ހިމަބިހި ޖެހިފައިވާ ކުއްޖެއް
04 އެޕްރީލް 2023 - 15:06
ހިމަބިއްސަށް ޕޮޒިޓިވްވީ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވާ ކުއްޖަކަށް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު "މިހާރު" އަށް ވިދާޅުވީ ހިމަބިއްސަށް ކުއްޖަކު ޕޮޒިޓިވްވިއަސް، އެ ކުއްޖާ އަށް ދޭންޖެހޭ ހުރިހާ ވެކްސިނެއް އަދި އޭގެ ޑޯޒްތައް ނިންމާފައިވާ ކަމަށެވެ.
އެކަމަކު، ވެކްސިން ފުރިހަމަކުރިޔަސް ހިމަބިހި ޖެހުމުގެ ކުޑަ ފުރުސަތެއް އޮވެ އެވެ.
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިއްސަށް އައްޑޫން ކުއްޖަކު އިއްޔެ ޕޮޒިޓިވްވެ، އެ ބައްޔަށް އިތުރު ކުއްޖަކު ޝައްކުކުރެވިގެން ދަނީ ޓެސްޓުކުރަމުންނެވެ.
އެ ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް ސޯލިހު ވިދާޅުވި އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެ ކުދިންގެ ފަރާތުން އެހެން މީހަކަށް އެ ބަލި ފެތުރުމުގެ ފުރުސަތެއް ނެތެވެ. އެކަމަކު އެ ބައްޔަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވާތީ، އެންމެ ކޭސްއެއް ފެނުނު ނަމަވެސް އެ ވާނީ އައުޓްބްރޭކަކަށް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
- ހުން އައުން
- ހަމުގައި ރަތް ބިހިތަކެއް ނެގުން
- ކެއްސުން
- ނޭފަތުން އަރިދަފުސް ފޭބުން
- ލޯ ރަތްވުން
ރާއްޖެއިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުގަ އެވެ. އެކަމަކު އޭގެ ފަހުން، 2020 ވަނަ އަހަރުގެ ތެރޭގައި ވެސް ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނާތު ތަރި
05 April 2023
ބޮލަށް ފިތާލާފާ އިންނަ ތާވަޅައެއްހެން ސައިކު ދުއްވާ މީހުންވެސް އުޅޭ....ލައިސެންސް އޮވޭ..... އެއްލަކިން ލައިސެންސް ގްރޫޕް
ފޭކްވެކްސިންކާޑުހޯދާސަބަބު
05 April 2023
ބައެއް ބެލެނިވެރިންނަށް ހީވަނީ ތިމާގެ ދަރިއަށް ވެކިސިން ނުދިނަސް ދެން ތިބި ހުރިހާ އެންމެންގެ ކުދިންނަށް ވެކްސިން ދީފަޔޭ ހުންނާނީ، އަހަރެންގެ ދަރިއަށް ވެކްސިން ޖަހައިގެން ސައިޑް އިފެކްޓެއް އައިސްދާނެޔޭ. މިގޮތަށް އެންމެން ހީކުރަން ފެށީމަ، ދެން ވެކްސިން ޖަހާނެ މީހަކު ނުހުންނާނެ، އެންމެންވެސް ބޭނުންވާނީ އަނެއް މީހާގެ ދަރިއަށް ވެކްސިން ޖަހާފަ އޭނަގެ ދަރި ވެކްސިން ނުޖަހަން.
ނަސީމު
04 April 2023
ވެކްސިން ޖެހިޔަސް ކޮވިޑް ޖެހޭ. ހިމަބިހިވެސް މިއޮއް ޖެހެނީ. މަރުވެސް ވާނެ ވެކްސިން ޖެހިޔަސް ނުޖެހިޔަސް. ވެކްސިން ވިޔަފާެރި
އަލްބާޓް
04 April 2023
މިހާރު ވެކްސިން ކާޑްވެސް ވިއްކާ ޒަމާނެއްމީ.. ވެކްސިނާއި ދެކޮޅު ހައްދު ފަހަނައެޅި މީހުން އެވެސް ގަންނާނެ..
ބުރުތުގާލު
04 April 2023
އަސްލުވެސް. ވެކްސިން ކާޑަކަސް ލައިސަންސް ކާޑަކަސް ވަގު ހަދައިގެން ހައްދަނީ. އެހެން ކާޑު ހައްދާ މީހާ ދެން މި ގޮވަނީ ވެރިންގެ ކޮރަޕްޝަނޭ. ވެރިންނަށް ކޮރަޕްޝަން ހިންގަން ފުރުސަތު ދެނީ ރައްޔިތު މީހާ. ކޮންމެ މީހަކަށްވެސް އެމީހަކަށް ބޭނުންވާ ކަންކަން ވަނިކޮށް އެ ނިމުނީ. ވަގުތީ އުފަލާ ފައިދާއަށް ބަލަނީ. އަމިއްލަ މުހުތާދު ފުއްދަންވީމަ ހަލާލެއް ހަރާމެއް ނޯވެ. ޖަވާބުދާރީވާންޖެހޭ ދުވަސް އަންނާނެ. އެދުވަހުން އޭނަ ކުރަންޏާ މަށަށްވެސް ކުރެވޭނެއޭ ބުނެ ނުފިލޭނެ.
ނަސީމު
04 April 2023
ވެކްސިން ޖެހިޔަސް ބަލި ޖެހޭކަން އެއޮތީ ކޮވިޑު މިސާލަކަށް. ވާނުވާ ނޭގޭ މީހުންނަކަށް ނޭގޭނެ ވާނުވާ. ވެކްސިން ވިޔަފާރި
ޥާލުސޮރު
04 April 2023
ތިވާނީ އިންޑިއާއިން ދިން ޓެސްޓް ޑޯޒަކަށް
ބޮއިހަލާކް
04 April 2023
ކުޑަ ފުރުސަތަކުން ކޮންމެފަދައެއްޗެއް ވެސް މިޖެހެނީ. މި ކުޑަފުރުސަތު ނައްތާލާ ވެކްސިނެއް ނުހުރޭ ދޯ.
ނަސްރު.
04 April 2023
އެހެންވީމާ ނަސީމް ބެއަށް ވަރަށް ރަނގަޅަށް ސިއްޙީ ވުޒާރާ ތިއޮތީ ހިންގިފަ. މިއީ ނަސީމް ބެއަށް ލިބުނު ކުރިއެރުމެއް.
އޮނަރަބްލް އަފީފު ދީދީ
04 April 2023
ވަރަށް ދެރަ. މިއީ އަޅާލުމެއްނެތި "އެކަހެރިކޮށް" ދޫކޮށްފައިވާ އައްޑޫސިޓީއަށް ލިބުނު ވަރަށް ބޮޑު ދެރައެއް. މީގެ ސަބަބުން "މަރުގެ ތަޅު" އަޅުވާފައިއޮތް ގޭންއިންޓަރނޭޝަނަލް އެއަރޕޯޓަށް ހަމައެކަނި ޝެޑިއުލް ދަތުރު ކުރާ ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް ހުއްޓާލުމަކީވެސް އެކަށީގެންވާ ކަމެއް. # ސަބަބަކީ ސްރީލަންކާ އަކީވެސް ހިމަބިހި (Measles) ނައްތާލެވިފައިވާ ޤައުމަކަށްވާތީ އާއި އަދި އައްޑޫގައި ނުރައްކާތެރި ދަރަޖައަކަށް ޑެންގޫ ފެތުރެމުންވެސް ދާތީ.
ނަސީމު
04 April 2023
ނައްތާލާފަ ވެކްސިން ޖަހާފަ ތިބި މީހުން ހާދަ ބިރެކޭ މިގަންނަނީ. ނުޖެހޭނެ ނޫންތަ ވެކްސިން ޖަހާފަ ތިބި މީހުންނަށް.
މުނާލް
05 April 2023
އެކަހެރިކޮށްފައި އޮތީމަ ތޯ ގޭންއިންޓަރނޭޝަނަލް އެއަރޕޯޓަށް ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް އެކުރަނީ؟ ބަލަ އެހެން ރަށްރަށުގަވެސް އެއަރޕޯޓް އެބަހުރި. އައްޑޫ އެކަނިއެއްނޫންރާއްޖޭގައި އޮންނަނީ/
ނައު788
04 April 2023
މިއީ ވަރައް ގަބޫލް ކުރަން ދަތިވާހަކައެއް. ޢެއޮއް އެންމެން ތިއްބަ ވެކްސިނާ ދެކޮޅު ދެމެފިރިއެއްގެ ދަރިއަކައް ޖެހުނީމަ ވަރައް ސުވާލު އުފެދޭ. 7000 ދިނީމަ ކޮވިޑް ވެކްސިން ޖެހި ކަމުގެ ލިޔުންވެސް ދީފަ އެބަހުރި ލޯމަތީ. ޢެހެންވީމަ ވެކްސިންކާޑުގަ އެހެން އޮތަސް ގަބޫލް ނުކުރެވޭނެ.
ނަސީމު
04 April 2023
އޭނަ ވެކްސިނާ ދެކޮޅުނަމަ ކީއްވެ ހުރިހާ ވެކްސިނެއް ޖަހާ ފުރިހަމަ ކުރިކަމަށް އިކުއިޓޯރިއަލް އިން އެބުނަނީ؟
ސޭޓުރައީސް
04 April 2023
މިއަދުގެ ޙަޤީޤަތަކީ ކުޑަ ފައިސާކޮޅަކަށް އޮންނަ ނުފޫޒެއްގެ ތެރެއިން ވެކްސިން ނުޖަހައި ވެކްސިން ކާޑުގައި ތައްގަޑުޖަހައި އެ ކާޑު ސައްޚައެއްޗެއް ކަމަށް ހަދާލަނީ އަހަރެމެން އެއްމެން ކުރިމަތީގައި. ކޮވިޑް ވެކްސިން ނުޖަހާ ކިތައް މީހުން އަތުގައި ވެކްސިން ކާޑުއެބައޮތް؟ ސީއީއޯ ތިޔަ ވިދާޅުވީ ހަމައެކަނި ވެކްސިން ކާޑަށް ބަލާފައި ނަމަ ތިޔައީ ގޯހެއް އިތުރު މެޑީކަލް ޓެސްޓްތައް ހައްދަވައި ޔަޤީން ކުރުމަށް އަަޅު ގޮވައިލަމު އެވެ.
ނަސީމު
04 April 2023
މިއަދުގެ ހަގީގަތަކީ ވެކްސިން ޖެހިޔަސް ބަލި ޖެހޭނެކަން