ޚަބަރު / ނައީމާގެ މަރު

ނައީމާގެ މަރު: ފުލުހުން ދައްކާނެ ވާހަކައެއް އަދި ނެތް

މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ: އޭނާގެ މަރުގެ މައްސަލައިގެ ތަހުގީގުން އަދި މާބޮޑު ކުރިއެރުމެއް ނެތް.

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި މިދިޔަ ހުކުރު ދުވަހު ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހާމަކުރާނެ މައުލޫމާތެއް އަދި ނެތް ކަމަށާއި އެ މައްސަލާގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ މަރާލާފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވެގެން ފުލުހުން އެ ގޭގެ ދޮރު ވައްޓާލައިގެން ވަދެ ބެލި އިރެވެ. އޭނާ ފެނުނުއިރު ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. ތަހުގީގަށް ބޭނުންވާ ސާމްޕަލް ފުލުހުން ނެގުމަށް ފަހު، ނައީމާގެ ހަށިގަނޑު މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ރަށުގައި ވަޅުލައިފަ އެވެ.

އެނގިފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުގެ 25 އަށްވުރެ ގިނަ ތަނަށް ވަޅި ހަރައި ކަނދުރާމަތިން ކަރު ވެސް ވަނީ ބުރިކޮށްލަން އުޅެފަ އެވެ.

މި އަނިޔާވެރި މަރުގެ ތަހުގީގަށް ރަށުގެ އެކި ތަންތަން ފާސްކޮށް ފުލުހުން މިހާރު ވެސް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާތީ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

މަނަދޫން ވާހަކަދެއްކި މީހަކު ބުނީ ނައީމާ މަރާލި ކަމަށް ލަފާކުރެވެނީ މިދިޔަ ބުދަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށެވެ. އެއީ އެ ރަށް ވަރަށް ހަލަބޮލިވި ދެ ރޭ ކަމަށާއި މޫސުން ރަނގަޅުވުމުން ކައިރި ރަށްރަށުން ވެސް އެ ރަށަށް ވަރަށް ގިނަ މީހުން ވެސް އެ ދެ ދުވަހު ގޮސް އުޅުނު ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ކުރިއެރުން ހޯދަން ފުލުހުންނަށް ދަތިވަނީ އެ ސަބަބާ ހެދި ކަމަށް ލަފާކުރެވޭ ކަމަށް އެ މީހާ ބުންޏެވެ.

"ފުލުހުން ރޭ ވެސް އުޅުނު ރަށުގެ އެކި ތަންތަން ފާސްކުރުމުގައި. އެކަމަކު އެއްވެސް އެއްޗެއް ނުގެންދޭ." ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ރަށުގެ މީހުން ބުނާ ގޮތުގައި މަރުގެ މައްސަލާގައި ވަކި މީހަކަށް ތުހުމަތެއް ވެސް އަދި ކުރެވިފައެއް ނުވެ އެވެ. ނައީމާއާ މެދު ހިތްހަމަނުޖެހުންތަކެއް ހުއްޓަސް ރަށު މީހަކު އެފަދަ އަނިޔާވެރި ކަމެއް ކޮށްފާނެ ކަމާ މެދު އާންމުން ސުވާލު އުފައްދަ އެވެ. އެހެންވެ މި މަރާ ރަށުގައި އުޅޭ ބިދޭސީންނާ ގުޅުވައިގެން ވެސް ވާހަކަ ދެކެވެ އެވެ.

25 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައުކަލޯ

11 April 2023

ސިހުރުހަދަންޔާމަރަންވީ

The name is already taken The name is available. Register?

މަރު ކޮމިޝަން

10 April 2023

މި މަރު ތަހުގީގު ނުނިމެނީސް ވެސް މިހާރު ސިޔާސީކުރަން ފަށައިފި. ހީވަނީ ވަކި ބަޔަކު ބޮލަށް ޖަހަން އުޅޭހެން..

The name is already taken The name is available. Register?

ރޮކްސީ

10 April 2023

ލަފާކުރެވެނީ ފުލުހުން ގާތިލް ނުވަތަ ގާތިލުން އަދި ހޯދާނެހެން. އެންމެން ފުލުހުންނަށް ނުބަވާ ތަންކޮޅެއް މައިތިރި ވެބަލަ.

The name is already taken The name is available. Register?

ށިރު

10 April 2023

ތެދެއް ސްޓީކަަ ޖެހެ

The name is already taken The name is available. Register?

އަގީލާ

10 April 2023

އެކްސްޓްރީމިސްޓުން މީހުންގެ ލޭ ހުއްދަކޮށްގެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.

The name is already taken The name is available. Register?

ނަކުވާ

10 April 2023

ރަނގަޅު ވާހަކައެއް..ބިރުވެރިކަމުން ސަލާމަތް ވާނީ މަނަދޫގަ އުޅޭ ގިނަ އަދަދެއްގެ އިންޑިޔާ ބިދޭސީން މަދު ކޮށްގެން އަދި ލާދީނީ ފިކުރުގެ އެކުސްޓުރީމިސްޓުން ބޭރުކޮށްގެން މިމީހުން ސުންނަތާ ވަރަށް ހަސަދަ އޮއްނާނެ.

The name is already taken The name is available. Register?

ވަހީދުބެ

11 April 2023

މަޑުކަށި ފިކުރުގެ މީހުން ބޮއެގެން ވާނުވާގައި ތިބެ ނުވެސް ދަންނަ މީހުންގެ ގަޔަށް ވަޅިހަރާ މަރާފައި އެބަހުރި. ވެދާނެ އޭގެ އެއްޗެއް ބޮއެގެން ވާނުވާގައި ނައީމާ ކަތިލީކަމަށް ވެސް.

The name is already taken The name is available. Register?

ވާނުވާ ވާނުވާ

10 April 2023

ގުރޭޑް 10 ގެ ފެންވަރު ފުލުހަށް ވަންނަން ބޭނުންވަނީ. ފުރަތަމަވެސް އެބަ ލިބޭ 10،000 މަތީގެ މުސާރައާ ހިލޭ ކެއުމާ، ޔުނީފޯމާ، އެމީހައާ އެމީހާގެ މުޅި އައުލާދަށް ޓުރީޓޮޕާ އޭޑީކޭއިން ފުރީ މެޑިކަލް. ދެން އެވެރިން ވަނީ ސުޕޮއިލު. ތިމާމެންނަށް ތިމާމެން ފެނި ނެތް ފެންވަރު ދައްކައިގެން އުޅެނީ. އަސްލު މަސައްކަތެއް ނުކުރެވޭ. އެފެންވަރުވެސް ނެތީ! އަދިވެސް ދައުލަތުގެ ބަޖެޓު ފޫދަންދެން ފުރީ މެޑިކަލު އެމީހުންގެ އައުލާދާ އަވައްޓެރިންނަށް ދަންދޭން ދީ ބަޖެޓު ހުސްކުރޭ!

The name is already taken The name is available. Register?

ބބބވވވ

10 April 2023

ހޫން ރަށްރަށު ކައުންސިލްތަކުގެ މެންބަރުންނަށާ ޑަބްލިއުޑީސީ ގަ އެތިބެނީ ޕީއެޗްޑީ ހޯލްޑަސްހުސް. ގްރޭޑް 5 ގެ ފެންވަރުނެތް އެއްޗެހިންގިނައީ، އެކަން މުސާރަ 11 ހާހުންމަތީގަ.

The name is already taken The name is available. Register?

ފުލުސް

11 April 2023

ޝަރުތު ތަކުގެ އެއްބައި ކިޔާފައި ހަޅޭތިލަވަނީ. އޭގައި އޮންނާނެ 25 އަހަރު ނުވުން ވެސް. އެހެންވީއިރު ޕީއެޗްޑީގެ ފެންވަރުގެ މީހުން ނުލިބިގެން ފުލުސް އޮފީސް ނުހިންގިގެން އުޅެން ޖެހޭނީދޯ؟

The name is already taken The name is available. Register?

ޙިނި

10 April 2023

މޯޓިވްއައް ވެދާނެ އެބުނާ ހިއްހަމަނުޖެހުން، ދެން ބަލާބަލަ ނައީމާ އާދޭތެރޭ ހިއްހަނުޖެހިގެން އުޅުނު މީހުންނަކީ ކޮބައިތޯ. ދެން ގާތިލުގެ ޑީއެންއޭ ނެގޭގެ ބައިލޮޖޮކަލް މެޓީތިއަލް ކްރައިމް ސީންގަ ނޫނީ ނައީމާގެ ހަށިގަންޑުގައި ހުންނާނެ. މޯޓިވް އަކީ ވައްކަން ކަމުގައިވީނަމަވެސް ކްރައިމްސީން އުން ބައިލޮޖިކަން މެޓީރިއަލްހޯދައި ޑީއެންއޭ ނަގައިގެން ހޯދޭނެ.

The name is already taken The name is available. Register?

އަހުލާމު

10 April 2023

ހެކި ހުންނާނީ މިހާރު ނައްތާލާފަ. ލަފާކުރެވެނީ މަރަން ބޭނުންކުރި ހަތިޔާރު ވާނީ ކަނޑު ފައްތާފައޭ.

The name is already taken The name is available. Register?

ވައްޓާލި

10 April 2023

ދޮރު ތަޅުލާފަ ހުރީމަ އެކަމާމެދު އެންމެ ސުވާލު އުފެދެނީ.

The name is already taken The name is available. Register?

ޖުލައި2021

10 April 2023

އެޕޯލޯތަޅެއްވިއްޔާ ތަޅުދަނޑިނެތަސަ ތަޅުލެވޭނެ. ދެން އެހެންކަހަލަ ތަޅެއްވިއްޔާ ގާތިލު ތަޅުދނަޑި ހޯދައިގެން އެކަން ކުރީ..އެހެންވީމަ ތަޅުލެވުނިގޮތް ހޯދުމަކީ މިކޭސް ސޯލްވުކުރަން ވަރަށްމުހިންމުކަމެއް

The name is already taken The name is available. Register?

ބަލަންވީ

11 April 2023

ދޮރުވައްޓާލައިގެން ވަންނަންޖެހުމުން އެ ދޮރު ތަޅުލި މީހެއްގެ ފިންގަޕްރިންޓް ތަޅުގަ ހުންނާނެތާ.

The name is already taken The name is available. Register?

ކޮރަލް

10 April 2023

ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާތީ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ. ނޫސްވެރީން މައުލޫމާތު ހޯދަނީ އަިއްލަ އަށެވެ. ދެން ނޫހުގަ ޖެހީމަ ވާހަކަ އެއް ދައްކާނެ އެވެ.

The name is already taken The name is available. Register?

ޔައުނީ

10 April 2023

މަނަދޫ އަމާންވާނީ އެކްސްޓްރީމިސްޓުންގެ ކިބައިން މަނަދޫ ސަލާމަތްވެގެން. މިފަހަރު ނައީމާ ދެން ކާކުކަމެއް ނޭންގެ.

The name is already taken The name is available. Register?

ހަސީނާ ހާލިދު

10 April 2023

ރަށުގައި ޕޮލިސް ސްޓޭޝަނެއް ހުރެ ތިކަން ކުރި މީހެއް ނުހޯދި މިވަނީ 3 ދުވަސް. އެހެންވީމާ ރާއްޖޭގަ ދެން ހުރި ރަށްރަށުގަ ކިހާ ފަސޭހަވާނެ މީހަކު މަރާފަ ފިލައިގެން އުޅެން. ކާފަމެން ކިޔާތީ އަހަން މީހަކު މަރާފަ ހަމަޖެހިގެން ނުހުރެވޭނެއޭ. ޕްރޮޓެކް އެންޑް ސާވް އޯ. ކަމެއްވާ ބައެއް ނޫން. މެކްސިކޯއަށް މިގައުމު ވެނިމިއްޖެ.

The name is already taken The name is available. Register?

ޮސކސޖޖސ

10 April 2023

ނޫނޭ އަހަރެމެން ރަށު ސީރިއަލް ކިލަރ ވަރަށް އުފަލުގަ އުޅެނީ. މިތާ އޮތް މޑޕ ކައުންސިލަރޭމެންގެ އެހީތެރިކަމާ އެކު ފާޑުފާޑުގެ އެލަވަންސްތައް ވެސް ސަރުކާރުން ލިބޭ.. އެހެން މީހުނަށް ހުރިހާ ގެއްލުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454