ރިޕޯޓް

ފޮޓޯ ސްޓޯރީ: ގަދަ ފެހިކަމާއި ފަހިކަން: ޣާލިބާގެ ލޯތްބާ އެކު!

13 އެޕްރީލް 2023 - 07:51

4 comments

މި ގޭގެ މަގުން ހިނގާފައި ދިޔަޔަސް، މިއީ ވަރަށް ފެހިކަން ގަދަ ގެއެއްކަން ޔަގީން ވާނެ އެވެ. ގޭގެ މައި ދޮރާށި މައްޗަށް އަރުވާފައި އޮތް އެކި ބާވަތުގެ ގަސްތަކުން އެކަނި ވެސް އެ ގެނެސްދެނީ އާދަޔާހިލާފު ރީތިކަމެކެވެ.

މިއީ، ފ. ދަރަނބޫދޫ ފާތިމަތު ޣާލިބާގެ މަސައްކަތެވެ. އޭނާގެ ގޭތެރޭގައި ވަނީ ހުސް ބަގީޗާ ގަހެވެ. ގެއިން ނުކުމެލައިގެން ތަންކޮޅަކަށް ހިނގައިގަންނަތަނާ ފެންނަނީ އޭނާގެ ދަނޑުތަކެވެ.

ޣާލިބާގެ ގޭގެ ދޮރޯށި މައްޗަށް އަރުވާފައިވާ ގަސްތައް: އޭނާ ބަގީޗާ ގަސް ހައްދަން ފެށިތާ މިހާރު ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. އޭނާ ބުނާ ގޮތުން އޭނާގެ ގޭގައި 100 އަށް ވުރެ ގިނަ ބަގީޗާ ގަސް އެބަހުރި. އެއީ އޭނާގެ ހޮބީއަކަށް ވިޔަސް، ބަގީޗާ ގަސްތައް ވިއްކައިގެން ވެސް ކޮންމެވެސް ވަރަކަށް އާމްދަނީ ލިބޭ. -- ފޮޓޯ: މިހާރު

ޣާލިބާގެ ދަނޑެއްގައި އޭނާ ހައްދަން ފަށައިފައިވާ މިރުސް ގަސްތައް: އޭނާގެ ގޭ ކުރިމަތީގައި އޮންނަ ބިމުގައި އޭނާ އަންނަނީ ހެޔޮވަރުގެ ދަނޑުވެރިކަމެއް ކުރަމުން. އޭނާ ގިނަ އަދަދަކަށް މިރުހާއި ފަޅޯ ހައްދާ. އަދި ކަރަ އާއި ރޮކްމެލަން އާއި ލެޓިއުސް އާއި ކޮޕީފަތާއި ބަރަބޯ ވެސް ހައްދާ. -- ފޮޓޯ: މިހާރު

ޣާލިބާގެ ދަނޑުގައި ހުރި މިރުސް ގަސްތައް ދައްކާލަނީ: އޭނާ ބުނާ ގޮތުން އެކަށީގެންވާ ގޮތަކަށް ދަނޑުވެރިކަން ކުރެވޭ މަސްމަހު، އާމްދަނީގެ ގޮތުގައި މަހަކު 15،000ރ. ވެސް ލިބޭ. މި ރޯދަ މަހަށް ވެސް އޭނާގެ ދަނޑުތަކުގައި ވަރަށް ގިނަ ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ ހެއްދި. އެ ތަކެތި އޭނާ ވިއްކަން ފޮނުވަނީ މާލެ އަށް -- ފޮޓޯ: މިހާރު

ޣާލިބާ ހައްދާފައި ހުރި ފަޅޯތަކެއް: އޭނާގެ އެއް ދަނޑު ހާއްސަކޮށްފައި ހުރީ ފަޅޯ ހައްދަން. އެ ދަނޑުގައި އޭނާ ފަޅޯ ހައްދާތާ އެތައް ދުވަހެއް. އޭނާ މި ދަނޑުތައް ބަލަހައްޓަނީ ވެސް ވަރަށް ފަރުވާތެރިކަމާ އެކު. އޭނާ ބުނާ ގޮތުން ކޮންމެ ދުވަހަކު ވެސް ދޭތެރެއެއް ހާވާލައިފައި ބަގީޗާ ގަސްތަކަށް ފެންދީ، އަދި ދަނޑުތަކަށް ގޮސް އުޅެ ހަދާ -- ފޮޓޯ: މިހާރު

ޣާލިބާ އޭނާގެ ދަރިފުޅަކާ އެކު ދަނޑަށް ދަނީ: އޭނާ އަކީ ތިން ކުދިންގެ މުރާލި މަންމައެއް. އޭނާ ބުނާ ގޮތުން ދަނޑުވެރިކަމުގެ އެކި އެއްޗެހި ހައްދާތާ މިހާރު 18 އަހަރުވެއްޖެ -- ފޮޓޯ: މިހާރު

ޣާލިބާ ދަނޑުގައި: ދަރަނބޫދޫ އަކީ މަޑުމަޑުން ދަނޑުވެރިކަން އާލާ ވާން ފަށައިފައި އޮތް ރަށެއް. މި ރަށުގައި ދަނޑުވެރިކަމަށް ބިންތައް ދޫކުރަން ފެށުމާ އެކު އެ ބިންތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރޭ. މި ރަށުން އެންމެ ގިނައިން ހައްދަނީ ކަރަ އާއި ރޮކްމެލަން. -- ފޮޓޯ: މިހާރު

ޣާލިބާ އޭނާގެ ދަރިފުޅާ އެކު ދަނޑަށް ދަނީ: ދަނޑުވެރި ކަމުގައި އޭނާ އަށް ދެން އެހީތެރިކަން ފޯރުކޮށްދޭ މީހަކީ އޭނާގެ ފިރިމީހާ. އެ ތަކެތި މާލެ ފޮނުވުމުގައި އޭނާ އަށް ފިރިމީހާގެ އެހީތެރިކަން ލިބޭ -- ފޮޓޯ: މިހާރު

ޣާލިބާގެ ގޭގައި ހައްދާފައި ހުރި ބަގީޗާ ގަސްތަކެއް: އޭނާ ބުނާ ގޮތުން ބަގީޗާ ގަސް ހައްދަނީ އޭނާ ކުރާ ހިތްވާ ކަމަކަށް ވާތީ. މީގެ އަހަރުތަކެއް ކުރިން އޭނާ، ކައިރީގައި އޮތް ދ. ކުޑަހުވަދު އަށް ބަދަލުވެ، އެ ރަށުގައި ވެސް ވަރަށް ފުޅާކޮށް ބަގީޗާ ގަސް ހައްދައި އެ ވިއްކައި ވެސް ހެދި. -- ފޮޓޯ: މިހާރު

ޣާލިބާގެ ގޭގައި ހައްދާފައި ހުރި ބަގީޗާ ގަސްތަކެއް: އޭނާ ބުނާ ގޮތުން މި ރަށުގައި ބަގީޗާ ގަހަށް އެހާ ވަރެއްގެ މާކެޓެއް ނެތް. އެކަމަކު ކުޑަހުވަދޫގައި އުޅުނު އިރު އެ އަތޮޅަށާއި ތ. އަތޮޅަށް އެ ތަކެތި ފޮނުވޭނެ ފަސޭހަ މަގެއް އޮތުމުން އެ ދެ އަތޮޅުގެ އެކި ރަށްރަށުން ބަގީޗާ ގަހަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް -- ފޮޓޯ: މިހާރު

ގާލިބާގެ ގޭގައި ހައްދަން ފަށާފައި ހުރި މިރުސް ގަސްތަކެއް: އޭނާގެ ގޭގެ ވަރަށް ބޮޑު ބައެއް ހުސްކޮށްފައި އޮތީ ދަނޑުވެރިކަމަށް މުޑުވައް ކުރުމާއި ބަގީޗާ ގަސްތަކަށް. އޭނާ ބުނާ ގޮތުން މުޑުވައް ހޯދަނީ އެކި ރަހުމަތްތެރިންގެ ފަރާތުންނާއި ގަނެގެން -- ފޮޓޯ: މިހާރު

ޣާލިބާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ވަރަށް ގިނަ ފަތްކެޔޮ ވެސް ހުރީ ހައްދާފައި: އެކަށީގެންވާ ވަރަަށް މި ރޯދަ މަހު ފަތްކެޔޮ ލިބޭނެ ކަމަށް އޭނާ ބުނޭ -- ފޮޓޯ: މިހާރު

ޣާލިބާގެ ގޭތެރެ: އޭނާ ބުނާ ގޮތުން އޭނާގެ ހައްދާ ބަގީޗާގެ ވައްތަރުތައް 100 އަށް އަރާއިރު އޭގެ ތެރޭގައި މީހުން ބޭނުންވާ ވަރަށް ގިނަ ވައްތަރުތައް ވެސް ހިމެނޭ. އާންމުން އެންމެ ގިނައިން އޭނާގެ އަތުން ގަންނަނީ ޖަޕާން ރޯޒް އާއި ބެޑް ރޯސް -- ފޮޓޯ: މިހާރު

ޣާލިބާގެ ގޭގައި ފެހިކަމާއި މާމެލާމެލީގެ ރީތިކަން: އޭނާ މި މަސައްކަތް ކުރަނީ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން. މި މަސައްކަތުން އޭނާ އަށް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑު -- ފޮޓޯ: މިހާރު

ޣާލިބާގެ ގޭގައި ކެކްޓަސް: އޭނާގެ ގޭގެގ ގޯތި ތެރޭގައި ކެކްޓަސްގެ ތަފާތު ވައްތަރުތައް ވެސް އެބަހުރި. ޣާލިބާ ބުނާ ގޮތުން ރަށު މީހުން ބޭނުންވެއްޖިއްޔާ އޭނާގެ ބަގީޗާ އިން ކުރި އެއްޗެހި ހިލޭ ދޭނެ. އަދި މިހާރު ވެސް އަންނަނީ ދެމުން -- ފޮޓޯ: މިހާރު

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 92%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑިމޮކްރަސީ

13 April 2023

ވަރަށް ހީވާގި ކެރޭ އަންހެނެއްތީ މޫނު ބުރުގާ އަޅާ މީހުންގެ ފަހަތުން ނެއްޓިގެން ނޫޅެވޭމީހުންނަށް ރަގަޅު ފިލާވަޅެއް މީގެން އެގޭ އެއްޗަކީ އަޅާ ބުރުގާއަކުންނޫންކަން މީހުން މީހުންނަށްވަނީކީ އެމީހުންގެ ހިއްވަރާ މިންނަތުންކަން

The name is already taken The name is available. Register?

އަމީނު

18 April 2023

މޫނު ބުރުގާ އަޅައިގެން ކިހިނެއް އިންޓަވިއު ދޭނީ. ކިހިނެއް މުޖުތަމައައް ނުކުމެމަސައްކަތް ކުރާނީ. މޫނު ބުރުގާ އަކީ ފޮތި ނޫންކަން މި މީހުންނަށް ނޭގެނީ ބާ

The name is already taken The name is available. Register?

އިޙްސަސް

13 April 2023

ތިތަނުން ގަސްކޮޅެއް ގަންނަން ބޭނުން.

The name is already taken The name is available. Register?

ޖައުސަާ

13 April 2023

ތިކުރާ ހިއްވަރަށް ސާބަސް. ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454