ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ޔޫތު މިނިސްޓްރީގެ ގުދަނަކަށް ސިޓީ ކައުންސިލުން ވަތް މައްސަލަ ޕޮލިހަށް ހުށަހަޅައިފި

ޔޫތު މިނިސްޓްރީގެ ގުދަނަކުން، ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ޕިކަޕަކަށް މުދާ އަރުވަނީ.-- ޓްވިޓާ ފޮޓޯ: މަހުލޫފު

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ގުދަނަކަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ރޭ ވަތް މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

މިނިސްޓަރު އަހުމަދު މަހުލޫފު "މިހާރު" އަށް ވިދާޅުވީ އެ މިނިސްޓްރީގެ މުދާތަކެއް ރައްކާކުކޮށްފައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށްލައި، ސާމާނުތަކެއް ގެންދަން ކައުންސިލުން މަސައްކަތްކުރި ކަމަށެވެ. އެ މައްސަލަ ރޭގެ ވަގުތެއްގައި ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކުން، ސިޓީ ކައުންސިލްގެ ލޯގޯ ޖެހި ޓީޝާޓުގައި ފިރިހެން މުވައްޒަފުންތަކެއް، ދެ ޕިކަޕަކަށް މުދާ އަރުވާ ފޮޓޯ ފެނެ އެވެ.

އެ ގުދަނަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރުމާލު ޖަގަހަ ހިންގިތަނާ ކައިރީގައި ހުންނަ ތަނެކެވެ.

މަހުލޫފުގެ ތުހުމަތުތައް ދޮގުކޮށް، ކައުންސިލުން ބުނީ އެއީ އެ ތަނުގެ ބެލުމުގެ ދަށުގައި އޮންނަ ގުދަނެއް ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ގުދަނަކުން، ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ޕިކަޕަކަށް މުދާ އަރުވަނީ.-- ޓްވިޓާ ފޮޓޯ: މަހުލޫފު

އެ ކައުންސިލުން މިދިޔަ ޑިސެމްބަރު 4 ގައި ކުރި އިއުލާނުގައި ވަނީ ރުމާލު 2 ޖަގަހަ ހިންގި އިމާރާތާއި ޓޯޔާޑް ހިމެނޭ ބިމާ ދެމެދު ހުރި ގުދަނާއި ގުދަނުގައި ހުރި ތަކެތީގެ ވެރިފަރާތް ސާފުކުރަން ބޭނުންވެގެން އިއުލާނުކޮށްފަ އެވެ.

އެހެންވެ، އެ ގުދަނުގައި ހުރި މުދަލުގެ ވެރިފަރާތުން އެތަން ބޭނުން ކުރުމާ ބެހޭ ގޮތުން ދަތުލަތުގެ އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިވާ ނަމަ އެ އެއްބަސްވުމެއްގެ ކޮޕީއެއް ހުށަހަޅަން ހަތް ދުވަހުގެ މުއްދަތެއް ދިނެވެ.

އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ގުދަން ރޫޅާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަދި އެކަން ކުރާއިރު ގުދަނާއި ގުދަނުގައި ހުރި އެއްޗެހި ވެސް ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް އޭރު ކުރި އިއުލާނުގައި ބުންޏެވެ.

"ތަކެތި ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނި އިތުރަށް މި ކައުންސިލުން ޒިންމާ ނުވާނެކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ." އިއުލާނުގައި ވެ އެވެ.

7 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދުބ

01 April 2023

މަގުމަތީގައި ތެޅިބާލާހެން ވުޒާރާތައް ހިންގަން ނޫޅެބަލަ. މިގައުމަކީ ވެސް ގާނޫނާއި ގަވާއިދާ އުސޫލުތަކުގެ މައްޗަށް ވެރިކަން ކުރާ ގައުމެއް. ވަޒީރު ޖޯލިފަތީގައި އޮވެފައި ބުނެލާ ބަހަށް ވެރިކަން ކުރި ޒަމާން ހިނގައްޖެ.

The name is already taken The name is available. Register?

ބޮޑުމީހާ

01 April 2023

ދައުލަތުގެ ގެޒެޓްގައި ޖަހާ އިއުލާނަކަށް ބެލުމެއްނެތި މަހުލޫފު މިދައްކާ ވާހަކަ ބަލައެއް ނުގަނެވޭ. ޔޫތް މިނިސްޓްރީގެ ތަނެއްނަމަ ސިޓީ ކައުންސިލުންކުރި އިއުލާނާއިއެއްގޮތަށް އެކަން ކައުންސިލަށް ނާންގަންވީ ސަބަބެއް ނެތް. އިބޫ އަނެއްކާ މިޖެހުނީ ގެޒެޓް ކިޔާނެ ސިޔާސީ މަގާމެއް އުފައްދަން

The name is already taken The name is available. Register?

ނުނން

01 April 2023

ސިޓީ ކައުންސިލުން ނުކުރާނެ އެއްވެސް ގޯސްކަމެއް ؟

The name is already taken The name is available. Register?

ލަބީދު

01 April 2023

މުއިއްޒުބޭ މިހިންގަނީ ވަކިސަރުކާރެއް.....އުތަ.

The name is already taken The name is available. Register?

ހމނ

01 April 2023

އެތަނުގައިހުރި ތަކެއްޗަކީ ޔޫތުމިނިސްޓްރީގެ ތަކެތިކަމުގައިވެފައި، ތަޅުހަލާކުކޮށްލައިގެންވަދެ ތަކެތިގެންދަން އުޅލުނުކަމުގައިވާނަމަ، ތަނަކީ ކޮންމެބައެއްގެ ތަނެއްކަމުގައިވީނަމަވެސް ވައްކަމުގެގޮޅިއަށް ނުފެތޭނެގޮތެއް އެއްގޮތަކަށްވެސް ނުވިސްނޭ. މިފަދަ ޒަމާނުގައި މިގޮތަށް ކަންކުރާނީ ވަރަށްވެސް ފެންވަރުދަށްވެ، ގޮތެއްފޮތެއް ނެތުނީމަ. މުޢިއްޒުގެ އަމުރަށްނޫނީ ތިފަދަކަމެއް ނުހިނގާނެ. ރައްޔިތުން ހޮވާފައިވާ ކައުންސިލަކުންވިޔަސް ތިގޮތަށް ކަންކޮށްގެނެއްނުވާނެ.

The name is already taken The name is available. Register?

އަޑަފި

01 April 2023

ކައުންސިލުން https://www.gazette.gov.mv/iulaan/218323 މިއޮތީ އެތަންބޭނުންކުރަނީ ކޮންބައެއްތޯ ބެލުމަށް އިއުލާންކޮއްފަ. ސަރުކާރުގެ އިދާރާތަކަށްވެސް މާލެއިން ބިންދެނީ ލިޔެކިއުން ފުރިހަމަކޮށްފަ ޔޫތުމިނިސްޓްރީއަށް ތަންދީފައިވާނަމަ ލިޔުންތައް ހުށަނޭޅީ ކީއްވެބާ؟ ކައުސިލްގެ ބިމެއް ސަރުކާރަށްވެސް ބޭނުންކުރެވޭނީ ކައުންސިލުން ހުއްދަ ލިބިގެން. ނޫނީ ހމނ ތިޔަ އުޅޭގޭގަވެސް މަހްލޫފު ގުދަން ކުރަންވީނޫންތޯ.

The name is already taken The name is available. Register?

ޖިލް

01 April 2023

ވަގަށް ފުަޓްސެލް ދަނޑު ކަންމަތީ ޖަމިއްޔާތަކަށް ބަހައިން ތިޔަ ފައިސާތައް ދައުރު ކުރާގޮތް ބަލަން ޕޮލިހުންނަށް ހުށަހަޅަން ކެރޭނެތަ މަހުލޫފު؟ ވަރަށް ހަޑި އަދި ހުތުރު މިސަރުކާރު. މާތް ކަމުގެ ޓެގް އަމިއްލަ އަށް ޖަހައިން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454