ޚަބަރު / އަރަބިއްޔާ ސްކޫލް

އަރަބިއްޔާގެ ޔުނިފޯމް ކޯޑު ބަދަލެއްނުވޭ، މޫނުބުރުގާ އަޅައިގެން ސްކޫލަށް ދާން އަމުރެއް ނުލިބުނު

އަރަބިއްޔާ ސްކޫލް: އެތަނުގެ ދަރިވަރުންގެ ޔުނިފޯމް ކޯޑުގައި މޫނު ބުރުގާ ހުއްދައެއް ނޫން. -- ފޮޓޯ: މިހާރު

18 އެޕްރީލް 2023 - 00:00

31 comments

އަރަބިއްޔާ ސްކޫލްގެ ޔުނިފޯމް ކޯޑަށް އެއްވެސް އިރަކު ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެތަނުގެ ދަރިވަރުން މޫނުބުރުގާ އެޅިޔަސް ކިޔެވުމުގެ ފުރުސަތުން މަހުރޫމް ނުކުރާކަން އެނގެން އޮންނާތީ، މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިގޮތަށް ނިންމީ މޫނުބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭ ކަމަސް ބުނެ އެކަމާ ދެކޮޅަށް ކުރި ދައުވާއާ މެދު ގޮތެއް ނިންމުމުގެ ކުރިން ދަރިވަރުންގެ މޫނުބުރުގާ ނަގައިގެން ސްކޫލަށް ދެވޭނެ ކަމަށާއި އެ ކުދިން ތައުލީމް ހާސިލްކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި އޮތުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އަރަބިއްޔާ ސްކޫލަށް ނިސްބަތްވާ ގޮތަށް މި ދައުވާކުރި ފަރާތްތަކުގެ ނަން ވަނީ ސިއްރުކޮށްފަ އެވެ. އެކަމަކު އަރަބިއްޔާ ސްކޫލްގެ ބައެއް ބެލެނިވެރިން ވަނީ މި ދައުވާކުރަން ނިންމައި އެކަން ކުރިން އިއުލާނުކޮށްފަ އެވެ.

ސިވިލް ކޯޓުން މިއަދު ނިންމާފައިވަނީ މިއީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ހުށަހަޅާފައިވާ ދައުވާއެއް ކަމަށް ވާއިރު، ޝަރީއަތުން އެމައްޗަށް ގޮތް ކަނޑައަޅަންޖެހޭ ފަދަ ބުރަދަނެއް ހުރި ސީރިއަސް ނުކުތާތަކެއް ހިމެނޭ ދައުވާއެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

އަރަބިއްޔާގެ ކޮންމެ ދަރިވަރަކަށް ވެސް ކިޔަވަން އައުމުގެ ހައްގު އޮންނާނެ ކަމަށާއި އެ ކުދިން ސްކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއް: ދައުލަތް

މި މައްސަލައިގެ އަސްލު ދައުވާގައި ބުނެފައިވަނީ ދައުވާކުރި މީހުންގެ ދަރިން ވެސް ހިމެނޭ ގޮތުން އަރަބިއްޔާގެ ބައެއް އަންހެން ދަރިވަރުން މޫނުބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވަމުން ދިޔައީ ސްކޫލުން ހުއްދަ ލިބިގެން ކަމަށެވެ. އެކަމަކު އެއީ ޔުނިފޯމް ކޯޑާ ހިލާފް އަމަލެއް ކަމަށް ވާތީ އެގޮތަށް ސްކޫލަށް ހާޒިރު ނުވެވޭނެ ކަމަށް އަނގަބަހުން އެންގުމަށް ފަހު ލިޔެކިޔުމުން ވެސް އެކަން އަންގާފައިވާ ކަމަށެވެ. ދައުވާގައި ބުނެފައިވަނީ މިއީ ސްކޫލަށް ގޮސް ތައުލީމް ހާސިލްކުރަން ހުރަސްއެޅުން ކަމަށާއި ނިގާބް ނުވަތަ މޫނުބުރާ އެޅުމަކީ ދިވެހި މުޖުތަމައުގައި ހުއްދަ އަދި ބަލައިގެންފައިވާ ހެދުން އެޅުމުގެ އާދައެއް ކަމަށެވެ.

މޫނުބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރީ މޫނު ނިވާކޮށްގެން ނޫނީ އާންމުންގެ ތެރެއަށް ނިކުންނަށް ބޭނުން ނުވާ އަންހެން ކުދިންނަށް ރަސްމީ ތައުލީމް ހޯދޭނެ އިތުރު ފުރުސަތެއް ގާއިމުނުކޮށްދީ ކަމަށާއި އެ ކުދިން ތައުލީމުން މަހްރޫމް ވާނެ އެއްވެސް ކަމެއް ޔުނިފޯމް ކޯޑުގެ ތެރެއިން ނުވަތަ އެހެން ގަވައިދަކުން ވެސް ކަނޑަނޭޅޭނެ ކަމަށް ބެލެނިވެރިންގެ ދައުވާގައިވެ އެވެ. އަދި އެ ކުދިން މޫނުބުރުގާ އަޅައިގެން އުޅުނަސް އެއްވެސް ފަރާތަކުން އެ ކުދިންނަށް ހަނގާކުރުން ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފަ އެވެ.

މި ދައުވާއާ މެދު ގޮތެއް ނިމެންދެން އަމަލު ކުރުމަށް ވަގުތީ އަމުރަކަށް އެދުނު ސަބަބުތަކުގެ ތެރޭގައި ދަރިވަރުންނަށް ފިލާވަޅުތައް ގެއްލުމާއި އެހެން ވެއްޖެ ނަމަ އެ ކުދިންގެ އިމްތިހާނުގެ ނަތީޖާއަށް ނޭދެވޭ އަސަރުކުރުން ހިމެނެ އެވެ. މިއީ ކުދިންގެ މުސްތަގުބަލަށް އިޔާދަ ނުކުރެވޭނެ ގެއްލުމަކަށް ވާނެ ކަމަށް ވަގުތޫ އަމުރަށް އެދުނު ސަބަބުގައި ބުނެފައިވެ އެވެ.

ދައުލަތުގެ ރައްދު

ޝަރީއަތުގައި ދައުލަތުން ރައްދުގައި ބުނީ އަރަބިއްޔާގެ ވަކި ދަރިވަރުންތަކެއްގެ ކިޔެވުމަށް ދައުލަތުން ހުރަސްއަޅާ ކަމަށް ބުނެ އެކަން ސާބިތުކުރުމަށް ދައުވާގައި ހުށަހަޅާފައިވަނީ ދެ ހެއްކެއް ކަމަށާއި އެއީ ކުރިން ވެސް އަމަލުކުރާ ޔުނިފޯމް ކޯޑާ އެއްގޮތަށް ޔުނިފޯމް ބެހެއްޓުމަށް ހަނދާންކޮށްދޭން ފޮނުވި ލިޔުމަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާއެއް ކަމަށެވެ. އެއިން އެއްވެސް ލިޔުމެއްގައި އަރަބިއްޔާގެ އެއްވެސް ދަރިވަރަކު ސްކޫލަށް އައުން ނުވަތަ ކްލާހެއްގައި ބައިވެރިވުން ނުވަތަ އިމްތިހާނެއް ހެދުން މަނާކޮށްފައި ނެތް ކަމަށެވެ.

އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސްކޫލުގެ ބޭރުގައި މުޒާހަރާކުރަނީ.

އަރަބިއްޔާގެ ކޮންމެ ދަރިވަރަކަށް ވެސް ކިޔަވަން އައުމުގެ ހައްގު އޮންނާނެ ކަމަށާއި އެ ކުދިން ސްކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި ކޮންމެ ކުއްޖަކަށް ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުން ކަށަވަރުކޮށްދޭ ހައްގެއް ކަމަށް ބުންޏެވެ. މީގެ އިތުރުން ދަރިވަރުންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅެއް އަޅަންޖެހޭ ހާލަތުގައި އެކަން ވެސް ކުރަނީ ކިޔެވުމުގެ ފުރުސަތު ނުގެއްލޭ ގޮތަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެހެންވެ ޔުނިފޯމް ކޯޑާ ހިލާފު ވިޔަސް އަޅާ ފިޔަވަޅެއް އަޅާނީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭ ގޮތަށް ކަމަށާއި އެހެންވެ ވަގުތީ އަމުރެއް ނުނެރެގެން ގެއްލޭނެ ހައްގެއް ނެތްކަން ދައުލަތުން ފާހަގަކުރި އެވެ.

މި ދައުވާގައި ކުރާ މީހުންގެ ނަން ސިއްރުކޮށްފައި ވާތީ، މި ދައުވާކުރާ މީހުންނަށް މޫނުބުރުގާ އެޅި ކުދިން ތަމްސީލްކުރެވޭ ހައިސިއްޔަތެއް އެނގެން ނެތް ކަމަށާއި ވަގުތީ އަމުރު ނެރެން ޖެހެނީ ދަރިވަރުންގެ ހައްގު ގެއްލޭތީ ކަމަށް ބުނާއިރު އެ ގެއްލޭ މިންވަރަކާއި ކުދިންނަށް އަސަރުކުރާ ގޮތެއް ވެސް ބަޔާންކޮށްދީފައި ނެތްކަން ދައުލަތުން ފާހަގަކުރި އެވެ. އަދި މިއީ ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުން ބެލެނިވެރިންނަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ އެކަމުގެ ގާނޫނީ ސަބަބުތައް ދެއްކި އެވެ.

ދައުވާކުރާ ފަރާތުގެ ބަސް

ދައުވާކުރާ ފަރާތުން ޝަރީއަތުގައި ބުނީ ކޮވިޑް-19 ގެ ދުވަސްވަރު ކުދިން ސްކޫލަށް ދިޔައީ މާސްކް އަޅައިގެން ކަމަށާއި އެކަމަކު މާސްކް އެޅުން އިހްތިޔާރީ ކަމަކަށް ހެދި ފަހުން މޫނުބުރުގާ އަޅަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި އެގޮތަށް ބޭނުންވާ ކުދިން ހުދު ފޮތިކޮޅަކުން މޫނު ނިވާކުރިޔަސް މައްސަލައެއް ނެތް ކަމަށް އެންގީ ސްކޫލް އެސެމްބްލީގައި ޑެޕިއުޓީ ޕްރިންސިޕަލް ކަމަށެވެ.

އޭގެ ފަހުން މޫނުބުރުގާގައި ސްކޫލަށް ދަނިކޮށް ޔުނިފޯމް ކޯޑަށް އަމަލުކުރަން އަންގައި ބޮޑުކޮށް ބުރުގާ އަޅާ ކުދިންގެ ބުރުގާ ކަފައި ކުޑަކުރި ކަމަށާއި މާސްކް އަޅައިގެން ދާތީ މާސްކް ނަގައިގެން ބަލައި ޓެސްޓްގައި ތިބޭއިރު ހޯލުން ބޭރަށް ވެސް ލާ ކަމަށް ބުންޏެވެ. އަދި ސްކޫލް ތެރޭގައި އެ ކުދިންނާ ދިމާލަށް ސްކޫލް ޓީޗަރުންނާއި އިސް ވެރިން ލޯ އަޅާ ކަމަށެވެ.

ޝަރީއަތުން ދެ ފަރާތުގެ ވާހަކައަށް ފަހު ބުނެފައި ވަނީ އަރަބިއްޔާގެ ޔުނިފޯމް ކޯޑަކީ އެންމެ ކުރިން ވެސް އޮތް ގޮތަށް އޮތް އެއްޗެއް ކަމަށާއި އެއަށް ބަދަލެއް ނާންނަކަން ދެ ފަރާތުގެ ވާހަކައިން ވެސް އެނގޭ ކަމަށެވެ. އަދި ޔުނިފޯމް ކޯޑާ ހިލާފް ވެގެން މިހާތަނަށް އެއްވެސް ކުއްޖެއްގެ ކިޔެވުމަށް ސްކޫލުން ހުރަސްއެޅިކަން ދެ ފަރާތުގެ ވާހަކައިން ވެސް އެނގެން ނެތް ކަމަށާއި އެެހެންވެ ވަގުތީ އަމުރުން ހިމާޔަތްކުރަންޖެހޭ ހައްގެއް އޮތްކަމުގައި ބެލެވެން ނެތް ކަމަށް ނިންމުމުގައިވެ އެވެ.

31 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުބް

18 April 2023

ٱلْحَمْدُ لِلَّٰهِ

The name is already taken The name is available. Register?

ކަން ހުރީ މިފަދައިން2

18 April 2023

މިޒަމާނުގަ ނަހަމަ ގޮތްގޮތަށް ބޭނުން ނުކުރަނީ ކޯންޗެއްބާ؟ މިއުޅެނީ ތައުހީދުގެ ކަލިމަފުޅުވެސް ނަހަމަ ގޮތްގޮތަށް ބޭނުންކުރާތީ..ދެން އަހަރެމެންވީ މޫނުބުރުގާއެކޭ ގޮތަށް ތައުހީދުގެ ކަލިމަފުޅުވެސް ބޭނުން ނުކުރަންތަ؟އެއީ މިވެނި ބަޔަކު ބޭނުންކުރާ ލޯގޯއެކޭ ކިޔާފަ.ވިސްނާ ފިކުރުކޮށްބަލަ..މިހުންނަނީ މުޅިންވެސް މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅަށް ހިންގާ ފާޑު ފާޑުގެ ޕުރޮޕެގެންޑާތަށް..މިހާރުގެ ސިޔާސަތަކީ މުސްލިމެއްގެ ގޮތުގަ ހުރެ އިސްލާމްދީނަށް ފުރައްސާރަކުރުން

The name is already taken The name is available. Register?

ކަންހުރީ މިފަދައިން1

18 April 2023

މޫނުބުރުގާ އަޅައިގެން ޖަރީމާ ހިންގާތީޔޯ މޫނުބުރުގާ އަޅަން ގިނަބަޔަކު ދެކޮޅު ހަދަނީ..އަތުގަ މިއޮންނަ ސްމާޓު ފޯނާއި އިންޓަނެޓުގެ ޒަރީއްޔާއިން ކޮންމެ ރެއަކާ ދުވާލު ހިންގާ ޖަރީމާގެ ވާހަކަ އިވޭލެއް މަދެެއް ނޫން..މީސްމީހުންގެ އެކައުންޓުތަކުގަ ހުންނަ ފައިސާކޮޅުވެސް ފޭރެނީ މިބުނި ދެވަސީލަތް މެދުވެރިކޮށް..ތިޔާގެ ތެރެއިން ކިތަށް މީހުންތޯ ފޯނާއި އިންޓަރނެޓު ކުއްވެރިކޮށް އެއްޗެއް ބުނަނީ ނުވަތަ އެދެވަސީލަތް ބޭން ކުރަން އެއްބަސްވާނީ؟؟

The name is already taken The name is available. Register?

ބޯޓު

18 April 2023

ނުދިނަސް ވޯޓު ލިބެންޔާ އެވީނު

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

18 April 2023

އަރަބިއްޔާ ސުކޫލު އުވާލާއި، ތިޔަ ސުކޫލުގެ ދަރިވަރުން އެހެން ސުކޫލުތަކަށް ލާންވީއެވެ. ބަލަގަ ތިޔަ ސުކޫލަށް ކުދިން ފޮނުވާ ބެލެނިވެރިން އަދި އެކުދިންގެ މައިންބަފައިންނަށް ތިޔަވަރަށް ދީން އެގުނީ ކޮން ސުކޫލަކަށް މޫނު ބުރުގާއަޅައިގެން ގޮސް ކިޔަވައިގެންތޯއެވެ. ރާއްޖޭގައި ތިޔަ ސުކޫލުގައި ހުންނަން ޖެހޭ ޝަރުތު ކިޔައިދޭ އެއްވެސް މީހަކު ކިޔެވީ ތިޔަފަދަ ސުކޫލަކުން ނޫނެވެ. އަދި ރާއްޖޭގައި އުފެދުނު ދީނީ ފުންނާބު އުސް މީހުން ކިޔެވީ ވަކި ސުކޫލަކުންނޫނެވެ.

The name is already taken The name is available. Register?

މިވެސް ފާހަނގަވާ ކަމެއް

18 April 2023

ސުކޫލުތަކުގެ ޔުނީފޯމު ކޯޑުގަ ބާލިޣުވެފަތިބޭ މުސްލިމު އަންހެން ދަރިން އައުރަ ނިވާނުކޮށް ދިޔަޔަސް މައްސަލައަކަށް ނުވޭ...މިއީ ދީނާ ޚިލާފުކަމަކަށް ވިޔަސް ޔުނީފޯމު ކޯޑު ވީމަ ބައެއް މީހުންނަށް މައްސަލައަކަށް ނުވޭ..

The name is already taken The name is available. Register?

ރަށު މުދިންކަލޭފާނު

18 April 2023

މޫނު ބުރުގާ ނޭލިއްޔާ ދެން ދީނައް ނޫޅެވެނީތޯ؟ އަދުގެ ދުނިޔޭގަ ފިރިހެނަކުވެސް މޫނު ބުރުގާ އަޅައިގެން އުޅެދާނޭ. ސަލާމަތައް ނުރައްކާ ވާ ހިސާބައް ކަން ކަން މިޔޮއްގެންދަނީ.

The name is already taken The name is available. Register?

1206

18 April 2023

ދީނަކީ ތިމާގެ ހިތުގެ އެދުމަށް ބާވައިލެއްވި އެެއްޗެއް ނަމަތާ ދޯ ތިޔަހެން އުޅެވޭނީ.

The name is already taken The name is available. Register?

ފަޓާސް

18 April 2023

މާމޮޅު ކަަމަށް ހެދިގެން އުޅުނު ދެ ޤާނޫނީ ވަކީލަކު މި އޮތީ ބޮނޑި ބޮއެފައި.،

The name is already taken The name is available. Register?

އެމީލިޔާ

18 April 2023

އެހެން ސްކޫލް ތަކުގެ ޔުނީފޯމް ކޯޑަކީ ކޮބާބާ. 2 ވައްތަރެއްގެ ޔުނީފޯމް އަންހެން ކުދިންލާ. ބުރުގާ އެޅި ބުރުގާ ނާޅާ.. އަރަބިއްޔާ އަށްވެސް ދެވައްތަރު ބޭނުންކުރެވެންވާނެ. ބުރުގާ އަދި މޫނުބުރުގާ. ކޮންމެސް މީހެއް ޗެކް ކޮށްލަ ދީބަލަ އެހެން ސްކޫލް ތަކުގަ އޮންނަނީ ކިތައް ޔުނީފޯމް ކޯޑް ތޯ؟

The name is already taken The name is available. Register?

1206

18 April 2023

ކޭސް މި އަށް ވުރެ ރަނގަޅަށް ބިނާ ކުރި ނަމަ. މިސާލަކަށް މޫނު ބުރުގާ އަކީ އިސްލާމީ ޝަރީޢަތުގެ ނައްސުން ސާބިތު، އެއްޗެއް ކަމުގައިވާ އިރު، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި އިސްލާމްދީނާ ޚިލާފު އެ ބަހީ ކީރިތި ޤުރުއާނާއި ރަސޫލާ ސުންނަތުން ސާބިތުވެފައި ހުރި ކަންކަމާ ޚިލާފު ޤާނޫނު ނުހެދޭ އިރު، ބާލިޣުވެ (އުމުރުން 18 ނުވިޔަސް) މޫނު ބުރުގާ އެޅުމަށް އިޚްތިޔާރުކޮށްފި އަންހެނަކު އެ ނެގުމަށް ރާއްޖޭގައި އަމުރުނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454