ޚަބަރު / އަރަބިއްޔާ ސްކޫލް

ދަރިވަރުންނާ ދިމާލަށް ޓެރަރިސްޓުންނޭ ނުބުނަން: އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ސްކޫލް: އެތަނަށް ދާއިމީ ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަގުތީ އަމުރެއް ވަނީ ނެރެފައި --- ފޮޓޯ/މިހާރު

އަރަބިއްޔާ ސްކޫލްގެ އެއްވެސް ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ސްކޫލްގެ އެއްވެސް މުވައްޒަފަކު ބުނެފައި ނުވާ ކަމަށާއި އަދި އެ ސްކޫލާ ބެހޭގޮތުން ފަތުރަމުން ދަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އަރަބިއްޔާ ސްކޫލުން މިއަދު ބުނެފި އެވެ.

އަރަބިއްޔާ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ސްކޫލްގެ ޔުނިފޯމް ކޯޑާ އެއްގޮތަށް ބައެއް ދަރިވަރުން އަމަލު ނުކުރާތީ އެއާ އެއްގޮތަށް އަމަލުކުރަން އަބަދުވެސް ސްކޫލުން ހަނދާންކޮށްދޭ ކަމަށާއި އެކަމަކު އެފަދަ އެއްވެސް ދަރިވަރަކަށް ބިރު ދައްކާފައި ނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ދަރިވަރުން ސްކޫލަށް ނައިސް ނުތިބޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދަރިވަރުންނަކީ ޓެރަރިސްޓުން ކަމަށް ސްކޫލްގެ މުވައްޒަފަކު ބުނެފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެފަދަ މާނައެއް ދޭހަވާ ފަދަ އިބާރާތެއް ވެސް ބޭނުންކޮށްފައެއް ނުވާނެ އެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން މަދު ބަޔަކު އެ ސްކޫލާ ގުޅޭގޮތުން ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަނީ ފިތުނަ އުފެއްދުމަށެވެ. އޭގެ ސަބަބުން ގިނަ ބެލެނިވެރިންނާއި މުވައްޒަފުންނަށް ވެސް ކަންބޮޑުވާ ކަމަށާއި އަދި އޭގެ ސަބަބުން އެ ސްކޫލަށް ޓީޗަރުން ލިބުމަށް އުނދަގޫވުމުގެ ފުރުސަތު އޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.

ޔުނިފޯމް ކޯޑާ ހިލާފަށް އަރަބިއްޔާގެ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން އަރަބިއްޔާގެ ބައެއް ބެލެނިވެރިން ވަނީ ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގެ ޝަރީއަތް އަންނަ ހަފުތާގައި ފަށަން ވަނީ ނިންމައިފަ އެވެ.

18 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމީދޫ001

07 April 2023

ރާއްޖޭގެ ތުއްތު ކުދިންގެ ތަރުބަވީ އަދި އިލްމީ ސިޔާސަތުތައް ކަނޑައަޅަން ހުންނަވާ ވްޒީރަކީ އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވާ އަދި ދީނުގެ ސައްޙަ ގޮތް އެނގޭ ފަރާތަކަށްވުން ލާޒިމެވެ. ކުރިއަށް އިންތިޚާބުގައި ވްޒީރުންގެ މަޖްލިސް އެކުލަވައިލެވޭނެގޮތުގެ ތަސައްވަރެއް މުހިއްމު ކަމުގައިދެކެމެވެ.

The name is already taken The name is available. Register?

ފެހެންދި

07 April 2023

އަރަބިއްޔާ ޕޭރަންޓުންނަކީ އެޓެންޝަން ބޭނުންވެގެން އުޅޭ ވިކްޓިމް ހެދިގެން އުޅޭ ބައެއް.

The name is already taken The name is available. Register?

އަލީ!

07 April 2023

ސުކޫލުގެ ޤަވާއިދު ކަނޑައަޅަނީވެސް ބެލެނިވެރިން! ލޮލް!

The name is already taken The name is available. Register?

ދެރަ

07 April 2023

"ބަޔާނުގައިވާ ގޮތުން މަދު ބަޔަކު އެ ސްކޫލާ ގުޅޭގޮތުން ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަނީ ފިތުނަ އުފެއްދުމަށެވެ. އޭގެ ސަބަބުން ގިނަ ބެލެނިވެރިންނާއި މުވައްޒަފުންނަށް ވެސް ކަންބޮޑުވާ ކަމަށާއި އަދި އޭގެ ސަބަބުން އެ ސްކޫލަށް ޓީޗަރުން ލިބުމަށް އުނދަގޫވުމުގެ ފުރުސަތު އޮތް ކަމަށް އެ ބަޔާނުގައިވެ އެވެ." ތިތާނގެ ވާހަކަ ދައްކަނީ ހަމަ ތިތާނގެ ބެލެނިވެެރީން

The name is already taken The name is available. Register?

ޢެޑްމުންޑޯ

07 April 2023

މާލޭގެ ގިނަސްކޫލްތަކެއް ހުންނަ އިރު ތިސްކޫލްގެ ވާހަކަ އަބަދު ނޫސްތަކަށް އަރަނި ކޮންމެވެސް ކަމެއްވީމަތާ ! ޥައްތަރު ވައްތަރުގެ ދޮގުބަޔާން ނެރުނަކަސް ގަބޫލެއް ނުކުރެވޭނެ ،

The name is already taken The name is available. Register?

އައިޝަސް

07 April 2023

އެތާ ބެލެނިވެރިންގެ ހުންނަނީ ތަންކޮޅެއް އެހެން ކަހަލަ ވިސްނުމެއް

The name is already taken The name is available. Register?

ހގގތ

06 April 2023

ޑްރެސްކޯޑެއް އޮއްވައި އެތަނަކަށް ދަރީން ވައްދާނީ އެގޮތާއި ހުރުހިގެން. ޑްރެސްކޯޑާއި ޚިލާފުވާނަމަ، އަޅަންއޮންނަފިޔަވަޅެއްއެޅީމައި އެކަންއެނިމުނީ. ބެލެނިވެރިންބޭނުންވާހައިގޮތްގޮތަށް ކަންތައް ބަދަލުކޮށް، ސުކޫލުހިންގުމަކީ ހަމަޖެހޭ، އަދި ފަސޭހަކަމެއްކަމަކަށެއްނުވާނެ. ބުރުގާއެޅުން މަނައެއްނޫން. އެހެންއޮއްވައި، ދެލޯއެކަނި ފެންނަގޮތަށް، ނުވަތަ ތުނިފޮތިކޮޅަކުން ދެލޯވެސް ނިވާކޮށްގެން ދަރިވަރުން ކިޔަވަންދިޔައިމަ ކާކުކަން ދެނެގަނެވޭގޮތެއް ނުއޮންނާނެ.

The name is already taken The name is available. Register?

ހުސޭނުބޭ

07 April 2023

ނޭންގޭތަ ދަރިވަރު ސްކޫލަށް ފޮނުވުން އެއީ ގާނޫނުން ލާޒިމް ކަމެއްކަން. ނު ފޮނުވަިފިއްޔާ ބެލެނިވެރިޔާ ކުށްވެރިވާނީ.

The name is already taken The name is available. Register?

ޤާބޫސް

06 April 2023

ތިކަމުގައި މަވެސް ބުނާނީ ސްކޫލަށް ދަރިވަރުން ފޮނުވަންވާނީ، ސްކޫލުގައި އޮންނަ އުޞޫލަށް ތަބަޢަވާނެ ނަމައޭ. މިއުޞޫލަށް ތަބަޢަ ނުވާ ދަރިވަރުން ސްކޫލަށް ނުފޮވާާށޭ. ސްކޫލަށް ދަރިވަރު ވައްދާއިރު ވާންޖެހޭ އިޤުރާރެއް އަނެއްކާ ތަޢާރަފު ކުރަން ޖެހޭ ހިސާބަށް ކަންކަން ނުގެންދިއުން އެދެނީ.

The name is already taken The name is available. Register?

މަރުކަސު

06 April 2023

ޓީޗަރުންނަށްވުރެ ބެލެނިވެރިން މޮޅުކަމަށް ދައުވާކުރާތަނެއްތީ.

The name is already taken The name is available. Register?

ޢަރުތަ

07 April 2023

މަދު ބެލެނިވެރިންކޮޅެއް، މާ ބޮޑަށް އަތްފުޅާ ވެގެން އުޅޭ ބެލެނިވެރިން ކޮޅެއް އެއީ.

The name is already taken The name is available. Register?

ރުކުމާޒް

06 April 2023

ތިޔަ އަރަބިއްޔާއެއް ދެން މިހާރު އުވާލަންވީ. ވަރަށް ކަންތައްފަލަ ސްކޫލްއެއް. އަދި އެއަށްވުރެ އުނދަގޫ ބޮޑު ބެލެނިވެރިންގެ!

The name is already taken The name is available. Register?

އިސްލާހު

06 April 2023

އަހަރެމެންނަކީ މުސްލިމުންކަމަށް ވާނަމަ އަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ މައްސައާ މެދު ފުންކޮށް ވިސްނަން ޖެހެެއެވެ. !!!!!

The name is already taken The name is available. Register?

ބާއިަލް

06 April 2023

މުސްލިމަކަށް ވުމުގެ ޝަރުޠަކީ އަރަބިއްޔާ މައްސަލަ އުފައްދާ 3 ބެލެނެވެރިންގެ ސިޔާސީ މަޅީގައި ޖެހި އަވަދި ވުމެއް ނޫން. އަނެއް ކަމަކީ ބެލެނިވެރިންގެ/ރައްޔިތުންގެ އުދާސް ހުރުމަކީ ސްކޫލް އުވާލަން ޖެހޭ ކަމެއް ނޫން. އެގޮތަށް އެކަން ކުރަން ބޭނުމިއްޔާ ސަރުކާރާއި މަޖިލިސް އަދި ކޯޓުތައް ވެސް އުވާލަން ވީ. ސްކޫލަކުން ނޫން ފަށަންވީ.

The name is already taken The name is available. Register?

ހހގގގ

06 April 2023

ކުރިން މައުހަދު އޮންނައިރު އެ މަދަރުސާއޭ ކިޔައިގެން ތިހުރިހާ ވާހަކައެއް ނިދެކެވޭ . މިހާރު އަރަބިއްޔާ އޭ ކިޔައިގެން ކޮންމެވެސް އެއްޗެއް ނޫހަށް ނާރާދުވަހެއްނުދޭ

The name is already taken The name is available. Register?

ޓތތދދދ

06 April 2023

މައުހަދުގެ ކުދިންނާއި ބެލެނިވެރިންނާއި މެނޭޖްމަންޓުން އުޅުނީ މުޖުތަމައުގެ އިހްތިރާމް ލިބޭގޮތަށް.

The name is already taken The name is available. Register?

ޢަރުތަ

07 April 2023

ޢަރަބިއްޔާގަ އުޅޭ ބައެއްކުދިންގެ ބެލެނިވެރިންނަކީ މާމަތީ ހިސާބަކުން ދީން އުނގެނިގެން އައިސްތިބި ބައެއް، އެހެންވީމަ ސްކޫލުގެ ކަންކަން ހިނގަންޖެހޭނީ އެ ބެލެނިވެރިންކޮޅު ބުނާ ގޮތަކަށްތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454