ޚަބަރު / އެމްޑީޕީ

ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް މިކުރަނީ އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތް ހޯދަން: ހަސަން ލަތީފް

ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަނީ އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތެއް ހޯދުމަށް ކަމަށާއި އެ މަޝްވަރާގެ ތެރޭގައި ސަރުކާރު އޮންނާނެ ގޮތާއި ނިޒާމީ ވޯޓާ ގުޅޭ މަޝްވަރާތައް ވެސް ހިނގަމުން އަންނަ ކަމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އިސްވެ އޮވެ، ކޯލިޝަނެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު އެކަމުގެ މަޝްވަރާ ބައްދަލުވުންތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބައިވެރިވެ އެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިރޭ ކުނޫޒުގައި އޮތް ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެ މަޝްވަރާ ބައްދަލުވުންތަކަކީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން އެމްޑީޕީގެ ފަރާތުން ބައިވެރިވަމުން އަންނަ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށެވެ.

"އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް ރައީސް ނަޝީދު އަބަދުވެސް މަސައްކަތްކުރައްވާނީ. އަދި ރައީސް ނަޝީދު މިހާރު ޖުމްހޫރީ ޕާޓީއާ އެކު ކުުރައްވާ މަސައްކަތަކީ ވެސް އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތެއް ހޯދުމަށް ކުރާ މަސައްކަތެއް،" ހަަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ވެސް އެ ޕާޓީން ޕްރައިމަރީއެއް ބާއްވައި، އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވި ކަމަށެވެ. އެކަމަކު އިންތިހާބުގައި ވާދަކުރެއްވީ އެ ކެންޑިޑޭޓު ނޫން ކަމަށާއި އޭރު ވެސް އެކަން ހުއްޓުވަން ބަޔަކު މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ އެ މަޝްވަރާ ބައްދަލުވުންތަކާ ގުޅިގެން، އަސާސީ ގަވާއިދާ ހިލާފަށް ކަމެެއް ކުރެވޭ މަންޒަރު އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ އެކު ނަޝީދުގެ މަންދޫބުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށްދާ މަޝްވަރާތަކަށް އަލިއަޅުއްވާލައްވައި ހަސަން ލަތީފް ވިދާޅުވީ ސަރުކާރު އޮންނާނެ ގޮތުގެ މަޝްވަރާ އާއި ނިޒާމީ ވޯޓަކަށް ދާނެ ގޮތުގެ މަޝްވަރާތަކާއި މެނިފެސްޓޯއާ ގުޅޭ މަޝްވަރާތައް ވެސް އެބަކުރެވެ އެވެ. އެކަމަކު އެއީ މިހާރު ކުރެވެމުންދާ މަޝްވަރާތަކަށްވާތީ އެކަމުގެ ތަފްސީލު އަދި ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކޯލިޝަނެއް ހެދުމުގެ މަސައްކަތްކުރާއިރު އެގްރީމެންޓްތައް ވެސް އޮންނާނެ ކަމަށާއި އޭގެ މަޝްވަރާތައް ކުރެވުނު ނަމަވެސް މިހާތަނަށް އެއްވެސް އެގްރީމެންޓެއްގައި އަދި ސޮއިނުކުރާ ކަމަށެވެ. މިހާތަނަށް އެގްރީމެންޓެއްގައި ސޮއި ނުކުރިޔަސް މިހާރު ކުރަމުންދާ މަސައްކަތްތަކަކީ "އެދިމާލަށް ދިއުމަށް ކުރާ މަސައްކަތްތަކެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ އިސްވެރިންނާ އެކު ބޭއްވި އެ ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ ދެ ދުވަހެއް ކުރިން އަމްރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރިއިރު އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒު ވަކިކޮށްފަ އެވެ. މި ދެ ބޭފުޅުންނަކީ ވެސް ނަޝީދު ފެކްޝަނުގެ ދެ ބޭފުޅުންނެވެ.

53 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޤައުމުގެ ހަލާކު

30 March 2023

ހަސަނާ އެހެނެއްނޫން. އެމްޑީޕީއަށް އެންމެ ފައިދާވާގޮތަށް މަސައްކަތް ކުރާނަމަ އެމްޑީޕީ މެމްބަރުންގެ މެޖޯރިޓީ އަށް ހަސަނުމެން ދާނެ. ތިޔައުޅެނީ ލިބިފައި ހުރި އެއްޗެތި އަތުން ބީވެގެން ދެން އަލުން އެބައި އަތުނުޖެހޭނެކަން އެނގޭތީ. ޤާސިމަކީ ވެރިކަމާހެދި މޮޔަވެފައި ހުރި މީހެއްކަން އެނގޭތީ ޤާސިމުގެ ބޯ ކައިގެން ސަރުކާރުން ހިއްސާއެއް ދަމއިގަނެވޭތޯ. ހިއްސާވެސް ދޭނެ. މޮޔަފުޅުވެސްވާނެ. އެންމެފަހު އަންނި ރަނިން މޭޓަކަށް ވެސް ހަދާފާނެ.

The name is already taken The name is available. Register?

ޑިމޮކްރަޓިކް ޑިކްޓޭޓަރ

30 March 2023

އެމްޑީޕީ އަކީ ރައީސް ނަޝީދުކަމަށްވާނަމަ ތިޔަވިދާޅުވެވުނީ ރަގަޅަށް. އެހެނަސް އެއީ ދިވެހިރައްޔިތުންނަށް ހެޔޮގޮތް ހޯދައިދޭން ނިކުއް ޕާޓީކަމަށްވާނަމަ ތިޔަ ވިދާޅުވެވުނީ ގޯސްކޮށް. ނޭވާ ހޮޅީން ވައްކަން ކުރި ކަމަށް ބުނި ބަޔަކު މިއަދު ހުދު ކާފޫރަށް ހަދައި ކުރިމަތީގައި ބައިތިއްބައިގެން ތިޔަ ޖަހާ ސަކަރާތް ވަރަށް ސާފު. ރ.މައުމޫނުގެ ތިރީސް އަހަރުފަދަ ރ.ނަޝީދުގެ ތިރީސް އަހަރެއް ދެކޭކަށް ނޭދޭ ދިވެހިން މިއަދު ގިނަކަމަށް ފެންނަނީ.

The name is already taken The name is available. Register?

ސްމޭޝް/ފވމ

30 March 2023

ވެރިކަމަށް ގެންނަ މީހާގު ބާރު މިއަށްވުރެ ކުޑަވާނެ ގޮތެއް ހޯދަން އެބަޖެހޭ! މުޅި ދައުލަތް ހީވަނީ އޭނާގެ އަމިއްލަ މިލްކެއް ހެން ވިއްޔާ!

The name is already taken The name is available. Register?

ފފފފފ

30 March 2023

ތިއީ ބޮޑު ސިއްރު. ރައްޔިތުން މޑޕ ދެކެ ފޫހިވެފަ ތިބި ދުވަސްވަރެއް މިއީ. ގައުމުގެ މިނިވަންކަން ނެތިދާހިސާބުގަ އޮތުމުންނާއި ދަރަނި ނަގައިގެން އޭގެން ގައުމަށްވީ އެއްވެސް ފައިދާއެއް ފެންނަން ނެތުމުންނާއި ކޮރަޕްޝަން އިންތިހާއަށް ގޮސް އޮތުމުން ރައްޔިތުން މޑޕއަށް ވޯޓު ނުދޭނެތީ ދެވަނަ ބުރުގައި ގާސިމުއާ އެކު މޑޕ ވާދަ ކުރަންވެގެން އެއްބަޔަކު ޖޭޕީއަށް ގޮސްގެން ގުޅެނީކަން އަހަރެމެން ދެނަހުރިން.

The name is already taken The name is available. Register?

5789

30 March 2023

ތިކަން އޮޅިގެން އުޅެނީ ޕީޕީއެމްއަށް.

The name is already taken The name is available. Register?

ބޮޑުމީހާ

30 March 2023

ބޯކިބާފަޅާ ރިޔާސީ ނިޒާމު އޮވެގެން މިގައުމުގަ ވެރިކަންކުރެވޭނީ ދެގޮތަކަށް. އެއްގޮތަކީ ޔާމީނު ކުރިހެން އެންމެން ޖަލަށްލައިގެން ކުރުން. ދެވަނަ ގޮތަކީ އިބޫ ކުރާހެން އެންމެންނަށް ބައިއަޅައިގެން ކުރުން. (ނަޝީދު މި ދެގޮތްވެސް ބޭނުންނުވީތީ ވެރިކަން ވެއްޓުނީ) ހުރިހާ މައްސަލަތަކުގެ ފެށުމަކީ ރިޔާސީ ނިޒާމު، މިކަންކަން ހައްލުވާނީ ނިޒާމު ބަދަލުކޮށްގެން އެހެން ކުރިއަރާފައިވާ ގައުމުތަކުން މިސާލު ނަގައިގެން ކުރިއަށް ދިޔައީމާ.

The name is already taken The name is available. Register?

ނަން.

30 March 2023

ބަރުލަމާނީގަ ބައިއަޅަން ނުޖެހޭކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް. އެއީ ކޮންތަނެއްގަ އެކަން އޮތް ގޮތެއް؟ މިސާލަކަށް މެލޭޝިޔާއަށް ބަލާ. ގިނަ ޕާޓީތައް ތިބިއްޔާ ހަމަ ކޯލިޝަން ހަދައިގެން ބައި އަޅަން ޖެހޭނީ. ބަރުލަމާނީގެ ބޮޑު ތަފާތަކީ ރައްޔިތުންގެ ތާއީދު ނެތް މީހާއަށްވެސް ގައުމުގެ އެތެރެއާ ބޭރު ފަރާތްތަކުން ދޭ ފައިސާގެ އެހީގަ މެމްބަރުން ކޮޅެއް ގަނެލައިގެން ވެރިކަމަށް އާދެވުން. ރާއްޖެ ކަހަލަ ކުޑަ ކޮރަޕްޓް ގައުމެއް މިހާރަށްވުރެވެސް ބޭރުގެ އަޅުވެތިވާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

30 March 2023

ނަޝީދުގެ ވިސްނުމަކީ މިގައުމަށް ބަރުލަމާނީ ނިޒާމު ގެނައުން. ސިޔާސީ ދާއިރާގައި ހަރަކާތްތެރިމިވާ ރައްޔިތުންގެ ތާއިދެ ނެތް އެތައް ބަޔަކު އެ ނިޒާމާއިއެކު ސިޔާސީ ދާއިރާއިން އަލްވަދާއު ކިޔަންޖެހޭނެ. އެހެންވެ ނަޝީދު ނޫނީ އެކަމަށް ތާއިދުކުރާ މީހަކު ނެތް. އެމްޑީޕީން ކުރިން އެގޮތަށް ވަކާލާތުކޮށްފަ އިބޫއަށް ވެރިކަމަށް އާދެވުނީމަ ވެރިކަމާއިހެދި އެކަން ހަދާންނެތުނީ. ރައީސަށް މިހާ ބާރު އޮންނަ ނިޒާމެއްގައި ކަންތައްތައް ވާނެ ގޮތަށް މިވަނީ

The name is already taken The name is available. Register?

ރޯޒަސް

31 March 2023

ނޫނޭ ތިޔެއް ނޫން ވާ ގޮތަކީ. ރައީސް ނަޝީދަށް އިނގެނީ ދިވެހި ރައްޔިތުންގެ މެޖޯރިޓީއަކުން ރައީސް ނަޝީދަކަށް ދެން ދުވަހަކުވެސް ވެރިކަމަށް ނާދެވޭނެކަން. އާދެވެން އޮތް ހަމައެކަނި ގޮތަކީ ވަލު ދޮރޯށީން ކޮރަޕްޓް މެމްބަރުންކޮޅެއް ގަނެލައިގެންކަން. ރައްޔިތުންގެ ބަހެއް ނެތި ކަން..

The name is already taken The name is available. Register?

އަސޭލ

30 March 2023

ރޮޔަލް ރޭޕްކޭސް އެއް އޮބާލާ ފިޔަވަޅު އަޅަން ނުކެރުނު ފިންޑިޔަކާ ގައުމެއްހަވާލުކުރީމަ ކިހިހެއްވާނީ؟

The name is already taken The name is available. Register?

ަައއއ

30 March 2023

އަޖާބެއް، އެމްޑީޕީ އަށް މޮޅުގޮތް ހޯދަން އެހެން ޕާޓީއަކަށް ވެރިކަން ހޯދާދެނީ!

The name is already taken The name is available. Register?

ފފލކލ

30 March 2023

ބަލަ ދެވަނަ ބުރެއް އޮންނާނަކަން އެނގެއޭ. އެހެންވީމަ މިހާރު އެމީހުން އެތައްޔާރުވަނީ ޖޭޕީއާއެކު ނުކުމެ ޕީޕީއެމްއާ ވާދަ ކުރަން.

The name is already taken The name is available. Register?

ކޮދަކޯ2023

30 March 2023

އެމްޑީޕީގެ ޗެއާރ ޕާސަންއަކީ ހަސަން ލަތީފެއްނޫން ފައްޔާޒު، މިހާރު ޖޭޕީއާއި އެކު ތިކުރާ މަޝްވަރާތަކަކީ ނަޝީދު ބޭނުންވާ ކަންތައްތަކެއް ހާސިލުވޭތޯ ކުރާމަޝްވަރާތަކެއް އެމްޑީޕީގެ ފައިދާއަކަށް ކުރާކަމެއް ނޫން މިމުޅި ދިވެހިރާއްޖޭގަވެސް ނިޒާމީވޯޓެއްގެ ވާހަކަދައްކަނީ ނަޝީދު އެކަނި ތިއަކީ ރައްޔިތުން ބޭނުންކަމެއްނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454