މާލޭގައި ހުންނަ އިލާލާ ފިހާރައިގެ ބޭރު. އެ ފިހާރަ އަކީ ފިރިހެނުންނަށް ހާއްސަ ފިހާރައެއް. -- ފޮޓޯ: އިލާލާ
10 އެޕްރީލް 2023 - 13:20
ފިރިހެނުންނަށް ހާއްސަ ހެދުން ވިއްކާ ފިހާރަ އިލާލާގެ އަމިއްލަ ބްރޭންޑް "ކައުރީ"ގެ އާ ޑިޒައިންތަކެއްގެ ގަމީސްތަކެއް ނެރެފި އެވެ.
އިލާލާއިން ބުނި ގޮތުގައި އަލަށް ނެރުނީ ދިވެހިންނާއި ދިވެހި މާހައުލާ ގުޅޭ ޑިޒައިންތަކެވެ. އަދި އަލަށް ނެރުނު ޑިޒައިންތަކުގެ ތެރޭގައި އެކި ކުލަތަކުގެ ޑިޒައިންތައް ހިމަނާފައިވާނެ ކަމަށް ވެސް ބުންޏެވެ.
"ކައުރީ"ގެ އާ ޑިޒައިންތައް ހިމެނޭ ޕޯސްޓެއް.
އިލާލާއިން މި ފަހަރު ތަފާތު 45 ޑިޒައިނެއްގެ ގަމީސް ވަނީ ނެރެފަ އެވެ. މި ގަމީސްތަކުގެ އެކި ސައިޒުތަކާއި ފިޓުތައް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
އިލާލާގެ އަމިއްލަ ބްރޭންޑު "ކައުރީ" ގަމީސްތަކުގެ އާ ޑިޒައިންތައް ދޭތެރެދޭތެރެއިން އަންނަނީ ތައާރަފް ކުރަމުންނެވެ. "ކައުރީ" ބްރޭންޑުގެ ގަމީހުގެ އިތުރުން އެ ބްރޭންޑުގެ އެކި ޑިޒައިންތަކުގެ ފުޅި އާއި ތޮފި އަދި ސޯޓާއި ޓީޝާޓު ވެސް އިލާލާއިން ލިބެ އެވެ.
އިލާލާއިން "ކައުރީ" ބްރޭންޑު ތައާރަފް ކުރީ 2019 ވަނަ އަހަރު އެވެ. އެ ބްރޭންޑުގެ ޕްރޮޑަކްޓުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އިލާލާއިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޝްހަދު ސައީދު / ދެއްވަދޫ
11 April 2023
ތިޔަ ޑިޒައިންތަށް ލާވަރަށްވުރެ ދިވެހި ޒުވާނުން ތިބެނީ މާ ފަލަކޮށް
ގަނޑުބޮނޑަނަ
10 April 2023
މަށަށް ތިޔަ ލާން ކެރޭނީ އެންމެ ކުޑަ މިނުން އުޅަނބޮއްޓާ ހަމަޔަށް އަތް ދިގިއްޔާ. މަގޭ އަތުގެ މަސްކޮޅު މާ ކުޑަ މަގޭ އަނބިގޮއްޔެ އަތުގެ މަސްކޮޅަށްވުރެވެސް...
ކަނަމަނަ
12 April 2023
ދެން ވެއްޖެއްނުދޯ ތިޔަ ގޮނޑީގައި ވެޑުވިގެން އިނދެ ކުރާ މަސައްކަތުގެ އިތުރުން ތަންކޮޅެއް ހެލިފެލިވެ އުޅެގެން ކުރާ ކަމެއްވެސް ކުރަން ފަށާން؟