ފެމިލީ ކޯޓު: މިދިޔަ މަހު 245 ކައިވެންޏާއި 115 ވަރި އެ ކޯޓުގައި ކޮށްފައިވޭ --- ފޮޓޯ/މިހާރު
19 އެޕްރީލް 2023 - 15:02
މިދިޔަ މަހު ފެމިލީ ކޯޓުން 245 ކައިވެނިކޮށް ދިންއިރު 115 މީހަކު ވަރިކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފެމިލީ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 245 ކައިވެނި ކުރިއިރު 115 ވަރީގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ނިންމީ އަދި ހުށަހެޅީ ވެސް ވަރީގެ މައްސަލަތަކެވެ.
އެގޮތުން ވަރީގެ 128 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު، އޭގެ ކުރީ މަހުގެ ބާކީ ހުރި މައްސަލަތަކާ އެކު ވަރީގެ 149 މައްސަލައެއް މިދިޔަ މަހު ނިންމި އެވެ. އޭގެ ތެރެއިން ގިނައީ ވަރިވުމަށް ހުށަހެޅި މައްސަލަތަކެވެ. ވަރިވުމުގެ 57 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު 71 މައްސަލައެއް ނިންމި އެވެ.
ދެން އެންމެ ގިނައީ އާއިލީ އެހެނިހެން މައްސަލަތަކާއި ހަރަދުގެ މައްސަލަތަކެވެ. އެއީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ވެސް ހިމެނޭ ގޮތުންނެވެ.
ފެމިލީ ކޯޓަކީ ހަމައެކަނި މާލެ ސަރަހައްދުގައި ކައިވެނިކޮށް ދިނުމާއި އާއިލީ މައްސަލަތައް ބަލާ ކޯޓެވެ. ރަށްރަށުގައި ވަރި ކައިވެނީގެ މައްސަލަތައް ބަލާނީ އެރަށެއްގެ ކޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިކަމުގަ ހަބަރު ލިޔުއްވުން އެދެން
25 April 2023
ވަރީގެ ސަބަބުތައް. ރީސާޗް ކޮއްބަލަ.
ައފ4001
20 April 2023
ވަރި - ރާއްޖޭގެ ނެޝަނަލް ސްޕޯޓު ތަ؟؟
ޢަބަދުވެސް
20 April 2023
ޥަރިޔަށް އެދިފައިވަނީ ގިނައިން ފިރިހެނުންތޯ ނުވަތަ އަންހެނުންތޯ ހާމަ ކޮށްލިނަމަ.. މިއީ މުޖުތަމައަށް އައި ބަދަލި އެންގޭނެ ކަމެއް.
ހމމފސ
20 April 2023
ވަރިވުމަށް ލާނީ އަންހެން މީހާ، ވަރިކުރަން ލާނީ ފިރިހެނުން
1828
19 April 2023
މުޅިންވެސް މާލޭގެ ތަފާސްހިސާބު. ރާއްޖެތެރެ މިއީ ނެތްތަނެއް.
ދަލޭކަ ދައިތަ
19 April 2023
ވަޒީފާއަދާ ނުކޮށް މައިންބަފައިން ދިނީމަ ކައިގެން ފޮނިކަޑަން ތިބޭ މީހުންނާ އިދެގެން ތިބެވޭތަ. މާބޮޑަށްވެސް ކަންނެތީ ދިވެހި ފރިހެނުން. ލޯބިވެވުނީތީ އިންނާނެ ކަމެއްނެތް.. ލޯބި ނުވިއަސް އިންނަންވީ އޯގާތެރި ހެޔޮލަފާ ބައިވެރިއެއް ލިބުނީމަ. ވިޔާނުދާ އުޅުމެއްނެތް އަންހެނުންނާ ފިރިހެނުން ހަމަ ގިނައީ. ރަނގަޅު މީހުންނަކީ 14، 15 ކައިވެނި ކުރާ ބައެއްނޫން. އެވަރުވެސް ނޭގޭ،، ހަމަ މީހަކު އިންނަން ނާހައިގެން ތިބޭ ކަހަަލަ.
ސަމައިދާ
19 April 2023
ލޯނު ނަގައިގެން ކުރި ކައިވެނިތައް ގިނައިން ރޫޅިފައިވަނީ
ގެދާނޯމޮސް
19 April 2023
އަނެއްކާ އެހަފްލާތަކުގަ ހުރި ކާތަކެތި ހަލާލުވާނެބާ؟
ކޮރަލް
19 April 2023
ދޭސީ ބިދޭސީ ކައިވެނި ތަކުގެ ތަފާސް ހިސާބް ތައް ހާމަ ކޮށްލަ ބަލާށެވެ.
ސިކުޑާ
19 April 2023
މިގައުމު މިހިގަނީ ޔޫރަޕުގައި އުޅޭ ނާޒަހުޒީބު ބައެއް މީހުންގެ އަމަލުތަކުގެ ކޮޕީއެކެވެ. ވަޒީފާއަކީ ދިރިއުޅުމަށްޓަކައި ކުރާމަސައްކަތުގެ ބަދަލުގައި އެއީ ހިތްހަމަ ޖައްސާލާ މަޖާކޮއްލާ ވަގުތުތުތަކެއްގެ ގޮތުގައެވެ. އެމީހުން ކައިވެނި ކުރާކަށް ބޭނުމެއްނުވުމާ، ދަރީން ބަލަންޖެހޭނެތި ދަރީން ބޭނުންނުވުމެވެ.އެމީހުން ބޭނުންވަނީ "ހަމަހަމަކަށް "ހޯދުމަށެވެ.ހަމަހަމަކަމަކީ ކޮބައިކަން ނޭގެއެވެ. މިކަމުގެ ސަބަބުން ބައެއް ރަގަޅަށް އުޅޭ އާއިލާތަށް ވެސް ހަލާކުވެގެންދެއެވެ.
އަބްޑޫޅް
20 April 2023
ބަލަ، ޔޫރަޕު މީހުން ވަރިކުރުމާއި އަލުން ކައިވެނި ކުރަން ދަސްކުރީ ދިވެހީން ކައިރިންނޭ! ގޫގަލް ސާޗު ކޮށްލަބަލަ. ވަރިކުރުމަށް މުޅި ދުނިޔޭން އެއްވަނަޔަށް ފާސްވަނީ ދިވެހީންނޭ. މިރޮންގުން ރާއްޖެއަށް އޮލިންޕިޔު ރަން މެޑެއްޔެއް، އުސޫލެއްގެގޮތުން، މިހާރުން މިހާރަށް، ދޭން އެބަޖެހޭ.
އަބްޑޫޅް
20 April 2023
ޔޫރަޕުގެ އަސުލު އަހުލުވެރީން ތެރޭވެސް ތިންފަށް ވީމަ ފަށްކަނޑަން މީހުނާ އިނދެ އުޅޭތަ؟
އަބްޑޫޅް
20 April 2023
ޔޫރަޕަކީ "ސިކުޑާ" ތިޔަބުނާހާ ނާތަހުޒީބު ތަނަކަށް ވާއިރު، ކަލޭމެންގެ ދަރިން އޭ ލެވެލާއި އޯ ލެވެލު ތިޔަ ހައްދަނީ އިގިރޭސިވިލާތުން ގެނެސްގެން. ކިޔަވައިދެނީ އެވެރިންގެ ބަހުން. ލަނީ އެވެރިންގެ ޖީންސު، ދަރިން ކިޔަވަން، ނުވަތަ ވަޒީފާއަށް ޔޫރަޕަށް ނުފޮނުވިގެން ހޭބަލިވަނީ. ކަލޭމެން ކަހަލަ މީހުން ބޮއްކުރާގަޔާ ފަތާފަވެސް، ލައްކައިން، ހާހުން، ޔޫރަޕަށް އެބަދޭ. މިސްކިތްތައްވެސް އަޅަމުން ތިޔަ ގެންދަނީ. އެހާ ނާތަހުޒީބު ތަނަކަށް ނުދެވިގެން ތިޔަ އުޅެނީ ނީއްވެގެން؟
ރަދީފް އޮފިޝަލް
19 April 2023
ނަންބަރުތައް ގޯސްކަމަކަށްނުފެނޭ. އެއީ ވަރިއަށްވުރެ ކައިވެނިތައް ގިނަވީމާ.