05 އެޕްރީލް 2023 - 12:41
އއ. ތޮއްޑޫ ސްމާޓް އައިލެންޑެއްގެ ގޮތުގައި ހެދުމަށް ކުރީގެ އެޗްޑީސީ ނުވަތަ މިހާރުގެ އާބަންކޯ އިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
މިއީ އާބަންކޯގެ "ގޯ ބިޔޯންޑް ހުޅުމާލޭ" ގެ ދަށުން ރަށްރަށާއި ސިޓީތައް ސްމާޓް ކުރުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ. އެޗްޑީސީގެ ނަން މިދިޔަ ހޮނިހިރު ދުވަހު އާބަންކޯ އަށް ބަދަލުކުރި ސަބަބަކީ ވެސް ޒަމާނުއްސުރެ އެޗްޑީސީން ބަލަހައްޓަމުން އައި ހުޅުމާލޭގެ އިތުރުން އެހެން ރަށްރަށް ތަރައްގީ ކުރުމުގައި އެހީތެރިވެ ދިނުމެވެ.
ތޮއްޑޫ ކައުންސިލާއެކު ވި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ތޮއްޑޫ ކައުންސިލުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އެވެ.
ކަރަމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ތޮއްޑޫގައި އޯޕަން އެކްސެސް ނެޓްވޯކެއް އަޅަން ނިންމާފައިވާ ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް އޯޕަން އެކްސެސް ނެޓްވޯކެއް އަޅާފައި ވަނީ އާބަންކޯ އިންނެވެ.
"މިކަމުގެ ސަބަބުން ކައުންސިލަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ. އެގޮތުން ވަރަށް ރަނގަޅު އިންކަމެއް ޖެނެރޭޓް ކުރެވޭނެ. ސާވިސް ޕްރޮވައިޑާގެ ސޭލްސް އިން، އެހެން ފަރާތަކުން ނުޖެހޭނެ ރަށުގަ ކޭބަލް އަޅާކަށް. މި ކޭބަލް މެދުވެރިކޮށް ހިދުމަތް ދެވޭނެ،" ދަނޑުވެރިކަމާއި ގެސްޓް ހައުސްގެ ވިޔަފާރީގައި ވެސް މިހާރު ރާއްޖޭގައި އެންމެ އުހުގައި އުޅޭ އެއް ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
We’re glad to sign an MoU with Thoddoo Council, to plan and establish an open access network, offer urban design consultancy of the harbor area, ferry terminal, cargo warehouse, public and tourist beaches of the Island. #GoBeyondHulhumalé #urbanco #urbancomv pic.twitter.com/DBSbmwpVCc
— Urbanco (@hdcmaldives) April 4, 2023
ކަރަމް ވިދާޅުވިގޮތުގައި، އޯޕަން އެކްސެސް ނެޓްވޯކަކީ ސްމާޓް އައިލެންޑަކަށް ތޮއްޑޫ ބަދަލުކޮށްލުމަށް އެންމެ ބޭނުންވާ އިންފްރާންސްޓްރަކްޗާ އެވެ.
މީގެ ސަބަބުން އެ ރަށުގެ މީހުންނަށް ވެސް ގިނަ ފައިދާތަކެއް ވާނެ ކަމަށާއި މުޅި ރަށުގައި ކެމެރާ ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާބަންކޯއާ އެކު ތޮއްޑޫ ކައުންސިލުން ވި އެއްބަސްވުމުގެ ދަށުން، އެ ރަށުގެ ބަނދަރާއި ފެރީ ޓާމިނަލް ސަރަހައްދާއި ކާގޯ ވެއާހައުސް އާއި ތޮއްޑު އަށް ދާ ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދު ޒަމާނީ ގޮތަކަށް ތަރައްގީ ކުރުމަށް އާބަންކޯ އިން އެހީވާނެ އެވެ.
އެ މަސައްކަތްތައް ނިންމައި ތިން މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފެށޭނެ ކަމަށް ކަރަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިބުނީ
23 April 2023
ތޮއްޑޫ ތިޔަ ހަލާކުވީ ފަރުކޮޅު ފުސީ ނުބެލެހެއްޓި އެތަން ހަލާކުކޮށްލި ބަޔަކަށް ކެހެނަކުންތޭ ތޮއްޑޫ
އާބަން
06 April 2023
އެޗްޑީސީގެ ނަމެއް ބަދަލެއްނުކުރޭ. އާބަންކޯ އިންނަނީ އެޗްޑީސީގެ ބްރޭންޑެއް ގޮތަށް
@ޢަޞާޏޤ
23 April 2023
އެއީ އާބަން ކޮއި
ނަފީސާ
05 April 2023
އެހެން ތަންތަނުގެ ކަންކަމާ ނޫޅެ އާބަންކޯއާ ހަވާލުކޮށްފަ އޮތް ހުޅުމާލެ ސްމާރޓް ސިޓީއަކަށް ހަދާބަލަ ފުރަތަމަ. ތޮއްޑޫގަ ސްމާރޓް ކުރަންވީ ތޮއްޑޫ ކައުންސިލްގެ ރައީސް. އޭނަ ސްމާރޓްކޮށްގެން ނަމަވެސް ނުދެވިގެން އުޅޭ ގޯތިތައް ހައްގުވާ މީހުންނަށް ދެވޭނެގޮތެއް ހަދަންޖެހޭ. އޭނަ އިސްކޮށް ހުރެ އެމްޑީޕީގެ ބައިގަނޑަޑަށް ގޯތި ބަހަން އުޅޭތީ އެކަން ނުހިގައިގެން އުޅެނީ.
ނޭފަރ
06 April 2023
އެބުނާހެން. އާދަންކޮޔާ ހަވާލުކޮށްފައިވާ މަސައްކަތް ކޮށްބަލަ.
ޚާޜެ
06 April 2023
މީދެން ކޮންކަމެއް ނޫސްތަކަށް އަރާމޮޅުވާހަކަދައްކާން ވަރަށް މޮޅުވާނެ ކަރަމް. އަމިއްލައަށް ނުކުރެވެނީ ކީއްވެ.
ސުމާޓް
05 April 2023
ކިހިނެތްވީމަތަ ސުމާޓުމިވަނީ؟ ސްމާޓް ކުރާވަރުގެ އިންފްރާސްޓަރަކްޗަރެއް ރާއްޖޭގަ އެބަހުރިތަ؟
އެކްސިް
05 April 2023
އެހީ ތިޔީ ވަރަށް ނުރައްކާތެރި ބަހެއް. ތިއީ ސީދާ ސަރުކާރުން 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް. ތިކަން ކުރަން ވާނީ ކުންފުންޏަށް ގެއްލުން ނުވާގޮތަށް.
ހަސަންދީ
05 April 2023
ވަރަށް ރަގަޅު ނިންމުމެއް އެފަދަ ތަންތަނުގައި ހުންނަ ވަސީލަތްތައް މޮޑާން ޑިޒައިންތަކަކައް ބަދަލުވާންޖެހޭ
ބަރަކޫޑާ
05 April 2023
މިދޭތެރެއިން ޖައްވީގޭސްގަނޑެކޭ ކިޔާފަވެސް ފައިސާ ތަޅައިފި.
ފޮނިފޮނިޓައްޕު ކުމާރު
05 April 2023
ތޮއްޑޫމީހުން ސުމާޓުކޮށްފާ އެމީހުންގާތުގާ ބުނެބަލަ އަހަރެމެން ކާ ތަރުކާރީއާ މޭވާތަކަށް ކެމިކަލް އަޅާ ތަޣައްޔަރުނުކުރާށޭ.
ބޮޑުމީހާ
05 April 2023
ފްލެޓަށް އެދި ތިބި 35000 އާއިލާ އެބަތިބި. އެމީހުންގެ ޙައްްގުތައް ހޯދަން އުފެއްދި ކުންފުންޏަކުން މިހާރު ޓެލެކޮމިއުނިކޭޝަން ހިދުމަތް ދީ، އެހެން ރަށްރަށުގަ ސީސީޓީވީ ކެމެރާ ހަރުކުރަން މިއުޅެނީ
ހަސަންދީ
05 April 2023
ހަމަ ބޮޑުތަނުން ރަގަޅުކަމެއް އެކުރަނީ އާބަންކީގެ ހަމަ އެކަނި ޚިދުމަތަކީ 35000 މީހުނެއްނޫން ކުޑަކޮށް ސިކުޑި ހުޅުވާލާ އަދި ކުންފުނީގެ ނަމަށް ވިސްނާލާ އޭރުން އިގޭނެ
ބޮޑުމީހާ
05 April 2023
އެމީހުން ކުރާ ކަންތައް ގޯހީކީ ނޫން، ގޯހީ އެމީހުން ކުރަންޖެހޭ ކަންކަން ނުކޮށް އެމީހުންނާއި ނުގުޅޭ ކަންތައްތައް ކުރާތީ
ޖޖާރސް
05 April 2023
އާބަންކޯ ދިވެހިކުރީމާ އާދަންކޮއި. އާދަންކޮއި ވަރަށްމޮޅުވާނެ.