އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް: ކ. މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމުގެ ޔަގީންކަން ދެއްވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 އެޕްރީލް 2023 - 17:39
ކ. މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އިއްޔެ މާފުއްޓަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ފެން ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން ބޭނުން. އެކަމަށްޓަކައި އަޅުގަނޑުމެންގެ ޕްލޭންތަކެއް ވެސް އެބަހުރި. އެކިއެކި ޕްރޮޕޯސަލްތައް ވެސް އެބަހުރި: ޝާހް
ޝާހް ވިދާޅުވީ މާފުއްޓަށް ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުންނާއި ވިޔަފާރިވެރިންނާ ބައްދަލުކޮށް، ނަރުދަމާ ނިޒާމުގެ ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. މާފުއްޓަކީ މިހާރު ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ވެސް ކުރަމުން އަންނަ ރަށަކަށް ވާތީ މިހާރު ހަދައިފައި ހުރި ނިޒާމަށް އޯވާލޯޑް ހިދުމަށް ދިނުމަށް ދަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް އަރުވަން ބޭނުން. އެކަމަށްޓަކައި އަޅުގަނޑުމެންގެ ޕްލޭންތަކެއް ވެސް އެބަހުރި. އެކިއެކި ޕްރޮޕޯސަލްތައް ވެސް އެބަހުރި،" ޝާހް ވިދާޅުވި އެވެ.
"އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެކަން ކުރެވެން އަންނަނީ ފައިނޭންޝިއަލީ ވެސް އެކަމަށް ތައްޔާރުވެގެން. މިއިން ކޮންމެ ކަމަކީ ބޮޑެތި ގޮންޖެހުންތަކާއެކު ކުރިއަށް ގެންދަން ޖެހޭ ކަންކަން."
އެ ރަށުގައި މިހާރު ބޭނުންކުރަމުން އަންނަ ނަރުދަމާގެ ނިޒާމު ހެދީ 2007 ވަނަ އަހަރު އެވެ.
މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރާނެ ކަމަށް ސަރުކާރުން ބުނިއިރު، އެ ރަށް ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 15 ގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ. އެ އިންތިހާބާ ދިމާކޮށް މާފުށިން ގޯތި ދޫކުރަން ވެސް މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ. އެ ދާއިރާގައި ހިމެނޭ ގުޅީގެ ބިން ހިއްކަން ވެސް މިދިޔަ މަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ތިން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި ބައި-އިލެކްޝަންގައި ވާދަކުރައްވާ އިބްރާހިމް ޝާޒެވެ. ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގަތީ ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާއަށެވެ. އެމްއެންޕީގެ ފަރާތުން ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެ ރަށު، އަލީ އަރީފެވެ. އޭނާއަކީ އެ ރަށު ސްކޫލުގެ ކުރީގެ ލީޑިން ޓީޗަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްމި
03 April 2023
ތީ ވޯޓަށް ކުރާ ކަމެއްތޯ؟ މިއޮތް ހުރިހާ ދުވަހު ކީއްވެތޯ ތިކަން ނޮކޮށް، އިންިހާބު ކާރިވިމަ، ތިފަދަ އިންމުމެއް ނިއްމަން ޖެހުނީ، އެމް.ޑީ.ޕީ ބަލިވާނެ، އިންޝާﷲ
މަތީނު
02 April 2023
މާފަންނުގައި ފެންބޮޑުވީމަ މާފުށީގެ ޕަންޕުތައް އަޕްގްރޭޑް ކުރަނީ ކޮންމެހެން އިންތިޚާބެއް ބޯމަތީ އޮތީމައެއް ނޫން. “އެއީ އެކަން ކުރާ ގޯތް، އިއްޒަތްތެރި ރައީސް. އެއީ އެކަން ކުރާ ގޮތް”
އއމަނފިަ
02 April 2023
ހަސަން ޝާހުއަށް ތިޔަކަން ކުރެވިދާނެކަމާއިމެދު ޝައްކު.
އެމްސް
02 April 2023
އެމްޑަބްލިއުއެސްސީގެ އެމްޑީ ކޮބައިބާ؟
ޙަސަން ކުރުސީ
02 April 2023
ޕަމްޕްތައް ޖައްސަން ހަނދާން ކުރާތި އެކަމަކު އިނގޭ!
އެމްސް
02 April 2023
އެއްވެސް ކަމެއް ކުރަނީ ރަގަނޅަށް ތައްޔާރު ނުވެ ނުވަތަ ވަރަށް ކުރު މުސްތަޤްބަލަކަށް ވިސްނާފަ! ނަތީޖާއަކީ ކުރު މުއްދަތެއްތެރޭ އެއްކަމެއް އެތައް ބުރަކަަށް ކުރަންޖެހުން! ޢަރަބިއްޔާ ސްކޫލް ތަޅާލަންޖެހުނީ ޢިމާރާތް ކުރިތާ އެންމެ 9 އަހަރު ތެރޭ!
ކައްޕިތޯނު
02 April 2023
ކޮޅުބަދަލުކޮށްލިފަހުން ޝާހުގެ ފުރަތަމަ ފެނިލުން.