އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން. ބޯޑަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައި. -- ފޮޓޯ: މިހާރު
01 އެޕްރީލް 2023 - 11:13
ކުރިއަށް އޮތް އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ކުންފުނީގެ ހިންގާ ގަވައިދުގައިވާ ގޮތުން އާއްމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ހުރެވޭނީ އެންމެ މެމްބަރަކަށެވެ. ސަރުކާރުގެ ފަރާތުން އެސްޓީއޯ ބޯޑުގައި ހަ މެންބަރުން ތިއްބަވަ އެވެ.
މި މަގާމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެއްސަކަށެވެ. ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރުން އެ މަގާމަށް ކުރިމަތިލުމަށް އެ ކުންފުނިން އެދެ އެވެ.
އެސްޓީއޯއިން ވަނީ މި މަގާމަށް އަންހެނުން ކުރިމަތިލުމަށް ބާރު އަޅާފަ އެވެ.
ބޯޑު މެމްބަރުކަމަށް ކުރިމަތިލާން ޝައުގުވެރިވާ ހިއްސާދާރުން މި މަހުގެ 24 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް އީމެއިލް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ބޯޑު މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އެސްޓީއޯގެ "ބޯޑު ކެންޑިޑެންސީ ގައިޑްލައިން"ގެ ދަށުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަވިއު ކުރާނެ އެވެ. އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅާނީ މި އިންޓަވިއު އިން ހޮވާ ހިއްސާދާރުންގެ ނަންތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމުރު
02 April 2023
ސަލާމް ތައުލީމް ގެ ވާހަކަ ލިޔެފައި އޮތީމާ ކޮސް ވެއްޖެ. މަޖިލީގައި ގާނޫނު ހަދަން އިންނަ މީހާ ތައުލީމީ ވާން ނުޖެހޭއިރު ހަނޑޫ ކިލޯ ކިރަން އިންނަ މީހާ ތައުލީމީ ވާނެޖެހޭ ދޯ؟ ހައްހައްހައް