ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް: އޭނާއަކީ ކުރިން ގާސިމްގެ ވަރަށް އަރިސް ބޭފުޅެއް.
01 އެޕްރީލް 2023 - 08:27
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުން، އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަކި ކޮޅެއް ނެންގެވުމުގެ އޮއިވަރާއެކު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނަވަން ނިންމަވައިފި އެވެ.
އެކަމާ ގުޅިގެން މައުސޫމް މީޑިއާގައި ވާހަކަ ނުދެއްކެވި ނަމަވެސް މިހާރު ވަނީ އޭނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެ ބޭފުޅުންގެ ފޮޓޯއެއް ފޭސްބުކްގެ ކަވަރު ފޮޓޯއަކަށް ބަދަލުކުރައްވައިފަ އެވެ. އެއީ މީގެ ފަސް ގަޑިއިރު ކުރިންނެވެ. އެއާއެކު، އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ރަސްމީ ވަޓްސްއެޕް ގުރޫޕުން މީގެ ދެ ދުވަސް ކުރިން ނުކުމެވަޑައިގެންފަ އެވެ.
އެ ފިޔަވަޅުތައް އެޅުއްވި ނަމަވެސް އޭނާ އަދި ޖުމްހޫރީ ޕާޓީން ވަކިވެވަޑައެއް ނުގަންނަވަ އެވެ.
ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި މައުސޫމާއެކު ތިން ވަޒީރަކު ތިއްބަވަ އެވެ. އެއީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ގާސިމް އެޅުއްވި ފިޔަވަޅާއެކު، ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ވަޒީފާގެ ޔަގީންކަމާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި އާއިޝާ އާއި ހުސައިން އަދި ތިއްބެވީ ހިމޭނުންނެވެ.
ޖޫން 2018 ގައި ބޭއްވި ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ހަފުލާގައި، އެ ޕާޓީގެ އޭރުގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ ޑރ. ހުސައިން (ކ) ޑރ. މައުސޫމް ސެލްފީއެއް ނަންގަވަނީ: މި އަހަރުގެ ރިޔާސީ އިންތިހާބަށް ވަކި ކޮޅެއް ނެންގެވުމުގައި ޑރ. ހުސައިން އަދިވެސް ގޮތެއް ނުނިންމަވާ.---ފައިލް ފޮޓޯ: މިހާރު
ގާސިމާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި މައުސޫމް ފަހަކަށް އައިސް ޖޭޕީގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ނޫޅުއްވަ އެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ޖޭޕީން ކުއްލި ގޮތަކަށް ހަރަކާތްތެރިވެ، ކަންކަން ނިންމުމަށް ބޭއްވި އެއްވެސް ބައްދަލުވުމަކުން ވެސް އޭނާ ނުފެނެ އެވެ. އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ އެއްވެސް ބައްދަލުވުމެއްގައި ވެސް މައުސޫމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އޮގަސްޓް 31، 2020 ގައި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މައުސޫމަކީ ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި ވެސް ކުރިން އުޅުއްވި ބޭފުޅެކެވެ. އޭނާ ވަނީ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ހަތަރު އަހަރުގެ މުއްދަތަށް ކުރައްވައިފަ އެވެ.
ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބައެއް އިސްބޭފުޅުންގެ ތެރެއިން މިހާތަނަށް އެ ޕާޓީ ދޫކުރެއްވި ބޭފުޅުންގެ ތެރޭގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެތެރޭމީހާ1
02 April 2023
ވަރައްރަގަނޅު ނިންމުމެއް.. ގައުމަށް މިވަގުތަށް އެންމެފައިދާ ބޯޑުވާނީ މައުސޫމު ފަދަ މީހުންގެ ހިދުމަތް ލިބިގެން.
ސސއއެ
03 April 2023
މައުސޫމަކީ އިންޑިއާގެ އެޖެންޓެއް. ސޯލިހުއަކަށް މިކަމެއްނުވެސް އެނގޭ
ބާކުންބޭ
02 April 2023
އެހެންވީމަ އަހަރެމެން މި ބުނަނީ ޕީއެޗްޑީ ކީއްކުރަން އަދި އެއަށްވުރެ މައްޗަށް ކިޔެވިޔަކަސް މިދިވެހިންނަކަށް ބަދަލެއް ނާންނާނެއޭ، އެ ސަނަދެއްވެސް އެ ހޯދަނީ ހަމައެކަނި މީހާގެ ނަން ފުޅާކުރުމަށެވެ. ކިޔެވިއެއްކަމަކު އެއްވެސް ޕްރިންސިޕަލްއެއް ނުހުރެޔޭ. ޖޭޕީގެ ސްލޮޓެއްކަމަށްވާނަމަ މަޤާމުންޖެހޭނީ އިސްތިއުފާ ދޭން ދޯ؟ އަނެއްކާ ޤާސިމް މުޅި އުމުރު ގެންގުުނު ކުދިންކޮޅެއް ދޯ ތީ؟ ކިޔެވީވެސް ޤާސިމް ދިން ފައިސާ އިން ދޯ؟؟
ވަހުތާން
02 April 2023
ގާސިމަކީ މަރުހޭ މީހެއް ނޫނޭ! އެކަމަކު ކިޔަވައިދީ ވަޒީފާދީ ނުވިތާކަށް ވަޒީރުކަން ހޯދައިދިނީމާ އަުގަ ދަތްއެޅީ! ބުއްދިނެތް ޖަނަވާރުންނަށްވުރެ އަޅެ ދަށެއް ނޫންތަ މީހުންގެ އަޚުލާޤު؟
ެއިޙްސާސް.
02 April 2023
ގާސިމު ފަހަތަށް އަންނި ހުރުންދެން ލަދުވެތި..
ފިކުރެއްގެދިރުން
02 April 2023
މިފިކުރު މިއޮތީ ބޮޑުތަނުން ސުލޯ ސަރުކާރު ހިންގާ ސްޕީޑަށް ނުރުހި، ވަޒީރުން ޖީބު ބޮޑުވެ ޚަޒާނާގެ ފޫގޮސްފައި ވާތަން ބަލަން، ދެން ވިއްކޭ އެއްޗެއް މިސަރުކާރަކަށް ނެތް.
ދައްތީ
02 April 2023
ޑރ އިރާދަކުރެއްވިއްޔާ ދިހަ ޑރ އަލަށް ގުޅޭނެ އަދި އެމީހުންނަށް ޖޭޕީ އިން ފުރުސަތުވެސް ދޭނެ، ގާސިމުގެ ވަރާގަ އެލިގެން މަގާމު އޯކޭ؟ މަގާމު ލިބުނީމަ ހިޔައްޏަށް މުޑި ތިނެގެނީ
ތުނިޔަ
02 April 2023
ރަގަޅު ރީތި ހެަޑު ލައިނަކަށް ވީސް - މަގާމަށް ޓަކައި މައުސޫމު ވެސް - މައުސޫމަށް ވެސް މުހިއްމުވީ މަގާމު ދިފާއު ކުރުން - މައުސޫމު ވެސް އިޚުލާސްތެރިކަމެއް ނެތް މަގާމުން އިސްތިއުފާ ނުދީން ބަދަލު ކުރީ ކުލަ
މާސޭ
02 April 2023
މަށަކީ ޤާސިމްގެ ސަޕޯޓަރެއް ނޫން ، އެހެން ނަމަަވެސް ޤާސިމް ހޯދާދިން މަޤާމުގެ ދަހިވެތި ކަމުގެ ތި ޕާޓީ ދޫކޮށްފަ ދާން އެންމެން ފޮނުވާލާފަ ފީ ކަހާލާ. އިރާދަ ކުރެއްވީޔާ ޤާސިމް ކޮޅު ވަކި ބައްޔެއް ނުވާނެ ، އިހްލާސްތެރިން މި ފަހަރު ސާފުވާނެ ، އިބޫ އަށް ޑރ. ޥަހީދު އަށް ވީ ވަރު ވެސް ނުވާނެ ، ލިޔެފަ އޮތް އެއްޗެއް ކިޔާލަން އިނގޭ މީހެއް ވެސް ނޫން . ވަރަށް ވެދުން....
އިޔާދަ
02 April 2023
ޖާބިރުގެ ޒައާމަތުގައި 3000 ހަމަނުވެގެން ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޕާޓީ ޑީއާރުޕީ އުވާލާފައި ވިޔަސް، ޑީއާރުޕީއިން އެމްޑީޕީ ހިސޯރުކުރުން ވަނީ ވަރަށް ބޮޑަށް ކާމިޔާބުކޮށްފައި. ޒައީމް މައުމޫން މިހާރު ހުންނަވާނެ ހިނިފުޅުވަޑުވަން. ޑރ މައުސޫމަކީ މައުމޫނުގެ ސަރުކާރުގެ ފަހު އަހަރުގައި ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެވުނު ބޭފުޅެއް. އޭރު ޑީއާރުޕީގެ މެންބަރެއް.
ބަރުލަމާނީ.
01 April 2023
ބުރުމާއަށް ކެހިދީފަ ބޮޑުވަޒީރު ބަޗާނެކަން ޔަގީން.
ރަސްކަލޯ
02 April 2023
ދެން އިބޫ ކާރީގައި ތިބި ކުދިން ދެންކެން ރަނަގަޅު ކުލަ ނުޖެހޭނެ ހުވެފެނެއް. މިއޮތް ހާދުވަހު ދެކުނު ހުވަފެނަކީ ބޮޑު ކޯލިޝަން ގާސިމު އިބޫ ފަހަތުގައި ކަމަށް ބެލި ހުވަފެން ވެސްވީ ބިލާހަކަށް ދޯ
ފިކުރެއްގެދިރުން
02 April 2023
ތި ހުވަފެނުގައި ކުލައެއް ނުޖެއްސޭނެ
ފަކުރެއްގެ ދިރުން
02 April 2023
ބޮޑުވަޒީރު ތިކިޔަނީ މަށަށްތަ، މަބުނީ މިހާރު އޯކޭ އޭ ދެވަތްގަޑު އެއްވިޔަސް. އަމިއްލަ ވަތްގަޑާ ސަރުކާރު ވަތްގަޑު.