ރޯދަ މަސް / ރަށްރަށުން

40 އަަހަރު ފަހުން މަންދޫ މީހުން ބަންދުން ވީއްލިގޮތް "ކަމަކުނުދޭ"!

.

10 އެޕްރީލް 2023 - 08:03

27 comments

ޒަމާންތަކެއް ވަންދެން މި ރަށަށް އަރައިފައިބަން ޖެހުނީ މޫދަށް އެރި ތެމިގެންނެވެ. މީގެ 33 އަހަރުކުރިން 1990ގެ އަހަރުތަކުގައި ޖެޓީއެއް އޮތެވެ. އެތަން ހަލާކުވެ ދިޔަ ފަހުން ރަށަށް އަރައިފައިބާނެ ފަސޭހަ ގޮތެއް ނެތެވެ. އޭގެ ފަހުން ވެސް ހެދީ ފާލަމެކެވެ.

ކަޑަތައް ޖަހައި، ހަގީގަތަކަށް ނުވި ބަނދަރުގެ އުއްމީދުތައް ސަރުކާރުތަކުން ދެއްކި އެވެ. ބަނދަރެއްގެ ނަސީބު ލައްވާނުލި ސަބަބަކީ މި ރަށުގެ އާބާދީ މަދުވެ 500 އަށް ވެސް ނޭރުމެވެ. ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަން ދަމަހައްޓަން މަންދޫގެ މަދު މީސްކޮޅު މާބޮޑު ބާރަކަށް ނުވުމެވެ.

"ބޮޑެތި ތަންތަނުގައި ބަނދަރު ތިން ހަތަރު ފަހަރަށް އަޕްގްރޭޑްކުރެވިގެން ދާއިރު އަޅުގަނޑުމެންގެ ރަށުގެ ބަނދަރު ނުހެދި އޮތުން އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން," ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

އދ. މަންދުއަށް އަރައިފައިބަން އޮންނަ ފާލަން: އެކަހެރިކޮށް އޮތް މި ރަށަށް އެންމެ ބޮޑު ދައްޗަކީ ބަނދަރެއް ނެތުން.

އެކި ހައްލުތަކެއް ހޯދަން އުޅެ ދޫކޮށްލާފައި އޮތް މި ރަށުގައި މުދާއަރުވައި ބޭލުން އަދިވެސް އޮންނަނީ ވަރަށް ދަތިކޮށެވެ. އަތޮޅާ މުޅިން އެކަހެރިކޮށް މާ ދުރުގައި އޮންނަ މި ރަށަށް ދަތުރުފަތުރު ވެސް އެހާ އުނދަގުލެވެ. މި ތަކުލީފުތައް ލުއިވެ ރަށު ބަންދުން ވީއްލެން ދެން މާގިނަ ދުވަހެއް ނެތެވެ. އެކަމަކު މި ރަށުގެ ގިނަ ބަޔަކު އުފަލެއް ނުވެ އެވެ.

"ބަނދަރު ހަދާ ތަން ކަމަކުނުދޭ. އެއީ އަހަރެމެން އެދުނު ގޮތެއް ނޫން, ބޭނުންވި ތަނެއް ވެސް ނޫން."

މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ މަންދޫގެ ބަނދަރު: މި ސަރަހައްދުގައި ބަނދަރު ހަދަން ގިނަ ބަޔަކު ބޭނުމެއް ނުވޭ.

އެމްޓީސީސީން ބޮޑު ސަރަހައްދެއް ހިއްކައިގެން ނިންމަމުން އަންނަ މި ރަށުގެ ފުރަތަމަ ބަނދަރާ ބެހޭ ގޮތުން މި ނޫން ޖަވާބެއް ދޭ މީހަކު މި ރަށުގައި މަދެވެ.

މައްސަލައަކަށް ވީ އިރުމަތީ ފަރާތުގައި ބަނދަރު ނުހެދުމެވެ. ރައްޔިތުންގެ އެ ހުށަހެޅުން އޮއްވައި ސަރުކާރުގެ ނިންމުމަކަށް ވީ ހުޅަނގަށް ބަނދަރު ބަދަލުކުރުމެވެ. މި ސަރަހައްދު ދައްކައި ފުރަތަމަ ފޮނުވި ކޮންސެޕްޓް ކުރެހުމަށް ވެސް ރައްޔިތުން ބުނީ ނޫނެކޭ އެވެ.

ގަދަ ދުވަސްތަކުގައި ދޯނިފަހަރުތަކަށް ގެއްލުން ލިބުމާއި ދަތުރުފަތުރު އުނދަގޫވާނެތީ އެ ސަރަހައްދުގައި ބަނދަރު ބާއްވަން ބޭނުން ނުވަނީ އެވެ.

ހިޔާލުތަފާތުވުން ދިގުލައިގެން ގޮސް ދުވަސްތަކެއް ހޭދަވި އެވެ. އެންމެފަހުން 2019 ގައި އެމްޓީސީސީއާ އެކު ބަނދަރު ހަދަން ސޮއިކުރީ އެވެ.

ބަނދަރު މިހާރު ތަރައްގީކުރަނީ މި ރަށަށް އެންމެ ރަނގަޅު ސަރަހައްދުގައިކަން އެމްޓީސީސީގެ މުވައްޒަފަކު ކުރައިގެން މީހަކަށް ކިޔައިދެނީ. -- ފޮޓޯ | މިހާރު

އޭގެ ފަހުން މެއި 17, 2021 ގައި މިހާރުގެ ކައުންސިލް ހަވާލުވެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރީ ރައްޔިތުން އެދޭ ސަރަހައްދަށް ބަނދަރު ބަދަލުކުރުމެވެ. މިއީ މި ރަށުގައި ސަރުކާރުން ހިންގާ އަސާސީ ހިދުމަތުގެ ހަމައެކަނި މަޝްރޫއެވެ. ފެނާއި ނަރުދަމާއި ކަރަންޓް މި ރަށުގައި ނިންމީ، ޓޫރިޒަމަށް ބިން ކުއްޔަށް ދޫކުރި ކުންފުންޏާ އެކު ވީ އެއްބަސްވުމުގެ ދަށުން ސީއެސްއާރު ތެރޭގައި ހިމަނައިގެންނެވެ.

ސަރުކާރުން މި ރަށަށް ކޮށްދޭން އެދުނު ހަމައެކަނި ކަންތައް އެގޮތަށް ނުވީ އިރުމަތީ ފަރާތުގައި ބަނދަރު ހަދާ ނަމަ ތިލަ ފަޅުމަތިން ބޭނުންވާ ވަރަށް ޖާގަ ނުލިބުމުންނެވެ.

"ރަށުގެ ގިނަ ބަޔަކު ބޭނުންވީ އިންޖީނުގެއާ ހިސާބުން އުތުރަށް އިރު އުތުރު ފަރާތުގައި ބަނދަރު ބާއްވަން. އެ ހިސާބުން ހެދީމާ އަޅުގަނޑު ހަނދާންވާ ގޮތުން ބަނދަރު ތެރެއަށް ލިބެނީ 150 ފޫޓް. އެކަމަކު ދެ ފަރާތުގައި ތޮށިލީމާ އެއަށް ވުރެން ކުޑަވީ," ސައީދު ވިދާޅުވި އެވެ.

"ބަނދަރެއްގެ ގޮތުގައި ބޭނުންކުރަން އެކަށީގެންވާ ތަނެއްގެ ކަމަށް ގަބޫލުނުކުރެވެނީ. އެއަށް ވުރެން އުތުރަށް ޖެއްސީމާ ލިބެނީ 200 ވަރަކަށް ފޫޓް. ރަށުން 100 ފޫޓު ކަނޑަން ޖެހޭ. މިނިސްޓަރު ވިދާޅުވީ ރަށުން އެންމެ ފޫޓެއް ވެސް ކަނޑާ ނުދެއްވޭނެ ކަމަށް."

ކައުންސިލްގެ ރައީސް ސައީދު "މިހާރު"އާ ވާހަކަ ދައްކަވަނީ: ކައުންސިލުން އެންމެ ފަހުން ދޫދިނީ ބަޖެޓުގައި ނުހިމެނި އެ ޕްރޮޖެކްޓް ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވިދާޅުވި.

އިރުމަތިފަރާތުގައި ބަނދަރު ހަދަން މި ރަށުގެ ރައްޔިތުން ކުރި އުއްމީދު ހަގީގަތަށް ނުވުމުގެ ހިތްހަމަނުޖެހުން ބޮޑެވެ.

"ބަނދަރާ މެދު ރައްޔިތު ގިނަ މީހުން ހިތްހަމަނުޖެހޭ. އަހަރެމެން ބޭނުންވިތާކު ނޫން އެހަދަނީ. އެ ހަދާ އެއްޗެއް ކަމަކު ނުދޭ. ވަދެގެން އަންނައިރު ނެރު ދިގުވުމާއި އޮއިގަދަވުން ފަދަ ކަންކަމުގައި ހުރިހާ ގެއްލުމެއް ވާނީ އަހަރެމެންނަށް. އެއްގަމު ވާޓަރެއް ހަދަނީކީއެއްވެސް ނޫން. މިއީ ބަނދަރަކަށް އަހަރެމެން ގަބޫލުކުރާނެ އެއްޗެއް ނޫން." އާދަމް މުހައްމަދު 64, ބުންޏެވެ.

މި ރަށު ބަނދަރު އެމްޓީސީސީން ހަދަމުން އަންނަނީ ބޮޑު ސަރަހައްދެއް ހިއްކައިގެންނެވެ. އެތަނުގައި ބަނދަރު ހަދަން ސަރުކާރުން ނިންމި ގޮތަށް ކައުންސިލުން އެންމެ ފަހުން ދޫދިނީ ބަޖެޓުގައި ނުހިމެނި އެ ޕްރޮޖެކްޓް ގެއްލިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ.

"ބަނދަރު އޮތް ކޮންސެޕްޓާ އެއްގޮތަށް މަސައްކަތް ނުފެށިއްޖިއްޔާ 2022 ވަނަ އަހަރުގެ ބަޖެޓުގައި ބަނދަރު ހިމެނޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ނުލިބުނު. އެ ހިސާބުން އަޅުގަނޑުމެން މުޅި ކައުންސިލްގައި މަޝްވަރާކޮށްފައި އަޅުގަނޑުމެންގެ ތެރެއިން ނިމުނީ ރައްޔިތުންނަށް ވަކިވަކިން އޮޅުންފިލުވައިދީގެން ނަމަވެސް މި ޕްރޮޖެކްޓް ގެއްލުމަށް ވުރެން ރަނގަޅޭ މަސައްކަތް ކުރުން. ކައުންސިލްގެ އަމިއްލަ ނިންމުމެއް ނޫން ބަނދަރު އެތަނުގައި ހެދުމަކީ،" ސައީދު ވިދާޅުވި އެވެ.

ކައުންސިލުން ބުނި ގޮތުގައި ބަނދަރާ ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޕްލޭނިން މިނިސްޓްރީއާ ހިއްސާކުރި އެވެ.

ބަނދަރާ އެކު މި ރަށުގެ ރައްޔިތުންނަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ ބޮޑު ސަރަހައްދެއް ހިއްކުމުން ބިން އިތުރުވުމެވެ.

"އަޅުގަނޑަށް ވެސް މިހާރު އެބަ ގަބޫލުކުރެވޭ ހަގީގަތުގައި އެތަނުގައި ބަނދަރު ހެދުން އެއީ ރަނގަޅު އެއްގޮތް ކަމަށް ވެދާނެ ކަމަށް. ސަބަބަކީ އެތަނުގައި ބަނދަރު ހެދުމުގެ ސަބަބުން ރަށަށް ކުޑަވަރެއްގެ ރަށެއްގެ ޖާގަ ބިމަށް އިތުރުވެއްޖެ. އެއީ ރަށްރަށުގައި މިހާރު އެންމެ މަދުވަނީ އެ ޖާގަ," ސައީދު ވިދާޅުވި އެވެ.

ބަނދަރާ އެކު މި ރަށުގެ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމަކީ ބޮޑު ސަރަހައްދެއް ހިއްކައި ބިން އިތުރުވުން.

"ޖުމްލަ ގޮތެއްގައި އެތަނުގައި ބަނދަރު ހެދުމެއް ނޫން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި. އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ބަނދަރުގެ ދެކުނަށް އައި ކޮޅު 300 ފޫޓު ފުޅާ 730 ފޫޓުގެ ބަނދަރެއް މި ބަނދަރަކީ. ދެކުނަށްވާ ކޮޅު 160 ވަރަކަށް ފޫޓް ކީވޯލް ހަދާފައި ދެން އޮތް ބައި އެއޮތީ ދޫކޮށްލާފައި. އެއީ އަސްލު ކަންބޮޑުވުމަކީ. އެބައި އައިަސްރަށާ ގުޅިފައި ރަށާ ވީ ފަރާތަށް ވާޓަރު (އެއްގަމު ތޮށި) ހަދައިދޭށޭ. އެބައި ރަށާ ގުޅިފައި ނެތުން މައްސަލައަކީ,"

މިކަންބޮޑުވުން ލިއުމުން ހުށަހެޅުމުން ވެސް މިހާތަނަށް ހައްލެއް ނުފެނުނު ކަމަށް ވިދާޅުވި އެވެ.

މަންދޫ: މި ރަށަށް ބަނދަރު ލަސްވީ އާބާދީ މަދުކަމުން ކަމަށް ކައުންސިލުން ދެކޭ.

"އެމްޓީސީސީ ބޭފުޅުން މިތަނުން އެއްކޮށް މަސައްކަތް ނިންމާފައި ފައިބައިގެން ދަންދެން ވެސް އަޅުގަނޑުމެން އެދޭނަން ރަށާ ވީ ފަރާތުން 200 ފޫޓަށް ކީވޯލް ހެދޭތޯ. އެއީ އުއްމީދެއް, އަޅުގަނޑު ގަބޫލުކުރަނީ ވާނެ ކަމަށް." ސައީދު ވިދާޅުވި އެވެ.

ބަނދަރު ނިމުމުން ރަށަށް އަރާ ފޭބުމާއި މުދާ އެރުވުންވަރަށް ބޮޑު ފަސޭހަވާނެ އެވެ. އެއާއެކު މި ރަށް ތަރައްގީވުމުގެ ދޮރު ހުޅުވުނީ އެވެ. ލޯކަލް ޓޫރިޒަމްގެ ފުރުސަތުތައް އިތުރުވާނެ އެވެ. އާމްދަނީ ވަންނާނެ މަގުތައް ތަނަވަސްވާނެ އެވެ. އެހެންވިޔަސް ބަނދަރު ހެދި ސަރަހައްދާ މެދު ރައްޔިތުންގެ މެޖޯރިޓީ ތިބީ ހިތްހަމަނުޖެހިފަ އެވެ.

އެ މީހުންނަށް މި ބަނދަރު ހެދި ތަން ކަމަކު ނުދެ އެވެ.

27 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 9%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަތޮޅުމާ

12 April 2023

ޒަމާނައް އަންނަ ބަދަލުތަކަށް ބަލާއިރު ރާއްޖެ ތަރައްގީވާން އޮތީ އެއްފަސްކޮށްގެން ، މީހުން އުޅެންވީ 6 ވަރަކަށް ބިމުގެ ގޮތުންނާއި ފަޅުގެގޮތުން ބޮޑު ރަށްތަކުގަ. މިހާރު ހުރިހާ ރަށެށް ތަރައްގީކުރަން ހަދައިގެން އެންމެން މާލެ ހިޖުރަކުރަނީ

The name is already taken The name is available. Register?

ސަމަދު

11 April 2023

ތިޔައޮތީ އެންމެ ރަނަގަޅު ތާގަ ބަނދަރު ހަދާފަ. ބަނދަރުމަތިން ޖާގަ ލިބިފަ ހިތްގައިމު ކަމެއް އެބަހުއްޓެވެ. ކައުންސިލްގެ ރައީސް އަދި ރައްޔިތުން ބޭނުންނުވަނީ މިސަރުކާރުން ކޮށްދިން ކަމަކަށްވާތީ ބަލައިގަންނަން. އެކަހަލަ ގޮތަކަށް ވާހަކަ އެހުރީ. ރަށުގެ ޒުވާން ޖީލަށް ވިސްނޭނެ ބަނދަރު އެއޮތީ ރަނގަޅުތާގަ ކަން.

The name is already taken The name is available. Register?

ފދސ

10 April 2023

މަންދޫ އިރުމަތި ފަރާތުގައި ބަނދަރު ހަނދަން ހެޔޮވެސް ނުވާނެ. ގުދުރަތީ ގޮތުން އެހައި މުއްސަދި ތަނެއް ހަލާކުގެ ތެރެއަށް ވައްޓާ ނުލިކަން އެއީ މަންދޫ ރައްޔިތުންގެ ނަސީބު. މިހާރު ތި ލިބުނީ 2 މޮޅު. ގަބޫލު ކުރެ.

The name is already taken The name is available. Register?

ބަނދަރޭ

10 April 2023

އުމުރުން ދުބަސްވެފައިތިބޭ މީހުން ބޭނުންވާނީ އެމީހުންގެ ގެޔާދިމާލު ބަނދަރު އޮންނަން. ތިއީ އަސްލުގަ ބޮޑުހިލަޖަހާ ކޮންކުރީޓު ޝީޓު ޖައްސައިގެން ބަނދަރު ހަދާކަހަލަަ ރަށެއްނޫން. އެއައްވުރެ މާ ހިތްގައިމު ވިލަކާއި ރީތި އަތިރިމައްޗެއް ލިބިފަވާ ރަށެއް. ގުދުރަތީ ރީތިކަމަށް ބަދަލު ނާންނާނެފަދަ ގޮތަކަށް ވަރަށް ރީތި ބަނދަރެއް ހެދޭނެ ރަށެއް. ލޯކަލް ޓުއަރިޒަމަށް މިހާރު ބޭނުވާ އެންމެ ފައްކާ ރަށެއް. ޒުވާނުނޭ ވިސްނާ.. ރށުގެ ގުދުރަތީ މުއްސަނދިކަން ގެއްލުވާނުލާ.

The name is already taken The name is available. Register?

ކައުންސިލަ

10 April 2023

މި ރީތި ރަށުގެ ދުވަސް ދިޔައީމި. އަމާ ބުނީތީ ފަރަށް ވިއްޔާ ގޮސްފަ މިއޮތީ.

The name is already taken The name is available. Register?

އަތަރު

10 April 2023

ހިޔާފުލެޓު ލިބުނު ކޮންމެމީހަކަށް ފުލެޓުގެ އަގުން 6-5 ލައްކަ ސަރުކާރުން ޗައިނާ ކުންފުންޏަށް ދައްކަދޭދިނުން ކަލޭމެނަށް އޯކޭ، މިއިރު 500 މީހުން އުޅޭ ރަށަކަށް އަރާފައިބާ ބަނދަރެއްހަދަން 30 މިލިއަން ހަރަދުކުރާތީ ކަލޭމެނަށް ކަމަކުނުދިޔަ.

The name is already taken The name is available. Register?

އަލީ ހުސެން

10 April 2023

ތިރީތި ރަށް ހަލާކުކޮލީނުންތީ، ބޮޑުހިލަޔާ ކޮންކުރީޓް ބީޗަކަށް ތިހަދާލީ

The name is already taken The name is available. Register?

މަންދޫ ބޭބެ

10 April 2023

ވިސްނޭ މީހަކު އުޅޭރަށެއް ނޫން ތިޔައީއެއް.. މާ ކަންތައް ބޮަޑުކުރަންޔާ ރަށް ބާއްވާފައި މީހުންކޮޅު އުތުރުކޮޅުގައި ބަދަރު ހަދާފައޮތް ބިންބޮޑު ރަށަކަށް ބަދަލްކުރާނީ.. 500 މީހުންނަކަށް ނުޖެހޭ ހޮސްޕިިޓަލާކާއި ބަދަރަކާއި އިންޖީނުގެއަކާއި އަޅާދޭކަށް..

The name is already taken The name is available. Register?

ހާއިބްރީ

10 April 2023

ޖެހޭނެ. އާބާދީ ކުޑަވުމީ އަސާސީ ހައްގުތަކުން މަހުރޫމުކުރަންޖެހޭ ސަބަބެއް ނޫން. ޓުއަރިޒަމަށް 50 އަހަރުފުރިގެން އުފާ ކުރާއިރު ނަޖިސް ފެނުންފެންވަރާ، ބޮއްކުރާގަ ބަލިމީހުން އުފުލަންޖެހޭ ރައްޔިތުންތިބުމީ ގައުމެއްގެ ގޮތުގަ ލަނދުގަންނަންޖެހޭ ކަމެއް.

The name is already taken The name is available. Register?

މަންދޫ މީހަ

10 April 2023

މިޔަދު ކައުންސިލްގެ ރައީސް ތި ވާހަކަ ތިގޮތަށް ދެކީމަ މަންދޫ މީހުންނައް ވާނި ޖޯކަކަށް ދޯ ދިވެހިން ތިޔަ ކިޔާ އުޅެނީ ތިމާފޭހުނު އިލޮށި ތީމާގެ ލޮލަށް ހެރުން ދެ ލަލަލާ

The name is already taken The name is available. Register?

ސަލީމު އިދުރީސް

10 April 2023

މާލޭސަރަހައްދު ވިއަފާރި ވެރިންގެ ޓެއްކުސް ފައިސާއިންނޭ ގައުމު ހިންގަނީ ކިއަނީ ތަންދޮރު ނުދަންނަ ޖާހިލުން! ރާއްޖޭގެ އިގުތިސޯދު ޓުއަރި ޒަމައް ބިނާވެއޮތްއިރު ރިސޯޓުތައް ހެދުމުގަޔާ ހިންގުމުގަ މަސައްކަތް ކުރަނީ ރާޖެތެރޭމީހު މާލޭމީހުން ގެދަރިން އުޅެނީބޭރުގަ ގިނައިން ދެންތިބަޔެއް އުޅެނީ ބޮޑެތި ސައިލުގަ ފިނިބުރުޖަން! ރަށުގަ 500 މީހުން އުޅޭއިރު ރަގަ 100 މީހުން ތިބުގެ މާނަޔަކީ 400 ގައުގެ އިގުތިސޯގަ ބައިވެރި ވެގެން ޓެކުސް އިތުކުމުގެ މަސައްކުރަނިއޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454