ސިވިލް ކޯޓު: ދައުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ ސަލްޓަންސްގެ މުއާމަލާތްތައް، ދައުވާކުރާ ކުންފުނީގެ ހުއްދަ ނެތި ހިންގުން މަނާކޮށްފައި. -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ޖެނުއަރީ 2017 - 13:00
ކ. މަޑިވަރުގައި ރިސޯޓެއް ތަރައްގީ ކުރަމުންދާ ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސް ކުންފުނިން ފައިސާ ޚަރަދު ނުކުރުމަށާއި ބޯޑް ރިޒޮލިއުޝަންތައް ފާސް ނުކުރަން ސިވިލް ކޯޓުން އަންގައިފި އެވެ.
ކޯޓުން މިމަހުގެ 11 ވަނަ ދުވަހު މިގޮތަށް އެންގީ ސަލްޓަންސްގެ ހިއްސާ ބަދަލުކުރި މައްސަލައެއްގައި ދޮންކެޔޮ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާގަ އެވެ.
ސަލްޓަންސްގައި ދޮންކެޔޮ އެންޓަޕްރައިސަސްގެ 50 ޕަސެންޓް ހިއްސާ އޮއްވައި އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަހަރު ވަނީ އެކަން ބާތިލްކޮށްފަ އެވެ. އެހެންވެ އެ މައްސަލާގައި ދޮންކެޔޮ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ދައުވާކުރީ އެވެ.
ގާޒީ އަބްދުއްނާސިރު ޝަފީގުގެ އެންގުމުގައި ވަނީ ހުށަހަޅާފައިވާ މައްސަލަ ނިމެންދެން، ދޮންކެޔޮ އެންޓަޕްރައިސަސްގެ ހިއްސާދާރުންނަށް ނޭނގި ސަލްޓަންސް އިން އެއްވެސް ފައިސާއެއް ޚަރަދު ނުކުރުމަށާއި އަދި ބޯޑް ރިޒޮލިއުޝަންތައް ފާސް ނުކުރުމަށެވެ.
ސަލްޓަންސްއަކީ ބިލިއަނަކާ ގާތްކުރާ އަދަދުގެ ދަރަނި އެ ކުންފުނީގެ މައްޗަށް ސާބިތުވެ، ޝަރުއީ އެކި މަރުހަލާތަކުގައި މައްސަލަ ހިނގަމުންދާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
22 January 2017
ދެން ސަލްޓަންސްގެ ބިލިއަނެއްވަރުގެ ދަރަނީގެ މައްސަލަތަށް ކޯޓުން ނުނިންމާ ތިޔަތިއްބަވަނީ ކީއްކުރަންތޯ ؟؟ މިހާރު ކިހާދުވަހެއްވެއްޖެތޯ ތިޔަމައްސަލަތަށް ނުނިންމާ އޮންނަތާ ؟ އެފައިސާގެ ހައްގުވެރިންނަށް ކިހާބޮޑު ގެއްލުމެއް ލިބޭނެތޯ ކޯޓުން މައްސަލަތަށް ލަސްކުރީމައި ،، އެމީހުންގެ ހައްގުކޮބައިތޯ ؟؟ ރާޢްޖޭގައި އޮތް އެންމެބޮޑު އެއްމަސަލަޔަކީ އެކަކު އަނެކަކަށް ދޭންހުރިފައިސާގެ މައްސަލަތަށް ،،، އެކަންކަން ހައްލުކުރަން ކޯޓްތަކަށް ދިއައީމައި މައްސަލަތަށް 10-12 އަހަރަށް ލަސްވެގެން ދިއުމަކީ އިންސާފް ލިބުމެއްނޫން ،، ވަރަށްވެދުން
ބޭބެ
22 January 2017
ފަހު ޕެރެގްރާފް މ.ޑ.ޕ މެމްބަރުން ކިޔާލަ ދިނުން އެދެން. މިހާރުވެސް ތަސްމީނުއަކީ މ.ޑ.ޕ ގެ މެމްބަރެއް ... މ.ޑ.ޕ ވެރިކަމަށް ހަމަ އަންނަ އިރަށް މިދައުވާތަށް ފްރީޒް ވެ ހުދުކާފޫރަށް ވާނެ. މިވަރުގެ މީހުން ޕޯޑިޔަމް ތަކަށް އަރާ ވާހަކަ ދެއްކީމަ ލަވަނީ " ހޮޑު ". އެންމެން އެއްބަސް ކިޔާފަ މިކަހަލަ ނަގޫ ފިތިފަ ތިބޭ މީހުން ޕާޓީ އިސްސަފުން ޖާގަ ދިނުން ހުއްޓާލާ ... ޑިމްކްރަސީ އަކީ މިއީ ...
އުމަރު
22 January 2017
މިހާރު ކުންފުނިތަކުގެ ހިއްސާއިން ދައުލަތް މެދުވެރިކޮށް ވައްކަން އާންމުވެއްޖެ، މީގެ ކުރީގައި ފެންނަނީ ބެންކުތަކުގެ އެކައުންޓްތަކުން ވައްކަން ކުރާތަން، މިހާރު ޔަގީންކަމެއްނެއް އަމިއްލަ ގެދޮރުގެ ރަޖިސްޓްރީވެސް ސަލާމަތުން އޮންނާނެކަމަކަށް