ޑރ. މައުސޫމް، ސަން އައިލެންޑްގައި ހުންނަ އޮފީހުގައި މިދިޔަ އަހަރު މަސައްކަތް ކުރައްވަނީ: އޭނާ މިހާރު ހުސްވާން ބޭނުންވަނީ ސިޔާސީ ކަންކަމަށް.---ފޮޓޯ: ނިޝާން އަލީ /މިހާރު
10 ޖެނުއަރީ 2018 - 14:13
ސިޔާސީ ކަންކަމަށް ވަގުތު ދެއްވުމަށްޓަކައި، ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކަމުން ޑރ. އަބްދުﷲ މައުސޫމް އިސްތިއުފާ ދެއްވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ކުރެއްވި މައުސޫމް މިއަދު ވިދާޅުވީ ހަތަރު އަހަރަށް ފަހު، އެ މަގާމުން އިސްތިއުފާ ދެއްވި އެއް ސަބަބަކީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނާއެކު ސިޔާސީ ހަރަކާތްތަކަށް ވަގުތު ދެއްވުމަށް ކަމަށެވެ. ސިޔާސީ ކަންކަމުގެ އިތުރުން އަމިއްލަ ކުންފުނި، ސްޓްރީމް ލައިނާސްގެ ވިޔަފާރި ކުރިއަށް ގެންދިއުމަކީ ވެސް ސަން އައިލެންޑުން ވަކިވެވަޑައިގެންނެވި ސަބަބެއް ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މައުސޫމް ވިދާޅުވި އެވެ.
"ރާއްޖެ އަނެއްކާ ވެސް ޑިމޮކްރެޓިކް މަގަށް ގެންދިއުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މަސައްކަތަށް ވަގުތު ދޭން ބޭނުންވޭ. މިވަގުތު އެހެން އެއްވެސް ތަނެއްގައި ވަޒީފާއެއް އަދައެއް ނުކުރާނަން،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި މައުސޫމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި މައުސޫމް ވިދާޅުވީ އަމިއްލަ ކުންފުނިން ޓޫރިޒަމް ދާއިރާއަށް ބޭނުންވާ މުހިންމު ކަންކަން ވަރަށް އަވަހަށް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.
"ސިޔާސީ ކަންތަކަށް ވަނުމުގެ ކުރިން ވެސް ޕްރައިވެޓް މަސައްކަތްތަކެއް ކުރިން. އެހެންވެ ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް މުހިންމު ކަންކަން ޕްރޮވައިޑް ކޮށްދޭން މަސައްކަތްކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
12 January 2018
ޑރ. މައުސޫމް އަކީ މިޒަމާނުގެ ގޮތަށް ކެފޭ ހިންގެވުމަށްވެސް ކުޅަދާނަ ބޭފުޅެއް "ޗިއާސް" ގެ ނަމުގަ ކުރީގެ އަރަބިއްޔާ ގޯޅިތެރޭގަ ހިންގެވި (ސެލްފް ސާވިސް) ކެފޭ އޭރު ވަރަށް މަޝްހޫރުވި.
ޢަހުމަދު
11 January 2018
ޖޭޕީގެ ސްލޮޓަކަށް ހިތްކިޔައިގެނެއްނޫންތަ.؟
އަނެއްކާ
11 January 2018
އަނެއްކާވެސް ރާއްޖެ ޑިމޮކްރެޓިކް މަގަށް ގެންދިއުމަށޭ ބުނީމަ ސުވާލު އުފެދެނީ ކުރިން މި ގައުމުގައި ކޮން އިރަކުބާއޭ މާ ޑިމޮކްރެޓިކް ވެރިކަމެއް އޮތީ؟ ޑިމޮކްރަސީއާ ބެހޭ ގޮޮތުން އެންމެ ބޮޑަށް ދައުވާކޮށްފަ އެރި ބޭފުޅާ ކަންކުރި ގޮތް ހަނދާންނެތުނީބާއޭ އެމީހަކާ އެކީ އަނެއްކާވެސް މިމަސައްކަތްކުރަނީ. އެތައް ބައެއްގެ އިތުބާރު ލިބިގެން އެރި ސަރުކާރަކަށް ހިފަހައްޓާނުލެވުނީ ޑިމޮކްރަސީގެ އަސާސްތައް ކިހާވަރަކަށް އެޕްލައިކުރެވިގެންބާއޭ ވިސްނާލެވޭބާ. އޭރަށްވުރެ މިހާރު ތަފާތުކޮށް ކުރާނީ ކޮންކޮން ކަމެއްބާ؟
ވިސްނާލީމާ
11 January 2018
ތިޔަ ވެންނެވުނީ ނުބައި ދޮރާއްޓަކުން! ތިޔަ ޚިޔާރުކުރެވުނީ ނުބައިމަގެއް! އުމުރުގެ ތިހާހިސާބަށް ދިޔައިރު ލައްކަ ފިލާވަޅު ހުންނާނީ ލިބިިވަޑައިގެންފާ! އެކަމަކު މިވަގުތު ތިޔަ ޚިޔާރުކުރެއްވީ އެންމެ ރަނގަޅަށް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ! ގާތުގާ އެންމެ އަރިސްކޮށް އުޅުއްވާ ބޭފުޅުންގެ ޚިޔާލުގާ ތީ ރަނގަޅުކަމެއް ކަމުގާ ހީކުރެވިފާ އޮތަސް އަސްލު ތީ ވަރަށް ކަޑަކަމެއް! ރަނގަޅު މަގާމެއް ލިބިވަޑައިގެންފާ ވަނިކޮށް ސިޔާސީ ދާއިރާއަށް ވެންނެވުމަކީ ހަމަޖެހޭ ކަމެއްނޫން! ހަގީގަތް ސާފުވާއިރު އަދި ލޮލުން ކަރުނައަޅަން ޖެހިދާނެ! އެކަމު އަދިވެސް ފުރުސަތު އެބައޮތް! -އިބްރާހީމް-
ދުއްލިސާ
11 January 2018
ތިޔަވާހަކަަތަށް ވަނީ އަޑުއަހާ އަހާ ފޫހިވެފަ ތިޔަދައްކާލާ މީހުންނަކީ މިގައުމު ފިނިހަކަ ސްޕީޑުގައި ކުރިއަށް ދެމި މީހުން ދެންމިގައުމަކަށް ތިޔަކަހަލަ ސްޕީޑެއް ބޭނުމެއްނުވޭ. ވަރަށްސަލާމް.
އަތްފުނާ
10 January 2018
ބަޔަކާ ވަރަށްވެސް ރަނގަޅު ސިޔާސީ ޑީލެއް ހޭދީ
މެންޓަލިސްޓް
10 January 2018
އެހެންވީމައި މާނައަކީ ޖޭޕީގެ ރަނިންގމޭޓް އަކީ މައުސޫމްތޯއެވެ ،،، ދެން އެހެންނޫން ސަބަބެއް އަޅުގަނޑަކަށް ނުފެނޭ ،،،، ނޫނީ އަނެއްކާވެސް ރައްޔަތުންގެ މަޖިލިސްގެ މެންބަރުކަން ކުރައްވަން ބޭނުންފުޅުވަނީ ތޯއްޗެއް ،،، އަޅުގަނޑު މީ މައުސޫމްނަމަ ސަންއައިލަންޑްގެ ގެ ޖީއެމްކަމުގައި ހުންނާނީ ،،،، އޭރުން ހިތަށްވާ ފިނިކަން މާބޮޑުވާނެ ،،، މައައްސަލާމާ
އުދުހޭ
10 January 2018
ދަރުބާރޭމެން މިރޭ އުޅެނީ ނުނިދާ. އެއީ މައުސްއާ ވާދަކޮށް ދަރުބާރޭމެންނަށް 10% ވެސް ނުލިބޭނެތީ! މުސްތަގްބަލުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ އަބްދުﷲ މައުސޫމަށް މިފުރުސަތުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން!
ޝީޝާ
11 January 2018
ޢަތޮޅުން މަޖްލިސް މެމްބަރަކަށްވެސް ދެވަނަފަހަރު ނުހޮވުނު. ޥަރަށްސަލާމް އެކަމު އެމްޑީޕީހޮވައިދީފިއްޔާ ހޮވިދާނެ ތޯއްޗެ. ބޭފުޅާއަކަށް ސަޕޯޓެއް ނެތްކަންވަނީ އެނގިފަ
ސިންތިލީ ވޫމް
10 January 2018
މަރުޙަބާ، ދެން ފެނުން ކާރީ ކޯލިޝަންގެ ރައީސް ނޫނީ ނައިބުގެ މަގާމުން ހެން ބޮޑައްހީ ވަނީ.
އައިޖެ
10 January 2018
މަރުހަބާ ޑރ މައުސޫމް.. އަމއިްލަ ވިޔަފާރި އަދި ސިޔާށީ މި ރާޅު ތަކުގައި ރައްޔިތުންގެ އެމްއޯޔޫ އޮޑީގައި މަންޒިލް އަށް ދަތުރު ކުރުމުގައި ފުލްޓައިމް ޑރ މައުސޫމްގެ ޙިދުމަތް ބޭނުން... ކކބކ