ބޭންކް އޮފް މޯލްޑިވްސްގެ މާސްޓާކާޑު ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ބާއްވަނީ-- ފޮޓޯ: ބީއެމްއެލް
13 އެޕްރީލް 2023 - 12:02
ބީއެމްއެލް އިން މާސްޓަކާޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.
އެ ބޭންކުން ބުނީ ތުރުކީގެ އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބެލުމުގެ ފުރުސަތު މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާ އެކު ދެ މީހަކަށް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަންގައި މާސްޓަކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެ އިން އަންނަ މަހުގެ 9 ވަނަ ދުވަހަށެވެ.
މިދިޔަ އަހަރު ފެށި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ ޖޫން 10 ވަނަ ދުވަހު އެވެ.
މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާ އެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
13 April 2023
ތިކަންކުރާން "ލިންކަކަށް" ފިތާކަށް ނުޖެހޭނެތަ؟! އަދި UEFA Cup މެޗް ބަލާންދާން ބެންކް އޮފް މޯލްޑިވްސް އަކުން "ނުގުޅާނެ" ތަ؟! ކޮންމެވެސް ވަރަކަށް މިވާހަކަ ވެސް ބުނެލިނަމަ. ހާދަބައެކޭ ތިތަންދެކެ ބިރުގަންނަނީ.