އައިޖީއެމްއެޗް ހޮސްޕިޓަލް. އެ ހޮސްޕިޓަލުން ދޭ ހުރިހާ ހިދުމަތަކަށް އާސަންދަ ލިބޭނެ-- ފޮޓޯ: މިހާރު
08 އެޕްރީލް 2023 - 09:59
މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ އާސަންދަ ބަޖެޓުގެ 60 ޕަސެންޓު ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އާސަންދައަށް 600 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި ވަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައިގެ ހަރަދަށް ހޭދަކޮށްފައިވަނީ 345 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އާސަންދައިގެ ޖުމްލަ ހަރަދަށް ކަނޑައެޅި 730 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް އަހަރު ނިމުނު އިރު ބަޖެޓުން ވަނީ 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، މުޅި މާލިއްޔަތަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށް އާސަންދަ އާއި އެހެން ސަބްސިޑީތަކަށް ކުރާ ހޭދަ ކުޑަ ކުރުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފަ އެވެ. ސަރުކަރުން އާސަންދަ އާއި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވާ އިރު އަދި މިހާތަނަށް އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ސަބްސިޑީ ކުޑަ ކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ވޭތުވެދިޔަ 10 އަހަރުގައި އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. އެކަމާ ގުޅިގެން މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިވަނީ 2017 ވަނަ އަހަރު އެކަންޏެވެ. އެ އަހަރު ސަބްސިޑީ އާއި ސަރުކާރުގެ އެނޫން ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅު އެޅި ނަމަވެސް، އޭގެ ފަހުން ވޭތުވެދިޔަ އެއްވެސް އަހަރަކު ސަބްސިޑީ ކުޑަ ކުރުމަށް ބަޖެޓުގެ ތެރެއިން ފިޔަވަޅުތަކެއް އަޅާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ވޭތުވެދިޔަ ހަތަރު އަހަރު ވެސް ސަރުކާރުގެ ހަރަދު އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 11 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހޭދައަށް ވުރެ 1.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
09 April 2023
އާސަންދަ މީބައަކު ކާންދީފައޮތް ލާރިގަނޑެއް، އެތަނުގެ މުއައްޒަފުންވެސް އާސަންދަ ނުދެވިގެން މޮޔަވަނީ، މީހުން ހޯދައިގެން ގުޅައިގެން، ލާރިކެވޭނެގޮތް ފަހިވޭތޯ ކަމަށްވެދާނެދޯ.؟ އނެއްކާ ވޯޓުކައިރިވީމަވެސް ޚަރަދު ބޮޑުވާނެދޯ.؟ ވޯޓު ޔަގީންވިއްޔާ އާސަންދަ ޔަގީންވާނެ،
އިސްމާލި
09 April 2023
"މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި ވަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ." މިކަންވެސް ދެން ދެދުވަހަކު ނޫހުން ކިޔާލާފައި ހަނދާން ނައްތާލީމައި ނިމުނީދޯ؟ އެއްވެސް މީހަކު ބަލާލަން ބޭނުންވޭތަ މިދިޔައަހަރުގެ މި މުއްދަތައްވުރެ މިއަހަރު ހޭދަކުރި ވަރު ދެގުނަ އިތުރުވީ ސަބަބު؟ ކޮން ކަންކަމަކަށް ތޯ ހަރަދު ކުރެވުނީ، ކިހާވަރެއްތޯ. މި ކަންކަން ބަލައިގެން ޕޮލިސީ ނިންމުންތަކެއް ނިންމަންޖެހޭދޯ؟ ތި ޑޭޓާތައް ދީފިނަމަ މަ ބަލައިދީފާނަން.
ބަޑިތަކުރު
09 April 2023
ކުދި ފިހާރަތައް ހުޅުވާތާ ދުވަސްކޮޅެއްނުވެ ފައިދާނުވެގެން ބަންދުކުރަމުންދާއިރު، ބޭސްފިހާރަތައް މީހުން ގޮސްވެސް ނޫޅޭ ހަނިގޯޅިތަކުގައިވެސް ބޮޑުއަގުގައި ކުއްޔަށް ހިފައިގެން މީހުންނަށް މުސާރަ ދީގެން ބަރާބަރަށް ހިންގެއެވެ. މިހެންމިވަނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. އޭގެ ޖަވާބު ލިބެނީ އާސަންދައިން ކުރަމުންދާ ފިއްކަނޑައިގެންދާވަރުގެ ޚަރަދުންނެވެ.
ހެހެހެހ
09 April 2023
ގަޑިން ގަޑިއަށް އާސަންދަ މަސްކާން ތިލަވާ މަޑިތަކަށް ވަރަށް ފައިދާވާނެ ދެއްތޯ؟
ޙުޅުމާލެ
09 April 2023
ޙުޅުމާލެ ހޮސްޕިޓަލް ހިންގަނީ އާސަންދައިން. ޜިޕޯޓް ދައްކަންވެސް އިތުރު ކޮންސަލްޓޭޝަން މެމޯއެއް ހަދުވާ. 2 ގުނަވީ ދޯ.
ކޮމެންޓްކުރާމީހާ
08 April 2023
އިންތިޙާބަށްޖަހާ ކަޑަތަކެއް
ބޮޑުމީހާ
08 April 2023
މިރާއްޖޭގަ ހުރި މައްސަލަތައް ހައްލުނުވަނީ އެ ހައްލުކުރާނެ ފައިސާ ނެތިގެންނޫން. ވެރިން ބޭނުންނުވަނީ މައްސަލަތައް ހައްލުކުރަން. އާސަންދަ ބަޖެޓް އިން ކައިބޮއެގެން އުޅޭ އެތައް ބަޔަކު އުޅޭ.
އޮނަރަބްލް އަފީފު ދީދީ
08 April 2023
ސަރުކާރު ތެރޭގައިއޮތް "މެޑިކަލް މާފިއަރ" ނައްތާލުމަށްޓަކާ ހަނިމާދޫ، މާލެ (އައިޖީއެމްއެޗް) ލ.ގަން އަދި އައްޑޫ (އިކްއިޓޯރިއަލް ހޮސްޕިޓަލް) ހޮސްޕިޓަލް ޙަޤީގީ ޓާޝަރީ ހޮސްޕިޓަލް ތަކަކަށް ބަދަލުކޮށް މެޑިކަލް ޓްއަރިޒަމް ހިންގޭފެންވަރަށް (ސިންގަޕޯރ ތައިލެންޑް އިންޑިޔާ ފަދައިން) ސްޕަރ ސްޕެޝަލިސްޓުންގެހިދުމަތް ލިބޭނެގޮތްހަދައިފިނަމަ "ރައްޔިތުމީހާއަށް މަންފާއެއްނުލިބޭގޮތަށް" ދައުލަތުގެ ޙަޒާނާއިން އާސަންދައަށް ކުރަމުންދާއިސްރާފު ބޮޑުތަނުންސަލާމަތް ކުރެވޭނެ.
ޙިނި
08 April 2023
ލޮލް، ހަމަ ސަރުކާރު ހިންގާލެއް މޮޅީ
އޮނަރަބްލް އަފީފު ދީދީ
08 April 2023
އެސްޓީއޯ އިން އެތެރެކުރާ ހުރިހާ ތެލާއި ކާޑުގެ ބާވަތް ތަކަށް ދައުލަތުގެ ޙަޒާނާއިން ސަބްސިޑައިޒް ކުރާއިރު މިދެންނެވި ތެލާއި ހަނޑޫ ހަކުރު ފުށް ފަދަ ތަކެއްޗަކީ ވިޔަފާރީގެ ބޭނުމަށް ވިޔަފާރި ހިންގާ ރިސޯޓްތަކާއި، އެފަދަ އެހެންވިޔަފާރިތައްވެސް ކުރާ ވިޔަފާރިކުންފުނިތަކުން ގިނައަދަދަކަށް ބޭނުންކުރާތަކެތި ކަމަށްވާއިރު މިހާރު މިދެންނެވި ތަކެއްޗަށް ދައުލަތުގެ ޙަޒާނާއިން ސަބްސިޑައިޒް ކުރާ އުސޫލު ބަދަލުކޮށް ދަރަނިން ދައުލަތް ސަލާމަތް ކުރަން ނުވިސްނަނީ ކީއްވެ.!؟