ދުނިޔެ / މަސްޖިދުލް ހަރާމް

ހަރަމްފުޅުގެ ތަޅުމުގެ ފިނިކަމުގެ ސިއްރަކީ ކޮބާ؟

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖަހާފައި

13 އެޕްރީލް 2023 - 07:53

7 comments

ޢުމްރާ އަށް ނުވަތަ ހައްޖަށް މައްކާ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކުމެ އެންމެ ޝައުގުވުރިވާ ތަނަކީ މައްކާގެ މަސްޖިދުލް ހަރާމް (މައްކާ ޙަރަމްފުޅު) އެވެ. ގަނޑުވަރެއް ފަދައިން އުސްކޮށް ބިނާކޮށްފައި ހުރި އިމާރާތުގެ ބިޔަ ދޮރޯށި ތެރެއިން ވަދެގެން ގޮސް، މާތްވެގެންވާ ގެފުޅު ހަމަލޮލަށް ފެންނަން ފަށާ ވަގުތު ހިތަށް އެ ލިބެނީ ބަޔާންނުކުރެވޭ ފަދަ ފިނިކަމަކާއި އުފާވެރިކަމެކެވެ.

މިސްކިތުގެ ތަޅުން ހުރަސްކޮށް ގެފުޅާ ދިމާލަށް ކުރިއަށް ޖެހި، ގެފުޅުގެ ވަށައިގެން އޮންނަ މަޠާފް (ޠަވާފްކުރާ ސަރަހައްދު) ގައި ފައި ތިލަ ޖެހުމާ އެކު، ފައިގެ ދަށް ފުށުން ފެށިގެން މުޅި ހަށިގަނޑަށް ފެތުރިގެން އެ ދާ ފިނިކަމާ މެދު ކޮންމެ މީހެއްގެ ހިތުގައި ވެސް ސުވާލު އުފެދޭނެ އެވެ. ކިތަންމެ ފިންޏަސް އަދި ކިތަންމެ ހޫނަސް، ދުވާލު ވެސް އަދި ރޭގަނޑުވެސް ހަމަ އެއް މިނެއްގައި އެ ފިނިކަން އިހްސާސް ކުރެވޭނެ އެވެ.

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް 1979 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ދަނީ

މައްކާގެ ޙަރަމްފުޅާ އެއްފަދައިން މަދީނާގެ ހަރަމްފުޅުގެ ތަޅުމުން ވެސް ހަމަ މި ފިނިކަން އިޙްސާސް ކުރެވޭނެ އެވެ. އަދި މޫސުން ބަދަލުވިޔަސް ނުވަތަ ހޫނުމިން އާދަޔާ ޚިލާފަށް މަތިވިޔަސް، ހަމަ އެ ފިނކަން އިހްސާސް ކުރެވޭނެ އެވެ.

މައްކާ ހަރަމްފުޅު ސަރަހައްދުގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސް ފަހަނައަޅައި ދާއިރު ވެސް، މަޠާފްގެ ތަޅުމުގައި އެ ހުންނަ ފިނިކަމަށް ބަދަލެއް ނާދެ އެވެ. މިއީ އެއާ ކޮންޑިޝަނާއި ފިނިކުރެވޭނެ އެހެން ވަސީލަތްތަކުގެ ޒަމާންކަމަށް ވުމުން، މާ ބޮޑު ވިސްނައިލުމެއް ނެތި ގިނަ ބަޔަކަށް ގަބޫލު ކުރެވޭނީ، މަޠާފްގެ ތަޅުންގަނޑުގެ އަޑީގައި ފިނިކޮށްދޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ.

ގްރީސްގެ ތާސޮސް ޖަޒީރާގައި ހުންނަ ފަރުބަދައިން ހުދު ކުލައިގެ މަރުމަރު ހިލަ ކެނޑުމުގެ މަސައްކަތް ކުރިއަށް ދަނީ

ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. މަޠާފްގެ ތަޅުމުގައި ހުންނަ ފިނިކަމުގެ އަސްލަކީ، ގެފުޅުގެ ވަށައިގެން ޖަހާފައި ހުރި ހުދު ކުލައިގެ މަރުމަރު ހިލަ އެވެ. މުޅި ދުނިޔޭގައި ވެސް މި ބާވަތުގެ މަރުމަރު ހިލަ ހުންނަނީ، އޭޖީ ކަނޑުގެ އައްސޭރީގައި، ގްރީސްގެ އުތުރުގައި އޮންނަ ގްރީކްގެ ރަށެއް ކަމަށްވާ ތާސޮސް ޖަޒީރާގަ އެވެ. އެހެންކަމުން މި ބާވަތުގެ މަރުމަރު ހިލަ އަށް ކިޔަނީ "ތާސޮސް މާބްލް" އެވެ.

މައްކާގެ ޙަރަމްފުޅު ސަރަހައްދަކީ މަރުމަރު ހިލަ ޖަހައިގެން މިހާތަނަށް ތައްޔާރުކޮށްފައި އޮތް އެންމެ ބޮޑު ސަރަހައްދެވެ. މައްކާގެ ހަރަމްފުޅުގައި ބޭނުންކުރުމަށް ތާސޮސް މަރުމަރު ހިލަ ގެންނަނީ ވެސް، ގްރީކުންނެވެ.

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް 1979 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ދަނީ

މަޠާފް ސަރަހައްދުގައި މީގެ އެތައް އަހަރެއް ކުރިން އޮންނަނީ ވެލި ލައި އޮމާންކޮށްފަ އެވެ. އަދި އޭގެ ފަހުން ތަޅުން އަޅައިފަ ވެސް ވަކި ދުވަސްވަރެއްގައި އޮތެވެ. އެއަށް ފަހު، މަޠާފްގައި މަރުމަރު ހިލަ ޖަހައި ޒީނަތްތެރިކުރީ، ގިނަ ބަޔަކަށް އެއްފަހަރާ ޠަވާފް ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، މަޠާފް ބޮޑުކުރުމަށް، ސައޫދީގެ އޭރުގެ ރަސްގެފާނު ޚާލިދު ބިން އަބްދުލް އަޒީޒް، ހިޖްރައިން 1398 (މީލާދީން 1978) ވަނަ އަހަރު ފެއްޓެވި މަޝްރޫއުގެ ތެރެއިންނެވެ.

ތާސޮސް މަރުމަރު ހިލަ އަކީ، އުފެދުމުގައި ވެސް އަދި އެކުލެވިގެންވާ ގޮތަށް ބަލާއިރު ވެސް، އެހެން ކުލަތަކާއި އެހެން ބާވަތްތަކުގެ މަރުމަރު ހިލަތަކާ މުޅިން ތަފާތު ހިލައެކެވެ. އަދި މިއީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ހުދު މަރުމަރު ހިލަ އެވެ.

މައްކާގެ ހަރަމްފުޅުގައި ތާސޮސް މަރުމަރު ހިލަ ޖެހުމުގެ މަސައްކަތް 1979 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ދަނީ

ތާސޮސް މަރުމަރު ހިލަ އުފެދިފައި ހުންނަ ގޮތުންނާއި އޭގެ ހުދުކަމުން، އިރުގެ ދޯދިތައް އެ ހިލައިގައި ޖެހުމާއެކު އެނބުރި ފަޒާގެ ތެރެއަށް އަރައިގެން ދެ އެވެ. ނަތީޖާއަކަށް ވަނީ އެ ދޯދިތަކާ އެކުގައިވާ ހޫނުކަން ވެސް، އެ ހިލައިގައި ޖެހުމާ އެކު، ހިލައިގައި ހަރުލުމުގެ ބަދަލުގައި އެނބުރި ފަޒާގެ ތެރެއަށް އަރައިގެން ދިއުމެވެ.

މިއީ އެހެން އެއްވެސް ބާވަތެއްގެ ގްރެނައިޓެއްގައި ވެސް އަދި މާބްލްއެއްގައި ވެސް ހުންނަ ސިފައެއް ނޫނެވެ. އަދި ތާސޮސް މަރުމަރު ހިލައިގައި އެކުލެވޭ ފުއްތަކަކީ ވެސް، އެހެން ބާވަތްތަކުގެ މަރުމަރު ހިލައިގައި އެކުލެވޭ ފުއްތަކަށްވުރެ މާ ކުދި ފުއްތަކެކެވެ. އެހެންކަމުން މި ބާވަތުގެ މަރުމަރު ހިލައަކީ، މަރުމަރު ހިލައިގެ ބާވަތްތަކުގެ ތެރެއިން ވެސް އެންމެ ވަރުގަދަ އަދި ޚާލިސް ބާވަތެވެ.

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ

މަޠާފްގެ ތަޅުމުގައި ޖަހާފައި ހުރި ތާސޮސް މަރުމަރު ހިލައިގެ ބޯމިނަކީ އެންމެ ފަސް ސެންޓިމީޓަރެވެ. މި ބާވަތުގެ މަރުމަރު ހިލައިގެ އެންމެ ޚާއްސަ އަނެއް ސިފައަކީ، އޭގައިވާ ފިނި ހިފެހެއްޓުމުގެ އާދަޔާ ޚިލާފު ގާބިލުކަމެވެ. އެ ބާވަތުގެ ހިލައިގައި ހުންނަ ލޮލަށް ފާހަގަ ނުކުރެވޭހާ ހިމަހިމަ ލޯވަޅުތަކުގެ ޒަރީއާއިން، ޖައްވުގައި ހުންނަ ތެތްކަން ހިލައިގެ އެތެރެއަށް ދަމައިގަނެ އެވެ.

މިހެންވުމުން، ދުވާލުގެ ވަގުތުގައި ތާސޮސް މަރުމަރު ހިލައިގައި ފިނިކަމަށް ވުރެ، ރޭގަނޑުގެ ވަގުތުގައި އެ ބާވަތުގެ ހިލައިގައި ހުންނަ ފިނިކަން ގަދަ އެވެ. ނަމަވެސް އެއީ، ހުސްފައިގައި އުޅޭ މީހަކަށް ވެސް، އުނދަގޫވާ ވަރުގެ ފިންޏެއް ނޫނެވެ.

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ

އަދި ދުވާލުގެ ވަގުތު ޖެހުމުން، ހިލައިގެ އެތެރޭގައި ރައްކާކޮށްފައި ހުރި ތެތްކަން އޭގެ ހިމަހިމަ ލޯވަޅުތަކުގެ ޒަރީއާއިން ބޭރުކުރަން ފަށަ އެވެ. އަދި އެ ތެތްކަން ހިލައިގެ މަތީ ފަށަލައިގައި ހަރުލާ ހުރުމުންނާއި، ހިލައިގެ މަތީ ފަށަލައިގައި ޖެހޭ އިރު ދޯދިތައް އަނބުރައި ފޮނުވައިލާތީ، ކިތަންމެ ހޫނު ގަދަ ދުވަހެއްގައި ވެސް، އެ ބާވަތުގެ ހިލައިން އަބަދުވެސް ފިނިކަން އިހުސާސް ކުރެވޭނެ އެވެ.

ސައޫދީ އަރަބިއްޔާ އަށް ބޭނުންވާ މި ބާވަތުގެ ހިލަ ގްރީކުން އެކްސްޕޯޓް ކުރަނީ ބޮޑެތި އެތިގަނޑުގަނޑުގެ ގޮތުގަ އެވެ. އެއަށް ފަހު ސައޫދީގައި އަމިއްލަ މީހުން ހިންގާ ޚާއްސަ ކާރުޚާނާތަކެއްގައި އެ ހިލަގަނޑުތައް، ބޭނުންވާ ބޯމިނަކަށް އަދި ބޭނުންވާ ބޮޑުމިނަކަށް ކަފައި، ޝީޓްތަކެއްގެ ގޮތުގައި ތައްޔާރުކުރެ އެވެ. އެ މަސައްކަތް ކުރިއަށް ދާއިރު، ކަނޑައެޅިފައިވާ މިންގަނޑުގައި އެ ޝީޓްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ޚާއްޞަ ފަންނީ ޓީމެއް ހަރަކާތްތެރިވާނެ އެވެ.

މައްކާގައި ހުންނަ މަސްޖިދުލް ޙަރާމް

މަޠާފްގައި ތާސޮސް މަރުމަރު ހިލައި ޖަހާފައިވަނީ، އެ ތަނުގެ އަޑީގައި އެތައް ނިޒާމެއް ގާއިމުކުރުމަށް ފަހު އެވެ. އޭގެ ތެރެއިން އެއް ނިޒާމަކީ، މަޠާފްގެ އަޑީގައިވާ ފެން ހިންދާ ނިޒާމެވެ. ވާރޭ ވެހުމުން މަޠާފް ސަރަހައްދަށް ޖަމާވާ ހުރިހާ ފެނެއް މަދު މިނެޓްކޮޅެއްގެ ތެރޭގައި ހިންދައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މަޠާފްގެ އަޑީގައިވާ އަނެއް މުހިންމު ނިޒާމަކީ ޒަމްޒަމް ވަޅުން ފެން ނެގުމުގެ ނިޒާމެވެ. މައްކާ އާއި މަދީނާގެ ހަރަމްފުޅަށް ބޭނުންވާ މިންވަރަށް ޒަމްޒަމް ފެން ނެގޭނެ ޒަމާނީ ވަސީލަތްތައް، މަޠާފްގެ އަޑީގައި ގާއިމުކޮށް، ޒަމްޒަމް ވަޅާ ވަނީ ގުޅައިފަ އެވެ. އަދި ޒަމްޒަމް ވަޅުން ނަގާ ފެން، ހަރަމްފުޅުން ބޭރުގައި ގާއިމުކޮށްފައި ހުންނަ ޚާއްސަ މަރުކަޒަކަށް ޖަމާކުރުމަށް ފަހު، މައްކާގެ ހަރަމްފުޅުގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުންނަ އިސްކުރުތަކަށް ފެން ފޮނުވޭނެ ނިޒާމު ވަނީ ގާއިމުކޮށްފަ އެވެ.

7 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 7%
icon angry icon angry 2%
icon wow icon wow 4%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢުއްމީން

19 April 2023

ޟަރުމަރު ހިލައިގައި ޕެސިފިކް ހީޓް ކެޕޭސިޓީ ދައްވާނެ. ޢިސްލާމީ މަރުކަޒުގެ ސިޑިތައްވެސް އެހެރީ އެހިލައިން. މިއީ މޫޖިޒާތަކުން ވީ ކަމެއް ނޫން

The name is already taken The name is available. Register?

ފެން

16 April 2023

މާޝާﷲ. މާތް ﷲ މިބިމުގައި ލެއްވި އެންމެ މާތް ތަނަށް އެންމެ ފުރިހަމަކަން ލިބޭނެ ގޮތް މެދުވެރިކުރައްވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން.

The name is already taken The name is available. Register?

އެއީ ބިމުގައި ލައްވާފައިވާ ޤުދުރަތީ ޚަޒާނާއެއް

13 April 2023

މަރުމަރު ހިލަ ކަނޑަނީ ގްރީސް ގެ ތާސޮސް ޖަޒީރާގައި ހުންނަ ފަރުބަދައިން ކަން ލިއުމުގައި އެވަނީ ފޮޓޯ އާއިއެކު ހާމަކޮށްފަ އެވެ. ފަރުބަދައަކީ ބިންމަތީ ލައްވާފައިވާ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ވަރުގަދަ ހެއްކެކެވެ. އެހެންކަމުން އެއީ މާތްﷲ ބިންމަތީގައި ލައްވާފައިވާ އަގުހުރި ޚަޒާނާއެކެވެ. ލިއުމެއް ވިއްޔާ އެއްކޮށް ކިޔާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

The name is already taken The name is available. Register?

މާހިރު ވަޖުދީ

13 April 2023

މި ހިލަ އުފެއްދީ އިންސާނެއް ނޫންކަން މި ލިޔުމުން އެނގެނި. މި ހިލަ އުފެއްދި ފަރާތެއް ވާންޖޭހެނޭ ކޮންމެހެންވެސް. ކޮން ފަރާތަކުންބާ އުފެއްދި؟

The name is already taken The name is available. Register?

ހާލުގެ ދުލުން

13 April 2023

ޝައްކެއްވެސް ނެތް ފަރުބަދަތައް އުފެއްދެވީ މާތްﷲ.

The name is already taken The name is available. Register?

ނާޒިމް ސައްތާރު

16 April 2023

ސައުދީގެ ފެކްޓަރީ ތަކުން

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

13 April 2023

މައުލޫމާތުން ފުރިގެންވާ ފުރިހަމަ ލިޔުމެއް. ކިޔައިނިންމާފާ މަތި ބަލާލިއިރު ކާކުގެ ލިޔުމެއްކަމެއް ނޭންގުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454