޔާ އިން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކުރި އެވެ. އެ ގައުމުން މިއަހަރު ހަދިޔާކުރި ކަދުރުތައް ބަހާނެ އުސޫލު މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.
ކަދުރު ބެހުމުގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ 10،944 މީހުންނަށް އިސްކަން ދޭނެ އެވެ. އެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް އެއް ޕެކެޓް ލިބޭނެ އެވެ.
1442 ވަނަ އަހަރުގެ ރަމަޟާންމަހަށް ދިވެހިރާއްޖެއަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު ބެހުމުގެ އުސޫލުhttps://t.co/wt0Bgtwn95#MVIaffairs pic.twitter.com/j8QGQS0trh
— Ministry of Islamic Affairs (@MVIaffairs) April 6, 2021
އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއް
ބާކީވާ 1،556 ޕެކެޓުގެ ކަދުރު ބަހާނީ ދައުލަތުގެ އެކި މުއައްސަސާތަކަށެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތި އާއި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތައް ހިމެނެ އެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީންނެވެ. ރަށްރަށުގައި އެ މަސައްކަތް ކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
ކަދުރު ބެހުމުގެ ކުރިން އިތުރު އިއުލާނެއް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަލަންޑަރުގައި ވާ ގޮތުން ނަމަ މި އަހަރުގެ ރޯދަ މަސް ފަށަނީ އަންނަ އަންގާރަ ދުވަހެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހުގެ ރޭ ހަނދު ބަލާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ނިންމި އެވެ. އެ ރޭ ހަނދު ފެނިއްޖެ ނަމަ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ އަންނަ ހޯމަ ދުވަސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެ ޑަމް
07 April 2021
އަހަރަމެން ބެހި ގޮތަށް ނޫން ބަހާނީ އެނގިއްޖެ!
12 ޓިނު
07 April 2021
މެޑަމް ކިޔާ މީހަކު އުޅޭނެ ކަދުރުބަހަން ވަރަށްމޮޅު
ރީނދޫ
07 April 2021
ކަދުރު ނުލިބެނީސް ހުސްވެއްޖެ
ޑިޑޯ
07 April 2021
ތި ލިބޭނެބާ ރޯދަނުނިމެނީސް!
އިޑޯ
07 April 2021
މިސަރުކާރުން ބަހާ ކަދުރު އާއްމުކޮށް ލިބޭނީ ފިތުރު އީދުގެ ކުރީ ދުވަހު
އަބްޑޫޅް
07 April 2021
ރާއްޖޭގަ އުފައްދާ ދޮންކެޔޮކަޖުރު ވެސް ހަމަ ފުދޭނެ.
ބޮކިފުރާޅު އައްޔަ
07 April 2021
މައިންމަގަށް ލައްގަޅޭ. ކަދުރުޓަނެއް ލައްގަޅޭ. މެޑަމް މަގަށްވެސް ލައްގަޅޭ.