ފެނަކައިގެ އެމްޑީ ސައީދު (ކ) މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް: ފެނަކައިގެ ދަރަނި ބޮޑުވުމުގެ މައްސަލާގައި ބަހުސް ކުރަން ސަރުކާރުގެ މެމްބަރުން ފުރުސަތެއް ނުދިން.
11 އެޕްރީލް 2023 - 11:25
ފެނަކައިން އެކި ކުންފުނިތަކަށް ދަރާފައި އޮތް މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ، ފެނަކައިން ކުންފުނިތަކާއި ކުދި ވިޔަފާރިތަކަށް 2.8 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ދަރާފައިވާ ކަމަށާއި އެ ފައިސާ ނުލިބުމުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިވެ، މުއައްޒަފުންނަށް މުސާރަ ނުދެވި، ކުދި ވިޔަފާރިތައް ބަނގުރޫޓުވަމުން ދާ ކަމަށެވެ.
ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ފެނަކައިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދެއްކުމުގެ ޝަކުވާ ވެސް ބޮޑުވެފައިވާ ކަމަށާއި ފައިސާ ނުދައްކާ މައްސަލާގައި އެ އޮފީސް ކުރިމަތީގައި އިއްޔެ ބަޔަކު މުޒާހަރާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ފެނަކައިގެ މާލީ ހާލަތު އެ ފެންވަރަށް ގޮސްފައިވީ ނަމަވެސް ސިޔާސީ ކަންކަމަށާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް އެ ކުންފުނި މެދުވެރިކޮށް ހަރަދު ކުރާ ކަމަށެވެ. އެ މުއާމަލާތްތައް ހިންގުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިންގަމުންދާ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާގެ ކުއްލި މައްސަލާގައި ގޮވާލާފައި ވަނީ ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ވީހާ ވެސް އަވަހަށް ދެއްކޭނެ ގޮތެއް ހަމަޖެއްސުމަށާއި ފެނަކައިގެ ދަރަނި ބޮޑުވި ސަބަބު ބެލުމަށް އެ ކުންފުނީގެ މެނޭޖްމަންޓް އަދި ފައިނޭންޝިއަލް އޮޑިޓެއް ހެދުމަށެވެ.
އެމްޑީޕީ އަދި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުގައި ފެނަކައިގެ ދަރަނީގެ ބަހުސް ކުރުމަށް ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 18 ބޭފުޅަކު ވޯޓު ދެއްވީ ބަހުސް ނުކޮށް މައްސަލަ މަޖިލިހުގެ ތަޅުމުން ބޭރު ކޮށްލުމަށެވެ. ބަހުސް ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 15 މެންބަރެކެވެ. އެ މައްސަލަ ފާސްކުރަން 17 ވޯޓު ބޭނުންވެ އެވެ.
ފެނަކައިން އެސްޓީއޯ އަށް އެކަނި ވެސް 1.8 ބިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ. އެ ކުންފުނިން ނުދައްކާ ހުރި ބިލްތަކުގެ ތެރޭގައި 2019 ވަނަ އަހަރުގެ ތެލުގެ ބިލްތައް ވެސް ހުރި ކަމަށް ވެ އެވެ. އަދި 2021 ވަނަ އަހަރު ފެށިގެން މިއަދާ ހަމައަށް އެއްވެސް ބިލަކަށް އެސްޓީއޯ އަށް ފެނަކަ އިން ފައިސާ ދައްކާފައި ނުވާ ކަމަށް ވެ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދޭ، ފެނަކައިން އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ، އަމިއްލަ ބައެއް ފަރާތްތަކުން ވެސް އިއްޔެ ވަނީ ފެނަކަ އޮފީސް ކުރިމަތީގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސޮރު
13 April 2023
ފެނަކަ ވަރައްމަޖާވާނެ. މަސައްކަތް ހޯދަން ލާރި އަޅަންޖެހޭ... ބިލްތައް ލާފަ އަނެއްކާ ލާރި އަޅަންޖެހޭ... އެނޫނީ އެކޮޅުކޮޅުން ޖެހުނަސް ވާނެ ކަމެއް ހަރާން... ހއ.ދިއްދޫ އެސްޕީ އަކަށް މިލިއަނުން ދޭން ޖެހި ނުދޭ، އެކަމަކު ވެލިދޫ ސޮރުގެ ކުންފުންޏަށް ބަރާބަރަށް ޕޭމަންޓްތައް ހެދޭ... މިވާގޮތް ގެސްކޮއްލަބަލަ؟؟؟
ދިގަމުހައްމަދާބެ
13 April 2023
މިދިޔަ އެމްޑީޕީގެ ޕްރައިމަރީއަށް އެކަނިވެސް ގެމަނަފުށިން އެއްވެސް ސްކިލްއެއް ނެތް 15 މީހަކަށް ވަޒީފާދިން. މުޅިން ބޭކާރު މަގާމުތައްދީގެން ދައުލަތުގެ ފައިސާ ޚަރާބު ކުރަނީ. ކުންފުނިތައް ބަނގުރޫޓުވީމަ ވާ ވާހަކަ ދައްކަނީ.
މުސަޅު
12 April 2023
ފަނަކައިގެ ކަންތައް ތިހާ ހިސާބައަށް ދިޔައިރު ރައީސާއަށް ހިލަމެއްވެސް ނުވޭތަ؟
ށާލިހު
12 April 2023
އިންތިޚާބާ ދިމާކޮށް ވަޒީފާ ބަހާނީ ރައީސްގެ މަޝްވަރާގެމަތިން ކަމަށް އެންމެން ވެސް ގަބޫލު ކުރާނެ.
އަލީ
12 April 2023
އަހުރެން މި ކަންބޮޑުވަނީ މިއަދު މަޖިލީހުގަ 33 މެމްބަރުން ތިބީމަ. ކޮބާ ބަކީ ހުރިހާ މެމްބަރުން? މަޖިލީހިގެ ޖަލްސާތަކަށް ގަވާއިދުން ތިހާ ގިނަ މެމްބަރުންނަށް ހާޒިރު ނުވެވެންވީ ސަބަބަކީ ކޮބައިކަން އަހުރެން އެނގެން ބޭނުން.
ކޮރަޕުސަން އައްޕަ
12 April 2023
ކޮންމެ ހަފުތާ ބަންދެއްގައި ރަށްރަށަށް ގޮސް ފެނަކަ ސުޓާފުން ލައްވާ މީނައަށް ގުލާނުކުރުވާފަ ތަޅާނެ އަޗައެއް ތަޅާފަ ވީކުއެންޑު ހަދަން ދައުލަތުގެ ފައިސާ މީނާ ހަރަދުކުރޭ. މި އެއްވެސް އެހެން އެމްޑިއެއް އުޅޭ ގޮތެއްނޫން. މީނަގެ ކޮރަޕުސަނާ ފަސާދަ ހުރީ ސަދޫމުގެ ވެރިން ލެވަލުގައި.
އަލި
12 April 2023
މިފަދަ މަޖިލީހެއްގެ ބެމްބަރެއް ދެން ހޮވަން ހެޔޮނުވާނެ.
މެންބަރު ރާއީ
12 April 2023
ނުދަރާ ވަރެއް ނޫން. ހދ.ކުމުންދޫ ފެނަކާ ގައިވެސް ބޭކާރު އެތަކެއް މަޤާމެއް އުފައްދާފައި. ހަދަން ފަށާފަ ހުރި އިމާރާތްތައް ނުނިމެނީސް އެތަން ތަނަށް މީހުން ނަގާ ވަޒީފާ ދީފަ. އެ ހުރިހާ އެންމެން ވޯކް ކުރަނީ ކުމުންދޫ ފެނަކާގަ. މިއީ މަކުނުދޫ ދާއިރާ މެންބަރު ރާއީ ކޮށްފަ ހުރި ކަންކަން. ނޫސްތަކުން މެންބަރު ރާއީ މިކުރާ ކަންތައް ލިޔާކަށް ނުވޭތަ
އޮނަރަބްލް އަފީފު ދީދީ
11 April 2023
މަޖިލިސް ކޮންމެ މެންބަރަކީ "ޖޮބް ސެންޓަރެއް ކަމުގައިވާނަމަ" ޖޮބް ސެންޓަރު މެދުވެރިކޮށް މަސައްކަތެއް ޒިންމާއެއްނެތް އެތައް ސަތޭކަ ވަޒީފާ ދީފައިވާ މިވައްޒިފުންގެ ވަޒީފާ ތަކަށް ބުރުލެއް އަރާފާނެ ފަދަ މައްސަލައެއް ޖޮބް ސެންޓަރު ތަކުގެ ވެރިން ބެލުމަކީ އަރާ އިށީދިއިން ގޮނފިގަނޑު ކަޑާލުން ފަދަ ކަމެއްކަން މެންބަރުންނަށްވެސް އިގޭނެ. # ނަމަވެސް މީގެ 4 މަސް ފަހުން ތިހުރިހާ މައްސަލަތަކާއި ޙިޔާނާތް ބަލާނެ މީހަކު ސަރުކާރާއި ޙަވާލުވާނެކަން ރައްޔިތުނަށް އިގޭ.
ކުމާރު
11 April 2023
ދެން ހަދަންވީ ޔާމިނު ހެދިގޮތް, ބިލިޔަނެއްހާ ވަރަށް ދެރީމަ އެސްޓީއޯ އާއި ހަވާލު ކޮށްލާ ދަރަންޏާއި އެކު , މިފްކޯ ހަވާލު ކުރި ގޮތަށް.
ޔާމްބެން
13 April 2023
ޔާމީނަށް އެހެން ހަދަން އެނގުނަސް މިހާރު ހުރިމީހާއަށް އެކަހަލަ ކަމެއްކޮށްގެން ވެސް ކުންފުނި ސަލާމަތް ކުރާކަށް ނޭނގޭނެ.
ހުޅުނބު
11 April 2023
ތިޔަ ފެނަކައެއް އުފެދުނީއްސުރެ ކެނޑިނޭޅި އިވެނީ އެތަނުގެ ކޮރަޕްޝަންގެ ވާހަކައާއި ހިންގުން ސަކަރާތްވާހަކަ. އަޅެ މިނޫންވަރެއް އެއްވެސް ސަރުކާރަކަށް ހަމަ ނުވަނީތަ؟