ޚަބަރު / އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)

20 އަހަރު ކުރިން މީހެއްގެ ސައިނަސްގެ ތެރެއަށް ދިޔަ ދަތުގެ ބައެއް އައްޑޫ ހޮސްޕިޓަލުން ނަގައިފި

މީގެ 20 އަހަރު ކުރިން މީހެއްގެ ސައިންސްގެ ތެރެއަށް ދިޔަ ދަތުގެ ބައި، އޮޕަރޭޝަން ކޮށްގެން ނަގަނީ. -- ފޮޓޯ: އޭއީއެޗް

މީގެ 20 އަހަރު ކުރިން މީހެއްގެ ސައިނަސްގެ ތެރެއަށް ދިޔަ ދަތުގެ ބައެއް އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިއްޔެ ނަގައިފި އެވެ.

އޮޕަރޭޝަން ކޮށްގެން ނެގި އެ އެތިކޮޅާ ގުޅޭ ގޮތުން އޭއީއެޗުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ މާލޭގެ ހޮސްޕިޓަލަކުން ދަތެއް ނެގުމުގެ ތެރޭގައި މީހެއްގެ ސައިނަސްގެ ތެރެއަށް ދިޔަ އެތިކޮޅެއް ކަމަށެވެ.

އޭއީއެޗުން ބުނީ، އެންޑޮސްކޯޕީ މެދުވެރިކޮށް ދަތުގެ އެތިކޮޅު ނެގީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ކަރުންމަތީގެ ހާއްސަ ޑޮކްޓަރުންގެ ޓީމުން ކަމަަށެވެ. އެއީ އެ ހޮސްޕިޓަލުގައި މި ކަހަލަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ބުންޏެވެ.

މީގެ 20 އަހަރު ކުރިން މީހެއްގެ ސައިންސްގެ ތެރެއަށް ދިޔަ ދަތުގެ ބައި، އޮޕަރޭޝަން ކޮށްގެން ނަގައިފައި. -- ފޮޓޯ: އޭއީއެޗް

"ގާތްގަޑަކަށް ދޮޅުގަޑިއިރެއް ހާއިރުގެ މި ސާޖަރީ އަށް ފަހު ކާމިޔާބު ކަމާއެކު އޭއީއެޗްގެ އީއެންޓީ ސާޖަނުންނާއި ހޭނައްތާ ޑޮކްޓަރުން އަދި ނަރުހުންގެ ޓީމުން ވަނީ ދަތުގެ އެތިކޮޅު ނަގައިފަ އެވެ،" އޭއީއެޗްގެ ބަޔާނުގައިވެ އެވެ.

އައްޑޫ ހޮސްޕިޓަލުން ބުނިގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ ސިއްހީ ބޮޑެތި ކުރިއެރުންތައް ހޯދައިފަ އެވެ.

ލެޕްރޮސްކޯޕިކް ކޮލެސިސްޓެކްޓޮމީ އާއި ހިސްޓެރެކްޓޮމީ އާއި ކަކުލުހުޅު ބަދަލުކުރުން ފަދަ ސާޖަރީތައް މިހާރު އޭއީއެޗުން ކާމިޔާބު ކަމާއެކު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

5 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 10%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

12 April 2023

މާލޭގައި ކުދި ކުދި ތަންތަންކޮޅުގައި ބޮޑު ކުއްޔަށް އުޅެފަ އެމައްސލަަ ޖައްސާ އައްޑޫ ރައްޔިތުން އަވަހަށް އެކޮޅަށް ބަދަލުވާންވީ.

The name is already taken The name is available. Register?

ޙަބީބު.

12 April 2023

ދެންއަވަހައް މާލެ ދޫކޮއްފަ އަރާމުގަ ދިރިރިއުޅެން އަފިރިން ރަށައްމިދަނީ މާލޭގަ މިހެންއުޅުމައްވުރެ ރަށުގަ އުޅެންމާފަސޭހަވެފަ މަޖާވެފަ ލާރިވެސް ފޮރުވޭނެ ހުރިހާ އައްޑޫ ކޫދުން ހިނގާ އެޔެންމިކޯ މިހާރު ބޭސްވެރިކަން މިހިރީ ލިބެން

The name is already taken The name is available. Register?

އައްޔަ ބޮޑޭ

11 April 2023

ތިއެތިކޮޅުނެގީ އޭގެސަބަބުން އުނދަގޫވާތީތޯ,ނޫނީހަމަނަގާހިތުން ނެގީތޯ, ވިހިއަހަރު ދުވަސް ވަންދެން ނުނަގަ ބޭންދީ އެވަރުގެ ޑޮކްޓަރަކާ ދިމާނުވާތީތޯ,

The name is already taken The name is available. Register?

ދިލްޖިގަރު

12 April 2023

އެހެންތޯ؟ ކީކޭތޯ؟ ތޯއިފް ތޯ؟

The name is already taken The name is available. Register?

الحمدلله

11 April 2023

އެމީހާގެ ތަކުލީފަށް ޝިފާ މިންވަރު ކުރެއްވެވި ﷲ سبحانه وتعالى އަށް ޙަމްދު ކުރަމެވެ. الحمدلله رب العالمين!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454