މިސް އިންޑިއާގެ މަގާމަށް ހޮވުނު ނަންދިނީ ގުޕްތާ
16 އެޕްރީލް 2023 - 11:20
މަޝްހޫރު ބިއުޓީ ޕޭޖަންޓް "މިސް ވޯލްޑް" ގެ 71 ވަނަ އެޑިޝަންގައި އިންޑިއާ ތަމްސީލުކުރާ ބައިވެރިޔާ ހޮވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްްވި ހަފްލާއެއްގައި "މިސް އިންޑިއާ" ނުވަތަ "ފެމިނާ މިސް އިންޑިއާ ވޯލްޑް" ގެ ތާޖު ލިބިފައި ވަނީ ރާޖަސްތާނުގެ 19 އަހަރުގެ ނަންދިނީ ގުޕްތާ އަށެވެ.
މިސް އިންޑިއާގެ މަގާމަށް ހޮވުނު ނަންދިނީ ގުޕްތާގެ ބޮލުގައި ތާޖު އަޅުވަނީ
އިންޖިނޭރުންނާއި ސިއްހީ ދާއިރާގެ މީހުން ތަމްރީނުކޮށްދިނުމުގައި މަޝްހޫރު ރާޖަސްތާނުގެ ކޯޓާ ސިޓީއަށް އުފަން، ނަންދިނީ ވަނީ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ ނިއު ދިއްލީން ވާދަކުރި ޝްރެޔާ ޕޫންޖާ އެވެ. އަދި ތިން ވަނަ އަށް ދިޔައީ މަނިޕޫރުގެ ސްޓްރެލާ ލުވާންގެވެ.
ނަންދިނީގެ ބޮލުގައި ތާޖު އެޅުވި މަންޒަރު ފެންނަ ފޮޓޯއަކާ އެކު "މިސް އިންޑިއާ" ގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ ނަންދިނީ އަށް ތައުރީފްކޮށްފަ އެވެ. އަދި އަންނަ މަހު ޔޫއޭއީގައި ބާއްވާ "މިސް ވޯލްޑް" ގައި އޭނާ ވާދަކުރާ މަންޒަރު ބެލުމުގެ އިންތިޒާރުގައި ތިބި ކަމަށް ބުނެފައިވެ އެވެ.
އިންޑިއާގެ މަނިޕޫރުގައި ބޭއްވި 59 ވަނަ "މިސް އިންޑިއާ" ބިއުޓީ ޕެޖެންޓުގެ ހަފްލާގައި ކަރްތިކް އާރްޔަން އަދި އަނަންޔާ ޕާންޑޭގެ ހުށަހެޅުންތައް ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްވަދީ
18 April 2023
ރީއްޗެއްނޫން
ކަމަނަ
16 April 2023
ތިޔައީ ފުލުހުން ރާވައިގެން ހިންގި ކަމަކާ ވައްތަރީ އެފަދަ ބޮޑެތި ކުށްވެރިންނަށް އިންޓަރވިޔޫ ދިނުމުގެ ހުއްދައެއް ނުދޭނެ ހަމަ ފާޅުގަ ފުލުހުންނާ ބަޑުޖެހިމީހުންގެ ރޭވުމެއް
އަހުމޭ
16 April 2023
ސައްލު ބާއީ މިހާރު އެމަންޖެ ކުޅޭނެ ފިލްމެއް ރެޑީ ކޮށްފަ