"ވާޖިން އޯބިޓް" އިން ޖައްވަށް ރޮކެޓު ފޮނުވަނީ
04 އެޕްރީލް 2023 - 14:07
އިނގިރޭސިވިލާތުގެ ބިލިއަނަރު ރިޗާޑް ބްރޭންސަންގެ ރޮކެޓް ކުންފުނި "ވާޖިން އޯބިޓް" ބަނގުރޫޓުވެއްޖެ އެވެ.
ބީބީސީން ބުނި ގޮތުގައި، އާ އިންވެސްޓުމެންޓުތައް ނުލިބިގެން އެ ކުންފުނިން ވަނީ އެމެރިކާގައި ބޭންކްރަޕްޓްސީ އަށް ފައިލްކޮށްފަ އެވެ.
ސެޓެލައިޓް ލޯންޗުކުރަން ހާއްސަކޮށް 2017 ވަނަ އަހަރު އުފެއްދި އެ ކުންފުނީގެ އޮޕަރޭޝަންތައް، މީގެ ހަފްތާތަކެއްގެ ކުރިން ހުއްޓާލި ނަމަވެސް، އަދިވެސް އެ ކުންފުނިން އުންމީދުކުރަނީ ގަންނާނެ ބަޔަކު ވާނެ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު، އެ ކުންފުނިން ވަނީ އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ފޮނުވާލަން އުޅުނު ސެޓެލައިޓު ލޯންޗުކުރުން ފެއިލްވެފަ އެވެ.
"ވާޖިން އޯބިޓް" އާ ހަވާލުވެ ހުރި ޑޭން ހާޓް ބުނި ގޮތުގައި، މާލީ ރައްކާތެރިކަމަށް ކިތަންމެ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ވިޔަފާރިއަށް ފައިދާވާނެ ނިންމުމެއް ކޮންމެވެސް ހިސާބަކުން ނިންމަންޖެހޭނެ އެވެ.
އެ ކުންފުނިން ޖައްވަށް ސެޓެލައިޓު ފޮނުވަން ރޮކެޓު ދޫކުރަނީ، ބޯއިންގެ 747 މަރުކާގެ މަތިންބޯޓު މެދުވެރިކޮށް.
"ވާޖިން އޯބިޓްގެ މިހާރުގެ އަމާޒަކީ ކުންފުނި ގަންނާނެ ބަޔަކު ހޯދުން. އެއީ މުސްތަގުބަލުގަިއ މި ކުންފުނީގެ ކަސްޓަމަރުންނާއި، ވެންޑަރުން އަދި މުވައްޒަފުންނަށް ފަސޭހައަކަށް،" ހާޓް ބުންޏެވެ.
"ވާޖިން އޯބިޓް" އަކީ ސަ ރިޗާޑްގެ ސްޕޭސް ޓޫރިޒަމް ކުންފުނި "ވާޖިން ގެލެކްޓިކް"ގެ ސްޕިން އޮފެކެވެ. އެ ކުންފުނިން ޖައްވަށް ސެޓަލައިޓު ފޮނުވަން ރޮކެޓު ދޫކުރަނީ، ބޯއިންގެ 747 މަރުކާގެ މަތިންބޯޓު މެދުވެރިކޮށެވެ.
މައިގަނޑު ހިއްސާ ވާޖިން ގްރޫޕުގައި އޮންނަ އެ ކުންފުނިން އިނގިރޭސިވިލާތުގެ ސެޓެލައިޓު ލޯންޗިން ފެއިލްވި ފަހުން، ފަންޑު ހޯދުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެކަމަކު، "ވާޖިން އޯބިޓް" ގަންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތައް، އެ ކުންފުނީގެ ސިސްޓަ ކުންފުނި "ވާޖިން އިންވެސްޓްމަންޓް" އިން ވަނީ 31.6 މިލިއަން އެމެެރިކާ ޑޮލަރު ދޭން ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރެންޑް އެއްނު
04 April 2023
ފިކުރެއްގެ ދިރުމުގެ ބާނީ ތިޔަކަމާ ހަވާލު ވެބަލަ.
އެމްސް
05 April 2023
ސަންޝިޔާމް ހިލްޓަންއަށް ދޭން އޮތް 24 މިލިޔަން މިވަގުތަށް ވަނީ ފަސްވެފަ، މާނައަކީ މިދަނޑިވަޅުގަ އޭނާއަށްވެސް ތިޔަކަން ވެދާނެއޭ!
މުޖު މޭނިއާ
04 April 2023
އަންނިއަށް މިކަން އިނގޭބާ؟
ސަސ
04 April 2023
ރާއްޖޭގަ އެބައުޅޭ ވާރޖިން ބޮޑު މީހާއާ ވަރަށް ރައްޓެހި ބޭފުޅެއް. ހީވާ ގޮތުން ތިޔަ ކުންފުނި ކޮޅަށް ޖެހޭވަރުގެ އިލްމު ހުންނާނެ. ދެން މިރާއްޖޭގެ ސިޔާސީ މާ ބޮޑު ކުރިއެރުމެއްވެސް ފެންނަން ނެތް ވީއްޔާ