އެޗްޑީސީ ހިންގާ އިމާރާތް: ތިލަފުށީގެ ބިމެއް އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް ވިއްކަން އުޅުނު މައްސަލާގައި ތުހުމަތުވާ މުވައްޒަފު ވަނީ ވަޒީފާއިން ވަކިކޮށްފައި --- ފޮޓޯ/މިހާރު
30 މާޗް 2023 - 20:02
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އުސޫލުތަކާ ހިލާފަށް ރިޝްވަތު ނަގައިގެން ކ. ތިލަފުށީގެ ބިމެއް ވިއްކަން އުޅުނު މައްސަލާގައި ތުހުމަތުވާ މުވައްޒަފު އެ ކުންފުނީގެ ވަޒީފާއިން އިއްޔެ ވަކިކޮށްފި އެވެ.
އަމިއްލަ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން އެޗްޑީސީގެ މުވައްޒަފަކު ތިލަފުށީގެ ބިމެއް ވިއްކަން އުޅުނު މައްސަލައެއް މި މަހު ފެންމަތިވުމާ އެކު އޭނާ ހުރީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. އެޗްޑީސީން އޭރު ބުނެފައިވާ ގޮތުގައި އެ ބިން ވިއްކާފައިނުވާ ކަމަށެވެ.
އެޗްޑީސީން މިއަދު ބުނީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓް ތެރެއިން އެ މައްސަލަ ފެންމަތިވުމާ އެކު އެ މައްސަލަ ބެލުމަށްފަހު އިއްޔެ އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ދާދި ފަހުން އެޗްޑީސީން ވައްކަންކުރި މައްސަލައެއްގައި ވެސް އެ ކުންފުނީގެ މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެކަމަކު އެ ވައްކަމާ ބެހޭ އެއްވެސް ތަފްސީލެއް އެ ކުންފުނިން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަންޒަންސޯ
01 April 2023
ޕާޓީ އެކްޓިވިސްޓުންނަށް ކެފޭތަކާ ހުސްބިންތައް ބަހާ ހުސްކޮށްފި ނިކަންތިބެބަލަ ވެރިކަންބަދަލުވާދުވަހު ބިތުފަންގިނަގާނެ. ފުތިހާ އަށް ސަލާމް
ުޔުޔު
31 March 2023
ފަހުން ތިޔަތަނުގެ ބޮޑުންނަށް ވެއްދީ ހުސް ތިކަހަލަގެ މީހުން
އޮނަރަބްލް އަފީފު ދީދީ
31 March 2023
އެޗްޑީސީގެ "އުސޫލާއި ޙިލާފަށް" މުވައްޒިފަކު ބިމެއްވިއްކަން އުޅުނުވާހަކަދައްކަން ކުންފުނީގެވެެރިން ލަދެއްނުގަނޭތޯ؟ ތިއީ 21 ވަނަ ޤަރުނުގައިދައްކާން ހެޔޮވާވަރުގެވާހަކައެއްނޫންކަމާއި މިޒަމާނުގައި ޕްރައިމެރީ ސްކޫލެއްގައި ކިޔަވާކުއްޖަކުވެސް ތިވާހަކަޤަބޫލުނުކުރާނެކަން ނޭގުނީތޯ. # ޙަބަރުގައިއޮތްގޮތަށް "އޭނާ ތިކަންކުރާން އުޅުނުނަމަ" އިގޭއެއްޗަކީ ދައުލަތުގެ ކުންފުނިތަކުގެތެރެއިން ތިތަނަކީވެސް FENAKA ނުވަތަ އެމްއެމްޕީއާރުސީ ފަދަ "ހަރުދަނާ" ކުންފުންޏެއްކަން.
ހަސަންކާރި
31 March 2023
21 ވަނަ ގަރުނުގައި ވައްކަމެއް ނުކުރޭތަ؟
ކުޑަކަތީބު
30 March 2023
ބައި އަޅަންޖެހޭ މީހަކަށް ބައި ނޭޅުނީ ދެތްތޯ! ހުޅުމާލެ ތަންތަން ބޭނުން ބަޔަކަށް ކުއްޔައް ދެމުންދާއިރު ހިތަކަށްނާރާ އެކެއްޗެކޭ ވެސް!
މުޖުތާޒު
30 March 2023
ވަކިކުރަންޏާ ވަކިކުރަންވީ އޭނައެކަންޏެއްނޫން މަތިފަޑިގަތިބިއެއްމެން ވަކިކުރަންވީ
ނާބަ
30 March 2023
ތީ އިބޫގެ ސިޔާސަތާ ޚިލާފުކަމެއް އޭނަ އުޅެނީ ވަގުން ކާރިކޮ ކޮށް ގެން ނޫންތަ
ބޯޓޭ
31 March 2023
ތިހުރީ އޮޅިފައި.. އެއީ ކުރީގެ ރައީސް ޔާމީނުގެ ސިޔާސަތު
ރޯޒަސް
30 March 2023
ތަންކޮޅެއް ކުޑަ ސޮރެއްވީމައި ބުރައިގެން ދިޔައީ. ބޮޑެއްޗައް ތިބި މީހުން ކުރާއިރު ލާހިކެއް ނޫން އަތުލާކަށް